މަލައިކާ އަރޯރާގެ ބައްޕަ މަރުވެއްޖެ

އިންޑިޔާގެ މަޝްހޫރު ފިލްމް އެކްޓްރެސް މަލައިކާ އަރޯރާގެ ބައްޕަ އަނިލް އަރޯރާ މަރުވެއްޖެއެވެ. ޚަބަރު ލިބޭ ގޮތުގައި އޭނާ މަރުވެފައިވަނީ އިއްޔެ މުމްބާއީގެ ބަންޑްރާގައި ހުންނަ އިމާރާތެއްގެ ހަތްވަނަ ފަންގިފިލާއިން ފުންމާލައިގެން އަމިއްލައަށެވެ. ނަމަވެސް ސުއިސައިޑް ނޯޓެއް އަދި ފެނިފައިނުވާތީ ފުލުހުން އިތުރަށް މައްސަލަ ބަލަމުން ދާކަމަށް ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ. .ހާދިސާ ހިނގިއިރު މަލައިކާ ހުރީ މުމްބާއީގަ ނޫންކަމަށް ވެއެވެ ނަމަވެސް ޚަބަރުލިބުމާއެކު އައިސްފައި ވެއެވެ. އަނިލް އަރޯރާ މަސައްކަތް ކުރީ މާޗަންޓް ނޭވީގަ ކަމަށް […]

ޓްރެފިކް ޕޮލިސް އޮޕަރޭޝަންސްގެ ފުލުހުން އެއްގަމު ދަތުރުފަތުރަށް އަހުލުވެރި ކުރުވުމަށް ޕްރޮގްރާމެއް

ޓްރެފިކް ޕޮލިސް އޮޕަރޭޝަންސްގެ ފުލުހުން އެއްގަމު ދަތުރުފަތުރަށް އަހުލުވެރި ކުރުވުމަށް ޕްރޮގްރާމެ ފަށައިފިއެވެ. ދާޙިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މި މަހުގެ 10ވަނަ ދުވަހުން ފެށިގެން މަސްދުވަހުގެ މުއްދަތަށް ކަމަށެވެ. އެގޮތުން އެ ވުޒާރާއިން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތައް ތަންފީޒު ކުރުން އިތުރަށް ހަރުދަނާ ކުރުމަށް މުވައްޒަފުންނަށް ބޭނުންވާ މައުލޫމާތުދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ. އެއްގަމު ދަތުރުފަތުރުގެ […]

ޕީއެންސީގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމަށް މިއަދު ހުޅުވައިލަނީ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވައިލަން ނިންމައިފިއެވެ. ޕީއެންސީއިން ބުނީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވައިލާނެ ކަމަށާއި ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 30 ގެ ނިޔަލަށް ކަމަށެވެ. އަންނަ އޮކްޓޫބަރު 19 ގައި ބާއްވާ މި އިންތިޚާބުގައި 2095 މަގާމަކަށް މެންބަރުން އިންތިޚާބު ކުރުން އޮންނާނެއެވެ. އޭގެތެރޭގައި ހިމެނެނީ: ދާއިރާތަކުގެ ރައީސުންނައިބު ރައީސުންޒުވާނުންގެ ގޮފީގެ ރައީސްއަންހެނުންގެ ގޮފީގެ ރައީސްދާއިރާތަކުގެ ސްޓިއަރިންގ ކޮމިޓީތައް އިންތިޚާބުގެ ކަންކަން […]

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ސްޕޯޓްސް ފިޝިން ހާބަރު ތަރައްޤީ ކުރަނީ

ރާއްޖޭގެ 5 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިންގ ހާބަރުތައް ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.  އެގޮތުން މިކަމާއި ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއާއި ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިޞަލް މިއަދު ވަނީ މަޝްވަރާ ކުރައްވާފައެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނީ މިއީ ދިވެހި ޒުވާނުންގެ މެދުގައި މަޤުބޫލުވަމުން އަންނަ ޙަރަކާތެއް ކަމުގައިވާ ސްޕޯޓްސް ފިޝިންގއަށް މަގުފަހިކޮށްދިނުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. މި ބައްދަލުވުމުގައި ވަޒީރު ޝިޔާމް ވަނީ […]

ފަހަތުން ކަށިޖަހާ މީހުންނަށް ސަމާލުވާށެވެ.

އެއްދުވަހަކު ބޮޑު ހަރުފައެއް ޖަންގައްޔެއްގެ ތެރޭން ދަނިކޮށް ”ފަޔާފްލައި“ އެއް(އަދިރީގަ ދިއްލޭ ކުދި ސޫފި)ފެނިއްޖެ އެވެ. ކުއްލިއަކަށް ހަރުފައިގެ އަމިއްލަ ދަތުރު ބަދަލު ކޮށްލުމަށްފަހު ”ފަޔާފްލައި“ ފަހާ ދުވަން ފެށިއެވެ. އެތައް ހިސާބަކަށް ފަހާ ދިޔައިރުވެސް ”ފަޔާފްލައި“ އަތުވާގޮތެއް ނުވިއެވެ. އެހާހަމައިން ފަޔާފްލައި ބުނެފިއެވެ. މަޑުކޮށްބަލާށެވެ. އަހަރެން ކަލެޔާ 3 ސުވާލު ކުރަން ބޭނުމެވެ. މިފުރުސަތު އަހަރެންނަށް ދޭނަން ހެއްޔެވެ؟ ބުނީމަ ހަރުފަ ބުނެފިއެވެ. އެންމެ ރަނގަޅެވެ. ކުރިޔަށް ގެންދާށެވެ. ބުނީމަ ”ފަޔާފްލައި“ ސުވާލު ކުރިއެވެ.”ކަލޭ ކެއުމަށް […]

ބިދޭސީން ދިރިއުޅޭ ތަންތަން ބެލުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، ގަވާއިދާ ޚިލާފަށް މާލެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް މޯލްޑިވްސް އިމިގްރޭޝަނުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. އެގޮތުން އިއްޔެ ފެށި މި އޮޕަރޭޝަނުގައި ވަނީ މާލޭގެ 03 ގެއެއް ބަލައި ފާސްކޮށް ގަވާއިދާ ޚިލާފަށް އުޅޭ 13 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި އޮޕަރޭޝަންގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި އާންމު ރައްކާތެރިކަމަށް ބެލުމެއްނެތި މިފަދަ ފަރާތްތަކުން ދިރިއުޅެމުންދާ ތަންތަން […]

ކުޅުދުއްފުށި ސިޓީގެ ފަޅު ތެރެއިން ނިޔާވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ

ކުޅުދުއްފުށި ސިޓީގެ ފަޅު ތެރެއިން ނިޔާވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ. މަރުވެފައި އޮއްވާ ފެނުނީ ކުޅުދުއްފުށި ސިޓީ, ޑެއިޒީފެހި,މުހައްމަދު ހަސަން36އ އެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ ކުޅުދުއްފުށި އުތުރު ފަރާތު ބަނދަރުގެ ފަޅުތެރެއިން މިއަދު ހެނދުނު ގާތްގަނޑަކަށް 8:15 ހާއިރުއެވެ. ފުލުހުން ބުނީ ކުޅުދުއްފުށި އުތުރު ބަނދަރު ފަޅު ތެރޭގައި މީހަކު ނިޔާވެފައި އޮތް ކަމަށް މިއަދު 8:17 ހާއިރު ފުލުހުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. މިގޮތުން އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ […]

ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސްފި

ނ. ހޮޅުދޫ، މާރަނގަ، ޒަކިއްޔާ މޫސާ 50އ މަރުވެފައި އޮއްވާ އިއްޔެ ފެނުނު މައްސަލަ އިތުރު ތަހުގީގު ކުރުމަށް އޭނާގެ ހަށިގަނޑު މާލެ ގެނެސްފި އެވެ. ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގެއަށް ކުނި ނަގަން ދިޔަ ބިދޭސީންތަކަކަށެވެ. އޭނާ ފެނިފައި ވަނީ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރީގައި މަރުވެފައި އޮއްވައެވެ. އޭނާ މަރުވެފައި އޮތް އިރު ގައިގާ ބޮޑެތި ޒަހަމްތަކެއް ހުރިކަމަށާއި އަދި ކައިރީގައި މަސްކަނޑާ ވަޅިއެއްވެސް އޮތް […]

ޚާން ޔޫނިސްގައި އިޒްރޭލުން ހިންގި ގަތުލުއާންމު އީރާނުން ކުށްވެރިކޮށްފި

ޚާން ޔޫނިސްގައި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ގަތުލުއާންމު އީރާނުން ކުށްވެރިކޮށްފި އެވެ.ޚާން ޔޫނިސްގެ ތަލް މަވާސީ ޑިސްޓްރިކްޓްގައި ފަލަސްތީނުގެ ރެފިއުޖީން ދިރިއުޅޭ މަރުކަޒަށް އިސްރާއީލުން ދިން އަނިޔާވެރި ހަމަލާ އާއި ގެދޮރު ނެތް ފަލަސްތީނުގެ ދިހަވަރަކަށް މީހުން ޤަތުލު ކުރުން އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނާސިރު ކަންނާނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފި އެވެ. ނާސިރު ކާންނާނީ ވިދާޅުވީ ފަލަސްތީނުގެ ކުށެއްނެތް އާންމުންނާ ދެކޮޅަށް ރެފިއުޖީ ކޭމްޕްތަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި، އިޒްރޭލުން އަނެއްކާވެސް […]

ޒަކިއްޔާގެ މަރާ ގުޅިގެން ފުލުހުންގެ ހާއްސަ ޓީމެއް ހޮޅުދޫއަށް ގޮސް ތަހުގީގު ފަށައިފި

ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ މިއަދު ފެނުނު ޒަކިއްޔާ މޫސާ50އ ގެ މަރާ ގުޅިގެން މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށަށް ގޮސް އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ. އެނގިފައިވާ ގޮތުގައި ފުލުހުންގެ ޓީމު އެ ރަށަށް ގޮސްފައި ވަނީ ހަވީރުގެ ވަގުތެއްގައެވެ. އެގޮތުން ފުލުހުން މިހާރު ދަނީ ފޮރެންސިކް ހެކި އެއްކުރަމުންނެވެ. ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އެ ގެއަށް ކުނި ނަގަން ދިޔަ ބިދޭސީންތަކަކަށެވެ. އޭނާ ފެނިފައި […]