ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންނާއި ރައީސާއި ނައިބު ރައީސް އައްޔަންކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް މިއަދު ބޭފުޅުން އައްޔަންކުރައްވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުޢިއްޒުވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވައިފައިވާ ކަމަށެވެ. އެގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ރައީސްކަމުގެ މަގާމަށް އައްޔަންކުރެއްވީ ފުވައްމުލައް ސިޓީ ދަޑިމަގު. ގްލޯރީގެ އިސްޙާޤު ޙުސައިނެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ނައިބު ރައީސްކަމަށް އައްޔަންކުރެއްވީ ޅ.ހިންނަވަރު، […]

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޙަސަން ޒަކަރިއްޔާ އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް މ.މުލައް، މުސްތަރީގެ ޙަސަން ޒަކަރިއްޔާ އައްޔަން ކުރައްވައިފިއެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށްޙަސަން ޒަކަރިއްޔާ އައްޔަން ކުރެއްވީ ގާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީންނެވެ. މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި މެންބަރުކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން ޙަސަން ޒަކަރިއްޔާއާ ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ […]

ތިން ރަށެއްގައި މަސް ބަންދުކުރާ ކާރުހާނާ ހެދުމަށް ހަވާލުކޮށްފި 

ރާއްޖޭގެ ތިން ރަށެއްގައި މަސް ބަންދުކުރާ ތިން ކާރުހާނާ ތަރައްޤީ ކުރުމަށް ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.  މި މަސައްކަތް ހަވާލުކޮށްފައި ވަނީ 18 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް ޗައިނާގެ ޑޮންގްފަންގް އިލެކްޓްރޯނިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއެވެ.  މި އެއްބަސްވުމުގެ ދަށުން ކާރުހާނާ ހެދުމަށް ނިންމާފައި ވަނީ ޅ. ފެލިވަރާއި، ދ. މާދެލި އަދި ގދ. ފިޔޯރީ ގައެވެ. މި މަޝްރޫޢުގެ ދަށުން ފެލިވަރުގައި ތަރައްޤީކުރަން ހަމަޖެހިފައިވާ ފެކްޓަރީއަކީ 50 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އަދި މި ފެކްޓަރީއިން 100 […]

ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ 

ބޮޑުތަކުރުފާނު މަގުގައި މިރޭ އިރު އޮއްސުނު ވަގުތު ހިނގި އެކްސިޑެންޓެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.  މިކަން ހާމަކޮށް ފުލުހުން ދެންމެ ބުނީ ބޮޑުތަކުރުފާނު މަގު ވިލާ ކޮލެޖު ކައިރީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު 17:53 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.  އެގޮތުން މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.  އަދި އޭނާ އަށް ބޮޑެތި އަނިޔާތަކެއް […]

މެދުއިރުމަތީގެ ޙާލަތު އެންމެފަސް

އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދާ ގަތުލު އާންމު ހުއްޓުމާބެހޭ ގޮތުން އެމެރިކާގެ އެހީގައި އިސްރާއީލުން ތައްޔާރުކުރި އެއްބަސްވުން ޙަމާސް އިން ގަބޫލު ނުކުރާނެ ކަމަށްބުނެ މިދިޔަ ހުކުރުދުވަހު އެ އެއްބަސްވުމުގެ މީޑިއޭޓަރުން ކަމުގައިވާ މިސްރާއި ގަތަރަށް އަނބުރާ ފޮނުވާލައިފިއެވެ.  ޙަމާސް ގެ ފުރަތަމަ ޝަރުތަކީ އިސްރާއީލުން ޙަމަލާތައް ހުއްޓާލާފައި ގައްޒާއިން ފޭބުމެވެ. އެއްވެސް ވާހަކައެއް ދެއްކޭނީ އޭގެ ފަހުންކަމަށެވެ. އަހަރެމެންގެ ރައްޔިތުން ބޭނުންވާގޮތް އޮންނާނީ މާ ކުރިންވެސް ބުނެފައެވެ. އެއަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ.  އެންމެ ފުރަތަމަ ޙަމަލާތައް ހުއްޓާލުމަށްފަހު އިސްރާއީލުގެ ހުރިހާ ސިފައިން ގައްޒާގެ ބިމުން ފައިބާށެވެ. […]

ރައީސް މުޢިއްޒު މިހާތަނަށް 168 ކައުންސިލަކާ ބައްދަލު ކުރައްވައިފި 

ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މި އަހަރު ފެށްޓެވި ސިލްސިލާ ދަތުރުފުޅުތަކުގައި، މިހާތަނަށް ޖުމްލަ 168 ކައުންސިލަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.  މިކަން ހާމަކުރައްވާފައި މިވަނީ ނިލަންދެ އަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކަށް ރައީސް މުޢިއްޒު ކުރެއްވި ދަތުރުފުޅު މިއަދު ނިންމަވާލެއްވުމަށްފަހުއެވެ.  އެގޮތުން ރައީސް އޮފީހުން ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުގައި ނިލަންދެ އަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، އެ އަތޮޅުގެ އެކި ރަށްރަށުގެ ރައްޔިތުންނާއި […]

ބޭނުން ވަނީ ނަތީޖާ ނެރުމުގައި ބާރު ސްޕީޑުގައި ކުރިއަށްދާން:ރައީސް

ނަތީޖާ ނެރުމުގައި ބާރު ސްޕީޑުގައި ކުރިއަށްދިއުމަށް ބޭނުންފުޅުވާ ކަމަށާއި، އަދި އެންމެ ދުވަހެއްވެސް ބޭކާރުނުވެ، ފަހަތަށް ނުގޮސް، ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދެއްވުމަށް ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ނިލަންދެ އަތޮޅު އުތުރުބުރީ ފީއަލީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.  ފީއަލީގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންގެ އުންމީދުތައް އަވަހަށް ހަޤީޤަތަކަށްވުމަކީ، ރައްޔިތުންވެސް އެންމެ ބޭނުންވާ ގޮތް ކަމުގައި ޤަބޫލުފުޅު ކުރައްވާ […]

ރަތްކުލައިގެ އަންހެން ގެރި : އިސްލާމީ އަދި ޔަހޫދީންގެ އަގީދާއަށް ބަލާލުމެއް

މިދުނިޔޭގައި ދިރިއުޅެމުންދާ އިންސާނުންނަކީ ކޮންމެ ދީނަކަށް ނުވަތަ މަޒްހަބަކަށް ތަބާވާ ބަޔަކަށް ވިޔަސް އެ ބައެއްގެ އަގީދާއާއި އާދަކާދައާއި ވިސްނުން އެބައެއްގެ ޢަމަލުތަކުގައި ވަރަށްބޮޑު ޙިއްސާއެއް އަދާކުރަމުން ގެންދާނެކަން ގަބޫލުކުރަން ޖެހެއެވެ.  އަޅުގަނޑުމެން އިސްލާމުންގެ ތެރޭގައިވެސް މިކަންތައް މިގޮތަށް ނެތެކޭ ނުބުނެވޭނެއެވެ. އަޅުގަނޑުމެންނަށް ކޮންމެ ހުކުރުދުވަހެއްގެ ޚުތުބާގައި ކަހަލަ ގޮތަކަށް އިވެމުންދާ ނަސޭޙަތުގެތެރޭގައި “ ބަޔަކުމީހުންގެ ޙާލަތު އެމީހުން ބަދަލު ނުކުރާހާ ހިނދަކު މާތް ﷲ އެ ޙާލަތު ބަދަލު ނުކުރައްވާނެކަން “ ހަނދާން ކޮށްދެއްވުން ހިމެނެއެވެ. […]

މަކަރާއި ހީލަތުން ވެހިކަލް ގެނެސްދޭނެ ކަމަށްބުނެ އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަނީ

މެގަޓްރޯން މޮޓޯރސް މޯލްޑިވްސް ވޭވް އިންޓަރނޭޝަނަލް އިން މަކަރާއި ހީލަތުން ވެހިކަލް ގެނެސްދޭނެ ކަމަށްބުނެ އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން ފަށައިފިއެވެ. މިކަން ހާމަކޮށް ފުލުހުން މިއަދު ބުނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ވެހިކަލް ގެނެސްދޭނެ ކަމަށްބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ މެގަޓްރޯން މޮޓޯރސް މޯލްޑިވްސް ވޭވް އިންޓަރނޭޝަނަލް އަށް ތުހުމަތުކުރެވޭ މައްސަލާގައި އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން ބޭނުންވާ […]

މަގޫދޫގެ އެއަރޕޯޓްގެ މަޝްރޫޢު ނިންމައި ދޭނެ ކަމުގެ ޔަޤީންކަން ދީފި

ފ. މަގޫދޫގައި އަޅަން ހަމަޖެހިފައިވާ އެއަރޕޯޓުގެ މަސައްކަތް ނިންމަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް އެ ޔަޤީން ކަން ދެއްވީ ނިލަންދެ އަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލާ އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި އެ ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.  މި ބައްދަލުކުރެއްވުން އޮތީ މިއަދު ބިލެތްދޫ ފެނަކަ އޮފީހުގައެވެ. މިބައްދަލުކުރެއްވުމުގައި މަގޫދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމުގެ […]