ތ. ވިލުފުށީގައި ތެޔޮ އުފުލާ ދެ ދޯނީގައި ރޯވެ ދެ މީހުން ފިހިއްޖެ

ތ. ވިލުފުށީގައި ތެޔޮ އުފުލާ ދެ ދޯނީގައި އަލިފާން ރޯވެ، ދެ މީހުން ފިހިއްޖެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި، މި ހާދިސާގައި ރޯވެފައި ވަނީ އެ ރަށުގައި ތެލުގެ ވިޔަފާރިކުރާ އަމިއްލަ މީހެއްގެ ދެ ދޯނީގައެވެ. މި ހާދިސާގައި ދިވެއްސަކާއި ބިދޭސީއަކު ފިހުމާގުޅިގެން، ވިލުފުށީ ޞިއްޙީ މަރުކަޒުގައި އަންނަނީ ފަރުވާ ދެމުންނެވެ. ޚަބަރު ލިބިފައިވާގޮތުގައި ފިހުނު ދިވެހި މީހާއަކީ ދޯނީގެ ވެރިފަރާތެވެ. ބިދޭސީ މީހާއަކީ ދޯނީގައި މަސައްކަތްކުރާ މީހެކެވެ.