ކަސްޓަމްސް އިން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދެނީ

ކަސްޓަމްސްގެ މިއަހަރުގެ އަހަރީ ދުވަހާއި ގުޅިގެން އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު(އެޗްޕީއެސްއެން)އަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މިކަމަށްޓަކައި ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިސްވެރިންނާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ކަސްޓަމްސްގެ މި ނިންމުމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކަސްޓަމްސްގެ ސީއެސްއާރުގެ ދަށުން ކުރައްވަމުންގެންދަވާ މިފަދަ މަސައްކަތްތައް ފާހަގަކޮށް، އެހެނިހެން މުއައްސަސާތަކަށް […]

ރާއްޖެއަށް އެތެރެކުރި 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕްލާސްޓިކް ގަސްމުށިތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރި 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ. ކަސްޓަމްސްއިން ބުނީ، މިތަކެތި އަތުލައިގެންފައިވަނީ ވައިގެމަގުން އެތެރެކުރަން އުޅުމުގެތެރޭގައި ކަމަށާއި، މި ތަކެތި ބަލައިފާސްކޮށްފައިވަނީ ކަސްޓަމްސްއަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން ކަަމަށެވެ. މި ތަކެތި ފުރަތަމަ މަރުޙަލާގައި ކުރި ޓެސްޓުތަކުން ކެނެބިނޮއިޑް އޮއިލްއަށް ޕޮޒިޓިވްވެފައިވާއިރު، މީގެ މަގުމަތީ އަގު 26 މިލިއަން ދިވެހިރުފިޔާއަށް އަރާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެއެވެ.

ވޭޕް އޮއިލްގެ ނަމުގައި ރާއްޖެ އެތެރެ ކުރި މަސްތުވާތަކެތީގެ ޝިޕްމެންޓެއް ކަސްޓަމްސް އިން އަތުލައިގެންފި

ދާދި ދެންމެއަކު އަވޭޕް އޮއިލްގެ ނަމުގައި ރާއްޖެ އެތެރެ ކުރި މަސްތުވާތަކެތީގެ ޝިޕްމެންޓެއް މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދާދި ދެންމެއަކު ވޭޕް އޮއިލްގެ ނަމުގައި ރާއްޖެ އެތެރެ ކުރި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކަމަށްވާ ކެނެބިސް އަޅާފައިވާ ޝިޕްމެންޓެއް ކަސްޓަމްސް އިން ހިފަހައްޓާފައިވާ ކަމަށެވެ. ވޭޕް ރާއްޖެއަށް އެތެރެކުރުމާއި ބޭނުން ކުރުން މަނާ ކުރަން މިއަދު ރައީސް ނިންމެވި ނިންމެވުމަށް އިޝާރާތް ކުރައްވާ އިހްސާން ވިދާޅުވީ […]