އެމެރިކާ ސިފައިން ބޭލި ފުރަތަމަ ގައުމަކަށް ޤަޠަރު

ޤަޠަރު ހިމެނޭ ގޮތުން ގަލްފް ސަރަހައްދު ގައި ތިބި އެމެރިކާ ސިފައިން ބާލާކަން، ޤަތަރުން އިއުލާންކޮށްފިއެވެ. މިއާއެކު ޤަޠަރު ވެގެން ގޮސްފައިވަނި މިހާރު ކުރިޔަށްދާ ހަނގުރާމަޔާއި ގުޅިގެން އެމެރިކާސިފައިން ފޮނުވާލި ފުރަތަމަ ގައުމަށެވެ. ޤަޠަރު ގެ މި މުހިންމު ނިންމުމާއި އެކު އެގައުމުގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ ބޭރުގެ ސިފައިން ބޭތިއްބުމަށް ބޮޑު ”އަގެއް“ ދައްކަން ޤަޠަރަށް ޖެހުނު ކަމުގައެވެ.އީރާން އާއި ޤަޠަރު އާއި ދެމެދު އޮންނަ ގުޅުމަކީ އަޚްވަންތަ ގުޅުމެއްކަމަށް ސިފަކުރައްވަމުން ޚާރިޖީ ވަޒީރު ވިދާޅުވީ […]

އީރާނަށް ފުރިހަމަ ކާމިޔާބީއެއް

ایران އަށް ފުރިހަމަ ކާމިޔާބީއެއް ލިބިއްޖެކަމަށް އީރާނުގެ ނެޝަނަލް ސެކިޔުރިޓީ އޯގަނައިޖޭޝަން އިން اعلانކޮށް މުބާރިކުބާދީ ގެ ބަޔާން ނެރެފިއެވެ. ހަނގުރާމަ މެދުކަނޑާލުމަށް ދެފަރާތުން އެއްބަސްވެފައިވަނީ، އީރާނުން ހުށަހެޅި ހުރިހާ ޝަރުޠެއްގެ މައްޗަށް ވާހަކަދައްކައި އެއްބަސްވުމަކަށް އައުމަށް ޓުރަމްޕު ރުހުމުން ކަމަށްވެއެވެ. އެއްބަސްވުމުގެ ޝަރުޠުތަކުގެ ތެރޭގައި لبنان، فلسطین، عراق އަދި یمن އަށް ދުޝްމަނުން ހަމަލާ ނުދިނުން ވެސް ހިމެނޭ ކަމަށްވެއެވެ.މި އެއްބަސްވުމުގެ މެދުވެރިއެއްގެ ބައި އަދާކޮށްފައިވަނީ ޕާކިސްތާނެވެ. ނޯޓު: ޔަހޫދީންނާއި ނަޞާރާއިންނަކީ މުސްލިމުންނާއި އެކު […]

އީރާނުގެ އެންމެ ބޮޑު ޕެޓްރޯކެމިކަލް ކާރުޚާނާއަށް ބިމުދާއްބަ ހަމަލާދީފި

ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކާ އެކުވެސް، އޭޕްރީލް 6 ވަނަ ދުވަހު އިޒްރޭލުން އީރާނުގެ އެންމެ ބޮޑު ޕެޓްރޯކެމިކަލް ކާރުޚާނާއަށް ހަމަލާދީފިއެވެ. މި ހަނގުރާމަ ފެށުނުތާ މިހާރު ވަނީ މަހަކަށްވުރެ ގިނަ ދުވަސް ވެފައެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ އެ ގައުމުގެ އެންމެ ބޮޑު ގޭސް ފީލްޑް ކަމަށްވާ ސައުތު ޕާސްގައި ހުންނަ ޕެޓްރޯކެމިކަލް ވަސީލަތްތަކަށެވެ. ބިމުދާއްބަ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ފަހުން ވަނީ މި ހަމަލާތައް […]

އީރާނުގެ މުސްލިމުންނަށްޓަކައި މިރޭ ދުޢާ ކުރައްވާށެވެ!

އެމެރިކާގެ ވެރިކަމުގައި ހުރި ނުބައި ނުލަފާ ޓްރަމްޕް އީރާނަށް އާދަޔާއި ޚިލާފް ޙަމަލާ ތަކެއް މިރޭ ދޭނެ ކަމުގެ އިންޒާރު އަންނަނީ ދެމުންނެވެ. މި ދޮގުވެރިޔާގެ ބަސް ތެދު ކަމުގައިވަނީނަމަ މިރެޔަކީ އީރާނުގެ މުސްލިމް އަޚުންނާއި އުޚުތުންނަށް ނުރައްކާތެރިކަން ބޮޑު ރެޔަކަށް ވެދާނެއެވެ. އޭނާ ދީފައިވާ ބައެއް އިންޒާރު ތަކުގައި ވަނީ އީރާނުގެ އިންޖީނުގެ ތަކާއި ބްރިޖް ތަކާއި މަދަނީ ތަންތަނަށް މާވަރުގަދަ ޙަމަލަ ތަކެއް ދޭނެ ކަމުގައެވެ. މުޅި އީރާން އެއްކޮށް ފަނާ ކޮށްލާނެ ކަމުގައިވެސް […]

ބައެއްމީހުން ޖަލުގައި މަރުވި މައްސަލައިގައި ސިފައިންގެ 9 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވައިފި

އިންޑިޔާގެ ޓެމިލްނާޑޫގައި ކޮވިޑް ދުވަސްވަރު އުސޫލުން ބޭރުން ހައްޔަރުކުރި ބައެއްމީހުން ޖަލުގައި މަރުވި މައްސަލައިގައި ސިފައިންގެ 9 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވައިފިއެވެ. އެސިޓީ އަށް ނިސްބަތްވާ ދެބަފައިން ކަމަށްވާ އުމުރުން 58 އަހަރުގެ ޖޭރާޖް އާއި އޭނާގެ ދަރިފުޅު، އުމުރުން 38 އަހަރުގެ ބެނިކްސް ހައްޔަރުކުރީ ލޮކްޑައުންތެރޭގައި އެމީހުންގެ މޯބައިލް ފޯން ވިއްކާ ފިހާރަ ހުޅުވައިގެން ތިބީމަ ކަމަށް ވެއެވެ. ރަހުމު ކުޑަކަމާއެކު އަމަލު ކޮށްފައިވާ ފުލުހުން ނަށް ހުކުމް އިއްވަމުން ހޯމަ ދުވަހު […]

ބަންގްލަދޭޝްގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ، މިހާތަނަށް 100 އަށްވުރެ ގިނަ މަރު

ބަންގްލަދޭޝްގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެމުންދާތީ، ބަލިން ރައްކާތެރިވުމަށް އެއް މިލިޔަނަށްވުރެ ގިނަ ކުޑަކުދިންނަށް އަމާޒުކޮށްގެން ޚާއްސަ ވެކްސިނޭޝަން ކެމްޕޭނެއް ފަށައިފިއެވެ. މި ބަލީގައި މިހައިތަނަށް 100މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާއިރު،މީގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް ވެއެވެ. މިއީ ފަހުގެ ތާރީޚެއްގައި ބަންގްލާދޭޝްގައި އެންމެ ބޮޑަށް ހިމަބިހި ފެތުރިގެންދާ ފަހަރު ކަމަށް ރިޕޯޓްތައް ބުނެއެވެ. އާދީއްތަ ދުވަހު ފެށި ވެކްސިނޭޝަން ކެމްޕޭން އަކީ ބަންގްލަދޭޝްގެ ޞިއްޙީ ވުޒާރާއި، އެކުވެރި ދައުލަތްތަކުގެ (އދ) ކުޑަކުދިންނާ ބެހޭ ފަންޑު (ޔުނިސެފް)، […]

ވާހަކަ ގިނަނުކޮށް އެބުނާ ބާރުގަދަ ލަޝްކަރުތައް އަވަހަށް ފޮނުވަން އީރާނުން ބުނެފި

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައަށް މަސްދުވަހަށްވުރެން ގިނަވެގެންދާއިރު ރައީސް ޓްރަމްޕްއަށް ވަގުތު ކުޑަވަމުންދާން ފަށައިފިއެވެ. ނަތީޖާއެއްގެ ގޮތުން ނުރައްކާތެރިކަމުންފުރިފައިވާ އަދި އެ ކަމުގައި އެތައް ބައެއްގެ ފުރާނަ ގެއްލި ތަކެއްޗާއި މާލީގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ތަޖްރިބާކާރުން އިންޒާރު ދެމުން ދިއުމާއެކުވެސް އެއްގަމު މަގުން އަރައި އީރާނު ހިފުމަށް ރައީސް ޓްރަމްޕް ނިންމަވައިފިއެވެ. އަދި މިހާރު މެދުއިރުމަތީގައި ތިބި 7000 ސިފައިންގެތެރެއަށް އިތުރު 10000 ސިފައިން ފޮނުވަން ރައީސް ޓްރަމްޕް ނިންމަވާފައިވާކަމަށް […]

