ޤައުމީ ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ޤައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިސްކުރައްވައިފިއެވެ. އެމަނިކުފާނު ޤައުމީ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް އަރިސްކުރެއްވީ މީސްމީޑިއާގެ މަންސައެއް ކަމުގައިވާ އެކްސް މެދުވެރިކުރައްވައި، ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ. ޤައުމީ ދުވަހާ ގުޅިގެން މާދަމާ ހެނދުނު ބާއްވާ ދިދަނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެއާއެކު ޤައުމީ ދުވަހުގެ ރަސްމީ […]

ރަޝިޔާގެ ހަމަލާތަކާހެދި ހާލަތު އުނދަގޫ ވެއްޖެ:ޔޫކްރެއިންގެ އިސް ޖެނެރަލް

ކީވުން މިއަދު ހަވީރު ރޮއިޓާސް ދިން ޚަބަރުތަކުގެ ތެރޭގައި ތަފްސީލަކަށް ނުގޮސް ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުތަކަށް އަމާޒުކޮށްގެން ރަޝިޔާއިން ދެމުން ގެންދާ ހަމަލާތަކާހުރެ ޔޫކްރެއިނުން ވަރަށް އުދަނގޫ ފައްތަރަކަށް ވަދެވިއްޖެކަމަށް ދޭހަވާ ބަހުރުވައަކުން ޔޫކްރެއިންގެ އެންމެ އިސް ކޮމާންޑަރ ޖެނެރަލް އޯލެކްސަންޑަރ ސައިރަސްކީ ވާހަކަ ދައްކައިފިކަމަށް ބުނެފިއެވެ. މިކަމާބެހޭގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް މިހާރު ހުންނާނީ ފުރިހަމަކޮށްފާ ކަމަށްވެސް އޭނާ ބުންޏެވެ. މިދިޔަ ހަފުތާގެ ގިނަ ދުވަސްތަކެއް އެ ސަރަހައްދުގައި ހޭދަކުރި ކަމަށާއި ހަނގުރާމަ ކުރެވެމުންދަނީ ވަރަށް […]

މަސްވެރިންނަށް އިތުރު 7 މިލިއަން ރުފިޔާ މިއަދު ޖަމާކުރަނީ

މަސްވެރީން އަތުން މިފްކޯއަށް ކިރާފައިވާ ކަނޑުމަހުގެ ތެރެއިން 445 ޓަނަށްވާ ދެ ހަފްތާގެ ފައިސާ މިއަދު އޮޑިވެރީންނަށް ޖަމާކުރާނެ ކަމަށް މިފްކޯއިން ބުނެފިއެވެ. މިފްކޯއިން ބުނީ އޯގަސްޓް މަހުގެ 9 އިން 23 އަށް މަސްވެރިން ކިރުވާފައިވާ 445 ޓަނަށްވާ 7 މިލިއަން ރުފިޔާ މިއަދު ޖަމާކުރާނެ ކަމަށެވެ. ދެން މިފްކޯއިން ފައިސާ ދޫކުރާނީ އޯގަސްޓު 24 އިން ސެޕްޓެމްބަރު 9 އާއި ދެމެދަށްވާ 2 ހަފްތާގެ މުއްދަތުގެ ފައިސާ ކަމަށާއި މުއްދަތުގެ ތަފްސީލް އެނގޭނީ އަންނަ […]

އޮފީސް ގަޑީގައި ”ޑޭޓް“ ކުރުމަށް ހުއްދަދޭ ތައިލަންޑުގެ ކުންފުންޏެއް

ތައިލަންޑުގެ މާކެޓިންގ ކުންފުންޏަކުން،އެތަނުގެ މުވައްޒަފުން އޮފީސް ގަޑީގައި ލޯބިވެރިންނާ ބައްދަލު ކުރުމަށް ދިއުމަށް ހުއްދަ ދޭކަމަށް ޚަބަރު ލިބެއެވެ.މުވައްޒަފުންގެ އާންމު ސިއްހަތު އަދި ނަފްސާނީ ދުޅަހެޔޮކަން ރަގަޅު ކުރުމަށް އަޅަމުންދާ ފިޔަވަޅުގެ ދަށުން،މިގޮތަށް ބޭރަށް ދާ މުވައްޒަފުންނަށް މުސާރަވެސް ނުކަނޑާ ކަމަށް ވެއެވެ. ތައިލަންޑް ގެ ވައިޓްލައިން ގްރޫޕުން ޖުލައި މަހު ދޭންފެށި އައު ފުރުސަތު   ޑިސެމްބަރުގެ ނިޔަލަށް އެކުންފުނީގެ މުވައްޒަފުންނަށް ވަނީ ހުޅުވާލާފައެވެ. އެފަރާތުން ބުނާގޮތުގައި މުވައްޒަފުން ލޯބީގެ ގުޅުމެއްގެތެރޭގައި ތިބިނަމަ އެކަމުގެ އެދެވޭ އަސަރު […]

ކުންފުނިތަކުގެ ޚަރަދުކުޑަ ކުރުމަށް ފިޔަވަޅުތައް އެޅުމަށް އަންގައިފި

މިއަދުން ފެށިގެން ސަރުކާރުގެ ވިޔަފާރި ތަންތަނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުގެ ޚަރަދ ކުޑަ ކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު އަންގައިފިއެވެ. ޕީސީބީއިން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި މާލީ ހާލަތުން އަރައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެމަތިން ދައުލަތުގެ ޚަރަދުތައް ހަމަމަގަށް އެޅުވުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅުއްވަމުންދާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ސަރުކާރުން ޚަރަދު ހަމަމަގަށް އެޅުއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް […]

ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު މަރްހޫމް ޞަލާޙުއްދީންގެ ހަނދާނަށް އަރުވަނީ

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. މި ޝަރަފު އެރުއްވުމަށް ނިންމެވީ، ދިވެހީންގެ ދީނާއި، ދިވެހީންގެ ދިވެހިބަހާއި، ތަރިކައާއި، ސަގާފަތާއި، މި ދެންނެވި ރޮނގުތަކުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްޤީއަށް މަގުފަހިކޮށްދެއްވައި، ޢިލްމުގެ ނޫރު ފެތުރުއްވުމަށް ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ކުރައްވާފައިވާ ޤައުމީ ޚިދުމަތަށްޓަކައެވެ. މި ޝަރަފު، އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެރުވުން އޮންނާނީ، މި އަހަރުގެ […]

ޓްރޭޑިން ޕްލެޓްފޯމް އިފްތިތާހު ކޮށްދެއްވައިފި

ވިޔަފާރިވެރިންނާ ޚިދުމަތްދޭ އިދާރާތަކާ ގުޅުވައިދޭ ޕްލެޓްފޯމު ”ޓްރޭޑިއަން“ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިފުތިތާޙު ކޮށްދެއްވައިފިއެވެ. އެމަނިކުފާނު މި ޕްލެޓްފޯމު އިފުތިތާޙް ކޮށްދެއްވީ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތައް ރަސްމީގޮތުން އިފުތިތާޙްކުރުމަށް މިއަދު ހެނދުނު ޖެން މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައެވެ.  މި ޕޯޓަލްގެ ދަށުން ރާއްޖޭގައި ވިޔަފާރިތަކަށް ހުއްދަތައް ދިނުމުގައި ހަރަކާތްތެރިވާ އިދާރާތައް ގުޅިގެން އެއް ޕޯޓަލެއްގެ ދަށުން ފަސޭހަކަމާއި އަދި އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށްދެއްވޭނެ މަގުފަހިވެގެންދާނެއެވެ. […]

މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅުގެ ޑިރެކްޓަރު ޖެނެރަލްކަމުގެ މަގާމަށް ދަގަނޑޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ދައުލަތުން ހަމަޖައްސަވާފައިވާ ރަސްމީ ގެކޮޅު، މ.މުރައިދޫގޭގެ ޑިރެކްޓަރު ޖެނެރަލްކަމުގެ މަގާމަށް ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤް (ދަގަނޑޭ) އައްޔަންކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ދަގަނޑޭ އެ މަގާމަށް އައްޔަންކުރީ މިދިޔަ ޖުލައި ފަހުކޮޅުގައެވެ. ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން ދަގަނޑޭ ރަސްމީކޮށް ކުޅުން ހުއްޓާ ނުލި ނަމަވެސް މިހާރު ރާއްޖޭގެ ފުޓްބޯޅަ ސީޒަން މެދުކެނޑިފައިވާތީ އޭނާ ހުރީ ފުޓްބޯޅައާ ދުރުގައެވެ. ނަމަވެސް މާލެއާއި ރަށްރަށުގައި […]

މާލޭގައި އަންހެނަކު ރަހީނުކުރި އަތުހަރު ނިޔާވެއްޖެ

މާލޭގައި އަންހެނަކު ރަހީނުކޮށް ކަރުގައި ވަޅި ޖެއްސި އާދަމް އަތުހަރު, 32, ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހިގެން އަމިއްލައަށް މަރުވާން މަސައްކަތް ކޮށްގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެ އެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހަވީރު 4:08 ގަ އެވެ. ރޭގެ ވަގުތެއްގައި އަތުހަރު ދަންޖެހިފައި ވަނީ އޭނާ ބަންދުކޮށްފައި ހުރި ގޮޅީގައެވެ. މިކަމާއި ގުޅިގެން ދިވެހި ފުލުހުން ދަނީ ތަހުގީގު ތަކެއް ކުރަމުން ކަމަށާއި […]

މަސް ގަންނަ އަގަށް ބަދަލެއް ނުގެންނަނީ ދުނިޔޭގެ ބާޒާރުގައި އަގު ދަށަށް ދާތީ: މިފްކޯ

މާކެޓުގެ އަގާއި އެއްގޮތަށް އެ ކުންފުނިން ކަނޑުމަސް ގަންނަ އަގު ބަދަލުކުރާ ގޮތަށް ނިންމި ދުވަހުން ފެށިގެން މަސް ގަންނަ އަގަށް ބަދަލު ގެނެސްފައިނުވަނީ ދުނިޔޭގެ ބާޒާރުގައި ކަނޑުމަހުގެ އަގަށް އެ ދުވަހުން ފެށިގެން އަދިވެސް ހެޔޮ ބަދަލެއް އައިސްފައިނުވާތީ ކަމަށް މިފްކޯއިން މިއަދު ބުނެފިއެވެ. މިފްކޯއިން މީޑިއާތަކާ ހިއްސާކުރި ޚަބަރެއްގައި ބުނީ މަސް ގަންނަ އަގު ބަދަލުކުރި ދުވަސްވަރަކީ މަސްވެރިކަން ވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ދުވަސްވަރަކަށްވާތީއާއި އެކީ، އެ ދުވަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި […]