މަސްތުވާތަކެތީގެ ތުހުމަތުގައި ހިޔާ ފުލެޓަކުން ދެ މީހަކު ހައްޔަރުކޮށްފި

ހިޔާ ފުލެޓުގެ އެޕާޓުމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި، ހައްޔަރުކުރީ އެ އެޕާޓުމަންޓުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ކަމުގެ ތުހުމަތުގައި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، މި ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މ. މުލި / ނަސީމީގެ، މުޙައްމަދު ވަޙީދު (52އ) އާއި ސ. ފޭދޫ / މުށިކުލާގެ، […]
ޓެކްސީ ޚިދުމަތް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނާ މިއަދު ބައްދަލުކުރައްވާ ޓެކްސީ ޚިދުމަތް ހަރުދަނާކުރުމަށް މަޝްވަރާކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވަނީ، ޓެކްސީގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތައް ޙައްލު ކުރެވޭނެ ގޮތްތަކާއި، މި ޚިދުމަތް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރައްވާފައެވެ. އެގޮތުން މި ބައްދަލުވުމުގައި އެސޯސިއޭޝަނުން ހުށަހެޅުއްވި ބައެއް ކަންކަމުގެ ތެރޭގައި ޓެކްސީ ކުރުމަށް ގެނެވޭ ވެހިކަލް ރަޖިސްޓްރީކުރުމާއި ޕާކު ކުރުން ކުރީއްސުރެ ހިނގަމުން އައި ގޮތަށްވުރެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސެވުމަށް […]
ކ. ގުރައިދޫ ބޭރުން ކަނޑުމަތިން ކިނބުލެއް ހިފައިފި

ކ. ގުރައިދޫ ބޭރުން ކަނޑުމަތިން ކިނބުލެއް ހިފައިފިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މި ކިނބޫ ހިފާފައިވަނީ އެ ސަރަހައްދުން ދަތުރުކުރި ”ރަންމުތް“ ނަމަކަށް ކިޔާ ދޯންޏަކުންނެވެ. ްެއެމްއެންޑީއެފުން މަޢުލޫމާތުދޭގޮތުގައި ގުރައިދޫގެ ހުޅަނގު ދެކުނުފަރާތުން 1.5 ނޯޓިކަލް މޭލު ބޭރުން ހިފި މި ކިނބުލުގެ ދިގުމިނުގައި 6 ފޫޓު ހުއްޓެވެ. އަދި އެ ކިނބޫ މިހާރު ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުން ބޭރަށް އޭތި ދޫކޮށްލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
140,000ރ. ގެ އިންޖީނެއް ވަގަށް ނަގައި 1083 ރުފިޔާއަށް ވިއްކާލައިފި

ހުޅުމާލޭގެ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައި ހުއްޓައި ވަގަށް ނަގާފައިވާ 140،000 ރުފިޔާގެ އަގުހުރި އައުޓްބޯޑް އިންޖީނެއް ވަގަށް ނަގައިގެން 1083 ރުފިޔާއަށް ވިއްކާލާފައި ހުއްޓާ އެ ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ. މި ހާދިސާ ހިނގާފައި ވަނީ މި ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ. ފުލުހުން މިއަދު ބުނީ ހުޅުމާލޭ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައިހުރި 140،000 ރުފިޔާގެ އަގުހުރި 40 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން […]
ހުޅުމާލެ ފޭސް 3 އިން ގޯތި ލިބުނު މީހުންގެ ގުރުއަތުލުން ފަށައިފި

ބިންވެރިޔާ ސްކީމުން ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި ގުރުއަތުލުން މިއަދު ފަށައިފިއެވެ. ފޭސް ތިނަކުން ދޫކުރި ގޯތިތައް ލިބުނު މީހުންގެ މެދުގައި ގުރުއަތުލުން ކުރިއަށް ގެންދަނީ ކަލާފާނު ސްކޫލްގައެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރަން ހަމަޖެހިފައި ވަނީ 698 ގޯއްޗެވެ. އެގޮތުން 7 ސައިޒެއްގެ 698 ގޯތީގެ ގުރުއަތުލުމަށްވަނީ ނިންމާފައެވެ. ހައުސިން މިނިސްޓްރީން ބުނީ ގޯތިލިބޭ ފަރާތްތަކަށް ލިބޭ ޕްލޮޓްގެ ގުރުއަތުނެގުމުގެ ކަންކަން ކުރިއަށް ގެންދަނީ އެ މިނިސްޓްރީގެ […]
ދަންވަރު ވަގުތު ބޭރުތެރޭގައި އުޅޭ ބިދޭސީން ހުއްޓުވައި ފިޔަވަޅުއެޅުމަށް ރައީސް އަންގަވައިފި

ދަންވަރު 12.00އާ ހެނދުނު 6.00އާ ދެމެދު ބޭރުތެރޭގައި އުޅޭ ބިދޭސީން ހުއްޓުވައި، ފިޔަވަޅު އަޅަންޖެހޭނަމަ އެކަން ކުުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ. މިކަން ހާމަކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، މިގޮތަށް މިކަން ކުރުމަށް އެންގެވީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީން އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް އުޅެމުންދާތީއާއި، އާންމު މަސްލަހަތު ގެއްލޭފަދަ ކަންކަން ކުރަމުންދާކަން ފާހަގަކުރެވިފައިވާތީ ކަމަށެވެ. އެހެންކަމާއެކު، އެ ވަގުތުގެ ތެރޭގައި ބޭރުތެރޭގައި އުޅޭ ބިދޭސީންނާ ސުވާލުކޮށް، އަދި […]
10 ތަނެއް ބަލާފާސްކޮށް، 4 ބިދޭސީން ހައްޔަރުކޮށްފި

މާލޭގެ 10 ތަނެއް ބަލާފާސްކޮށް، 4 ބިދޭސީން ހައްޔަރުކޮށްފިއެވެ. އިމިގްރޭޝަނުން މިއަދު ބުނީ ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެ މާލޭގައި ހިންގަމުންދިއަ 10 ތަނެއް ބަލައި ފާސްކޮށް، 04 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުގެ ކަމާގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން ބޮޑު އޮޕަރޭޝަނެއްދަނީ ހިންގަވަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ވިޔަފާރިތަކުގައާއި، ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގަމުންދާ […]
ރާއްޖޭގައި ގަވާއިދާ ހިލާފަށް ހިންގާ 74 ވިޔަފާރިއެއް ސަރުކާރުން ބަންދުކޮށްފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް ހިންގާ 74 ވިޔަފާރިއެއް ސަރުކާރުން ބަންދުކޮށްފިއެވެ. މިކަންހާމަކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވަނީ ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރި ފާސްކުރުމަށް ހިންގި ހަރަކާތުގައި މިދިޔަ މަހު 29 އިން ފެށިގެން އިއްޔެގެ ނިޔަލަށް ބަންދުކުރި ވިޔަފާރިތަކުގެ އަދާހަމަ ހިއްސާކޮށްފައެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމަށް ބުނެ 252 ޝަކުވާއެއް ލިބިފައި ވާއިރު އެ ޝަކުވާތަކާ ގުޅިގެން މިނިސްޓްރީން ވަނީ 98 […]
އަނެއްކާވެސް 5 މަސާޖު ޕާލާއެއް ބަންދުކޮށްފި

މަސާޖު ޕާލާތައް ބަލައިފާސްކުރުމުގެ އޮޕަރޭޝަނުގެ ދަށުން އިއްޔެވެސް 5 މަސާޖުޕާލާއެއް ބަންދުކޮށްފައި ވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. އިމިގްރޭޝަނުން ބުނީ، އިއްޔެ 17 މަސާޖު ޕާލާއެއް ބަލައިފާސްކޮށްފައި ވާއިރު 1 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. މީގެ އިތުރުން، މި މަހުގެ 15 ވަނަ ދުވަހުގެ ރޭވެސް ވަނީ މިފަދަ 10 ތަނެއް ބަލައިފާސްކޮށް އޭގެތެރޭން 3 ތަނެއް ބަންދުކޮށްފައެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ލަންކާގައި ފަށައިފި

ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ސްރީލަންކާގައި ފަށައިފިއެވެ. އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ވިދާޅުވީ، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އައި.ޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުމާއި ގުޅިގެން އެގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް، އައިޑީ ކާޑު ލިބުން އަވަސްވެގެންދާނެ ކަމަށެވެ. ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް […]