ސްކޫލްތައް ހުޅުވާނީ އެރަށެއްގެ ޙާލަތަށް ރިޢާޔަތް ކޮށްފައިކަމަށް ތަޢުލިމީ ވުޒާރާއިން ބުނެފި

އަންނަ ޖެނުއަރީ މަހު ސްކޫލުތައް ހުޅުވައި ކިޔަވައިދޭނީ، އެ ރަށެއްގައި އާއްމު ސިއްހީ ހާލަތު ހުރި ގޮތަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ތަޢުލީމި ވުޒާރާއިން މިއަދު ބުނެފި އެވެ. މި އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ޖެނުއަރީ 10، 2021 ގައި ފަށާއިރު، އެވުޒާރާއިން ވަނީ ސްކޫލުތަށް ހުޅުވައިގެން ކިޔަވައިދިނުމަށް ތައްޔާރުވުމަށް ސްކޫލުތަކަށް އަންގައިފަ އެވެ. އެއާއެކު، ކިޔަވައިދިނުމުގެ ކަންކަން އިންތިޒާމު ކުރުމުގައި އަމަލުކުރާނެ ސާކިއުލާއެއް ފޮނުއްވާފައިވެ އެވެ. އެ ސާކިއުލާގައި ވިދާޅުވެފައިވަނީ، އާއްމު ހާލަތަށް […]

އަތޮޅުތެރޭގެ ޕްރީސްކޫލާއި ފައުންޑޭޝަން ދަރިވަރުންގެ ކިޔެވުން އަލުން ފަށަނީ

އަތޮޅުތެރޭގެ ރަށްރަށުގައި ޕްރީސްކޫލް ދަރިވަރުންނާއި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައިދިނުން އަލުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ނިންމަވައިފިއެވެ. އަތޮޅުތެރޭގެ ޕްރީސްކޫލް ދަރިވަރުންނާއި ފައުންޑޭޝަން ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައިދޭން ފެއްޓިއަސް އަދިވެސް މާލެ ސަރަހައްދުގެ އެދެ ސްޓޭޖްގެ ދަރިވަރުން ކިޔަވާނީ އޮންލައިންކޮށް ގޭގައެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ކޮވިޑް-19 ގެ މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ ދަށުން ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލުގެ ދަރިވަރުންނަށް އަންނަ އާދިއްތަ […]

ބ. ފެހެންދޫގެ ދަރިވަރުންނަށް އިންޑިއާގެ އިން ހަދިޔާކުރި ފެރީ ސަރުކާރާ ހަވާލުކޮށްފި

ފޮޓޯ: ފޮރިން މިނިސްޓްރީ

ބ. ފެހެންދޫގެ ދަރިވަރުންނަށް އިންޑިއާގެ ސަރުކާރުން ހަދިޔާކުރި ފެރީ ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ. މިއަދު ހަވީރު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ލޯންޗް ހަދިޔާކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއެވެ. އެ ލޯންޗް ޑިޒައިންކޮށް އުފައްދާފައިވަނީ އިންޑިއާއިން ރާއްޖެއަށް ދިން 2.5 މިލިއަން ރުފިޔާގެ ގްރާންޓް އެހީގެ ދަށުން، އެގައުމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ލޯންޗްގައި 30 ދަރިވަރުންގެ ޖާގަ އޮންނަ ކަަމަށެވެެ. ފެހެންދޫއަކީ ވަަރަށް ކުޑަކުޑަ އާބާދީއެއް އޮންނަ […]