ޗައިނާ-ދިވެހިރާއްޖޭގެ ވިޔަފާރި އެއްބަސްވުމުން ޚާއްޞަ ފުރުޞަތުތަކެއް ހުޅުވިގެންދާނެ:ސައީދު

2025 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ ޗައިނާ-ދިވެހިރާއްޖޭގެ ވިޔަފާރި އެއްބަސްވުމުން (އެފްޓީއޭ) އެހެން ގައުމުތަކަށް ނުލިބޭ ޚާއްޞަ މަންފާތަކެއް ދިވެހިރާއްޖެއަށް ލިބިގެންދާނެ ކަމަށް އިގްތިޞާދީ ތަރައްގީއާއި ވިޔަފާރީގެ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން، އިގްތިޞާދަށް މި އެއްބަސްވުމުން އަންނާނެ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. ޚާއްޞަކޮށް ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައެވެ. ވަޒީރު ސައީދު ފާހަގަކުރެއްވި ގޮތުގައި 12 ކޮޓަރީގެ ގެސްޓްހައުސްއެއް އެޅުމަށް 39،000 އެމެރިކާ ޑޮލަރާ ހަމައަށް […]
ދަރުބާރުގޭގެ ހޯލުތައް ކުއްޔަށް ދިނުން ވަގުތީ ގޮތުން ހުއްޓާލައިފި

ދާދިފަހުން ގްރީން ބިލްޑިންގްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަންމަންޓް މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކޮށްފައިވާތީ، އެތަނުގެ ހޯލުތައް ކުއްޔަށް ދިނުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ. ހައުސިން މިނިސްޓްރީން މިއަދު ބުނީ ތިން މިނިސްޓްރީއެއްގެ ހިންގުން ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކޮށްފައިވާތީ އެތަނުގެ ހޯލުތައް ވަގުތީ ގޮތުން ކުއްޔަށް ދިނުން ހުއްޓާލާފައިވާ ކަމަށެވެ. މި މަހުގެ ބާރަ ވަނަ ދުވަހު ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް […]
އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރ އަވަހާރަވެއްޖެ

އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރ އުމުރުފުޅުން 100 އަހަރުގައި އަވަހާރަވެއްޖެއެވެ. ކާޓަރ އަވަހާރަވީ ޖޯޖިޔާގައި ހުންނަ އޭނާގެ އަމިއްލަ ގެކޮޅުގައެވެ. ޕީނަޓް ހެއްދުމުގެ މަސައްކަތުން އާމްދަނީ ހޯއްދަވަން ފެއްޓެވި ކާޓަރ ވެރިކަން ކުރައްވާފައިވަނީ 1977އިންފެށިގެން 1981 އަށެވެ.ޖިމީކާޓަރ ގެ ވެރިކަމުގެ ހަތަރު އަހަރުވަނީ ގިނަ ގޮންޖެހުން ތަކަކާ ކުރިމަތިލައްވާ، އަދި ކާމިޔާބީ ތަކެއް ހާސިލް ކުރައްވާފައެވެ. މިގޮތުން މެދުއިރުމައްޗަށް ސުލްހަ ގެނައުމަށް ކުރެއްވި މަސައްކަތް ޕުޅުގެ ދަށުން އިސްރާއީލާ މިސްރާ ދެމެދު ސުލްހައިގެ އެއްބަސްވުމެއްގައި ވަނީ […]
ޗައިނާ-ދިވެހިރާއްޖޭގެ ވިޔަފާރީގެ މިނިވަން އެއްބަސްވުމުން ވިޔަފާރީގެ ފުރުސަތުތައް އިތުރުވެ، އަގުތައް ކުޑަވެގެންދާނެ

ޖެނުއަރީ 1 އިން ފެށިގެން އަމަލުކުރަން ފަށާ ޗައިނާ-ދިވެހިރާއްޖޭގެ ވިޔަފާރީގެ މިނިވަން އެއްބަސްވުމުން (އެފްޓީއޭ) ޗައިނާއިން އެތެރެކުރާ މުދަލުގެ އަގު ހެޔޮވެ، ދިވެހި ވިޔަފާރިތަކަށް ޗައިނާގެ މާކެޓަށް ވަނުމުގެ ފުރުސަތު ލިބި، އިޤްތިޞާދީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. 2017 ވަނަ އަހަރު ސޮއިކުރެވި، ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި އެއްބަސްވުމަކީ ސަރުކާރު ބަދަލުވުމާ ގުޅިގެން ލަސްވެފައިވާ އެއްބަސްވުމެކެވެ. ނަމަވެސް ރައީސް މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި އައު މަސައްކަތްތަކެއް ކުރެވި، މިހާރު ވަނީ މި […]
ދެކުނު ކޮރެޔާއަށް ދަތުރުކުރި މަތިންދާބޯޓެއް ވެއްޓި 120 މީހުން މަރުވެއްޖެ

ދެކުނު ކޮރެޔާގެ އެއާޕޯޓަކަށް ޖައްސަން އުޅުނު މަތިންދާބޯޓެއް މަގުން ކައްސާލާ ބޯޓުގައި އަލިފާން ރޯވުމުގެ ސަބަބުން 120 މީހުން މަރުވެއްޖެ ކަމަށް ހަބަރު ލިބެއެވެ.މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު އެތާގަޑިން 9 ޖެހިއިރުއެވެ.މަރުވިކަން އަދި ޔަގީން ވެފައިވަނީ 120 މީހުން ކަމުގައި ވީނަމަވެސް މިއަދަދު އަދި ވަރަށް ބޮޑަށް މައްޗަށް ދާނެކަމަށް ދަނީ ބެލެމުންނެވެ. ބެންކޮކުން ފުރައިގެން ދަތުރުކުރި ޖެޖޫ އެއާ ގެ ބޯޓު އުޅުނީ މުއާން އެއާޕޯޓްގައި ޖެއްސުމަށެށެވެ.ނަމަވެސް އޭގެ ކުރިން ބޯޓު ވަނީވެއްޓި އަދި […]
ކާފަ ދިން ޕީނަޓް ބަޓަރ ހުސްކުރި ފުޅި

އަހަރެންގެ ކާފަގެ އުމުރަކީ 90 އަހަރެވެ. ކާފަޔާ ބައްދަލްވާ ކޮންމެ ފަހަރަކުވެސް އަހަރެން ހެއްވާލުމަކީ ކާފަ ވަރަށް ކުރާހިތްވާކަމެކެވެ.ކާފަ އަދި ކުރާ އެހެން ކަމެއް އޮވެއެވެ.އެއީ ކުއްލި ކުއްލިއަށް އެކި ސުވާލުތައް ކުރުމެވެ. އެންމެ ފަހުން ކާފަޔާ ބައްދަލްވިރޭ ކުއްލިއަކަށް އެފަދަ ސުވާލެއް ކުރިއެވެ.“ދަރިފުޅު ގޭގަ ހުސްވާ ޕީނަޓްބަޓަރ ފުޅި ދޮވެ ރައްކާކުރަން ހެއްޔެވެ؟“ކުއްލިއަކަށް ކާފަ ކުރިސުވާލަށް ބުނާނެ އެއްޗެއް ނޭގި އިނދެފަ އާ ގަންނަމުން ބުނީމެވެ.“ނޫން-ނޫނެކެވެ.“ އަހަރެން ދިން ޖަވާބުން ކާފަ މާބޮޑަށް ހައިރާންވިކަމަކަށް ނުފެނުނެވެ. […]
ބައެއް މަގްބޫލް ސްމާޓް އަތުކުރީ ގަޑީގައި މަތީ ލެވެލަކަށް ވިހަ ކެމިކަލް

