ރާނބާ ފަތުގެ މުހިންމުކަން!

ރާނބާ ފަތް ރާނބާ ފަތަކީ ރިހަ ކައްކާއިރާއި އަދި ބައެއް ކަހަލަ ކާތަކެތި ހަދާއިރު ރަހަ ޖެއްސުމަށްޓަކައި ބޭނުންކުރެވޭ ފަތެކެވެ. ރާނބާ އަކީ ރާނބާފަތް އަޅާ ގަހެވެ. މިގަހުގެ ސިފަ ވައްތަރުވާނީ ކަށިނެތް ކަށިމާ ގަހަކާއެވެ. މިގަހުގެ ފަތުގައި މީރުވަހެއް ދުވައެވެ. އަދި މިގަހުގެ ފަތް ތަކެތީގައި މީރުވަސް ދުއްވުމަށާއި ކާތަކެތީގައި މީރު ރަހަލެއްވުމަށް ބޭނުންކުރެއެވެ. ބައެއް ފަހަރު ކަނދި ފަދަ ތަކެތި ތައްޔާރު ކުރާއިރު ވެސް ރަހަ ޖެއްސުމަށް ރާނބާ ފަތް ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ. […]

މެންދުރު ނަމާދަށް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ޖެހޭ ގޮތަށް ހަދައިފި

މެންދުރު ނަމާދު ވަގުތަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ޖެހޭގޮތަށް މަޖިލީހުގެ ގަވާއިދުގައި ހިމަނައިފި އެވެ. މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ނިންމާފައި ވަނީ މެންދުރު 12:00 އިން މެންދުރުފަހު 1:00 އަށެވެ. މިކަންހާމަކޮށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެންދުރު ނަމާދާ ދިމާކޮށް 12:00 އިން މެންދުރުފަހު 1:00 އަށް މެދުކަނޑާލުމަށް ގަވާއިދުގައި ހިމަނާފައިވާނެ ކަމަށެވެ. މީގެ ކުރިން ނަމާދުގެ ވަގުތަށް ޖަލްސާ މެދުކަނޑާލަނީ މެންދުރު 12:30 އިން މެންދުރު ފަހު […]

ކަމަލާ ހެރިސްގެ ރިޔާސީ ކެމްޕެއިންގެ ފުރަތަމަ ހަފްތާގައި 200މިލިއަން ޑޮލަރު ޖަމާކުރެވުނު

އެމެރިކާގެ ރިޔާސީ ރޭހަށް މިހާރު ކުރިމަތިލައްވާފައިވާ މިހާރުގެ ނާއިބް ރައީސް ކަމަލާ ހެރިސްގެ ރިޔާސީ ކެމްޕެއިންގެ ފުރަތަމަ ހަފްތާގައި 200މިލިއަން ޑޮލަރު ޖަމާކުރެވިފައިވާ ކަމަށް ޚަބަރު ލިބެއެވެ. ކެމްޕެއިނަށް އެކިފަރާތްތަކުން ދޭ އަދަދު އިތުރުވެގެން ގޮސްފައި ވަނީ ރައީސް ބައިޑަން ރޭހުން ވަކިވެ ވަޑައިގެން ކަމަލާ އެންޑޯސް ކުރެއްވުމާއިއެކު  ޑިމޮކްރެޓިކް ޕާޓީން ވާދަ ކުރައްވާނެ ބޭފުޅުންގެ ލިސްޓުގެ އެންމެ ކުރިޔަށް ކަމަލާގެ ނަންފުޅު އެރި ހަމައިން ފެށިގެންނެވެ. ޖުލައި 28 ވީ އާދީއްތަ ދުވަހާ ހަމަޔަށް ލިބިފައިވާ […]

ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަމުން ތޯރިގު އިސްތިއުފާ ދެެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަމުން އިސްތިއުފާ ދެެއްވައިފިއެވެ. ޠާރިގުގެ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވައިފައިވާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވަނީ ޔަގީންކޮށްދެއްވައިފައެވެ. މަޖިލީހުގައި ދެވަނަ ދައުރު ފުރިހަމަކުރައްވަމުން ގެންދަވާތޯރިގު އިސްތިއުފާ ދެއްވި ސަބަބު އަދި ސާފެއް ނުވެއެވެ. ނަމަވެސް އެ ނިންމެވުން ނިންމެވީ އަމިއްލަ ސަބަބުތަކާ ހެދި ކަމަށް ފަލާހް ވަނީ ވިދާޅުވެފައެވެ. މިކަމާ ގުޅިގެން ތޯރިގުގެ […]

ޏަމްޏަމްގެ ސިއްހީ ފައިދާތައް!

ޏަމްޏަމް އަކީ ހުތްފޮނި މޭވާއެކެވެ. ދޮންނުވާއިރު ވަޅުފެހި ކުލައިގައި ހުންނަ ޏަމްޏަމް ދޮންވުމުން މުށި ރީނދޫ ކުލައަކަށް ބަދަލުވެއެވެ. މިއީ ވެސް ހުތް މޭވާއެއްގެ ގޮތުގައި ކައިއުޅޭ މޭވާ އެކެވެ. މަދުން ނަމަވެސް ޏަމްޏަމް އިން ޖޫސް ތައްޔާރުކޮށްގެން ބޭނުން ކުރެއެވެ. ޏަމްޏަމް ހުންނަނީ ގުރުދާގެ ބައްޓަމަށެވެ. އެތެރޭގައި ބޮޑު އޮށެއް އޮންނަ ޏަމްޏަމްގެ ބޭރުގައި ކުރަކިކަމެއް އެކުލެވިގެންވުމާއެކު، ފިތްފިތް ޖަހާފައި ހުރެއެވެ. ސަލަޑް، އަސާރަ ފަދަ ކާތަކެތި ތައްޔާރު ކުރުމަށް ވެސް ޏަމްޏަމް ބޭނުންކޮށް އުޅެއެވެ. […]

އެމެރިކާގެ ރައްޔިތުން ކުރާ ކަމަކަށް މަލާމާތް ކުރަން ނަތަންޔާހޫ އަކީ ކާކު؟

އަޅުގަނޑުމެންގެ ކިއުންތެރިންނަށް މިގެނެސްދެނީ އިއްޔެ ލޮސް އެންޖަލިސް ޓައިމްސްގެ ޚިޔާލު ފާޅުކުރުމުގެ ސަފްޙާއަށް އެމެރިކާގެ ރައްޔިތުން ފޮނުވާފައިވާ “ އެޑިޓަރަށް ހުޅުވާލާފައިވާ “ ޚިޔާލުތަކުގެ ތަންތަންކޮޅެވެ.  މިއިން ދޭހަވާ އެންމެ މުހިންމު ކަމަކީ ގައުމުތަކުގެ ވެރިން ޑިމޮކްރެސީ އޭ ނުވަތަ އޮޓޯ ކްރެސީ އޭ ނުވަތަ އެހެންނަމެއްގައި ވިޔަސް ރައްޔިތުންގެ ނަމުގައި ކުރާ އަމުރުތަކާއި ކުރަމުންގެންދާ ގިނަ ކަންތައްތަކަށް ރައްޔިތުންގެ ރުހުން ނުލިބޭ ކަމެވެ. މި ފަހުގެ ތާރީޚެއްގައި އެންމެ ގިނަ އިންސާނުންތަކެއް މަރާލައި އެތައް މިލިއަން […]

މި އަހަރުގެ އޮލިމްޕިކް ފެށުން ބިރުވެރިކަން އިންތިހާއަށް

ފަރަންސޭސި އޮލިމްޕިކްސް 2024 އާ ގުޅިގެން ގިނަ މީހުންގެ ބަހުސަކަށް ވެފައި ވަނީ ރަސްމިއްޔާތު ހުޅުވުމުގައި ދެއްކި މަންޒަރުތަކަށެވެ. މިކަމުގެ ހަގީގަތް ބިނާ ވަނީ ދުނިޔޭގެ ބާރަށް ދަހިވެތި ވުމުގެ މައްޗަށެވެ. އޮލިމްޕިކްސް ހުޅުވުމުގައި ފުރާންސުން ހަގީގަތުގައި  މަލާމަތް އެ ކުރަނީ، ރަޝިޔާގެ ނަސާރާއިންނަށް އެކަންޏެއް ނޫނެވެ. މުޅި އިންސާނިއްޔަތަށެވެ. މިއީ އިބްލީސިއްޔަތެވެ. ޝައިތޯނިއްޔަތެވެ.  ފިރްއައުނިއްޔަތު ބާރު ދެއްކުމެވެ! ފަހެ، މި މަންޒަރުތަކުން ފެންނަނީ ކުރިޔަށް ހިނގާނެ ބޮޑު ހަނގުރާމައެވެ. އޭގެ ބިރެވެ. ބަނީއިސްރާއީލު ދަރީންނަށް އީސާގެފާނު […]

 ފެޅުނު ބަނޑިޔަލުގެ ވާހަކަ

މުސްކުޅި އަންހެނަކު ދެބަނޑިޔާ ގެންގުޅެއެވެ.މިދެބަނޑިޔަލުގައި އޭނާ ކޮންމެ ދުވަހަކުވެސް ވަރަށް ދުރުގައިވާ ކޯރަކުން ގެޔަށްފެން އުފުލައެވެ. ނަމަވެސް ދެބަނޑިޔަލުގެ ތެރެއިން އެއްބަނޑިޔަލުގައި ވަނީ ރެނދެއްލާފައެވެ.އެހެން ކަމުން ފެންހިފައިގެން އަންހެންމީހާ އަށް ގެޔާ ހަމަޔަށް އާދެވޭއިރު އެބަނޑިޔަލަށް އެޅިފެން ހުންނަނީ ދެބައިކުޅައެއްބައި މަދު ވެފައެވެ.ބިމަށް ފައިބާފައެވެ.އަނެއް ބަނޑިޔަލުގައި ފުރާލާ ފެން ހުރެއެވެ. އެހެން ކަމުން އަންހެންމީހާއަށް ކޮންމެދުވަހަކުވެސް ގެނެވެނީ އެއްބަނޑިޔަލާ ބައިބަނޑިޔަލުގެ ފެނެވެ. ނުފެޅޭ ބަނޑިޔާ މިކަމާ އަމިއްލަޔަށް ވަރަށް ފަޚުރުވެރިވެއެވެ. ހަމައެއާއެކު ފެޅުނު ބަނޑިޔާ އޭނަގެ ހާލަތާމެދު […]

މިހާތަނަށް އެމެރިކާގެ ކޮންގްރެސްގައި ބޭރުގެ ރައީސަކު ދެއްވި އެންމެ ވަނދު ތަގްރީރު

އިއްޔެ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އެމެރިކާގެ ކޮންގްރެސްގައި ދިން ތަގްރީރަކީ ބޭރުގައުމެއްގެ ރައީސަކަށް އެ ޝަރަފް ދިނުމުން މިހާތަނަށް ދެއްކި އެންމެ ވަނދު ވާހަކަތައް ކަމުގައި ކުރީގެ ކޮންގްރެސް ސްޕީކަރ ނާންސީ ޕެލޯސީ ހާމަ ކުރައްވައިފިއެވެ.  އެކްސްގައި އެކަމަނާ ކޮށްފައިވާ ޕޯސްޓެއްގައި ލިއުއްވާފައިވަނީ މިހާތަނަށް އެމެރިކާގެ ކޮންގްރެސްގައި ތަގްރީރު ކުރުމުގެ ޝަރަފް ދެވުނު ބޭރުގެ ރައީސުންގެ ތެރެއިން މިހާތަނަށް އެންމެ ފެންވަރުނެތް ތަގްރީރެއް ދީފައިމިވަނީ ނަތަންޔާހޫ ކަމަށެވެ.  އެކަމަނާ އެ ޖަލްސާއަށް ބޮއިކޮޓް ކުރައްވައި ވަޑައިނުގެން، އެކަމަކު […]

ރައީސް އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ހާމިދު ޝަފީއު ނިޔާވެއްޖެ

ރައީސް އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ހާމިދު ޝަފީއު މިއަދު ނިޔާވެއްޖެއެވެ. ސަންދާނުއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހާމިދު ޝަފީއު ނިޔާވީ، ކެންސަރުގެ ފަރުވާ އަށް އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައެވެ. ހާމިދު ޝަފީއު ވަނީ މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމަށް ފުރުއްވާފައެވެ. ހާމިދު ޝަފީއުއަކީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއުއާއި އޭސީސީގެ ކުރީގެ ރައީސް މުހައްމަދު ޝަފީއުގެ ކޮއްކޮއެކެވެ. […]