އީރާނުގެ ޒައިތޫނި ފަތްކޯޅި ޔޫރަޕިއަން ޔޫނިއަންއަށް

މިއަދުގެ އަވަސް ޚަބަރުތަކުގެރެއިން އެންމެ ފާހަގަކުރެވޭ ޚަބަރެއްގެ ގޮތުގައި ހުރްމޮޒް ކަނޑުއޮޅިން ޔޫރަޕިއަން ޔޫނިއަންގެ ދިދައިގާ ދަތުރުކުރާ އުޅަނދު ފަހަރަށް މިނިވަންކަމާއެކު ދަތުރުކުރެވޭނެކަން ބަޔާންކޮށް އީރާނުން ރަސްމީގޮތުން ޔޫރަޕިއަން ޔޫނިއަން އަށް ޒައިތޫނި ފަތްކޯޅިއެއް ދިއްކޮށްލި ޚަބަރު އާންމު ވެއްޖެއެވެ. އީރާނުގެ މި ފިޔަވަޅަކީ ކުރިއްސުރެން އިނގިރޭސި ވިލާތުން ގެންގުޅެމުން އަންނަ “ ޖަމާއަތްތައް ބައިބައިކޮށްލުމުގެ “ ފަލްސަފާގެ ދަށުން ކުރިކަމަކަށްވެސް ބެލެވެއެވެ. ބްރަސެލްސް އާއި އެމެރިކާއާ ދެމެދު އެއްބައިވަންތަ ކަމުގެ އަހްދުނާމާއެއްގެ މައްޗަށް ނޭޓޯގެ ނަމުގައި […]

ހަނގުރާމަ ހުއްޓާލަން އީރާނުން އެމެރިކާއެކު އެއްބަސްވުމަކަށް އަންނާކަށް ނުޖެހޭ: ޓްރަމްޕް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގާ އީރާނުން ބެލިސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދިނުމުގެ ސަބަބުން އެމެރިކާގެ ބައިވެރިންނަށް ލިބެމުންދާ ގެއްލުންތައް ބޮޑުވެ ސަރަހައްދު ވެއްޓެމުންދާ ހަނގުރާމައި ވަޅުގަނޑުގެ އަނދިރިކަން ބޮޑުވަމުންދާތީ އީރާނުން ބެލެސްޓިކް މިސައިލާ ޑްރޯން އުފެއްދުން ވަގުތުން ހުއްޓާލަން އެމެރިކާގެ ޚާރިޖީ ވަޒީރު އަމުރުކޮށްފިއެވެ. އަދި މި އަމުރަށް ކިޔަމަން ނުވެއްޖެނަމަ އެމެރިކާއިން އީރާނާ ދޭތެރޭ ފައިސަލާ ކުރަނިވި ހަމަލާތަކެއް ދޭނެކަމަށްވެސް ބުނެފައި ވެއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރަކީވެސް ރައީސް ޓްރަމްޕްއެކޭ އެއްފަދައިން ދެއުޅި އެއްނުވާ ވާހަކަ ދައްކާ […]

އެެމެރިކާ އިން ފަރުބަދަތަކުގައި ބޮނދައިގެން ތިބި ޒަމާނުގައިވެސް އީރާނުން ގެންދިޔައީ ދުނިޔެއަށް އިންސާނިއްޔަތު ދަސްކޮށްދެމުންނެވެ.

ނޯރތު ވޭވްސް ނިއުސްގެ ޚަބަރުގައި އުތުރު ކޮރެއާއިން އީރާނަށް ވާސޯންގް-18 މަރުކާގެ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ފޯރުކޮށްދިން ޚަބާރާއެކު މުޅި ދުނިއަށް ބޮޑު ނުތަނަވަސްކަމަކާ ކުރިމަތިލާން ޖައްސައިފިއެވެ. ބައެއް ޚަބަރުތަކުގެ ތެދު ދޮގު ކަށަވަރު ނުކުރެވޭ ވަގުތުގައިވެސް އެފަދަ ޚަބަރުތަކަކީ އަޑުއިވުމުން ބިރުވެރިކަން ގެނެސްދޭނެއެވެ. އުތުރު ކޮރެއާގެ މިސައިލް އީރާނަށް ފޯރުކޮށްދިންކަން ކަށަވަރު ނުކުރެވޭ ވަގުތުގައިވެސް އޭގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެދާނެ ނުރައްކަލާމެދު ބިރުވެރިކަން އުފެދިގެން ދާނެއެވެ.އުތުރު ކޮރެއާއިން އިންޓަރކޮންޓިނެންޓަލް ބެލެސްޓިކް މިސައިލް ފޯރުކޮށްދިން ޚަބަރު މިހާތަނަށް […]