އިމްރާން ޚާން ޖަލުގައި އަވަހާރަވެއްޖެ ކަމަށް އަޑުއިވޭ، އާއިލާއިން ބުނަނީ ބައްދަލު ނުކުރެވޭ ކަމަށް

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ޖަލުގައި އަވަހާރަވެފައިވާ ކަމަށް އަޑުފެތުރެމުންދާއިރު، ކުރިޔަށް އޮތް އެއްމަސްދުވަހު އިމްރާން ޚާންއާއި އެއްވެސް ފަރާތަކުން ބައްދަލު ނުކުރެވޭނެ ކަމަށް ޕާކިސްތާން ސަރުކާރުން އަންގައިފިއެވެ. އިމްރާން ޚާން ޖަލުގައި އަވަހާރަވެފައިވާ ކަމަށާ އަދި ހަށިގަނޑު ސިއްރުން ޖަލުން ނެރެގެން ގެންދިޔަތަން ދުށް ބަޔަކުވެސް އެބަތިބިކަމަށް ސޯޝަލްމީޑިޔާ ގައި އަޑުފެތުރެމުން ދިއުމާއިއެކު ރާވަލްޕިންޑީގެ ޖަލުގެ ބޭރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވުމާއި ގުޅިގެން ފުލުހުން ވަނީ ނުބައްދަލް ބާރު ބޭނުންކޮށް އާންމުންނަށް އަނިޔާ […]

ނޮވެމްބަރު 18ވަނަ ދުވަހު އެލަސްކާއަށް އިރުއޮއްސުނު ގޮތަށް ދެން އިރުއަރާނީ ޖެނުއަރީ 23 ގައި!!   

އެމެރިކާގެ އެންމެ ހުޅަގު އުތުރު ސްޓޭޓްގެ ގޮތުގައި އޮންނަ އެލަސްކާ އަށް މިވަގުތުވަނީ 66 ދުވަހުގެ ދިގު ރޭގަނޑެއް އައިސްފައެވެ. ނޮވެމްބަރު 18ވަނަ ދުވަހު އެލަސްކާއަށް އިރުއޮއްސުނު ގޮތަށް ދެން އިރުއަރާނީ  ޖެނުއަރީ 23 ގައިކަމަށް ވެއެވެ. މީގެ މާނަޔަކީ 66 ދުވަސް ވަންދެން އެލަސްކާ އޮންނާނީ އަނދިރި ކަމުގެތެރޭގައެވެ. މިއީ ”ޕޯލާ ނައިޓްސް“ގެ ނަމުން ނަންދީފައިވާ ގުދްރަތީ ބަދަލެއްގެ ސަބަބުން ކުރިމަތިވާ ކަމެކެވެ. ”ޕޯލާ ނައިޓްސް“ ކުރިމަތިވަނީ ދުނިޔެ އެނބުރެމުންދާއިރު ”އާކްޓިކް ސަރކަލް“ ސަރަހައްދަށް ކަނޑުގެ […]

އިންޑިޔާގެ މަޝްހޫރު ފިލްމީތަރި ދަރުމެންދުރާ މަރުވެއްޖެ

އިންޑިޔާގެ މަޝްހޫރު ފިލްމީތަރި ދަރުމެންދުރާ، އުމުރުން 89 އަހަރުގައި މަރުވެއްޖެއެވެ. ދަރުމެންދުރާގެ 90 ވަނަ އުފަންދުވަސް ފާހަގަ ކުރަން އޮތީ 8 ޑިސެމްބަރުގައެވެ. ގިނަބައެއްގެ ލޯބި ލިބިފައިވާ ދަރުމެންދުރާ މަރުވުމާއި ގުޅިގެން ފިލްމް ސްޓާރުންގެ އިތުރުން ފިލްމް އުފެއްދުމާ ސިނަމާއާއި ގުޅުންހުރި ގިނަ ފަރާތްތަކަކުން ދަނީ ތައުޒިޔާ ފާޅުކުރަމުންނެވެ. އެދެދާއިރާގެ އިތުރުން ގައުމުގެ އިސްފަރާތްތަކުންވެސް ވަނީ ތައުޒިޔާގެ މެސެޖްތައް ފޮނުވާފައެވެ. މިގޮތުން ބޮޑުވަޒީރު ނަރެންދުރަމޯދީ ވިދާޅުވީ ދަރުމެންދުރާ މަރުވުމަކީ އިންޑިއަން ސިނަމާގެ ”އީރާ“ އެއްގެ ނިމުން ކަމުގައެވެ. […]

