ހެންވޭރު ގެއެއްގެ ޓެރަސްމަތީ ހުރި ކުނިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

ހެންވޭރު ގެއެއްގެ ޓެރަސްމަތީ ހުރި ކުނިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފިއެވެ. އެމްއެންޑީއެފުން ބުނީ ހެންވޭރު ގެއެެއްގައި އަލިފާނުގެ ހާދިސާއެއް ހިނގިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މިއަދު 08:19 ހާއިރު ލިބިފައިވާ ކަމަށެވެ. އަލިފާން ރޯވެފައި ވަނީ ހ. ފެނިގެއްލިދާގޭގެ ޓެރަސްމަތީ ހުރި ކުނިތަކެއްގައެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ވަނީ ނިއްވާލައިފައެވެ. އަދި ފަޔަރފައިޓަރުން […]
އަލިފާން ރޯވި ގޭގައި ދިރިއުޅުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

މިއަދު ހެނދުނުގެ ވަގުތެއްގައި އަލިފާންރޯވި މ. އަފްޒާގައި ދިރިއުޅުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި ކަމަށް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ. އެ ސެންޓަރުން މަޢުލޫމާތު ދިންގޮތުގައި، މި ހާދިސާގެ ސަބަބުން ދުމާއި، އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބުމާ ގުޅިގެން، އެ އެޕާޓުމަންޓުގައި ދިރިއުޅުނު މީހުންނަށް 5 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ޚަރަދު ވަނީ ހަމަޖައްސާފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ އެ ގޭގެ 6ވަނަ ފަންގިފިލާގައި ހުރި އެޕާޓުމަންޓެއްގެ ބެލްކަނީގައި […]
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފުލެޓެއްގައި އަލިފާނުގެ ހާދިސާއެއް

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ 94ވަނަ ފުލެޓުގެ އެޕާޓުމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ފުލެޓުގެ ތިންވަނަ ފަންގިފިލާގައި ހުންނަ އެޕާޓުމަންޓެއްގައެވެ. އެ ތަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައިވާއިރު، ތަނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މަޢުލޫމާތުދެއެވެ. މި އެޕާޓުމަންޓުގައި 11 ބިދޭސީން ދިރިއުޅެމުން ދިޔަނަމަވެސް، އެއްވެސް މީހަކަށް ގެއްލުމެއްވެފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ހުޅުމާލޭގައި ހުންނަ އެންސިސް ގުދަނުގައި އަލިފާން ރޯވެއްޖެ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ހުންނަ އެންސިސްގެ ގުދަނުގައި އަލިފާން ރޯވުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަދެއެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 18:48ހާއިރު ކަމަށެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އިންޑަސްޓްރިއަލް ޒޯނުގައި ހުރި މި ގުދަނުގައި އަލިފާން ރޯވުމާ ގުޅިގެން ފުލުހުންވެސް އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ހައުސިންގ މިނިސްޓްރީ ހުންނަ އިމާރާތުގައި އަލިފާން ރޯވެ އަނދަނީ

އަމީނީ މަގުގައި ހައުސިންގ މިނިސްޓްރީ ހުންނަ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މ.ގްރީން ބިލްޑިންގ ގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާއިރު، މުޅި ސަރަހައްދު އޮތީ ދުމުން ފުރިފައެވެ. މައުލޫމާތު ލިބޭ ގޮތުން އެންމެ ފުރަތަމަ ރޯވެފައިވަނީ މި އިމާރާތުގެ އެންމެ ހުޅަނގަށް ހުންނަ ޓިނު އިމާރާތުގެ އެއްވަނަ ބުރީގައެވެ. އަލިފާނުގެ ހާދިސާ ހިނގިއިރު އިމާރާތުގެ ތެރޭގައި މީހަކު ނެތް ކަމަށް މައުލޫމާތު ލިބެއެވެ. އެ ސަރަހައްދު ބަންދުކޮށް އެމްއެންޑީއެފްއިން އަންނަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ. […]
އައްޑޫ ސިޓީ މަރަދޫ ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް

އައްޑޫ ސިޓީ މަރަދޫގައި ހުންނަ، އެތުމާގޭގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ ރިޕޯޓް ލިބުނީ ފަތިހު 05:46 ގައެވެ. އަލިފާން ރޯވީ އެތުމާގޭގައި ވިޔަފާރިކުރުމަށް ހަދާފައިވާ ގާޑިޔަލެއްގެ އިތުރުން އެއާ އިންވެގެން ހުރި ގުދަނެއްގައެވެ. އެ ގުދަން ވަނީ އަނދައި ހުލިވެފައެވެ. މި ހާދިސާގެ ރިޕޯޓް ލިބުމުން އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް […]