ބޭނުމީ ފުލުހުންނަކީ ރައްޔިތުން މިހާރަށްވުރެވެސް ބޮޑަށް އިތުބާރުކުރާ ބަޔަކަށް ހެދުން: ރައީސް

ބޭނުންފުޅުވަނީ ދިވެހި ފުލުހުންނަކީ ރައްޔިތުން މިހާރަށްވުރެވެސް ބޮޑަށް އިތުބާރުކުރާ، ނަޒާހަތްތެރި، ޕްރޮފެޝަނަލް މުއައްސަސާއަކަށް ހައްދަވަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު މިއަދު ވަނީ ދިވެހި ފުލުހުންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ފުލުހުން މިހާތަނަށް ކޮށްފައިިވާ މަސައްކަތާއި މިހާރުވެސް ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވައި ހުރިހާ ދިވެހި ރައްޔިތުންގެ ނަމުގައި ހުރިހާ ފުލުހުންނަށް ޝުކުރުއަދާކުރައްވައިފައެވެ. ރައީސް ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް، އާއިލާތަކާ […]