ބަންގްލާދޭޝް އަށް ބިންހެލުމެއް އައިސް މަދުވެގެން ފަސް މީހުން މަރުވެއްޖެ

ބަންގްލާދޭޝް އަށް ހުކުރުދުވަހު 5.5 ގެ ބާރުމިނުގައި ބިންހެލުމެއް އައުމުގެ ސަބަބުން ކުޑަކުއްޖަކު ހިމެނޭ ގޮތުން ފަސް މީހުން މަރުވެއްޖެއެވެ. ބިންހެލުމުގެ އެޕިސެންޓާ ހުރީ ވެރިރަށް ޑާކާއާއި 30 ކިލޯމީޓަރު ދުރުގައިވާ ނަރުސިންގްޑީ ޑިސްޓްރިކްޓްގައެވެ. ރެސިޑެންޝަލް ސަރަހައްދުތަކަށް ބިންހެލުލުން އައުމުން މީހުން ދުވެފަ އިމާރާތްތަކުން ނިކުތް ކަމަށް ވެއެވެ.އަދި ބައެއް އާދައިގެ ތަންތަން ވެއްޓިފައިވާ ކަމަށް ވެއެވެ. ޑާކާ ޔުނިވަރ ސިޓީގައި ކިޔަވަމުން ދިޔަ ކުދިން ނިކުންނަން އުޅުމުގެ ތެރޭގައި ދިހަ ކުއްޖަކަށް އަނިޔާވެފައިވާކަމަށްވެއެވެ. ފަސްބުރީގެ އިމާރާތަކުން […]

މަމްދާނީގެ ވަޒީފާ ވަރަށް ފުރިހަމަޔަށް އަދާކުރައްވާނެ ކަމަށް ގަބޫލުކުރަން: ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނިއުޔޯކް ގެ މޭޔަރު ކަމަށް އަލަށް ހޮވިވަޑައިގެންފައިވާ ޒޮޙްރާން މަމްދާނީ ހުކުރުދުވަހު ވައިޓްހައުސްގައި ބައްދަލް ކުރައްވާފައިވާއިރު، އެބައްދަލް ވުމުގެ ނަތީޖާ ފެނިގެންގޮސްފައިވަނީ ގިނަބަޔަކު ހީކޮށްގެންތިބިގޮތާއި މުޅިން ޚިލާފަށެވެ. ޕްރައިވެޓް ބައްދަލް ވުމަކަށްފަހު ރީތި ހިނިތުންވުމެއްގައި ހުންނަވާ ޒޮހްރާން މަމްދާނީ އޯވަލް އޮފީހުން ނިކުމެވަޑައިގެން ދެބޭފުޅުން ނޫސްވެރިންނާ ބައްދަލް ކުރެއްވިއިރު ދެބޭފުޅުންވެސް ފެނިގެން ދިޔައީ ”ރިލެކްސްޑް“ ނުވަތަ ހަމަޖެހިލާފައި ތިއްބެވިތަނެވެ. ސުވާލުތަކަށް ދެބޭފުޅުން ޖަވާބު ދެއްވަމުން ގެންދެވިއިރު ޓްރަމްޕް އެންމެ ފަހަރަކުވެސް މަމްދާނީ […]

އަފްގާނިސްތާނަކީ ބާރުގަދަ ރަސްކަލުންގެ ގަބުރުސްތާނެއްތަ؟

“ އަފްގާނިސްތާނަކީ ބޮޑެތި ބާރުގަދަ ރަސްކަލުންގެ ގަބުރުސްތާން “ މިއީ އަފްގާނިސްތާނުގެ ގައުމިއްޔަތާ ގުޅިފައިވާ މުހާވަރާ ބަސްކޮޅެކެވެ.                                   އަޅުގަނޑުމެން އެވަނީ އަފްގާނިސްތާނުގެ މިހާރުގެ ޚާރިޖީވަޒީރު އާމިރު ޚާން މުއްތަގީ އިންޑިއާއަށް ކުރެއްވި އެއްހަފުތާގެ ދިގު ދަތުރުފުޅުގައި ޕާކިސްތާނަށް އަމާޒުކުރައްވައި ތަކުރާރު ކުރައްވާފައިވާ އެ ބަސްފުޅަކުން ސުވާލެއް ކޮށްފައެވެ. “ އަފްގާނިސްތާނާ ދެކޮޅުވެރިވުމުގެ ނަތީޖާ އިނގިރޭސި ވިލާތާއި ރަޝިޔާއާއި ނޭޓޯ އަދި އެމެރިކާއިން ކުރި ތަޖްރިބާއިން ލިބިގަންނާށެވެ. “ އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މި ބަސްފުޅަކި މީގެ ކުރިން […]

ޔޫކްރެއިނާ ބެހޭގޮތުން ކުރެވޭ މަޝްވަރާގައި އީޔޫ އަދި ކީވުން ބައިވެރިކުރަންޖެހޭނެ

ޔޫކްރެއިނާބެހޭގޮތުން ގޮތެއް ނިންމުމުގައި ޔޫރަޕިއަން ޔޫނިއަނުންނާއި ކީވުން ބައިވެރިކުރަންޖެހޭނެ ކަމަށް ގޮވަގޮވާ ތިއްބާ އެމެރިކާއާއި ރަޝިޔާއިން ބޭނުންވާގޮތަށް އެކަންކުރުމަށް މަޝްވަރާކޮށް ނިންމައިފިއެވެ. މިހާރަކަށް އައިސް މިފެންނަނީ މީގެ ކުރިން ނުދެކޭ މަންޒަރެކެވެ. އިއްޔެ ގައްޒާއާބެހޭގޮތުން ގޮތްކިޔާ ނިންމާލިއިރު ފަލަސްތީނުގެ ރައްޔިތުން ބޭނުންވާގޮތް ހޯދާފައެއް ނުވެއެވެ. މިއަދު ޔޫކްރެއިނާ ބެހޭގޮތުން ކަންތައް ނިންމާލިއިރު ޔޫކްރެއިނުން ބުނާއެއްޗެއް އަހާކަށް ބޭނުމެއް ނުވިއެވެ. އިސްތިއުމާރީންގެ ޒަމާނަށް އަނެއްކާވެސް ދުނިޔެ އެނބުރިގެންދަނީ ބާވައެވެ!ޔޫކްރެއިން ގެ ބޮޑު ސަރަހައްދެއް ރަޝިޔާއަށް ދިނުމަށްފަހު ހަނގުރާމަހުއްޓާ ލުމަށް […]

ވިއެޓްނާމް އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 41 މީހުން މަރުވެއްޖެ

