ޔޫކްރެއިނަށް ދެން ކްރައިމިއާއެއް ނުލިބޭނެ އަދި ނޭޓޯގެ މެމްބަރުކަމެއްވެސް ނުލިބޭނެ: ރައީސް ޓްރަމްޕް

ރަޝިޔާއިން ޔޫކްރެއިންއާއި ދެކޮޅަށް ހިންގަމުން ގެންދާ ހަނގުރާމަ ހުއްޓުމަކަށް ގެނެވޭތޯ ކުރެވެމުންދާ މަޝްވަރާތަކުގައި ޔޫކްރެއިންގެ ރައީސް ޒެލެންސްކީއާއި ޔޫރަޕްގެ އެންމެ ބާރުގަދަ 7 ގައުމުގެ ވެރިން ވައިޓް ހައުސްގައި ރައީސް ޓްރަމްޕް އާއި ބައްދަލުކުރަން ހަމަޖެހިފައިވާ މި ދަނޑިވަޅުގައި ކީވް އަށް ދެން ކްރީމިއާ ނުލިބޭނެ ކަމަށާއި އަދި ނޭޓޯގެ މެމްބަރކަންވެސް ނުލިބޭނެކަމަށް ރައީސް ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ. ރައީސް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯރމްގައި އެމަނިކުފާނު ލިއުއްވާފައި ވެއެވެ. ”ރައީސް ޒެލެންސްކީ ބޭނުންފުޅުނަމަ ހަމަ މިހާރުވެސް […]

ސައޫދީ އަރަބިއްޔާގައިވެސް ކަރަންޓް ނަރުން ވައްކަން!

ސައޫދީ އަރަބިއްޔާގެ ރިޔާޟްގައި، ސްކޫލްތަކާއި އެފަދަ ބައެއް ސަރުކާރު އަދި އަމިއްލަ ތަންތަން ކަރަންޓް ވައިރުކޮށްފައިވާ ނަރުތައް ނައްޓާ، އެއިން ވައްކަން ކުރި ގައުމުން ބޭރުގެ ގިނަ ބަޔަކު ހައްޔަރު ކޮށްފިއެވެ. ސެކިއުރިޓީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި މިމީހުން ނަރުތައް ނެއްޓުމަށްފަހު ހުއްދަނެތި ހިންގާ ގުދަންތަކުގައި ބަހައްޓައިގެން ނަރުތައް ވިއްކަމުން ގެންދެއެވެ.މިމީހުންނާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް މިހާރު ޕަބްލިކް ޕްރޮސެކިއުޓަރުގެ އޮފީހަށް ފޮނުވިފައިވާ ކަމަށް ޕަބްލިކް ސެކިއުރިޓީ އިދާރާއިން ބުނެފައިވެއެވެ. މި ވައްކަމުގެ ސަބަބުން ރިޔާޟް ގެ […]

މުޅި ޣައްޒާ ސިޓީ ހިޞޯރު ކުރުމަށް ޔަހޫދީ ފައުޖުން ހިންގާ އޮޕަރޭޝަން ފަށައިފި

މުޅި ޣައްޒާސިޓީ ހިޞޯރު ކުރުމަށް ޔަހޫދީ ފައުޖުން ހިންގާ އޮޕަރޭޝަންގެ ފުރަތަމަ ބުރު ބުރާސްފަތި ދުވަހު ފެށުމާއި ގުޅިގެން އެސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ މިލިއަނެއްހާ މީހުން އެސަރަހައްދު ދޫކޮށް ދާންފަށައިފިއެވެ. ޣައްޒާ ސިޓީ އިސްތިޢުމާރުކޮށް، އެ ސަހަރުގައި ދިރިއުޅެމުންދާ މިލިޔަނެއްހާ ރައްޔިތުން އަޅުވެތި ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ އެ ރަށުގެ ރަށްބޭރަށް އަސްކަރީ ޓޭންކުފަހަރާއި ބަރުހަތިޔާރު ގިނަ އަދަދަކަށް ޖަމާކޮށްފައެވެ. އަދި، ނުރައްކާތެރި ހަތިޔާރުތައް ބޭނުން ކޮށްގެން އެ ރަށުގެ ޢާންމުން […]

އަމިއްލަޔަށް ވިސާއަށް އެދެވޭ ”ނުސުކް އުމްރާ“ގެ ޚިދުމަތް ތައާރަފް ކޮށްފި

ބޭރު ގައުމުތަކުގެ މީހުންނަށް،މެދުވެރިވާނެ ފަރާތެއް ނެތި އޮންލައިންކޮށް އަމިއްލަޔަށް އުމްރާ ވިސާއަށް އެދެވޭ ”ނުސުކް އުމްރާ“ ގެ ޚިދުމަތް ސައުދީއަރަބިއްޔާ ސަރުކާރުން ބުދަދުވަހު ތައާރަފް ކޮށްފިއެވެ. މިޚިދުމަތުގެ ދަށުން އުމްރާވެރިން ތިބޭނެ ތަންތަން ހަމަޖެއްސުމާއި އަދި ދަތުރު ކުރާނެ ވެހިކަލް ވެސް އަމިއްލަޔަށް ހަމަޖެއްސޭނެއެވެ. ސައޫދީ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ނުސުކް އުމްރާ ގެ ޚިދުމަތް ތައާރަފްކުރީ ބޭރު ގައުމުތަކުން އުމްރާވުމަށް ދަތުރު ކުރާ ފަރާތްތަކަށް ދަތުރުގެ ކަންކަން އިތުރަށް ފަސޭހަކޮށްދިނުމަށް އަމާޒު […]

ނުރައްކާތެރި ނިއުކްލިއަރ ލީކެއްވެސް ބޮލުން ނައްޓާލުމަކަށް

އިނގިރޭސިވިލާތުގެ އެޗް އެމް އެން ބީ ނޭވަލް ބޭސްއަކީ ވޭންގާރޑް ކްލާސްގެ އުޅަނދުފަހަރުވެސް ހިމެނޭގޮތުގައި އެގައުމުގެ ހުރިހާ ވައްތަރެއްގެ ސަބްމެރިންގެ މަރުކަޒެވެ. ވޭންގާރޑް ކްލާސްގެ ސަބްމެރީން އަކީ ޓްރައިޑެންޓް މިސައިލުން ނުވަތަ ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްގެން މިސައިލުން ހަމަލާ ދިނުމުގެ ކުޅަދާނަކަން ލިބިފައިވާ އުޅަނދު ފަހަރެވެ.                                          ސްކޮޓްލޭންޑްގެ ފަސްލޭން ނޭވަލް ބޭސްގައި ވަރަށް ނުރައްކާތެރި ނިއުކްލިއަރ ކާރިސާއެއް މެދުވެރިވެފައިވާ ކަމަށް ދިފާއީ ވުޒާރާއިންވެސް ވަނީ އެއްބަސްވެފައެވެ. އެޗް އެމް އެން ބީ ނޭވަލް ބޭސްގައި ކެޓަގަރީ […]

އިންޑިޔާގެ މުމްބާއީ އަށް ބޯކޮށް ވާރޭވެހި އާންމު ދިރިއުޅުން ހުއްޓުމަކަށް އައިސްފައި

އިންޑިޔާގެ ފައިނޭންޝަލް ކެޕިޓަލްގެ ނަމުން ނަންދީފައިވާ މުމްބާއީ އަށް ބޯކޮށްވާރޭވެހި މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ކުރިމަތިވި ހާދިސާތަކުގައި 21 މީހުން މަރުވެފައިވާކަމަށް ޚަބަރު ލިބެއެވެ. ފެންބޮޑުވުމާއި ގުޅިގެން އާންމު ދިރިއުޅުމުގެ ކަންކަންވެސް ވަނީ  ހުއްޓުމަކަށް އައިސްފައެވެ. މިގޮތުން އެތައް މިލިއަން މީހުންގެ ދިރިއުޅުމުގެ ކަންކަމަށް އަސަރު ކޮށްފައިވާއިރު ފަންސާހަކަށް ފްލައިޓްކެންސަލްކޮށް ނުވަތަ ފަސްކޮށްފައިވާއިރު، ގިނަ އަދަދެއްގެ ރޭލު ދަތުރުތައްވެސް ކެންސަލް ކުރަން ޖެހުނު ކަމަށް ޚަބަރުތައް ބުނެއެވެ. މުމްބާއީގެ ގިނަ މަގުތަކެއްގައި އުނަގަނޑު ތާފެނަށް ފެން […]

އެމެރިކާއިން މެކްސިކޯއަށް ހަމަލާދިނުމަށް ވައިޓް ހައުސް އިން ޕެނެޓަގަންއަށް ހުއްދަ ދީފި

ލެޓިން އެމެރިކާގައި ޑްރަގް ވިޔަފާރީގެ ގަދަ ބާރުކަމަށް ބެލެވޭ މެކްސިކޯއާ ދެކޮޅަށް މިލިޓްރީ ބާރު ބޭނުންކުރަން ވައިޓްހައުސް އިން ޕެންޓަގަންއަށް ހުއްދަ ދީފިއެވެ. ރައީސް ޓްރަމްޕް ބޭނުންފުޅުވާގޮތަށް އަމަލު ކުރަން ދެކޮޅު ހަދާނަމަ މެކްސިކޯއަށް މިލިޓްރީ ބާރުން ހަމަލާދިނުން ހުއްދަ ދީފައިވާ ކަމަށް އެމެރިކާ ސަރުކާރުގެ މައުލޫމާތު އެނގޭ ފަރާތްތަކަކުން ރޯލިންގ ސްޓޯނަށް ޚަބަރު ދީފައި ވެއެވެ. އަދި އެއީ މެކްސިކޯ ހިފުން ނޫންކަމަށްވެސް ސަރުކާރުގެ އޮފިޝަލުން ބުނެފައި ވެއެވެ. އެމެރިކާއިން ބޭނުންވާ ގޮތަށް މެކްސިކޯ ސަރުކާރުން […]

މެލޭޝިއާ މިހާރު ފެންނަނީ އިންވެސްޓްމަންޓް ޑެސްޓިނޭޝަނެއްގެ ގޮތުގައި!

ސިޔާސީ ހަމަޖެހުމާއި، ފަންނީ ވަޒީފާގެ ބާރާއި އަގުތަކުގެ ވާދަވެރިކަމުގެ ސަބަބުން އޭޝިއާގެ ކުރިއަރަމުން އަންނަ މާކެޓްތަކުގެ ތެރެއިން މެލޭޝިއާ ފާހަގަކޮށްލެވެނީ އެޓްރެކްޓިވް އިންވެސްޓްމެންޓް މަންޒިލެއްގެ ގޮތުގައެވެ. ސިޓިބެންކްގެ މެނޭޖިން ޑިރެކްޓަރު އަދި އޭޝިއާ ސައުތުގެ ހެޑް އޮފް މާކެޓްސް ސޫ ލީ ސްޓާބިޒްއަށް ވިދާޅުވީ، މި ކަންތައްތަކުގެ ސަބަބުން މެލޭޝިއާ އަކީ ސްޓްރެޓެޖިކް އިންވެސްޓްމަންޓްތަކަށް އިސްކަންދޭ ޗޮއިސްއަކަށް މިހާރު ވެފައިވާކަމަށެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި ކުރިއެރުމުގެ ފުރުސަތުތަކާއި، ގައުމީ ހަމަޖެހުން ބެލެންސް ކުރުމުގެ ގާބިލްކަން ހުރި ގައުމެއްކަން […]

އަންނަ ސެޕްޓެމްބަރ މަހު އިތުރު ގައުމުތަކުން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލު ކުރާނެ

ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ނުފޫޒުގައި ފަލަސްތީނުގެ ދައުލަތެއް ރަސްމީގޮތުން މިވަގުތު އިއުލާން ކުރެވިފައިނެތް ކަމުގައި ވިޔަސް އެ ދައުލަތް އޮންނަން ޖެހޭނެކަމަށް ދުނިޔޭގެ ގިނަ ޤައުމުތަކުން ގަބޫލުކުރެއެވެ. ހައިރާންވެ އަންތަރީސް ވަނީ ދުނިޔޭގެ އެންމެ ބާރުގަދަ މުއައްސަސާއިން ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ އިންފާރު ކަނޑައަޅައި ނިންމުމަށްފަހު އެހެންބަޔަކު އެތަނަށް ވެރިވެ ގަނެ އާބާދު ކުރަމުން ދާއިރު އެކަން ހުއްޓުވަން އެ ބާރުގަދަ މުއައްސަސާއިން ނުކުޅެދިފައިވާ ކަމެވެ.ފަލަސްތީނުގެ ދައުލަތަކަށް މަސައްކަތް ކުރަމުން ގެންދާއިރު ފަލަސްތީނަށް ނިސްބަތްކުރެވޭ ބިމުގައި އެހެން […]

ކޮތަރަށް ކާން ދިނުން މަނާ ކުރުމުން މައްސަލަ ހޫނު ބަހުސަކަށް

އިންޑިޔާގެ މުމްބާއީގައި އާދަޔާޚިލާފަށް ކޮތަރު ގިނަވެފައިވުމާއި އެކު އާންމު ތަންތަނުގައި ކޮތަރަށް ކާން ދިނުން ސަރުކާރުން ދާދި ފަހުން މަނާކުރުމާއި ގުޅިގެން ސިވިކް އިދާރާތަކާއި ޕަބްލިކް ހެލްތު އެކްޓިވިސްޓުން އަދި ދޫންޏަށް ލޯބިކުރާފަރާތްތަކުގެ މެދުގައި ހޫނު ބަހުސެއް ފެށިފައިވާކަމަށް ޚަބަރު ލިބެއެވެ. އާންމުތަންތަނުގައި ކޮތަރަށް ކާންދިނުން މަނާކުރުމާއި ގުޅިގެން އެކަމާ ދެކޮޅަށް ނިކުތް ފަރާތްތަކާ ފުލުހުންނާ ދެމެދު މިމަހުވެސް ދެފަހަރެއްގެ މަތިން ކުރިމަތިލުންތައް ވަނީ ހިނގާފައެވެ. ކޮތަރަށް ކާންދޭ ތަންތަން ބެއްދުމަށް އަޅާފައިވާ ރަބަރު ޝީޓް ތައް […]