ދިވެހިރާއްޖެއިން ގެންގުޅޭ ނިއުޓްރަލް ޚާރިޖީ ސިޔާސަތައް ބަދަލެއް ނާދޭ ނުވެސް އަންނާނެ:ހަލީލް

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ފަހަކަށް އައިސް ދެކެވުނު ވާހަކަތަކާ ގުޅިގެން، ބައިނަލްއަޤްވާމީ މައްސަލަތަކުގައި ގެންގުޅޭ މެދުމިނުގެ ސިޔާސަތަށް ބަދަލު އައިސްފައިވާކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ވަނީ ބަލައިނުގަނެ ދޫކޮށްލައްވާފައެވެ. ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ދިވެހިރާއްޖޭގެ މައުގިފު ސާފުކޮށްދެއްވަމުން ވިދާޅުވީ، ޤައުމުގެ ޚާރިޖީ ސިޔާސަތު ކުރީގެ އުސޫލުތަކާ އެއްގޮތަށް ދެމެހެއްޓިފައިވާ ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ހުރިހާ ޤައުމުތަކަކާއެކު ހަމަހަމަ ގުޅުން ބޭއްވުމަށް އިސްކަންދޭ ކަމަށެވެ. ”އަޅުގަނޑުމެން ގެންގުޅެނީ ހުރިހާ ޤައުމުތަކަކާއެކު […]
ޞައިފް އަލީ ޚާން ގަޔަށް މީހަކު ވަޅި ހަރާ ޒަޚަމް ކޮށްލައިފި

އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރި ޞައިފް އަލީ ޚާންގެ ގަޔަށް މީހަކު ވަޅިހަރާ ޒަޚްމް ކޮށްލުމުގެ ސަބަބުން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފިއެވެ.މިހާދިސާ ހިނގާފައިވަނީ ބުރާސްފަތި ވިލޭރޭ ދަންވަރު ތިނެއްޖަހާ އެހާއިރު ކަމަށް ޚަބަރުތައް ބުނެއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ކާކުކަން ނޭގޭ މީހަކު، މުމްބާއީ ސިޓީގައި މުއްސަނދިން ދިރިއުޅޭ ސަރަހައްދުގައި ހުންނަ ޞައިފް ގެ ގެއަށް ވަދެފައިވާކަމަށް ބެލެވެނީ ވައްކަން ކުރުމަށެވެ.އެމީހާ އާއި ސައިފް ކުރިމަތިލާ ބަހުގެ ހަމަލާތައް ބަދަލު ކުރުމުގެ ތެރޭގައި […]
އިސްރާއީލުން ފަލަޞްޠީނަށް ދިން ހަމަލާތަކުގައި ލިބުނު ގެއްލުމުގެ ބަދަލުދޭން ޖެހޭ:ރައީސް މުޢިއްޒު

އިސްރާއީލުން ފަލަޞްޠީނަށް ދިން ހަމަލާތަކުގައި އެ ޤައުމުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލުދޭން ޖެހޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރމުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޣައްޒާއަށްދޭ ހަމަލާތައް ހުއްޓާލަން ނިންމުމާއި ގުޅިގެން، އެ މަނިކުފާނުގެ ޝުޢޫރުފާޅުކުރައްވައި ”އެކްސް“ މެދުވެރި ކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ހަމަލާތައް ހުއްޓާލުމަކީ ހިތްޕުޅަށް ލިބިވަޑައިގަތް ހަމަޖެހުމެއް ކަމަށާއި ހަމަލާތައް ހުއްޓާލުމަށް ނިންމި ނިންމުން ދެމެހެއްޓުމަށް ރައީސް މުޢިއްޒު ވަނީ ގޮވާލައްވާފައެވެ. ގެދޮރު ގެއްލިފައިވާ މީހުންނަށް އެމީހުންގެ ވަޒަނަށް އަނބުރާ ދެވޭނެ […]
ދުވަސްވީ މީހެއްގެ ގައިގައި ސައިކަލުންޖެހި އެކްސިޑެންޓުވުމުން މަޑުނުކޮށްދިޔަ މީހާގެ ބަންދަށް 7 ދުވަސް

ދުވަސްވީ މީހެއްގެ ގައިގައި ސައިކަލުންޖެހި އެކްސިޑެންޓުވުމުން މަޑުނުކޮށްދިޔަ މީހާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ވާދޫ / ފުރުސަތު، ލޫޠު އިބްރާހީމް (27 އ) އެވެ. ފުލުހުން މިއަދު ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅު މަގުގައި ހުންނަ ކެއަރ ޕްލަސް ފިހާރަ ކައިރީގައި އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި މި އެކްސިޑެންޓުގައި، ހިނގާފައި ދިޔަ 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ސައިކަލުން ޖެހި އަނިޔާވެފައިވާ […]
ސްޓެލްކޯގެ ކުރީގެ އެމްޑީ ޝަރީފްގެ ޕާސްޕޯޓު ހިފަހައްޓައިފި

ސްޓެޓް ޓްރޭޑިން އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ. އެނގިފައިވާ ގޮތުގައި ޝަރީފްގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި ޝަރީފްގެ ޕާސްޕޯޓު ހިފެހެއްޓީ އެންޓިކަރަޕްޝަން ކޮމިޝަން(އޭސީސީ)ން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. ޝަރީފްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު ސްޓެލްކޯއަށް ގެއްލުންވާ ގޮތަށް އެއްބަސްވުމެއްގައި ޝަރީފް ސޮއިކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ އެ މައްސަލަ ތަހުގީގު ކުރުމަށް އޭސީސީއަށް […]
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މާލޭން ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މާލޭން ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އެގޮތުން އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / މޫނިމާގެ، ނަޒީހް ޝަރީފް (27އ) އާއި ޏ. ފުވައްމުލައް / ދަޑިމަގު، ވައިގެ، މުޙްސިން މުޙައްމަދު […]
އާއިލާއެއްގެ ޒިންމާތައް ފުރިހަމަ ކުރުމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަތަ؟

އަހަރެންނާއި އަހަރެންގެ ފިރިމީހާ އާއިލާއެއްފަށާ ކުދިން ހޯދަން ފެށީ އެއްމަގްސަދެއްގައި އެއްކަމެއް ހާސިލް ކުރުމަށެވެ. ނަމަވެސް ދެމީހުންގެ ބައިވެރިވުން މިކަމުގައި އޮންނަނީ އެއްވަރަށް ހެއްޔެވެ؟ ދަރިން ލިބެން ފެށުމަށްފަހު ފިރިމީހާގެ ދިރިއުޅުމަށް މާބޮޑުބަދަލެއް ނާދެއެވެ.އޮފީހަށް ދެއެވެ.ބޭނުން އެހެން ކޮންމެ ތާކަށް ދެއެވެ. ބޭނުން ހޮބީއެއް ކުރިޔަށް ގެންދެވެއެވެ. ނަމަވެސް ކުއްޖަކު ލިބުމަށްފަހު ވަޒީފާޔަށް ދިއުން އަހަރެންނަށް ވަނީ އުނދަގޫ ވެފައެވެ.ބޭރު ތަނެއްގައި ހުއްޓާ ފެންނަ ދަންނަކޮންމެ މީހަކު، ބޭބީ ކާކާ ހަވާލުކޮށްފަތޯ ތިއުޅެނީ އަހާލައެވެ.ބަލިވެ އިނުމުން އަހަރެންގެ […]
ޑިޖިޓަލް ޓްރާންސްފޯމޭޝަން ޑައިލޮގް މެދުވެރިކޮށް ރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ގުޅުން ބަދަހިކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާއެކު ބައްދަލުވުމެއް ބާއްވާފިއެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެސްޓޯނިއާގެ ދުނިޔޭގައި ފާހަގަކުރެވިފައިވާ ޑިޖިޓަލް ކުރިއެރުންތަކުން ފިލާވަޅު ލިބިގަތުމާއި އެކުގައި މަސައްކަތްކުރުމަށް މަޝްވަރާކުރެވުނެވެ. މި މަޝްވަރާތަކުގައި، ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއް ބިނާކުރުމަށް ސަރުކާރާއި އަމިއްލަ ދާއިރާގެ ބައިވެރިވުމުގެ މުހިންމުކަން ފާހަގަކުރެވުނެވެ. އެސްޓޯނިއާގެ ޑިޖިޓަލް ވެރިކަމުގައި، ރައްޔިތުންނަށް އަމާޒުކުރެވިފައިވާ ޚިދުމަތްތަކާއި އީ-ގަވަރނަންސްގައި ލިބިފައިވާ ކާމިޔާބީތަކަކީ ދެމެހެއްޓެނިވި އަދި އީޖާދީ […]
ފަޒީސް ހިޖާމާ ކްލިނިކް ހެލްތު މިނިސްޓްރީން ރަޖިސްޓްރީކޮށް ދީފި

ފަޒީލާ އުސްމާނުގެ ”ފަޒީސް ހިޖާމާ ކްލިނިކް“ ހެލްތު މިނިސްޓްރީން ރަޖިސްޓްރީކޮށް ދީފިއެވެ. މިކަންހާމަކޮށް ފަޒީސް ހިޖާމާ ކްލިނިކްގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ފަޒީ ބުނީ ހިޖާމާ ކްލިނިކް ރަޖިސްޓްރީ ކުރެވުމަކީ މި ވޭތުވެދިޔަ އަށް އަހަރު ކުރަމުންދިޔަ އުންމީދެއް ކަމަށެވެ. މިހާރު ރަޖިސްޓްރީ ކުރެވިފައިވީ ނަމަވެސް އެ ކްލިނިކުން ހިޖާމާ ފަރުވާ އަދި ފެށެން އޮތީ އޮޕަރޭޓިންގް ލައިސަންސް ލިބިގެން ކަމަށްވެސް ފަޒީ ވަނީ ބުނެފައެވެ. ހަމައެހެންމެ އެ ލައިސަންސް ހޯދުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުން […]
ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގެއަށް ކަޅުތެޔޮ ޖަހައިފި

ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގެއަށް ބަޔަކު ކަޅުތެޔޮ ޖަހައިފިއެވެ. އެމްޑީޕީ ހަރުގެއަށް ކަޅުތެޔޮ ޖަހާފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެ ހަރުގެއަށް ކަޅުތެޔޮ ޖަހާފައި މިވަނީ ޕީއެންސީއަށް މެންބަރުން އިތުރު ކުރަން ވަގު ފޯމްތަކެއް ހުށަހަޅާފައިވާ މައްސަލާގައި އެކަން ކުރި ކަމަށް ޝައްކުކުރެވޭ ބައެއް މީހުންގެ ފޮޓޯ އެމްޑީޕީގެ ޖަގަހައިގެ ގޭޓުގައި ހަރުކޮށްފައި ވަނިކޮށެވެ. މިކަމާއި ގުޅިގެން ފުލުހުން ވެސް ވަނީ އެ ސަރަހައްދަށް ގޮސް މައްސަލަ ބަލާފައެވެ.