ނަމަނަމަ އިސްރާއީލަށް ޙަމަލާ ނުދޭތި – ބައިޑަން
އިސްރާއީލުން ދިމިޝްގުގައި ހުންނަ އީރާނުގެ ސަފީރު އޮފީހަށް ދިން ޙަމަލާގެ ބަދަލު އީރާނުން ހިފާނެކަންވަނީ އަންގާފައެވެ. އިސްރާއީލަށް ފިލާވަޅެއްދޭނެ ކަމަށްބުނެ އެފަދަ ޙަމަލާއެއް ދިނުމަށް އީރާނުން ތައްޔާރުވަމުންދާތާ ހަފްތާއެއްވީއެވެ. އެމެރިކާގެ ޖާސޫސީ އިދާރާއިންވެސް މިއަދު ބުނެފައިވަނީ ކުރިއަށް އޮތް 24 ގަަޑިއެއްހާއިރުގެ ތެރޭގައި އީރާނުން އިސްރާޢީލަށް ހަމަލާ ދޭނުމުގެ ހުރިހާ ތައްޔާރީތަކެއް ވެއްޖެކަމަށެވެ. އެޚަބަރާއި ގުޅިގެން އެކަން ނުކުރުމަށާއި އިސްރާއީލު ދިފާއުކުރުމަށްޓަކައި އެމެރިކާއިން ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެކަން ރައީސް ބައިޑަން އީރާނަށް އިންