ވަގަށް ގޯތި ދިން މައްސަލާގައި 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

ބިންވެރިޔާ ސްކީމުގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދިން މައްސަލައާ ގުޅިގެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ. ފުލުހުން މިއަދު ބުނީ ފުލުހުން ތަހުގީގުކުރަމުންދާ ބިންވެެރިޔާ ހައުސިންގ ސްކީމާ ގުޅުންހުރި މައްސަލައާ ގުޅިގެން ޖުމްލަ 20 މީހުން ފުރުން މަނާކުރުމުގެ އަމުރު ނެރެފައިވާ ކަމަށެވެ. އޭގެތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޟުލް ރަޝީދާއި، އޭނާގެ ބޭބެ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފަޒީލު ރަޝީދު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. […]

ވަގަށް ގޯތި ވިއްކި މައްސަލަ: ފަޟުލްގެ ބޭބެ ފަޒީލް ސަސްޕެންޑްކޮށްފި

“ބިންވެރިޔާ” ސްކީމަށް ޝަރުތު ހަމަނުވާ އެތައް ބަޔަކަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގު ލިޔުން ތައްޔާރުކޮށް، މަކަރާއި ހީލަތުން ބިންތައް ދީފައިވާ މައްސަލާގައި އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ ފަޒީލް ރަޝީދު ސަސްޕެންޑްކޮށްފިއެވެ. ބިންވެރިޔާ ސްކީމުގެ ބޭރުން އުސޫލާ ޚިލާފަށް ގޯތި ވިއްކިކަން ހާމަވީ އެގޮތަށް ދޫކުރި ގޯތިތަކެއްގެ އިންފާރު ރޭނުމުގެ ހުއްދައަށް ހައުސިންގ މިނިސްޓްރީގައި އެދުމުން އެ މީހުންނަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ހޯދަން އެދުނު ބައެއް ނޫންކަން ހައުސިންގ މިނިސްޓްރީން އެންގުމުންނެވެ. ގޯތި […]