އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރުނު މީހަކު ހައްޔަރުކޮށްފި

އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ސެޕްޓެންބަރު 11 ވަނަދުވަހުގެ ހެނދުނުގެ ވަގުތެއްގައި ލޮނުޒިޔާރަތް މަގުން ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރުނު މައްސަލައިގައި ރ. އަލިފުށި / ހަބީބީހެޕް، އިސްމާޢީލް ސާއިފް (39އ) ކޯޓު އަމުރެއްގެ ދަށުންވަނީ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަންހެން މީހާގެ އަތުން އޭނާ ފޭރިފައިވަނީ ސައިކަލެއްގައި ދަމުން ކަމަށާއި އެ ސައިކަލަކީ ވެސް ވަގަށް ނަގާފައިވާ ސައިކަލެއްކަން އެނގިފައިވާ […]

އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ސެޕްޓެންބަރު 8 ވަނަދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހެންވޭރު ގެއަކުން ވައްކަންކޮށްފައިވާ މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ދެ ތަނެއް ބަލައިފާސްކޮށް، އެ ގެއިން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަރަންޓު ބުރުމާ ތަކަކާއި، މުށި ކަފާ މެޝިންތަކަކާއި، ލޮއިނަރުތަކެއްގެ އިތުރުން ކަރަންޓު ވައިރުކުރާ ނަރުތަކެއް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން، […]

ކަށަވަރު ނުކުރެވޭ މައުލޫމާތު ނުފެތުރުމަށް ފުލުހުން އެދިއްޖެ

Maldives Dhivehi News

ސައްޚަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ސޯޝަލް މީޑިއާގަ އާއި އެހެނިހެން ވަސީލަތްތަކުގައި ނުފެތުރުމަށް ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ފުލުހުން ބުނީ މި މަހުގެ 05ވަނަ ދުވަހުގެ ރޭ 2:48 އެހައިކަންހާއިރު، ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި ލ. އިސްދޫ / ބީޗްހައުސް، ޙަސަން ސަމާޙް ނިޔާވެފައިވާ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް އެއްވެސް ފަރާތަކާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.ހަމަ އެހެންމެ މިހާތަނަށް ލިބިފައިވާ މައުލޫމާތު އެއްވެސް ފަރާތަކާ އެ ޚިދުމަތުން ހިއްސާކޮށްފައި ނުވާނެ ކަމަށްވެސް […]

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް އެމްޕޮކްސް ޓެސްޓު ކިޓުތަކެއް ހަދިޔާކޮށްފި

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ(ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް އެމްޕޮކްސް ޓެސްޓް ކިޓުތަކެއް ހަދިޔާކޮށްފި އެވެ. އެގޮތުން ޑަބްލިޔުއެޗްއޯގެ ފަރާތުން ހެލްތު މިނިސްޓްރީއާ އެ ޓެސްޓް ކިޓްތައް ހަވާލުކޮށްދެއްވީ މެޑިކަލް އޮފިސަރު ޑރ. ޕަޑްމަލް ޑި ސިލްވާ އެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން ޓެސްޓް ކިޓުތަކާ ހަވާލުވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފް އެވެ. ހެލްތު މިނިސްޓްރީން ބުނީ އެމްޕޮކްސް އަށް ޓެސްޓް ކުރާނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުން ކަމަށެވެ. ނަމަވެސް އެމްޕޮކްސް އަށް ރާއްޖޭގެ ކޮންމެ ރަށަކުން […]

އީސީގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ރައީސް އޮފީހުން މިއަދު ވިދާޅުވީ އީސީގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަޤާމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަން ކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާކަމަށެވެ. އެގޮތުން މިއަދުން ފެށިގެން 23 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ރައީސް އޮފީހުން ވިދާޅުވީއެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ […]

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ، މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. ރައީސް، މިގޮތަށް ހަމަޖައްސަވާފައިވާކަން އިއުލާންކުރެއްވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ. ރައީސް މިގޮތަށް ހަމަޖެއްސެވީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ. މިގޮތަށް ހަމަޖެއްސެވީ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލުކުރުމާގުޅޭ ގޮތުން ވަޒީރުންގެ […]

މެރިޓައިމް ސިނާއަތާގުޅޭ ސެމިނާއެއް މިރޭ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އެ ޔުނިވާސިޓީ އިން ހިންގާ އިލްމީ ފޯވަހީގެ ދަށުން މެރިޓައިމް ސިނާއަތުގައި ދުރުންދޭ ތައުލީމާއި އީލަރނިންގއާ ގުޅޭ ސެމިނާއެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ. މި ސެމިނާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެމްއެންޔޫގެ ސެންޓަރ ފޮރ މަރިޓައިމް ސްޓަރޑީޒް (ސީއެމްއެސް) ގައި މިރޭ 20:30 ގައެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސެމިނާގައި، މެރިޓައިމް ސިނާޔަތު އަދި ކަނޑުމަތީގައި ކުރާ މަސައްކަތްތަކާއި ގުޅޭ ތަމްރީން ފޯރުކޮއް ދިނުމަށް އީލަރނިންގ ސްޓަޑީ މޮޑާލިޓީ […]

ހުޅުމާލެ ދެވަނަ ފިޔަވަހިން ބީޗް ފްރޮންޓާއި ބީޗް ސައިޑުން 16 ބިމެއް ވިއްކަނީ  

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ފްރޮންޓާއި ބީޗް ސައިޑުން 16 ބިމެއް ވިއްކަން ނިންމާ އެޗްޑީސީން އެ ފުރުސަތު ހުޅުވާލައިފިއެވެ. ހަމައެކަނި 18 އަހަރުން މަތީގެ ދިވެހިންނަށް ކުރިމަތިލެވޭނެހެން އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ބީޗް ފްރޮންޓުން ވިއްކަނީ 1،096 އަކަފޫޓާއި 3،252 އަކަފޫޓާ ދެމެދުގެ ބިން ކަމަށެވެ. މިގޮތުން އެ ތަންތަން ވިއްކަނީ އަކަފޫޓެއް 4،500ރ. އަށް ކަމަށާއި ބީޗް ފްރޮންޓުން ވިއްކާ ގޯތީގެ ޖުމްލަ އަގު އުޅޭނީ 4.9 މިލިއަން ރުފިޔާ އާއި 14.6 […]

ހިތި ބޭސް

އަހަރެންނާއި މަންމަ ދޫކޮށް ބައްޕަ ދިޔަދުވަސް އަހަރެންގެ ހިތުން ދުވަހަކުވެސް ފޮހެވިގެން ނުދާނެއެވެ.އޭރު އަހަރެންގެ އުމުރުން 13 އަހަރެވެ.އެދުވަހު އަހަރެންގެ ދުނިޔޭން ކުލަ ފޮހެވިގެން ދިޔައެވެ. ހުރިހާ ތަނެއް ފެނުނީ ކަޅާހުދުންނެވެ. ބައްޕަ ދުއްވާ ބައު ކާރަށް އަރާ ދުއްވާލި ވަގުތު އަހަރެން ރޮމުން ދުވެފަ މަގުމައްޗަށް ނިކުތީމެވެ. އަދި ބައްޕާ އަންނާށޭ ބާރަށް ގޮވާ ހަޅޭއްލެވީމެވެ.އެކަމަކު ވަދާއުގެ ސަލާމް ވެސް ކޮށްލުމެއް ނެތި އަދި ފަސް އެބުރި ބަލާލުމެއްވެސް ނެތި ގޮސް ގޯޅިއަޅަމުން ކާރުގެ ބުރަކި […]

ރާއްޖޭން ދައްކަންޖެހޭ ދަރަނި ކުރިއަށް އޮތްތަނުގައި ވެސް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: އެމްއެމްއޭ

ސަރުކާރުގެ ކަމާގުޅޭ ހުރިހާ ވުޒާރާތަކާ ގުޅިގެން ރާއްޖޭން ދައްކަންޖެހޭ ދަރަނި ކުރިއަށް އޮތްތަނުގައި ވެސް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފިއެވެ. ރާއްޖޭގެ ކްރެޑިޓް ރޭޓިންއާ ބެހޭ ގޮތުން މޫޑީސް ރޭޓިންސް އިން ނިންމާފައިވާ ނިންމުމާ ގުޅޭ ގޮތުން އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން %4.9 މިއަހަރު ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި 2025 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަން ހުންނާނެ ކަމަށް ލަފާކުރެވެނީ […]