ފުރްޤާން މިސްކިތުގައި ހުރި މުސްހަފުތައް އުކާލައި، މިސްކިތުގެ ވުޟޫކުރާ ބަޔާއި ތަކެއްޗަށް ގެއްލުންދީފި

މާލޭ ފުރްޤާން މިސްކިތުގައި ހުރި މުސްހަފުތައް އުކާލައި، އެ ތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދިން މައްސަލައެއް ފެންމަތިވެއްޖެއެވެ. ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ފުރްޤާން މިސްކިތަށް ގެއްލުންދިން މައްސަލައެއް ރިޕޯޓުކޮށްފައިވާތީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ. ދީނީ އިލްމުވެރިޔާ ޝައިޚް އާދަމް ނިޝާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދުގެ ފަތިސް ނަމާދު ކުރިން ފުރްޤާން މިސްކިތުގެ ފަހަތުގައި ހުރި މުސްހަފުތައް މުޅިތަނަށް އުކާލައި، އިމާމު ހުންނަ ދިމާލުގެ ކަރަންޓް ބޯޑުތަކާއި އެއަށް […]