އިންތިގާލީ އިންސާފުގެ އޮފީހަށް 400 އަށްވުރެ ގިނަ މައްސަލަ ހުށަހެޅި، އިންސާފު ހޯދައިދޭން މަސައްކަތް އެބަކުރަން: އޭޖީ

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އުފެއްދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް އުވައިލިއިރު، އެ އޮފީހަށް 400 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް މިހެން ވިދާޅުވީ ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އުޝާމް ވިދާޅުވީ އޭޖީ އޮފީހުން މިހާރު ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ އޮމްބަޑްސް ޕާސަން އޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމުގެ […]