އޮފީސް ޓެލެޑުރާމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އޮފީސް ޓެލެޑުރާމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ކުރި އިއުލާނެއްގައި ބުނީ ”އެން.ސީ.އޭ – އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446“ ގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލާ ކަމަށެވެ. އެހެންކަމުން މި މުބާރާތުގެ ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ޑިސެމްބަރު 12 ވަަނަ ދުވަހުގެ 13:30ގެ ކުރިން ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އަށް ފޯމް ހުށަހަޅަންޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ. މި މުބާރާތުގައި […]

ބްރިކްސް ގައުމުތަކުގެ މުދަލުން %100 ޓެކްސް ނަގާނަން:ޓްރަމްޕްގެ އިންޒާރު

ބްރިކްސް މެމްބަރ ގައުމުތަކުގެ ފައިސާ ބޭނުންކޮށްގެން ބައިނަލް އަގްވާމީ ވިޔަފާރިތަކަށް މަގުފަހިކޮށްދިނުމަށް އެޖަމާއަތުން މަސައްކަތް ކުރަމުން ގެންދާ މިދަނޑިވަޅުގައި ބްރިކްސްގައި ހިމެނޭ ގައުމުތަކުގެ އުފެއްދުން އެމެރިކާއަށް އެތެރެކުރާނަމަ %100 ޓެކްސް ނަގާނެކަމަށް ރައީސް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ. އެމަނިކުފާނުގެ އިންޒާރުގައި އެމެރިކާ ޑޮލަރުގެ ބާރު ކަނޑުވާ ނުލެވޭނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ. ބްރިކްސްގެ މެމްބަރު ގައުމުތަކަކީ ބްރެޒިލް އާއި ރަޝިޔާއާއި އިންޑިއާއާއި ޗައިނާއާއި ދެކުނު އެފްރިކާއާއި މިސްރާއި އިތިއޯޕިޔާއާއި އީރާނާއި އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް އެވެ.  […]

ދެކުނު ކޮރެއާގެ ސިޔާސީ ހަލަބޮލިކަން: މާޝަލް ލޯ އިއުލާންކުރުމާ ގުޅިގެން ރައީސް ޔޫން ވަކިކުރުމުގެ މަސައްކަތްތައް ފެށިއްޖެ

ރައީސް ޔޫން ސުކް-ޔެލް ވަނީ 2024 ޑިސެމްބަރ 3 ވަނަ ދުވަހު އިއުލާންކުރި މާޝަލް ލޯއާ ގުޅިގެން ސިޔާސީ ގޮތުން ގިނަ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިފައެވެ. އުތުރު ކޮރެއާއަށް ތާއީދުކުރާ ދައުލަތާ އިދިކޮޅު ބަޔަކުގެ ނުރައްކަލުގެ ސަބަބުން ކަމަށް ބުނެ އިއުލާންކުރި މި އަމުރު ވަނީ މަޖިލީހުގެ ހުރިހާ މެންބަރުން އެއްބަސްވެގެން ބާތިލްކޮށްފައެވެ. އަދި ފުޅާ ދާއިރާއެއްގައި އިހުތިޖާޖުތައް ވެސް ފެށިފައިވެއެވެ.މާޝަލް ލޯ އިއުލާންކުރުމަށް ނިންމުމަކީ ގައުމީ ސަލާމަތަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ޔޫން […]

ޣައްޒާގެ ވިއްސިވިހާލިވެފައިވާ އެތައްހާސް ރައްޔިތުން ފިނިމޫސުމުގެ ވޭނުގައި

ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ގޮސް ފޭލިގެ ތަކުގައި އުޅެން މަޖްބޫރުވެފައިވާ ޣައްޒާގެ އެތައްހާސް ރައްޔިތުންނަށް އިތުރު ވޭނަކާ ކުރިމަތިލާން ޖެހިއްޖެއެވެ.އެއީ ފިނިމޫސުމުގެ ގަދަ ފިންޏެވެ.ހަނގުރާމައިގެ ކުރިން ޣައްޒާގެ އަތިރިމައްޗަކީ ގިނަބަޔަކު ދުވަސް ހޭދަކޮށްލާ މޫދަށް އެރިލާހަދަން ދިޔަތަނެއްނަމަވެސް މިހާރު މުޅިއެހިސާބު ވަނީ ފޭލިގެތަކުން ފުރިފައެވެ. ހަގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ދާން ޖެހުނު އެތައް ހާސް މީހުންގެ ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ފޭލިގެތަކެވެ. މިފަދަ އާއިލާތަކަށް މިއަދު ވަނީ ފިނިމޫސުމުގެ ފިނިފިނި […]

މާޝަލް ލޯ އަކީ ކޮބާ؟

މާޝަލް ލޯއަކީ ސަރުކާރަކުން ހިންގާ، މިލިޓަރީ ވެރިކަމެއްފަދަ ކުއްލި އަމުރެކެވެ. މާޝަލް ލޯ ހިންގުމުން އެތަނެއްގައި އެއްވުންތަކާއި މުޒާހަރާތައް ފަދަ އިދިކޮޅު ސިޔާސީ ހަރާކާތްތައް ހިންގުން މަނާވާނެއެވެ. މީގެ އިތުރުން ހަޅުތާލުތަކާއި ލޭބާ ގްރޫޕްތަކުން ނާއި ޔޫނިއަން ތަކުން ހިންގާ ހަރަކާތްތައްވެސް މަނާވުމާއި އެކު މީޑިޔާ އަދި ޕަބްލިޝް ކުރުން އޮންނާނީ ސަރުކާރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައެވެ.މިއަމުރާ ޚިލާފްވާ ފަރާތައް އެއްވެސް ވޮރަންޓެއްނެތި ހައްޔަރު ކުރެވޭނެއެވެ. ދެކުނު ކޮރެޔާގައި މާޝަލް ލޯ ހިންގުމަށް ސަރުކާރުން މިއަދު […]

ފުލުހެއްގެ ގައިގައި ދަތްއެޅި އަންހެނަކު 15 ދުވަހަށް ބަންދަށް!

