ނިއު ޔޯކްގެ މެޓްރޮޕޮލިޓަން ސަރަހައްދަށް 3.0 މެގްނިޓިއުޑްގެ ބިންހެލުމެއް އަރައިފި

ހޮނިހިރު ދުވަހުގެ ރޭ 10:18 ހާއިރު ނިއު ޖާޒީގެ ހާސްބްރޫކް ހައިޓްސް ހިސާބުގަނޑަށް 3.0 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ރިޕޯޓުކޯށްފިއެވެ. މި ބިންހެލުން އައިސްފައިވަނީ ގާތްގަނޑަކަށް ބިމުގެ 6.2 މޭލު (10 ކިލޯމީޓަރު) ގެ އަޑިންނެވެ. ނިއު ޖާޒީގެ އުތުރު، ނިއުޔޯކް ސިޓީގެ، މެންހަޓަން، ބްރޫކްލިން، އަދި ސްޓޭޓެން އައިލެންޑް ހިމެނޭ ގޮތަށް އަދި ކޮނެކްޓިކަޓްގެ ބައެއް ހިސާބުތަކަށް ބިންހެލުމުގެ އަސަރުކޮށްފައިވާއިރު، އާންމުންގެ އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ އިމާރާތަކަށް […]