ޕެރަލިމްޕިކްސް 2024ގައި ވާދަކުރި ދިވެހި ދެ އެތުލީޓުންނަށް ބޮޑު ކުރިއެރުމެއް 

ފްރާންސްގެ ވެރިރަށް ޕެރިސްގައި ކުރިއަށްދާ ޕެރަލިމްޕިކްސް 2024ގައި ވާދަކުރި ދިވެހި ދެ އެތުލީޓުން ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ. ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ބުނީ ޕެރަލިމްޕިކް ގޭމްސްގައި މި ފަހަރު ދިވެހިރާއްޖެ ތަމްސީލުކުރީ ދެ ދުވުންތެރިން ކަމަށްވާ ފާތިމަތު އިބްރާހީމް (ފާތުން) އާއި އަބްދުއްރައްޒާގު އަބްދުއްސަމަދު ކަމަށެވެ. އެގޮތުން އެ ދެ އެތުލީޓުން ބޮޑު ކުރިއެރުމެއް ހޯދާފައިވާކަން ހާމަކޮށް އެ ވުޒާރާއިން ބުނީ އެ ގޭމްސްގައި ފާތިމަތު އިބްރާހިމް ވާދަކޮށްފައި ވަނީ 100 މީޓަރު ދުވުމުގައި […]

އިންޑިއާ-ޗައިނާ ބޯޑަރު ސަރަހައްދުން ސިފައިން ދުރުކުރުމުގެ އެއްބަސްވުމަކާ ދިމާލަށް

އިންޑިއާ-ޗއިނާއިން ދެބަސްވުން އުފެދިފައިވާ ބޯޑަރު ސަރަހައްދުން ދެ ޤައުމުގެ އެތައް ހާސް ސިފައިން ދުރަށް ގެންދިޔުމަށް އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް އެސޯސިއޭޓެޑް ޕްރެސް ނިއު ދިއްލީން ރިޕޯޓުކޮށްފިއެވެ.                         އެގޮތުން އެ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން އޮސްގައި މިހާރު ހިނގަމުންދާ އާސިއާންގެ ބައްދަލުކުރުމުގެ ހަވާސާގައި އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރއާއި ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ބައްދަލުކުރައްވައި އޭޝިޔާގެ މި ބިޔަ ދެ ބާރުގެ މެދުގައި  މިހާރު ދެބަސްވުން އުފެދިފައިވާ ހިމާލިޔާ […]

ބާރުގެ ބޭނުންކޮށްގެން މިނިވަންކުރާ ރަހީނުން ގެންދަން ޖެހޭނީ ސަންދޯކަށް ލައިގެން

އެސޯޝިއޭޓެޑް ޕްރެސް ތެލްއަވީވުން މިއަދު ދީފައިވާ ޚަބަރުތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ”އަހަރެން ކަންތައް ކުރަންޖެހޭ ގޮތް ބުނުމުގެ ފުރުސަތު ހަމަ އެކަކަށްވެސް ނުދޭނަން“ ކަމަށް ނަތަންޔާހޫ ބުނި ޚަބަރެވެ. ނަތަންޔާހޫ މިހެން ބުނެފައިވަނީ ގައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ބާރު އެޅުމުގެގޮތުން އިސްރާއީލުގައި މިހާރު ހިނގަމުންދާ މުޒާހަރާތަކާއި އަދި އެމެރިކާގެ ރައީސް ”އަހަރެންވެސް މިކަމުގައި އިތުރު މަސައްކަތް ކުރަން އެބަ ޖެހޭ ކަމަށް“ ވިދާޅުވުމާ ގުޅިގެން ރައްދު ދިނުމުގެ ގޮތުންނެވެ. ހަމާސްގެ ބެލުމުގެ ދަށުގައި […]

ޤައުމަށް ނިސްބަތްވުމާއި ޤައުމީ ލޯބި

ޤައުމަށް ނިސްބަތްވުމަކީ ބިމާއި ވަޒަނާއި ތިމާގެ އަތުގައި އޮންނަ ކާކު ކަން އަންގައިދޭ ކާޑާއި އޮންނަ ގުޅުމެވެ.ޤައުމަށް ނިސްބަތްވުމާއި ޤައުމީ ލޯތްބަކީ ޤައުމާމެދު ހިތުގައި އުފެދޭ ރޫޙާނީ އިޙްސާސްތަކެވެ. ޤައުމާމެދު ހިތުގައި އުފެދިފައިވާ އީޖާބީ ގުޅުމެެވެ.ޤައުމާމެދު ތިމާގެ ހިތުގައި އޮންނަ ތެދުވެރިކަމާއި އިޚްލާޞްތެރިކަމެވެ. ޤައުމީ ވާޖިބުތަކަށް ބޯލެބުމުގެ އިޙްސާސްތިމާގެ ހިތުގައި ވުމެވެ.ތިމާއާއި ތިމާގެ ޤައުމާމެދު އޮންނަގުޅުން ތަރުޖަމާކޮށްދޭނީ ތިމާގެ އަޚްލާޤާއި ސުލޫކުންނެވެ. އެއަޚްލާޤާއި ސުލޫކަކީ ޤައުމު ދިފާޢު ކުރުމުގެ އިޙްސާސް ތިމާގެ ހިތުގައި އޮތުމެވެ. ޤައުމާމެދު ތިމާގެ […]

މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކުރުމާބެހޭ މުއާހަދާއެއްގައި ރާއްޖެއިން ސޮއިކޮށްފި

އދ. ގެ އާންމު މަޖިލީހުގައި ފާސްކުރި މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކުރުމާބެހޭ މުއާހަދާއެއްގައި ދިވެހިރާއްޖެއިން މިއަދު ސޮއިކޮށްފިއެވެ. ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދެވެ. ބަޔޯޑައިވަރސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން (ބީބީއެންޖޭ) ގައި ރާއްޖެއިން ސޮއިކުރުމާއެކު ރާއްޖެ ވެގެން ގޮސްފައި މިވަނީ މި މުއާހަދާގައި ސޮއިކުރި 92 ވަނަ ގައުމަށެވެ. ފޮރިން މިނިސްޓްރީން […]

ދިވެހި ގައުމިއްޔަތުގެ އިސްވަރު އިފުތިތާހުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ގައުމިއްޔަތުގެ އިސްވަރު އިފުތިތާހުކޮށްދެއްވައިފިއެވެ. އެމަނިކުފާނު ދިވެހި ގައުމިއްޔަތުގެ އިސްވަރު އިފުތިތާހުކޮށްދެއްވީ މިއަދު ފާހަގަކުރާ ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގައެވެ. މި އިސްވަރަކީ ރައީސް ޑރ. މުޢިއްޒު އެކަށައަޅުއްވާފައިވާ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ ނިޒާމުގެ މުހިންމު އެއް ގުނަވަނެވެ. މި އިސްވަރު އެކުލެވިގެންވަނީ މައިގަނޑު ފަސް ދާއިރާއެއްގެ މައްޗަށެވެ. އެ ދާއިރާތަކަކީ: ދިވެހި ބަސްދިވެހި ތާރީޚްދިވެހި ތަރިކަދިވެހި ސުމޭކުދިވެހި ފަންނު ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް […]

ގައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ޞަލާޙުއްދީނުގެ ހަނދާނަށް އަރުވައިފި

ދިވެހި ގައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އަރުވައިފިއެވެ. މަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް މި ޝަރަފު އެރުވީ މިއަދު ހެނދުނު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ގައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި ރައީސް ދެއްވެވީ ޝަރަފުގެ އައްޑަނައެކެވެ. ޞަލާޙުއްދީންގެ ހަނދާނަށް މި ޝަރަފު އެރުވީ ދިވެހި ގައުމިއްޔަތުގެ އެންމެ އިސް […]

ގައުމީ ދުވަހަކީ ކޮބާ؟

ކޮންމެ ގައުމެއްގައިވެސް ގައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ އެގައުމަކަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބި އަމިއްލަ ވަކި ގައުމެއްގެ ގޮތުގައި ގުނެން ފެށި ދުވަހެވެ. ރާއްޖޭގައި ގައުމީދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން ދަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށުގައި 17ވަރަކަށް އަހަރު އޮތުމަށްފަހު ރާއްޖެ މިނިވަން ކުރުމަށް މުހައްމަދު ތަކުރުފާނުލް އައުޒަމް ނުވަތަ ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދާއި ވެވަޑައިގެންނެވި ގުރުބާނީ ފާހަގަ ކުރުމުގެ ދުވަހެއްގެ ގޮތުގައެވެ.   ގައުމީ ދުވަހަކީ އެދުވަހެއްގައި ވަރަށްވެސް މުހިންމު ކަންތައްތަކެއް […]

އެކްޓިންއަކީ އަހަރެންގެ ލޭގައިވާ ކަމެއް:ކަރީނާ

އެކްޓިންއަކީ އޭނާގެ ލޭގައިވާ ކަމެއް ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަޠަލާ ކަރީނާ ކަޕޫރް ޚާން 43އ ބުނެފިއެވެ. ކަރީނާ މިހެން ބުނެފައި ވަނީ އޭނާ ލީޑުރޯލުން ފެނިގެންދާ އަދި ޕްރޮޑިއުސް ކޮށްފައިވާ ފިލްމު ”ދަ ބަކިންހަމް މާޑާސް“ ގެ ޓްރެއިލާ ލޯންޗު ކުރުމުގެ ހަރަކާތުގައި ބައިވެރިވެ ވާހަކަދައްކަމުންނެވެ. ހެންސަލް މެހެތާ ހަދާފައިވާ މި ތުރިލާ ފިލްމުން ކަރީނާ ފެނިގެން ދާނީ ޑިޓެކްޓިވް އެއްގެ ރޯލުންނެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 13 ވަނަ […]

މިއަދަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި 81 ވަނަ ޤައުމީ ދުވަސް

މިއަދަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި 81 ވަނަ ޤައުމީ ދުވަހެވެ. ޤައުމީ ދުވަސް ނިސްބަތް ވަނީ، އުތީމު ބޮޑުތަކުރުފާނު، އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް، ސިރީސަވާދީއްތަ މަހާރަދުންނަށެވެ. އެގޮތުން ޤައުމީ ދުވަހުގެ ގޮތުގައި 1946 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަބީއުލްޢައްވަލުމަހުގެ 1 ވަނަ ދުވަސް ފާހަގަ ކުރަމުން އަންނަނީ ޕޯޗުގީޒުންގެ 15 އަހަރުވީ ދިގު އަނިޔާވެރި ވެރިކަމުން ބޮޑު ތަކުރުފާނު ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޙާދިސާގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.ޕޯޗުގީޒުން އަލި ރަސްގެފާނު ޝަހީދުކޮށް ރާއްޖެ ހިފާފައި […]