ބޮޑުމުރީދުގެ އަންހެންދަރި ޤުރުބާންކޮށް އަތިރީގެއަށް ދޮށިމޭނާކިލެގެފާނުކަން. (1)

(އަތިރީގޭ ޙުސައިން ދޮށިމޭނާކިލެގެފާނުގެ ދަރީންގެ ……) އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު (އެއްވަނަ) ސިރީ ކުލަސުންދުރަ ބޮވަނަ މަހާރަދުންގެ ދެވަނަ އަނބިކަނބަލަށްވީ ހުރާ ދޮންމަރުދުރު ފަޑިއްތަކުރުފާނުގެ އިބްރާހީމް އެދުރުތަކުރުފާނުގެ ބޮޑުމުރީދު ތަކުރުފާނުގެ ދަރިކަނބަލެއް ކަމުގައިވާ ދޮންމަނިކެ ފަހުން ދޮންދީދީއެވެ. މި ކައިވެނިފުޅު ކުރެވުނުތަނާ ބޮޑުމުރީދު ތަކުރުފާނުގެ ޙުސައިން މަނިކަށް ދޮށިމޭނާކިލެގެ ކަމަށް ކޮލިލެވިއްޖެއެވެ. ދިވެހިރާއްޖޭގެ ރަސްކަމުގެ ކޮއިލުގެ ތެރޭގައިވެސް އަންހެންކަނބަލުންގެ ބާރު ގަދަކަމުންނެވެ. މިވީ އަތިރީގޭ އައުލާދަށް ލިބުނު ބޮޑު ހަދިޔާ އަކަށެވެ. ބޮޑުމުރީދުގެ ދަރި ހުސައިނަށް […]