ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް އަމާޒުކޮށްގެން ޑެސްޓިނޭޝަން އައްޑޫ ސިޓީ ސަމިޓް ފެށިއްޖެ

ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް އަމާޒުކޮށްގެން ޑެސްޓިނޭޝަން އައްޑޫ ސިޓީ ސަމިޓް މިއަދު އިކުއޭޓަރ ވިލެޖުގައި ފެށިއްޖެ އެވެ. ”ޑެސްޓިނޭޝަން އައްޑޫ ސިޓީ ސަމިޓް“ މިއަދު އިކުއޭޓަރ ވިލެޖުގައި 100 އަށްވުރެ ގިނަ ބައިވެރިންނާއެކު ފެށިގެން ދިޔައީ، އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ. ”ޑެސްޓިނޭޝަން އައްޑޫ ސިޓީ ސަމިޓް“ މިއަދު އިކުއޭޓަރ ވިލެޖުގައި 100 އަށްވުރެ ގިނަ ބައިވެރިންނާއެކު ފެށިގެން ދިޔައީ، އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ. […]
އިންޑިޔާގައި ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައިގައި ގައުމީ ފެންވަރުގެ ހަޅުތާލެއް

އިންޑިޔާގައި ޖޫނިއަރ ޑޮކްޓަރެއް ރޭޕްކުރުމަށްފަހު މަރާލާފައިވާ މައްސަލައިގައި އެތައް ސްޓޭޓެއްގައި ހޮނިހިރު ދުވަހު ޑޮކްޓަރުން ގައުމީ ފެންވަރުގެ ހަޅުތާލެއް ކުރަމުން އެބަގެންދާކަމަށް ޚަބަރު ލިބެއެވެ. ރޭޕް ކޮށްފައި ވަނީ ވެސްޓް ބެންގޯލްގެ ކޮލްކަތާ ސިޓީގައެވެ. އެންމެ ގިނަ ޑޮކްޓަރުން ބައިވެރިވެފައިވާ ޖަމިއްޔާ އިންޑިއަން މެޑިކަލް އެސޯސިއޭޝަނުން ބުނެފައި ވަނީ ހޮނިހިރު ދުވަހު ހުރިހާ ”ނޮން އެސެންޝަލް“ ނުވަތަ މުހިންމު ނޫން ޚިދުމަތްތައް ނުދޭނެ ކަމަށެވެ.އައިއެމްއޭ އިން ސިފަ ކޮށްފައިވާ ގޮތުގައި ނިމުނު ހަފްތާގައި ހިންގާފައިވާ ރޭޕްގެ އަމަލަކީ […]
އިންޑޮނޭޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި

އިންޑޮނޭޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ޖޯކޯ ވިޑޯޑޯއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ. ރައީސް މުޢިއްޒުގެ މެސެޖުގައި، މިއަދު އިންޑޮނޭޝިއާގައި ފާހަގަކުރަމުންދާ މިނިވަން ދުވަހުގެ މުނާސަބަތުގައި، އިންޑޮނޭޝިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައި ވެއެވެ. އެ މަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައި ވަނީ އިންޑޮނޭޝިއާގެ ރައީސަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އަދި އެ އެ ޤައުމުގެ ރައްޔިތުންނަށް […]
އައިޖީއެމްއެޗްގެ ނަރުހަކާ ގުޅުންހުރި މަސްތުވާތަކެތީގެ މައްސަލައެއް ފެން މަތިވެއްޖެ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ހޮސްޕިޓަލުގެ ނަރުހަކާ ގުޅުންހުރި މަސްތުވާތަކެތީގެ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ އެ ހޮސްޕިޓަލްގެ އަންހެން ނަރުހަކާ ގުޅުން ހުރި މަސްތުވާތަކެތީގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަ އަކީ އައިޖީއެމްއެޗުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވެސް ފުލުހުން ހާމަކުރެއެވެ. ހަމައެހެންމެ މިއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީވެ މި މައްސަލައިގެ އިތުރު ތަފްސީލް ފުލުހުން […]
ބޮގަރު ކައްކައިގެން ވިޔަފާރިކުރާ ދެ މީހަކު ގަމުން ހައްޔަރުކޮށްފި

ބަނގުރާ ކެއްކި ކަމުގެ ތުހުމަތުގައި ލ. ގަމުން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އިއްޔެ ލ. ގަމު، ތުނޑީ އަވަށު ވިލެޖް ގޭގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރާ ކަމަށް އަދި ބޮގަރު ކައްކާ އޭގެ ވިޔަފާރި ކުރާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލާފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން ފުލުހުން ބުނީ ތުނޑީ، ވިލެޖު ގޭގެ ތެރެއިން 24.42 ގްރާމްގެ ހެރޮއިން […]
ބަނޑުހިކެނީ ކީއްވެ؟

ބަނޑުހިކުމަކީ ކޮބާ؟ އާންމުގޮތެއްގައި ބޮޑުކަމުދިއުމުގެ އާދަ އަދި ދެވޭ މިންވަރު އެކި މީހުންނަށް ތަފާތެވެ. ބައެއްމީހުން ދުވާލަކު އެއްފަހަރު، ނުވަތަ ދެފަހަރު ނުވަތަ ތިން ފަހަރު ބޮޑުކަމުދާން ޖެހޭއިރު، އަނެއްބައި މީހުންނަށް 2 ދުވަހުން އެއްފަހަރު ދެވެއެވެ. މަދުން ނަމަވެސް ހަފްތާއަކު ގިނަވެގެން 3 ފަހަރު ބޮޑުކަމުދާންޖެހޭ މީހުން ވެސް އުޅެއެވެ. ނަމަވެސް އުދަނގޫތަކެއް މެދުވެރި ނުވާކަމުގައި ވާނަމަ މިގޮތަށް ބޮޑުކަމުދާން ޖެހުމަކީ މައްސަލައެއް ނޫނެވެ. ބޮޑުކަމުދާންޖެހޭ ނިސްބަތް، މީހާގެ އުމުރާ، ކާންބޭނުންކުރާ ކާނާ، ހަރަކާތްތެރިވެ އުޅޭ […]
ހާލަތު ތަންދޭނަމަ ވުޒާރީ މިންގަނޑެއްގައި ސީރިއާއާއި ބައްދަލުކުރެވިދާނެ: ތުރުކީ

ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސީރިއާގެ ޚާރިޖީވުޒާރާއާއި، ތުރުކީގެ ޚާރިޖީ ވުޒާރާއިން ހާލަތު ތަންދޭނަމަ،ބައްދަލުކުރެވިދާނެކަމަށް، ތުރުކީގެ ޚާރިޖީ ވަޒީރު ޔާސިރު ގުލޭރުވިދާޅުވެއްޖެއެވެ. 2011 ވަނަ އަހަރުގެ ސީރިއާ ހަނގުރާމައަށްފަހު ތުރުކީއިން ސީރިއާއާއިއޮންނަ ގުޅުންތައް ކަނޑާލުމަށްފަހު، އަލުން ގުޅުންތައް ބަދަހިކުރުމަށްނިންމުމަށްފަހު، ސީރިއާގެ ރައީސް ބަޝާރު އަލްއަސަދަށް ތުރުކީއަށްވަޑައިގަތުމަށް ދައުވަތު އަރުވާނެކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބްއުރުދު ވިދާޅުވެފައިވަނީ ނިމިދިޔަ ހަފްތާގައެވެ. އެހެންނަމަވެސް، އަސަދްވިދާލުވީ، އެފަދަ ވާހަކަތައް ދެކެވޭނީ އަވަށްޓެރި ގައުމުތަކުންކޮންމެހެން މަޝްވަރާކުރަންޖެހޭ މައުޟޫއުތަކަށް މަޝްވަރާކުރެވިގެންކަމަށެވެ. އޭގެތެރޭގައި، ސީރިއާގެ […]
ދުނިޔޭގެ ރިޒާރވުގައި އެމެރިކާ ޑޮލަރުގެ ހިއްސާ %60 އަށް ވުރެން ދަށަށް

އެމެރިކާގެ ދަރަނީ 35 ޓްރިލިއަން ޑޮލަރުގެ ރަތްރޮނގު ހުސްކުރުމާގުޅިގެން ދުނިޔޭގެ ބައެއް ބޮޑެތި މަރުކަޒީ ބޭންކުތަކުން އެމެރިކާޑޮލަރުގެ ބަދަލުގައި ރަނާއި އަދި ބައެއް އެހެން ގައުމުތަކުގެ ފައިސާވެސް ރިޒާވް ކަރެންސީގެ ގޮތުގައި ގަބޫލުކުރަން ފަށައިފިއެވެ. އެމެރިކާގެ ދަރަނި އެ ގައުމުގެ ގާނޫނުން ހުއްދަކުރާ އެންމެ މަތީ ހަރުފަތް ގިރާކޮށް ވެއްޓެން އަރިއަޅާލާފައިވާ އިރު އެ ގައުމުގެ ފައިސާ (އެމެރިކާ ޑޮލަރ) އަށް ބަރޯސާވެގެން އިގްތިސާދު ރޭވުމަކީ ނުރައްކާތެރިކަމެއް ކަމުގައި ގިނަ ގައުމުތަކަކުން ވިސްނަންފަށައިފިއެވެ. ދުނިޔޭގެ ރިޒާވް ކަރެންސީގެ […]
ޔޫކްރެއިން ސިފައިންގެ ރައްދު ހަމަލާތަކުން ހިތްހަމަޖެހުމާއި ބިރުވެރިކަމުގެ ތެރޭގައި

މިދިޔަ ހަފުތާގައި ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިނުން ދިން ކާމިޔާބު ހަމަލާތަކަށްފަހު ޔޫކްރެއިން އާއި ރަޝިޔާ ގުޅޭ ސަރަހައްދުގައި ޔޫކްރެއިން ސިފައިން މިހާރު ތިބީ ހިތްހަމަޖެހުމާއި އަދި ބިރުވެރިކަމެއްގެ ތެރޭގައިކަން މިއަދު މެންދުރު 12 ގެ ސީއެންއެން ޚަބަރުގައި ބުނެފިއެވެ. ބިރުވެރި ހާލަތެއްކަމަށް ބެލެވެނީ ރަޝިޔާއިން ދީފާނެ ހަމަލާއެއް އަންދާޒާވެސް ނުކުރެވޭތީއެވެ. ދެގައުމުގުޅޭ ދެކުނު ސަރަހައްދުގެ ސުމީ އެވެ ކިޔުނު ވަގުތީ ހިޔާ ( އިވެކުއޭޝަން ސެންޓަރ ) ގައި ހުރެފާ ހަންނާ ފެޑޯރކޮވުސްކާ ޔޫކްރެއިންގެ ކާމިޔާބު ހަމަލާތަކަށް […]
އެމެރިކާގެ ހަނގުރާމަ މަތީ ވަސީލަތްތަކުން އީރާނާ ދެކޮޅަށް އިސްރާއީލަށް އެހިތެރިވެދޭނެތަ؟

އެމެރިކާގެ ކަނޑު ސިފައިންގެ ބިޔަ ލަޝްކަރުތައް މުޅި މެދު އިރުމަތި ފުރާލަފާއި އޮތް އިރު އީރާނުން އިސްރާއީލަށް ރައްދު ހަމަލާ ދީފާނެ ކަމާދޭތެރޭ ތަޖްރިބާކާރުން ސުވާލު އުފައްދަމުން ގެންދާ ކަމަށް މިއަދު ފޮކްސް ނިއުސްގެ ޚަބަރު ގައި ބުނެފައި ވެއެވެ. އެމެރިކާގެ ލަޝްކަރުތަކުން އިސްރާއީލު ރައްކާތެރި ކުރުމުގެ ނަމުގައި އީރާނަށްހަމަލާ ދެމުން ގެންދާނެ ކަމާދޭތެރޭ ޝައްކު ކުރާނެ ޖާގައެއް ނެތް ކަމަށް ފައުންޑޭޝަން ފޯރ ޑިފެންސް އޮފް ޑިމޮކްރެސީޒް ސީނިއަރ އެޑްވައިޒަރ ރިޗަރޑް ގޯލްޑްބާރގް ފޮކްސްނިއުސްއަށް ކިޔާދީފައިވެއެވެ. […]