ހޮރްމުޒް ކަނޑުއޮޅި އެމެރިކާއިން ބަންދުކުރުމުގައި ހުރި ރެނދުތައް

އީރާނުގެ ތެޔޮ ގަތުމާއި އަދި މިހާރު އީރާނުގެ އެއްވެސް ބަނދަރަކަށް އެއްވެސް ބޯޓަކަށް ނުދެވޭނެކަން އަންގައި އެމެރިކާއިން އިންޒާރު ދީފައިވާއިރު އެމެރިކާގެ އިންޒާރަށް ރަނގަޅަށް ފެތޭ އީރާނާ ގުޅުންހުރި ޓޭންކަރުތައް އީރާނުގެ ބަނދަރުތަކުން ބަރުކޮށްގެން ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރަމުންދާއިރު އެމެރިކާގެ ކަނޑު ސިފައިން ބަލަބަލާ ތިބުންނޫން އެހެން ކަމެއް ނުކުރެވެއެވެ. އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގަމުން ގެންދިޔަ ހަނގުރާމައިގާ ސުލްހަވެރި މަގެއް ހޯދުމަށްޓަކައި ޕާކިސްތާނުން އިސްނަގައިގެން ކުރި މަސައްކަތުގައި ދެހަފުތާގެ މުއްދަތަކަށް ހަމަލާތައް މެދުކަނޑާލަން […]

ހައްޖު ވިސާނެތި ހައްޖުވާމީހުންނާއި، އެހީވާ ފަރާތްތައް ޖޫރިމަނާ ކުރަނީ

ޞައްހަ ހައްޖު ވިސާނެތި ހައްޖުވާ މީހުން ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ސައޫދީ އިންޓީރިއާ މިނިސްޓްރީން އަންގާރަ ދުވަހު އިއުލާން ކޮށްފައި ވެއެވެ. އަދި ވިސިޓް ވިސާ ފަދަ އެހެނިހެން ވިސާތަކުގައި ގޮސްތިބި ފަރާތްތަކަށް ހިޔާވަހިކަން ދީ ދަތުރު ފަތުރުގެ ޚިދުމަތް ދޭ ފަރާތްތައް ވެސް ބޮޑެތި އަދަދު ތަކުން ޖޫރިމަނާ ކުރާނެ ކަން ވަނީ އަންގާފައެވެ. މިގޮތުން ވިސާ އޯވަރ ސްޓޭ ކުރާފަރާތްކަށް އެހީވާ ފަރާތްތައް ގިނަވެގެން އެއްލައްކަ ސައޫރިޔާލުން ޖޫރިމަނާ ކުރާނެ ކަން […]

ްއެއްބިލިއަން ޑޮލަރާއި ތުރުކީގެ އެންމެ ރީތި އަންހެންމީހާ އަހަރެންގެ އަންބަކަށް ދޭންޖެހޭނެ

މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެއް ބިލިއަން އެމެރިކާ ޑޮލަރާއި އަދި ތުރުކީގައި ހުރި އެންމެ ރީތި އަންހެންމީހާ އަހަރެންގެ އަންބަކަށް ނުދީފިނަމަ ތުރުކީއާއެކު އޮންނަ ހުރިހާ ގުޅުމެއް ކަނޑާލާނެކަމަށާއި ކެމްޕާލާގައިހުރި ތުރުކީގެ އެމްބަސީ ބަންދުކުރާނެކަމަށް ޔޫގެންޑާގެ ސިފައިންގެ ވެރިޔާ ޖެނެރަލް މުހޫޒީ ކައިނަރުގަބާ އިންޒާރު ދީފިއެވެ. ޖެނެރަލް މުހޫޒީ ކައިނަރުގަބާ އަކީ އެގައުމުގެ ރައީސް ޔުވޭރީ މޫސަވެނީގެ ފިރިހެން ދަރިއެވެ. ކައިނަރުގަބާ ބުނެފައިވަނީ ޔޫގެންޑާއިން ސޮމާލިއާގެ އަލް ޝަބާބު ހަނގުރާމަވެރިންނާ ދެކޮޅަށް ގިނަ އަހަރުތަކެއްވަންދެން […]

