އެޗްއާރްސީއެމްގެ މެންބަރު ކަމަށް ހަބީބް،ޖޭއެސްސީގެ މެންބަރު ކަމަށް ފަރުހާދު

ރައީސުލްޖުމްހޫރިއްޔާ ހިއުމަން ރައިޓްސް ކޮމިޝަން(އެޗްއާރްސީއެމް)ގެ މެންބަރު ކަމަށް އިސްމާއިލް ހަބީބް އައްޔަން ކުރައްވައިފިއެވެ. އަދި ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)ގެ މެންބަރު ކަމަށް އަލްއުސްތާޛު ފަރުހާދު ރަޝީދު ޢައްޔަން ކުރައްވައިފިއެވެ. ރައީސް އޮފީހުން މިއަދު ވިދާޅުވީ އެޗްއާރްސީއެމްގެ މެންބަރު ކަމުގެ މަޤާމަށް، ގ.ގާކޮށި ފްލެޓް 111-ބީ، އަލްއުސްތާޛު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޢައްޔަން ކުރައްވާފައިވާ ކަމަށެވެ. މި މަޤާމަށް ހަބީބް ޢައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. […]

ބިނާވެށި ޕްލޭންކުރާ ބިލު ތަސްދީގު ކުރައްވައިފި

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. މި ބިލަކީ، 22 އޮގަސްޓު 2024 ވި ބުރާސްފަތި ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 32 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުގެ މައިގަނޑު ބޭނުމަކީ އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން އެކަށީގެންވާ ގޮތެއްގައި ދިވެހިރާއްޖޭގެ ބިން ތަރައްޤީކޮށް ބެލެހެއްޓޭނެ ފަދައަކުން، ބިނާވެށި ޕްލޭން ކުރުމެވެ. ހަމައެހެންމެ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން […]

ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމަށް 8 ފިޔަވަޅެއް: އިޤްތިޞާދީ ނަޒަރަކުން

ފާއިތުވި އަހަރުތަކުގައި ދިވެހިރާއްޖޭގެ އިޤްތިޞާދު ދަނީ ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އަސަރުތަކުން އަދިވެސް އިޤްތިޞާދު އަރައިނުގަނެވި، ބައިނަލްއަޤްވާމީ މާލީ ބާޒާރުގެ ހީނަރުކަމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު ވަނީ އިތުރަށް ދަށަށް ގޮސްފައެވެ. ނަމަވެސް، މި ހާލަތުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ފުރުޞަތު އަދިވެސް އެބައޮތެވެ. ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމަށް އެޅިދާނެ މުހިންމު 8 ފިޔަވަޅު މި ލިޔުމުގައި ފާހަގަކޮށްލާނަމެވެ: ރާއްޖޭގެ އިޤްތިޞާދުގެ ލޭނާރު ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް […]

ރިޒާވް އިތުރުވެ، މާލީ ޙާލަތު ރަނގަޅުވާނެ ކަމަށް އުއްމީދު ކުރެވޭ: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޖުމްލަ އަދި ބޭނުން ކުރެވޭ ރިޒާވް އިތުރުވެފައިވާކަމަށް ރިޕޯޓްކޮށްފިއެވެ. ފާއިތުވި މަހުގެ ނިޔަލަށް ޖުމްލަ ރިޒާވް 444 މިލިއަން ޑޮލަރުގައި ހުރި އިރު، ޖުލައި މަހު މި އަދަދު ހުރީ 395 މިލިއަން ޑޮލަރުގައެވެ. ބޭނުން ކުރެވޭ ރިޒާވް 61.22 މިލިއަން ޑޮލަރަށް އަރާފައިވެއެވެ. ކުރިއަށް އޮތް ތަނަށް ބަލާއިރު، ބޭނުން ކުރެވޭ ރިޒާވާއި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ހިމެނޭ ރަސްމީ ރިޒާވް މި އަހަރުގެ ނިޔަލަށް 2024 ވަނަ […]

އީރާނުގެ ބިރުދެއްކުމާހުރެ އިސްރާއީލުގެ އުޑުމަތި ބަނަވަނީތަ!

އިސްރާއީލުގެ އެއާރ ޑިފެންސްއަކީ ދުނިޔޭގެ ފެންވަރުގައި އެންމެ ކުރިއަރާފައިވާ ނިޒާމުކަމަށް ބެލެވޭއިރު މަތިންދާ ބޯޓުފަހަރު ދުއްވާ ބައެއް ބިޔަ ކުންފުނިތަކުން އިސްރާއީލަށް ދަތުރުކުރުން ހުއްޓާލަން ޖެހުނީ ކީއްވެގެން ހެއްޔެވެ! މިއީ މިއަދު ބައިނަލްއަގްވާމީ މީޑިއާގެ އެންމެ ކުލަ ގަދަ ސުރުޚީއަށް ވެއްޖެއެވެ. އީރާނު ސަރުކާރަށް ތާއީދުކުރާ އަލް މަޔާދީނުން ބުނެފައިވަނީ ކޮމާރޝަލް ފްލައިޓްތަކުން އިސްރާއީލަށް ކުރާ ދަތުރުތައް ކެންސަލަކުރަމުން ގެންދަނީ އީރާނުން އިސްރާއީލަށް ކޮންމެ ވަގުތެއްގައިވެސް ހަމަލާދީފާނެ ކަމުގެ ބިރަށެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި މިއީ […]

ވެރިކަމަކީ ތިމާ ހަވާލުވެގަންނަ ބޮޑު މަސްއޫލިއްޔަތެއް ކަމަށް ގަބޫލު ނުކުރަނީ ކީއްވެގެން

އަޅުގަނޑުގެ މި ލިއުން ފަށައި ގަތުމުގައި އަޅުގަނޑުގެ އެދުރު ބެއަކު ވިދާޅުވި ބަސްފުޅެއް ނަކަލު ކޮށްލާނަމެވެ. އެ ބަސްފުޅު މި ލިއުމާއި މާބޮޑު ގުޅުމެއް ނެތޭ ވެސް ކިއުންތެރިން ހީކޮށްފާނެއެވެ. އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައި އެއީ އަޅުގަނޑުމެންގެ ގައުމުގެ އެކި ފެންވަރުގެ ވެރިންނޭ މިކިޔާ ބޭފުޅުން ފިސާރި ރަނގަޅަށް ވިސްނާ ފިކުރު ކުރަންޖެހޭ މައްސަލައެކެވެ. ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ވެރިކަމެއް ކުރަން ހަވާލުވެފައިވާތީއެވެ. އަޅުގަނޑުގެ އެދުރުބޭ ވިދާޅުވެފައި ވެއެވެ. އެއްދުވަހަކު އަމީރުލްމުއުމިނީން ޢަލީ އިބްނު އަބީ ޠާލިބު […]

ދިޕިކާއާއި ރަންވީރަށް ދަރިއަކު ލިބިއްޖެ

ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ރަންވީރު ސިންގް 39އ އާއި ދީޕިކާ ޕަދުކޯން 38އ އަށް އެ މީހުންގެ އަލަތު ދަރިފުޅު ލިބިއްޖެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ދިޕިކާ ވިހާފައި ވަނީ މިއަދުއެވެ. އަދި އެ ދެމަފިރިންނަށް ލިބިފައި ވަނީ އަންހެން ކުއްޖެކެވެ.މި މުނާސަބަތާއި ގުޅިގެން ސޯޝަލް މީޑިއާގައި އެ ދެމަފިރިންގެ ފޭނުންގެ ފަރާތުން މަރުހަބާގެ މެސެޖުތަކާއި ހެޔޮ އެދުންތައް އަންނަނީ އޮހެމުންނެވެ. ދިޕިކާ ވިހާފައި ވަނީ އިންޑިއާގެ މުމްބާއީގައި ހުންނަ އެޗްއެން ރިލަޔަންސް ހޮސްޕިޓަލުގައެވެ. […]

ޑޮލަރު ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ އަތުލަނީ، ސަމާލުވޭ!

ޑޮލަރު ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށާއި އެކަމަށް ސަމާލުވާން ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.  އެގޮތުން މިކަމަށް އިޝާރާތްކޮށް ފުލުހުން މިއަދު ބުނީ ޑޮލަރު ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ އަމަލުތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ކުރުމުގައި އިތުބާރުހުރި ގާނޫނީ ގޮތުން ހުއްދަ ލިބިފައިވާ ފަރާތްތަކާއި މުއާމަލާތް […]

ކުރިން ބުނި އެތި ކެންސަލް!

       ސިނަމާލެ ބުރިޖުގެ ޑިޒައިނަށް ރައީސް ޑރ.މުހައްމަދު މުޢިއްޒުއާއި ބުރިޖް ޙަވާލު ކުރިފަހުން އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ބުރިޖް އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޭރުގެ ހައުސިންގ މިނިސްޓަރު ޑރ.މުޢިއްޒު ވިދާޅުވީ 4 ފުރޮޅުލީ ވެހިކަލްތަކަށް ދެ ލޭނާއި މޮޓޯސައިކަލަށް ދެ ލޭނާއި ބައިސްކަލް ދުއްވާ ލޭނަކާއި ވޯކްވޭއެއް ބުރިޖުގައި ހިމެނިފައިވާ ކަމުގައެވެ.       އޭރު އެ ވިދާޅުވި ވިދާޅުވުން މިހާރު އެ ވަނީ […]

ޔޫކްރެއިންގެ މިލިޓްރީ ކޮލެޖަށް އަމާޒުވި ހަމަލާގައި އެތައް ބަޔަކު މަރުވެއްޖެ

އޭބީސީ ނިއުސްއިން ބުދަދުވަހު ދީފައިވާ ޚަބަރުތަކުގައި ރަޝިޔާއިން ޔޫކްރެއިނަށް މިސައިލާ ޑްރޯނުން ދިން ހަމަލާތައް އަނެއްކާވެސް ޔޫކްރެއިންގެ އުޑުމަތި ބަނަކޮށްލައިފިއެވެ. ޔޫކްރެއިންގެ އޮފިޝަލުން ބުނެފައިވަނީ ރަޝިޔާގެ ހަމަލާތަކުގައި ގިނަބަޔަކު ޝިކާރައަކަށް ވެފައިވަނީ ޕޮލްޓާވާއިން ކަމަށެވެ. 2 ބެލިސްޓިކް މިސައިލް ޕޮލްޓޯވާ މިލިޓްރީ ކޮމިއުނިކޭޝަންސް އިންސްޓިޓިއުޓަށާއި އަދި ކައިރީގައި ހުރި ހޮސްޕިޓަލަކަށް އަމާޒުވި ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެ ހާދިސާގެ ފުރިހަމަ ތަހްގީގެއް ކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާނެ ކަމަށެވެ. ރަޝިޔާގެ ހަމަލާގައި 51 […]