ފުލުހެއްގެ ގައިގައި ދަތް އެޅި އަންހެނަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 44 އަހަރުގެ ދިވެހި އަންހެނެކެވެ. . ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނީ އެ އަންހެންމީހާއަކީ އާންމުކޮށް މަސްމާރުކޭޓުގެ ކެފޭއަކަށް ވަދެ އާންމުންނަށް އުނދަގޫކުރާ މީހެއް ކަމަށެވެ.އަދި ފުލުހުން އޭނާ ހައްޔަރުކުރި ދުވަހު ވެސް އެގޮތަށް އުޅެފައިވާ ކަމަށެވެ. އަދި އެ ދުވަހު އޭނާ ހުއްޓުވައި ނަސޭހަތްތެރިވާން އުޅުމުން ފިލަން މަސައްކަތްކޮށް ފުލުހެއްގެ ގައިގައި ޖަހައި ދަތް […]

އީރާނުން ރަން ނެގޭނެ މިންވަރު އިތުރުވެއްޖެ

އީރާނުގެ ހުޅަނގުން އަޒަރުބައިޖާނާ ވީ ފަރާތުގައި ހުންނަ އީރާނުގެ އެންމެ ބޮޑު ގޯލްޑް މައިނުން ރަން ނެގޭނެ ވަރު ވަރަށް ބޮޑު ތަނުން އިތުރުވެއްޖެ ކަމަށް އެ ގައުމުގެ ކަމާބެހޭ ކުންފުނިން މިދިޔަ ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހު ހާމަކޮށްފިއެވެ. އީރާނުން ރަން ނެގުމުގެ މަސައްކަތް ކުރަނީ ސަރުކާރުން އެކަމަށް ޚާއްސަކޮށްފައިވާ އީރާނުގެ މައިނިންގ ކޮމްޕެނީގެ ޒަރޝޯރަން މައިނިންގ ކޮމްޕެނީގެ ފަރާތުންނެވެ. އެއީ ހުޅަނގު އޭޝިޔާގައި ރަން ކޮނެގެން ނެގުމުގެ މަސައްކަތްކުރާ އެންމެ ބިޔަ ކުންފުންޏެވެ. […]

ރައީސުލްޖުމްހޫރިއްޔާ، ކެޔޮޅުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކެޔޮޅުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ކެއުޅުން ވަނީ މަސްވެރިކަމުގެ ސިނާޢަތުގައި ރަނގަޅުކުރުމަށް ބޭނުންވާކަންކަން ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފައެވެ. މަސްވެރިކަމުގެ ސިނާޢަތުގައި މިހާރު ހުރި ކަންބޮޑުވުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި މަހުގެ އަގު ދަށްކަމާއި، ފައިސާއާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި، މަސްކިރުމުގައި ހުރި ގޮންޖެހުންތައްވެސް، ކެޔޮޅުން ވަނީ ރައީސްއާ ޙިއްޞާކުރައްވާފައެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި މަސްވެރިކަމުގެ ސިނާޢަތް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިއެރުވުމަށް ކުރެވިދާނެ […]

ސަރުކާރުން ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރުކުރުމަށްދާ ޚަރަދު އިންތިހާއަށް ބޮޑު

ހިޔާ ފްލެޓްތަކުގައި އަލަށް ލިފްޓް ހަރުކުރުމަށް 278 މިލިއަން ރުފިޔާ (18 މިލިއަން ޑޮލަރު) ޚަރަދުވާނެ ކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ. ޖުމްލަ 32 ލިފްޓް ހަރުކުރުމަށް މިހާ ބޮޑު އަދަދެއް ޚަރަދުކުރަން ޖެހުމާމެދު ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މި ޚަރަދުގެ ބޮޑުކަން އިތުރަށް ފާހަގަވަނީ ވޯލްޑް ބޭންކުން ކުރިން ފާހަގަކޮށްފައިވާ ހިޔާ މަޝްރޫޢުގެ ޖުމްލަ އަގާ އަޅާބަލާއިރުއެވެ. ވޯލްޑް ބޭންކުގެ 2022 އޮކްޓޯބަރު މަހުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ […]

މޫޑީސްއިން ދިވެހިރާއްޖޭގެ ރޭޓިންގ ދަމަހައްޓައިފި: މާލީ ހާލަތު ނާޒުކު

މޫޑީސް އިންޓަނޭޝަނަލް ކްރެޑިޓް ރޭޓިންގ އޭޖެންސީން ވަނީ ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ Caa2 ގައި ދަމަހައްޓާފައެވެ. މިއީ ސަރުކާރުން އެޅި ބައެއް ފިޔަވަޅުތަކާ އެކުވެސް، ޤައުމުގެ އަސާސީ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ކުރިމަތިވެފައިވާ ދަތިތަކުގެ މައްޗަށް އަލިއަޅުވާލާފައިވާ ރިޕޯޓެކެވެ. އެންމެ ފަހުގެ އެސެސްމަންޓުގައި، މޫޑީސްއިން ވަނީ އެމްއެމްއޭއިން ތަޢާރަފުކުރި އައު ބޭރު ފައިސާގެ ޤަވާއިދުތަކާއި، ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށް އަމާޒުކޮށްފައިވާ ޓެކްސް އިސްލާހުތަކަށް ރިޢާޔަތްކޮށްފައެވެ. ނަމަވެސް، މި ފިޔަވަޅުތަކުން އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާއިރު، […]