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގާ ރައީސް ބިލް ކްލިންޓަން

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ފެށުމާއި އަދި ވަގުތީގޮތުން ހަމަލާތައް ހުއްޓާލުމާދޭތެރޭ އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން ވިދާޅުވެފައިވާއެއްޗެއް އަޑުއައްސަވާ ލައްވާށެވެ. މައުލޫމާތުތަކެއް ލިބިގެންދާނެއެވެ.                               ކޮންމެ ގައުމެއްގެ ރައްޔިތުންވެސް ރަނގަޅަށް ފުންނޭވާއެއްލުމަށްފަހު ތިމާގެ ގައުމަށްޓަކައި ހަމަޖެހިލައިގެން ވިސްނާލަންޖެހޭ ވަގުތުތަކެއް އަންނާނެއެވެ. ކުރީދުވަހު ވޯޓުލައިގެން އިންތިޚާބު ކުރެވުނު ވެރިންނާމެދުގައެއް ނޫނެވެ. ނޫސްތަކުގެ ފަލަ ސުރުޚީ ބަލައިގެނެއްވެސް ނޫނެވެ. އެކަމަކު ތިމާ ނިސްބަތްކުރެވޭ ގައުމުގެ ލޮލުން ބަލައިގެންނެވެ. އެ ގައުމު އަމާނާތެއްގެ ގޮތުގައި ތިމާގެ […]

ހުރްްމުޒް ކަނޑުއޮޅިއަކީ އިގްތިޞާދީ ގޮތުން ކާލާމަންނަކަން އީރާނުން ސާބިތުކޮށްދީފި

ހޮރްމުޒް ކަނޑުއޮޅިއަކީ އީރާނުގެ އިސްތިގްލާލްގެތެރޭގައި ހިމެނޭ ސަރަހައްދެއް ކަމަށާއި އެ ސަރަހައްދަށް އީރާނުގެ ގާނޫނީ ބާރު ހިނގާނެ ކަމާއި އަދި ހިންގާނެކަމަށް އީރާނުން ބުނެފިއެވެ. އަދި އެކަނޑުއޮޅީގެ އެއްވެސް ކަމެއްގައި އެމެރިކާއާއެކު ޖޮއިންޓް-ވެންޗަރެއް ހެދުމުގެ ވިސްނުން އީރާނުން ނުގެންގުޅޭކަމަށްވެސް ބުނެފައިވެއެވެ. އީރާނުން ހޮރްމުޒް ކަނޑުއޮޅިއަށް އަލާފައިހުރި މައިންތައް ސާފުކުރުމުގެ މަސައްކަތް އެމެރިކާގެ 2 މަނަވަރެއް ބޭނުންކޮށްގެން މިހާރުވަނީ ފަށާފައެވެ. މައިންތައް ސާފުކުރުމަކީ ހޮރްމުޒް ކަނޑުއޮޅި އޮޕަރޭޓްކުރުމުގައި އީރާނާއެކު ޖޮއިންޓް-ވެންޗަރަކަށް ދިއުމުގެ ވިސްނުންފުޅުގައި ފެއްޓެވި މަސައްކަތެއްތޯ ރައީސް ޓްރަމްޕްއަށް […]

ދުނިޔޭގެ ތާރީޚުން ފެންނަ އީރާނަށް ސަންދާނުގެ ދުރުމިން ވަރަށް ކުރުގޮތަކަށް ބަލާލުން – 2

https://sandhaanu.today/66676/ އާއި ގުޅޭ ވަރަށް ޚުލާސާކޮށް އޭގެތެރެއިން ހަދީސްފުޅަކަށް ބަލާލާއިރު ސަލްމާނުލް ފާރިސީއާ މުޚާތަބް ކުރައްވައި މާތް ނަބިއްޔާ ހަދީސްފުޅު ކުރެއްވި ކަމަށް ވެއެވެ. “ އިލްމަކީ އެންމެދުރުގައިހުރި ތަރިތަކުގައި ބޭއްވިފައިވާ އެއްޗެއްނަމަވެސް ފާރިސްކަރައިގެ އަހުލުވެރިން އެތަނަކަށް ގޮސް އެއިލްމު ގެނެސްދޭނެ އެވެ. “ ފާރިސް ކަރައިގެ އިލްމުވެރިންގެ ހަގީގަތް މި ހަދީސްފުޅުތަކުން ރަނގަޅަށް ހާމަވެގެން ދެއެވެ.  އެ ޒަމާނުގައިވެސް އެންމެ ގިނަ އިލްމުވެރިން ތިބީ ފާރިސްކަރައިގާކަން ވަރަށް ސާފުކޮށް އެނގިގެން ދެއެވެ. ފާރިސް ކަރައިގެ އަހްލުވެރިންނަކީ […]

އެމެެރިކާގެ އެންމެފަހުގެ އިންޒާރު އަތަށްގޮވައި ފަހުވަގުތު ހަނގުރާމަ ހުއްޓާލުން

އީރާނު ދުނިޔޭގެ ޗާޓުގައި ދެން ނޯންނާނެކަން ދޭހަވާ ގިނަ ގޮތްގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްވަމުންދިޔަ އިންޒާރުތަކަށް ވަގުތު ނިމުނީ މިހިނގާ އޭޕްރިލް މަހުގެ 7 ވަނަ ދުވަހުއެވެ. ވަގުތު ކައިރިވަމުން ދިޔަ ވަރަކަށް ދުނިޔޭގެ ބައެއް މީޑިއާތަކާއި އަދި ބައެއް އިސްލާމީ މުޖުތަމާތަކުގައި ބިރުވެރިކަން ދިޔައީ ބޮޑުވަމުންނެވެ. ގިނަ އިސްލާމީ މުޖުތަމާތަކުގައި އީރާނުގެ ސަލާމަތަށްޓަކައި އެރޭގެ ގިނަ ވަގުތުތަކެއް މާތް ﷲ އަށް ދުއާކުރުމުގައި ހޭދަކުރިއެވެ. ހީރޯޝިމާއާއި ނާގަސާކީގެ ހަނދާންތަކުން އިތުރު ބިރުވެރިކަން އުފައްދަމުން […]

ސިފައިންގެ އެންމެ ފަޚުރުވެރި ކުލަތަކާއެކު ހަނގުރާމައިގެ ޖަރީމާތަކުގެ ކުރިމައްޗަށް

އޮސްޓްރޭލިޔާ ސިފައިންގެ އެންމެގިނަ ފަޚްރުވެރި ކުލަތައް ލިބިފައިވާ ބެން ރޮބާރޓްސް ސްމިތު އެގައުމުގެ ސިފައިންނާއެކު އަފްޣާނިސްތާނުގައި ހަރަކާތްތެރިވި ދުވަސްވަރު ހަނގުރާމައިގެ ޖަރީމާކަމުގައި ބެލެވޭ ފެންވަރުގައި އާންމު ރައްޔިތުން މަރާލާފައިވާ ކަން ފަޅާ އެރުމުން އޭނާ ހައްޔަރު ކޮށްފިއެވެ. އޮސްޓްރޭލިޔާ ޑިފެންސް ފޯރސްގައި ކުރިން މަސައްކަތް ކޮށްފައިވާ އުމުރުން 47 އަހަރުގެ ބެން ރޮބާރޓްސް ސްމިތު ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު ސިޑްނީ އެއާރޕޯރޓުން ކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފައި ވެއެވެ. އަދި 2009 ން 2012 ށް […]

ވާހަކަތައް ކާމިޔާބު ކުރަން ވެވުނު ހުރިހާ ކަމެއް ކުރާނަން: ޕާކިސްތާން

މިހާރު ފެށިފައިވާ އީރާން ހަގުރާމަ ހުއްޓާލުމާބެހޭ މަޝްވަރާތަކަށް އީރާން އަދި އެމެރިކާގެ އިސްވަފްދުތައް މިއަދު އިސްލާމް އާބާދަށް ދާނެއެވެ. މިވާހަކަތައް ކާމިޔާބު ކުރުމަށްޓަކައި ޕާކިސްތާން ސަރުކާރުން ފުރިހަމަ އެއްބާރުލުން ދީ ވެވުނު ހުރިހާކަމެއް ކުރާނެ ކަމަށް ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވެފައިވެއެވެ. އާމީ ޗީފް ފީލްޑް މާޝަލް އާސިމް މުނީރު އާއެކު ބޭއްވެވި ބައްދަލް ވުމެއްގައި ބޮޑުވަޒީރު ޝަރީފް ވަނީ ސުލްހައިގެ ޕްރޯސެސްގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކުންވެސް އެކަމަށް ވަރަށް ބޮޑަށް ”ކޮމިޓް“ ވެފައިވާކަން ފާހަގަކުރައްވާ […]

އެންމެ ބިރުވެރި އިންޒާރުގެ ދުވަހު އީރާނުގެ ރައްޔިތުން ފިލަން ހޮރުހޮރަކަށް ނުވަދޭ

ކިއުންތެރިންނަށް މިގެނެސްދެނީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމާގައި ފެންނަމުންދާ މަންޒަރުތަކާ ދޭތެރޭ އިންޑިއާގެ ރިޕަބްލިކް މީޑިއާ ނެޓްވާރްކްގެ މަޝްހޫރު އެޑިޓަރ އިން ޗީފް އަރްނާބް ގޯސްވާމީގެ ދިރާސާގެ ބައެއް އުސް އަލިތަކެވެ. ހަނގުރާމައިގާ ލިބޭ ގެއްލުންތަކުގެ ހަގީގަތް ހާމަވެގެން ދާނީ ގިނަ ދުވަސްތަކެއްގެ ފަހުންނެވެ. ދުވަހުން ދުވަހަށް ހިނގާ ހަރަކާތްތައް ދެނެގަތުމަށް ޓަކައި އެނަލިސްޓުންގެ ހޯދުންތަކުން މުހިންމު ދައުރެއް އަދާކުރާނެއެވެ. އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ ރައީސް ޓްރަމްޕްއަށް ގޮތް ހުސްވެ […]