ބޮގަރު ކައްކައިގެން ވިޔަފާރިކުރާ ދެ މީހަކު ގަމުން ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp
Maldives Dhivehi News

ބަނގުރާ ކެއްކި ކަމުގެ ތުހުމަތުގައި ލ. ގަމުން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އިއްޔެ ލ. ގަމު، ތުނޑީ އަވަށު ވިލެޖް ގޭގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރާ ކަމަށް އަދި ބޮގަރު ކައްކާ އޭގެ ވިޔަފާރި ކުރާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލާފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން ފުލުހުން ބުނީ ތުނޑީ، ވިލެޖު ގޭގެ ތެރެއިން 24.42 ގްރާމްގެ ހެރޮއިން ކަމަށް ޝައްކުކުރެވޭ މަސްތުވާތަކެއްޗާއި ބޮގަރު ކަމަށް ޝައްކު ކުރެވޭ 2 ރުނބާ އަދި 5 ލީޓަރު ފުޅިއަކާއި ބޮގަރު ކައްކަން ބޭނުންކުރާ ސާމާނު ފެނިފައިވާ ކަމަށެވެ.

އެހެންކަމުން ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 42 އަހަރުގެ މީހަކާއި 57 އަހަރުގެ މީހެއް ކަމަށެވެ. އެ ދެމީހުންނަކީވެސް ދިވެހި ދެ ފިރިހެނުންނެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް