ޒަކިއްޔާގެ ހަށިގަނޑު ތަހުގީގަށް މާލެ ގެނައުމަށްފަހު އަނބުރާ ރަށަށް ގެންގޮސްފި

މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު ބޮޑެތި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު ނ.ހޮޅުދޫ،މާރަނގަ/ ޒަކިއްޔާ މޫސާ50އ ގެ ހަށިގަނޑު ތަހުގީގަށް ފަހު އަނބުރާ އެ ރަށަށް މިއަދު ގެންގޮސްފިއެވެ. ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ ގެއަށް ކުނި ނަގަން ދިޔަ ބިދޭސީންތަކަކަށެވެ. އޭނާ ފެނިފައި ވަނީ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރީގައި މަރުވެފައި އޮއްވައެވެ. އޭނާ މަރުވެފައި އޮތް އިރު ގައިގައި ބޮޑެތި ޒަހަމްތަކެއް ހުރިކަމަށާއި އަދި ކައިރީގައި މަސްކަނޑާ […]

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ރަހަ ދެކޭނެ:ހުސެއިން ސަލާމީ

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ރަހަ ދެކޭނެ ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސްގެ ޗީފް ކޮމާންޑަރު މޭޖާ ޖެނެރަލް ހުސެއިން ސަލާމީ ވިދާޅުވެއްޖެއެވެ. ސަލާމީ މިހެން ވިދާޅުވީ ހުޅަނގު އަޒަރުބައިޖާންގެ ހުޅަނގު އުތުރު ޕްރޮވިންސްގައި ވައިގެ މަރުކަޒެއް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަލާމީ ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނަށް ކާމިޔާބީގެ ފޮނި ރަހަ ވަރަށް އަވަހަށް ލިބޭނެއެވެ. އަދި އިސްރާއީލާއި ދުޝްމަނުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނުބައި ޖަރީމާތަކުގެ […]

ރާއްޖޭގެ އިޤްތިޞާދަށް ބަންކަރިންގ ޚިދުމަތުން ކުރާނެ އަސަރާއި އެކަމާ ގުޅޭ ޚަރަދުތަކުގެ އަންދާޒާ

ދިވެހި ސަރުކާރުން ވަނީ މެރިޓައިމް އަދި އޯފް ޕޯޓް ލިމިޓްސް (އޯޕީއެލް) ޚިދުމަތްތައް ފޯރުކޮށްދޭން މި ހިނގާ އަހަރުގައި ފަށާނެ ކަމަށް އިޢުލާނުކޮށްފައެވެ. މީގެ ތެރޭގައި ޚާއްޞަކޮށް ބަންކަރިންގ ޚިދުމަތް ހިމެނެއެވެ. މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެންނެވެ. މިއީ ދިވެހިރާއްޖެ ބައިނަލްއަޤްވާމީ މެރިޓައިމް ދާއިރާގައި މުހިންމު ދައުރެއް އަދާކުރާ ޤައުމަކަށް ހެދުމަށް އަމާޒުކޮށްގެން ކުރިޔަށްގެންދެވޭ ބިޔަ މަޝްރޫއެކެވެ. ބަންކަރިންގ ޚިދުމަތް، ނުވަތަ އުޅަނދުފަހަރަށް […]

ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކަމުންދަނީ ބޮޑު އަގުގައި، އެކަން ހުއްޓުވަން އަންގާފައި ވާނެ:ރައީސް

ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް މިހާރު ބާޒާރުގައި ވިއްކަމުންދަނީ ވަރަށް ބޮޑު އަގުގައި ކަމަށާއި އެކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި މުއައްސަސާތަކަށް އަންގަވާފައި ވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިރޭ މީސްމީޑިޔާ މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ކުރެއްވި ޕޯސްޓުގައި ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ 200 އިންސައްތައިން ފެށިގެން 2000 އިންސައްތައާއި ދެމެދުގެ ފައިދާއެއް ލިބޭ މިންވަރުގައިކަން […]

އިސްރާއީލުން ޣައްޒާގެ ހިއުމެނިޓޭރިއަން ޒޯނަށް ހަމަލާދީފި

އިސްރާއީލުން ޣައްޒާގެ ހިއުމެނިޓޭރިއަން ޒޯނަށް ހަމަލާދީފިއެވެ. އަމާން ސަރަހައްދެއްގެ ގޮތުގައި ފާހަގަކޮށްފައި ވީނަމަވެސް، އަލް-މަވާސީ ސަރަހައްދަށް  ޔަހޫދީ އިސްރާއީލީ ބާރުތަކުން އެކި ފަހަރު މަތިން ހަމަލާދީފައިވެއެވެ. ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސް ސިޓީގެ އާބާދީ ބޮޑު އަލް-މަވާސީ ޓެންޓު ކޭމްޕަށް ރޭގަނޑު އިސްރާއީލީ ވައިގެ ހަމަލާތަކެއް އަމާޒުކޮށް، މަދުވެގެން 19 މީހުން މަރުވެ، 60 އަށްވުރެ ގިނަ މީހުންނަށް ޒަހަމްތަކެއްވަނީވެފައެވެ. އިސްރާއީލީ ސިފައިން ”އިންސާނީ ސަރަހައްދެއް“ ގެ ގޮތުގައި ކަނޑައަޅާފައިވާ މި ސަރަހައްދުގައި، ޣައްޒާގެ އެހެން ސަރަހައްދުތަކުގައި […]

ޕީޖީގެ މަޤާމަށް ޢައްބާސް އައްޔަން ކުރަން ހިޔާލު ފޮނުވަން ފާސްކޮށްފި!

ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ)ގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ރައީސް އޮފީހުގެ މިހާރުގެ ލީގަލް ސެކްރެޓްރީގެ މަޤާމުގައި ހުންނެވި އަލްއުސްތާޛް ޢައްބާސް ޝަރީފް އައްޔަން ކުރެއްވުމަށް އާންމުންގެ ޝަކުވާއެއް އޮތްތޯ ބަލަން ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި އެވެ. ޕީޖީގެ މަޤާމު ހުސްވެފައި ވަނީ އެ މަޤާމުގައި ހުންނެވި އަލްއުސްތާޒް ހުސައިން ޝަމީމް މިދިޔަ މަހުގެ 22 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެގޮތުން ޕީޖީގެ މަޤާމަށް […]

ރައީސް އާއި މަޖިލިސް މެންބަރުންނަށް ނިސްބަތްކޮށް ދޮގު ޚަބަރު ފެތުރި މައްސަލައިގައި ޤާނޫނީ ފިޔަވަޅު އަޅަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ޚަބަރު ފަތުރާފައިވާ މައްސަލައިގައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހީނާ މިހެން ވިދާޅުވެފައި ވަނީ ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ”ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ފަރާތުން“ ކޮންމެ މަހަކު ދެއްވަމުން އަންނަ ބައިލައްކަ ރުފިޔާއަށް މި މަހު 25،000ރ. އިތުރު ކުރުމަށްފަހު ކޮންމެ […]

ޔޫކްރެއިނުން ރަޝިޔާގެ ކާރސްކަށް އަރައިގަތުމަކީ މޮޔަކަމެއް

އަޅުގަނޑުމެންގެ ކިއުންތެރިންނަށް މި ގެނެސްދެނީ ޔޫކްރެއިނުން ރަޝިޔާގެ ކާރސްކަށް އަރައިގަތުމާ ބެހޭގޮތުން ނެކްސްސްޓާރ ޑޮޓް ކޮމް އިން ތައްޔާރުކޮށްފައިވާ ރިޕޯރޓެކެވެ. ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައަކީވެސް ދިގުދެމިގެންދާ ހަނގުރާމައަކަށްވެފައި އެކަމުގެ ނޭދެވޭ އަސަރުތައް މުޅި ދުނިޔޭގެ އިގްތިސާދު ގެންދަނީ ނޭންގުމެއްގެ ތެރެއަށް ވައްޓާލަމުންނެވެ.                                              މި ރިޕޯރޓުގެ އަސާސް ކަމުގައި ބަލައިފައިވާނީ ހަނގުރާމައާއިބެހޭ ތަޖުރިބާކާރު ފިލޯސަފަރ ވޮން ކްލޯޒްވިޓޒް ތަޢާރުފް ކޮށްދީފައިވާ ސެންޓަރ އޮފް ގްރެވިޓީއެވެ.  ހަނގުރާމައެއްގައި ސެންޓަރ އޮފް ގްރެވިޓީއަކީ ހުރިހާ ބާރަކާއި މޫވްމެންޓްތަކެއް ޖަމާވެފައި […]

23ދަތް ނަގައި 12އިމްޕްލާންޓް ލެއްވި މީހަކު ހާޓް އެޓެކެއް ޖެހިގެން މަރުވެއްޖެ

ޗައިނާގައި އެއްދުވަސް މަތިން 23 ދަތް އުފުރާ އަދި 12 އިމްޕްލާންޓް ލެއްވި މީހަކު ހާޓް އެޓެކެއް ޖެހިގެން މަރުވެއްޖެއެވެ. ހާޓް އެޓެކް ޖެހިގެން އެމީހާ   މަރުވެފައި ވަނީ ޑެންޓަލް ޕްރޮސީޖާ ހެދިތާ 13 ދުވަސްފަހުންނެވެ. މިކަން މީޑިޔާގެ ސަމާލު ކަމަށް އައިސްފައިވަނީ ޑޮކްޓަރެއް ކަމަށްވާ، މަރުވި މީހާގެ ދަރިފުޅު ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓަކަށް ފަހުއެވެ. އޭނަބުނެފައިވާ ގޮތުގައި އޮގަސްޓް 14 ވަނަ ދުވަހު އޭނާގެ ބައްޕަވަނީ ޗައިނާގެ ޔޮންގކަންގ ޑިއުވޭ ޑެންޓަލް ހޮސްޕިޓަލް ގައި […]

ހުޅުމާލޭގައި ވެހިކަލް ޕާކުކުރުމަށް 90،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފި

ހުޅުމާލޭގައި ވެހިކަލް ޕާކުކުރުމަށް ވަގުތީ ސަރަހައްދެއް ކަނޑައަޅައިފިއެވެ. ހުޅުމާލޭގައި ޓެކްސީތަކާއި 4 ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ވަގުތީ ސަރަހައްދެއް ކަނޑައެޅީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ޓްރެފިކް ތޮއްޖެހުމާއި ޕާކިންގެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުންނެވެ. މިދިޔަ މަހުގައި ޓްރާންސްޕޯޓް މިނިސްޓްރީ، ހޯމް މިނިސްޓަރ، ފުލުހުން، އެޗްޑީސީ، މާލެ ސިޓީ ކައުންސިލު ގުޅިގެން ބޭއްވި ބައްދަލުވުމުގައި ވަނީ ޓެކްސީތަކަކީ މުހިންމު އާންމު ޚިދުމަތެއް ފޯރުކޮށްދޭ ފަރާތްތަކަކަށްވާތީ، އެ ފަރާތްތަކަށް ވަކި ޕާކިންގއެއް ޚާއްސަކުރުމަށް ނިންމިއެވެ. އެގޮތުން، ޓެކްސީ […]