ވިއެޓްނާމްގެ މެދުތެރޭ ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވަރަށް ބޮޑަށް ފެންބޮޑުވުމުގެ ސަބަބުން ދިމާވި ތަފާތު ހާދިސާތަކުގައި މަދުވެގެން ސާޅީސް އެއްމީހުން މަރުވެ ބެޑެތި ގެއްލުންތައް ލިބިއްޖެއެވެ. މަރުވިކަން ޔަގީންވި މީހުންގެ އިތުރުން ނުވަ މީހުންނަށް ވީގޮތެއް ނޭގި އަދިވެސް ހޯދަމުންދާކަމަށް ސްޓޭޓް މީޑިޔާއިން ހަބަރުދީފައިވެއެވެ. ބޯވާރޭގެ ސަބަބުން 52ހާސް ގެޔަށް ފެންވަދެފައިވާއިރު ބައިމިލިއަނެއްހާ ގެއިން ކަރަންޓުވެސް ކެޑިފައިވާ ކަމަށް ވެއެވެ. ވިއެޓްނާމްގެ ބޮޑު ސަރަހައްދަކަށް ފާއިތުވި ތިން ދުވަހުވެސް ވަރަށް ބޯކޮށް ވާރޭ ވެހިފައިވާއިރު، އެންމެ ބޯކޮށް […]

މިސްރުގެ ސައިނާއި ޕެނިންސޫލާއާއި ސައޫދީ އެރޭބިއާ ގުޅުވާދޭ ބްރިޖެއް އަޅަނީ

މިސްރުގެ ސައިނާއި ފެނިންސުލާ ސަރަހައްދާއި ސަޢޫދީ އެރޭބިއާ ވަކިކުރާ ޓިރާން ކަނޑުއޮޅި ހުރަސްކޮށް 4 ބިލިއަން އެމެރިކާ ޑޮލަރ ހޭދަކޮށްގެން ބްރިޖެއް އަޅަން ޢަރަބް ސަޢޫދީ އިން ގަސްދުކުރި ޚަބަރެއް މީޑިއާއިން ގެނެސްދީފާވެއެވެ. 32 ކިލޯމީޓަރގެ ދިގު މި ބްރިޖް ބިނާކުރަން ޢަރަބް ސަޢޫދީން މިސްރުން މިހާރުވަނީ ނިންމާފަކަމަށް ބުނެއެވެ. މި ބްރިޖްގެ ސަބަބުން ސަޢޫދީ ރެޑް ސީ ތެރެއަށް ހުޅުވިފާއޮންނަ ރަސް ހާމިދް އިން މިސްރުގެ ސައިނާއި ޕެނިންސުލާގެ ޝަރްމް އަލް ޝޭޚް ގުޅުވާދޭނެއެވެ. މި […]

ޔޫކްރެއިންގެ އޮޑިއްސާ ބަނދަރުގައޮތް ތުރުކީގެ ޓޭންކަރަކަށް ރަޝިޔާއިން ހަމަލާދީފި

ދެކުނު ޔޫކްރެއިންގެ އޮޑިއްސާ ސަރަހައްދުން އެމެރިކާގެ ލިކްވިފައިޑް ގޭސް ޔޫކްރެއިނަށް އެތެރެ ކުރުމުގެ އެއްބަސްވުމުގައި ރައީސް ޒެލެންސްކީ ސޮއިކުރެއްވިތާ އެއްދުވަސްފަހުން އެ ބަނދަރުގައި އޮތް ތުރުކީއަށް ނިސްބަތްކުރެވޭ ޓޭންކަރަކަށް ރަޝިޔާއިން ޑްރޯން ހަމަލާއެއްދީ ރޯކޮށްލައިފިއެވެ. ރަޝިޔާއިން ހަމަލާދިންއިރު އެ ޓޭންކަރ އެމް. ޓީ. އޮރިންދާއިން ގެންދިޔައީ ދެކުނު ޔޫކްރެއިންގެ އޮޑިއްސާ ސަރަހައްދުގެ އިޒްމައިލް ބަނދަރުގައި ލިކްވިފައިޑް ޕެޓްރޯލިއަމް ގޭސް ހުސްކުރަމުންނެވެ. މި ހަމަލާގައި ބޯޓުގެ އެއްވެސް ފަޅުވެރިއަކަށް ހާނީއްކައެއް ނުލިބޭ ކަމަށް ޚަބަރުތަކުގައި ބުނެފައި ވެއެވެ. މީގެ […]