މަސްވެރި ސިނާއަތަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަށް މަޝްވަރާކޮށްފި

މަސްވެރި ސިނާއަތަށް ބޭނުންވާ މީހުން ބިނާކުރުމާއި ތަމްރީނު ދިނުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މިކަންހާމަކޮށް ފިޝަރީޒް މިނިސްޓްރީން ބުނީ މި ބައްދަލުވުމަކީ ރާއްޖޭގެ މަސްވެރި ސިނާއަތު ކުރިއެރުވުމަށާއި، މި ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. މިއަދުގެ މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ކޮލެޖް ފޯ ފިޝަރީޒް އެންޑް އޯޝަން ސައިންސްގައި ބޭއްވުނު ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ […]

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސަބްސިޑީ ދިނުމަށްޓަކައި 1.2 ބިލިއަން ރުފިޔާ

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސަބްސިޑީގެ ދިނުމަށްޓަކައި 1.2 ބިލިއަން ރުފިޔާ ދޫކޮށްފިއެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ފަހުގެ ތަފާސް ހިސާބުތަކުން އެސްއޯއީތަކުން މިހާރު ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލާފައި ވެއެވެ. ރާއްޖޭގައި ހުރި 30 އެސްއޯއީގެ ތެރެއިން 14 އެސްއޯއީއެއް މި މުއްދަތުގެ ތެރޭގައި ގެއްލުމެއްގައި އޮޕަރޭޓްކުރާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ. ދައުލަތުގެ ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އެ ކުންފުނިތަކުގެ މާލީ ދެމެހެއްޓެނިވިކަން އިތުރުކުރުމަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން، ސަރުކާރު ހިއްސާވާ ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް […]

ޑިޖިޓަލައިޒޭޝަނަކީ ޤައުމީ ތަސައްވުރުގެ ބިންގަލެއް

ޑިޖިޓައިޒޭޝަނަކީ ޤައުމީ ތަސައްވަރުގެ ބިންގަލެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ”ސަމިޓް އޮފް ދަ ފިއުޗާ ސައިޑް އޮފް އިވެންޓް: އަ ވިޝަން ފޯ އޭން އިންޓެލިޖެންސް-ޑިރިވަން ފިއުޒާ ފޯ މޯލްޑްސް“ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ޑިޖިޓަލައިޒޭޝަނުން ރާއްޖޭގެ އިގްތިޞާދަށް ގިނަގުނަ މަންފާތަކެއް ލިބިފައިވާ ކަމަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ކޮލިޓީވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ޑިޖިޓަލް ލިޓްރޭސީން ރައްޔިތުން ބާރުވެރި ކުރުވުމާއި، ޓެކްނޮލޮޖީގެ ބޭނުން […]

ބީއެމްއެލްގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސީއީއޯގެ މަޤާމުގައި ހުންނެވި ކާލް ސްޓުމްކަ އިސްތިއުފާދެއްވައިފިއެވެ ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަ މި މަހުގެ 8 ވަނަ އިސްތިއުފާދީފައިވާ ކަމަށެވެ. އެހެންކަމުން ބޭންކުގެ ސީއީއޯގެ މަޤާމުގައި ކާލް ހުންނާނީ މި މަހުގެ 21 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ބޭންކުގެ އާންމު ޖަލްސާ، އީޖީއެމްއާ ހަމައަށް ކަމަށްވެސް ބީއެމްއެލް އިން ބުނެފައި ވެއެވެ. […]

އިންޑިއާ އިން އެމްޕޮކްސް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެ

ބައެއް ޤައުމުތަކުގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުން އަންނަ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވާ އެމްޕޮކްސް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހަކު އިންޑިއާ އިން ފެނިއްޖެއެވެ. މިއީ މި ބަލި ޖެހިފައިވާ ކަމަށް އެ ޤައުމުގައި ރިކޯޑު ކުރެވުނު ފުރަތަމަ ޕޭޝެންޓެވެ. އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ މި ބަލި ޖެހިފައި ވަނީ އެ ބަލި ފެތުރެމުން އަންނަ ޤައުމަކަށް ދާދިފަހުން ދަތުރުކުރި ޒުވާން ފިރިހެނަކަށް ކަމަށެވެ. އެހެންކަމުން އޭނާ ހޮސްޕިޓަލެއްގައި އެކަހެރިކޮށްފައިވާއިރު އޭނާގެ ހާލު […]

ރައީސް އޮފީހުގެ މިނިސްޓަރު ނާޞިރުގެ އަނބިކަނބަލުން ތުރުކީގައި ހުންނަ ދިވެހި އެމްބަސީގެ އިސް މަގާމަކަށް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ޢަބްދުﷲ ނާޞިރުގެ އަނބިކަނބަލުން ތުރުކީގައި ހުންނަ ދިވެހި އެމްބަސީގެ އިސް މަގާމަކަށް ހަމަޖައްސައިފިއެވެ. ނާޞިރުގެ އަނބިކަނބަލުން ޢާއިޝަތު ރައިހާނާ ހަމަޖައްސާފައިވަނީ ތުރުކީ އެމްބަސީގެ ސްޕެޝަލް ކައުންސެލް ޓު ދި އެމްބެސެޑަރ ގެ މަގާމަށެވެ. އޭނާ އެ މަގާމަށް ހަމަޖައްސާފައިވަނީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. މި މަގާމަށް ހަމަޖެއްސުމުގެ ކުރިން ރައިހާނާ ހުންނެވީ މުލީއާގޭގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުން އެމަނިކުފާނުގެ ސަރުކާރެއްގައި ސިޔާސީ މަގާމުތަކުގެ […]

ހުޅުމާލޭ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފިއެވެ. ހުޅުމާލޭ ފޭސް 1 ގެ ޕޮލިސް ސްޓޭޝަންގެ ހުޅަނގު ފަރާތު ދޮރުގެ ލައިޓް ތަޅައިލި މީހަކު ރޭ 4:15 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ ހ.ހެމަވަތި ޒައިދާން މުޙައްމަދު ޒާހިރެވެ. އޭނާއަކީ ނުރައްކާތެރިކޮށް ސައިކަލު ދުއްވުމުން އޭނާގެ ސައިކަލު ފުލުހުން ޓޯ ކުރުމުން ސައިކަލާ ހަވާލުވުމަށް ޕޮލިސް ސްޓޭޝަނަށް ހާޒިރުވި މީހެއް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި […]

ޒަހަމްވެފައި އޮތް ދިވެއްސަކު މާލޭގެ ގެސްޓްހައުސްއަކުން ފެނިއްޖެ

ޒަހަމްވެފައި އޮތް ދިވެހި ފިރިހެނަކު މާލޭގެ ގެސްޓްހައުސްއަކުން ފެނިއްޖެއެވެ. ޒަހަމްތަކަކާއެކު އޭނާ ފެނިފައި ވަނީ މާލޭގެ ގެސްޓް ހައުސްއެއްގައި އުޅޭ މީހެއްގެ ހަބަރެއް ނުވެގެން އޭނާގެ ކޮޓަރިއަށް ފުލުހުން ވަދެ ބެލުމުންނެވެ. ފުލުހުން ބުނީ ޒަހަަމްތަކަކާއެކު ފެނިފައި ވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަަމަށެވެ. މީގެ އިތުރުން އޭނާ މިހާރު އައިޖީއެމްއެޗަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަަމަށް ފުލުހުން ހާމަކުރެއެވެ. ފުލުހުން ބުނީ“ސީން“ގައި ފުލުހުންގެ ތަހުގީގު ޓީމު މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ބަރަހަނާ ފޮޓޯއާއި ވީޑިއޯ ހިއްސާކޮށް، މާލީ މަންފާ ހޯދަމުންގެންދާ ޓެލެގްރާމް ޗެނަލްތަކެއް ސީޒްކޮށްފި

ބަރަހަނާ ފޮޓޯއާއި ވީޑިއޯ ހިއްސާކޮށް، މާލީ މަންފާ ހޯދަމުންގެންދާ ޓެލެގްރާމް ޗެނަލްތަކެއް ސީޒްކޮށްފިއެވެ. ފުލުހުން ބުނީ ޓެލެގްރާމުގައި ގިނައަދަދެއްގެ ޗެނަލް ކްރިއޭޓްކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ، އެ ޗެނަލްތައް މެދުވެރިކޮށް ޕޯސްޓުކޮށް ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުންގެންދާ މައްސަލައާ ގުޅިގެން ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ހާއްސަ އޮޕަރޭޝަނެއް ވަނީ ހިންގާފައި ކަމަށެވެ. އެގޮތުން ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިމެނޭ 571 ޗެނަލް […]

ބުރިޖު ހުރަސްކޮށް ސައިކަލުގައި މާގަސްތަކެއް އުފުލި މީހަކަށް ފިޔަވަޅު އަޅައިފި

ސިނަމާލެ ބުރިޖާއި ހައިވޭ ހުރަސްކޮށް ސައިކަލެއްގައި މާގަސްތަކެއް ހިފައިގެން ދަތުރުކުރި މީހަކަށް ފިޔަވަޅު އަޅައިފި އެވެ. މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ގަވައިދާ ހިލާފަށް މުދާ އުފުލުމުން, ފިޔަވަޅު އެޅީ ދިވެހި ފިރިހެނަކަށް ކަމަށެވެ. އެގޮތުން ފުލުހުން ވަނީ އޭނާ 750 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. ފުލުހުން ބުނީ މި ފަދަ އަމަލުތަކަކީ ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާވެދާނެ ކަންކަން ކަމުގައިވާތީ، މިފަދަ އަމަލުަތަކުން ދުރުހެލިވުމަށް އެންމެހާ ފަރާތްތަކަށް ހަނދާން ކޮށްދޭ ކަމަށެވެ.