ފަލަސްތީންގެ ބިން ފޭރި ގަނެ އިޒްރޭލާ އެއްކޮށްލުމުގެ ފުރުސަތު ޔަހޫދީންނަކަށް ނުދޭނަން – ޓްރަމްޕް

ފަލަސްޠީނުގެ ހުޅަގު އައްސޭރި އިސްތިޢުމާރުކޮށް، އެ ބިން ފޭރިގަތުމުގެ ފުރުޞަތު ޔަހޫދީންނަށް ނުދެއްވާނެ ކަމުގައި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރުކަމަށް ބެލެމުން އަންނަ  އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ އިޒްރާއިލްގެ ބޮޑުވަޒީރު ބެންޔަމީން ނަތަންޔާހޫ ހުކުރުދުވަހު އދ ގެ ޖެނެރަލް އެސެމްބްލީ އާ މުޚާތަބް ކުރެއްވުމުގެ ކުރިން އޯވަލް އޮފީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިޔަށްދާ އދ ގެ ޖެނެރަލް އެސެމްބްލީ ގައި ފަލަސްތީންގެ ދައުލަތް […]

އިނގިރޭސިވިލާތާއި ކެނެޑާ އަދި އޮސްޓްރޭލިޔާއިން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފި

އިނގިރޭސިވިލާތާއި ކެނެޑާ އަދި އޮސްޓްރޭލިޔާއިން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފިއެވެ. މިއާއެކު ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ ތިން ޤައުމުގެ ނިންމުމަށް މަރުޙަބާ ވިދާޅުވެ، އެ ނިންމުމަކީ ޔަހޫދީ ދައުލަތާ އެކު ފަލަސްޠީނުގެ ދައުލަތަށް ވެސް ސަލާމަތާއި ޞުލްޙައާއެކު ދިރިއުޅުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށް ވިދާޅުވެފައެވެ. އިނގިރޭސިވިލާތާއި ކެނެޑާ އަދި އޮސްޓްރޭލިޔާ ފަލަސްޠީނުގެ މިނިވަންކަން ލައިގަތުމާއި ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނެރުއްވި ވީޑިއޯ މެސެޖެއްގައިއެތިން ގައުމަށް މުޚާތަބް ކުރައްވާ ވިދާޅުވެފައިވަނީ އެތިން […]

”ޕަލަސްޓައިން އެކްޝަން“ އަކީ ޓެރަރިސްޓް ޖަމިއްޔާއެއްކަމަށް ނިންމުމާއެކު، ޔޫކޭގެ މަގުތައް ހަލަބޮލިވެއްޖެ

އިނގިރޭސިވިލާތުގެ ސަރުކާރުން ޖުލައި މަހުގެ ފަސްވަނަ ދުވަހު ފަލަސްތީން އެކްޝަން މަނާކޮށްފައިވާ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމުމުން ގިނަ ބަޔަކު ވަނީ މުޒާހަރާތައް ފަށާފައެވެ. ހަތިޔާރު އުފައްދާ ފަރާތްތަކާއި އަސްކަރީ ސައިޓްތަކާ ދެކޮޅަށް އުނދަގޫކުރުމުގެ ގޮތުން ހިންގާ އަނިޔާވެރި ނޫން އަމަލުތައް ހިންގުމަށް މަޝްހޫރު އެކްޓިވިސްޓް ގްރޫޕަށް މިހާރު ގާނޫނީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވާއިރު، މިހާރު ވެސް 700 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އިންތިޒާމް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި […]

ޔޫ.އެން. އަދި ޢަރަބީން ޑިމޮކްރެޓި މިނިވަން ފަލަސްތީނެއް ބޭނުންވޭތަ؟

އެންމެފަހުން ފަލަސްތީނުގައި ބޭއްވުނު ”ފްރީ އެންޑް ފެއަރ“ އިންތިޚާބު ބޮޑުތަނުން ކާމިޔާބުކުރި، ރައްޔަތުންގެ 80% ސަޕޯޓް ލިބިފައިވާ ޙަމާސް ބައިވެރި ނުކޮށް އުފައްދާ ފަލަސްޠީނުގެ ދައުލަތެއް ފަލަސްޠީނުގެ ރައްޔިތުން ބަލައި ނުގަންނާނެ ކަން މިޤަރާރު ހުށަހެޅި ޤައުމުތަކަށް ވެސްރަނގަޅަށް އެނގޭނެއެވެ. ފަލަސްޠީނަށް ބޭނުންވަނީ ހަމައެކަނި ކަރުދާހުގައި އޮންނަ ދައުލަތެއް ނޫނެވެ. ތިފަދަ ކިތަންމެ ކަރުދާހެއް ފާސްކޮށްފިނޫން ހެއްޔެވެ. މިނިވަން ދައުލަތެކެވެ! ހަމައެކަނި ނަމެއްގައި އޮންނަ ދައުލަތެއް ވެސް ނޫނެވެ. އަދި އިޒްރޭލަށް އެމެރިކާ އާއި އިނގިރޭސިންގެ ފުލް […]

އަންނަ ސެޕްޓެމްބަރ މަހު އިތުރު ގައުމުތަކުން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލު ކުރާނެ

ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ނުފޫޒުގައި ފަލަސްތީނުގެ ދައުލަތެއް ރަސްމީގޮތުން މިވަގުތު އިއުލާން ކުރެވިފައިނެތް ކަމުގައި ވިޔަސް އެ ދައުލަތް އޮންނަން ޖެހޭނެކަމަށް ދުނިޔޭގެ ގިނަ ޤައުމުތަކުން ގަބޫލުކުރެއެވެ. ހައިރާންވެ އަންތަރީސް ވަނީ ދުނިޔޭގެ އެންމެ ބާރުގަދަ މުއައްސަސާއިން ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ އިންފާރު ކަނޑައަޅައި ނިންމުމަށްފަހު އެހެންބަޔަކު އެތަނަށް ވެރިވެ ގަނެ އާބާދު ކުރަމުން ދާއިރު އެކަން ހުއްޓުވަން އެ ބާރުގަދަ މުއައްސަސާއިން ނުކުޅެދިފައިވާ ކަމެވެ.ފަލަސްތީނުގެ ދައުލަތަކަށް މަސައްކަތް ކުރަމުން ގެންދާއިރު ފަލަސްތީނަށް ނިސްބަތްކުރެވޭ ބިމުގައި އެހެން […]

ފަލަސްތީނަށް ތާއީދުކޮށް އޮސްޓްރޭލިޔާގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި

ފަލަސްތީނަށް ތާއިދުކޮށް އޮސްޓްރޭލިޔާގައި އެތައް ހާސްބަޔަކު ހިނގާލުމެއް ބާއްވައިފިއެވެ. ސިޑްނީ ހާބަރ ބްރިޖް ހުރަސްކޮށް އާދީއްތަ ދުވަހު ހިނގާލުން ބާއްވާފައިވަނީ 2023ވަނަ އަހަރުން ފެށިގެން މިފަދަ އެއްވުންތަކަށް ބްރިޖް ބަންދު ކޮށްފައި އޮތުމަށްފަހު ސުޕްރީމް ކޯޓުން ހިނގާލުން ބާއްވަން ހުއްދަ ދިންތާ އެއްދުވަސް ފަހުންނެވެ. ”މާޗް ފޯ ހިއުމެނިޓީ“ ގެ ނަމުގައި ބޭއްވި ހިނގާލުމުގައި ބައިވެރިވި މީހުން ވަނީ ހަނގުރާމަ އަވަހަށް ހުއްޓާލާ އަދި ފަލަސްތީނުގެ ރައްޔިތުންނާދެކޮޅަށް އިޒްރޭލުން ހިންގަމުންގެންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ގޮވާލާފައެވެ. އިޒްރޭލާއި […]

ފަލަސްތީނުގެ މަސްޖިދުއް އިބްރާހީމީގެ ހިންގުން ބަދަލުކުރަން އިސްރާއީލުން ނިންމުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި

އިސްރާއީލުން އިބްރާހީމްގެފާނު މިސްކިތް ނުވަތަ މަސްޖިދުއް އިބްރާހީމީ ހިންގުމާއި ބެލެހެއްޓުން ފަލަސްޠީނުގެ މިނިސްޓްރީ އޮފް އެންޑޮވަރމަންޓް އެންޑް ރިލިޖަސް އެފެއާޒްގެ އަތުން ނިގުޅައިގަނެ އިސްރާއީލުގެ ރިލިޖަސް ކައުންސިލަށް ހަވާލުކުރަން އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ނިންމި ނިންމުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ. ދިވެހި ސަރުކާރުން މިކަން ކުށްވެރިކުރީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި ދާއިމީ މަންދޫބުންގެ ފެންވަރުގައި ބޭއްވި ބައްދަލުވުމުގައެވެ. އެގޮތުން އެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން އޯ.އައި.ސީ. […]