ބައެއް ބްރޭންޑް ތަކުގެ ސްމާޓް އަތުކުރީގަޑީގައި މަތީދަރަޖައަކަށް ވިހަ ކެމިކަލް އެއްކަމަށްވާ ”ޕީފާސް“ އެކުލެވޭކަން ފަހުގެ ސްޓަޑީ އަކުން ހާމަވެއްޖެއެވެ. މިސްޓަޑީ ހެދި ރިސާޗް ޓީމުން ވަނީ ތަފާތު ބްރޭންޑްތަކުގެ އަދި އެކި އަގުގެ ސްމާޓް އަތުކުރީ ގަޑީގެ 22 ކަމަރަކުން މި ކެމިކަލް ދެނެގަނެފައެވެ. ޕީފާސް ކެމިކަލް އެކުލެވޭ ގަޑީގެ ކަމަރުން ހަށިގަޑުގެ ތެރެޔަށް ކެމިކަލް ވަދެއެވެ. ޚާއްސަކޮން ދާހިއްލާ ވަގުތު ތަކުގައި އެކަމުގެ ނުރައްކާ ބޮޑުކަމަށް ރިސާޗަރުން ބުނެއެވެ. އެހެން ނަމަވެސް ދެރަކަމަކީ މިފަދަ […]
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގ:ރާއްޖެއަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތައް

2024 ޑިސެމްބަރ 26 ވަނަ ދުވަހު އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގ އަވަހާރަވުމަކީ، ސަރަޙައްދީ އެއްބާރުލުމާއި ތަރައްޤީއަށް މަސައްކަތްކުރެއްވި ލީޑަރެއްގެ ޒަމާނެއްގެ ނިމުމެކެވެ. ޑރ. ސިންގގެ ބޮޑުވަޒީރުކަމުގެ ދައުރުގައި، އިންޑިއާއަށް އެކަނި ނޫން، ދިވެހިރާއްޖެ ފަދަ ޖެހިގެން އޮންނަ ޤައުމުތަކަށްވެސް ވިސްނުންތޫނު ލީޑަރޝިޕެއް ދެއްކެވިއެވެ. އެމަނިކުފާނުގެ އިސްނެންގެވުންތަކުން ދެ ޤައުމުގެ ގުޅުން ވަރުގަދަވެ، މިއަދާ ހަމައަށްވެސް ދިވެހިންނަށް އޭގެ ފައިދާ ކުރަމުންދެއެވެ. ޑރ. ސިންގ ދިވެހިރާއްޖެއަށް ކޮށްދެއްވި އެންމެ ދެމިހުންނަނިވި އެއް ޚިދުމަތަކީ މާލޭގައި […]
ތިންވަނަ ކުއާޓަރުގައި ޖެޓް ފިއުލް ވިއްކުން އިތުރުވެއްޖެ:އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު އެންމެ ފަހުގެ ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައި ވާގޮތުން، މި އަހަރުގެ ތިންވަނަ ކުއާޓަރގައި ދިވެހިރާއްޖޭގެ ޖެޓް ފިއުލް ވިއްކުން ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ. އެއަރލައިންތަކަށާއި އުޅަނދުފަހަރަށް ޖެޓް ފިއުލް ވިއްކުމުގެ ޒިންމާ އަދާކުރާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އާމްދަނީ ވަނީ ކުރީ ކުއާޓަރާ އަޅާބަލާއިރު 14 އިންސައްތަ އިތުރުވެފައެވެ. މި މުއްދަތުގައި ޖެޓް ފިއުލް ވިއްކައިގެން 5.3 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މިއީ […]
ހުރިހާ ޕްރޮވިންޝަލް ހޮސްޕިޓަލްތަކެއްގައި ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ޚިދުމަތްލިބޭގޮތް ހަދަނީ

ރާއްޖޭގެ ހުރިހާ ޕްރޮވިންޝަލް ހޮސްޕިޓަލްތަކެއްގައި ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިއީ ސަރުކާރުން ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ. ޕީ.އެސް.އެމް ނިއުސްއަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ނާޒިމް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ގިނަ ބަޔަކު ނަފްސާނީ ދުޅަހެޔޮކަމުގެ ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ. އެހެންނަމަވެސް، މިހާރު ފަރުވާ އަދި އެހީތެރިކަން، ސްޕީޗް ތެރަޕީގެ ޚިދުމަތްތައްވެސް ހިމެނޭގޮތަށް، ލިބެން […]