ކައިވެންޏާ ވަރިއާ ގުޅޭ މައުލޫމާތުތައް ޑިޖިޓަލައިޒްކުރަން ނިންމައިފި

ކައިވެނި އަދި ވަރީގެ މައުލޫމާތުތައް އޮންލައިންކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަޝްވަރާތައް ފަށައިފި ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެފިއެވެ. އެގޮތުން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ)ގެ އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރުއާ ބައްދަލުކުރައްވައި އެކަމާ ގުޅޭ މަޝްވަރާތައް ކުރައްވައިފައެވެ. އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސާލިހު އާއި އެންސީއައިޓީގެ އިސްވެރިންނާއި، ޑީޖީއޭގެ އިސް މުވައްޒަފުންވެސް […]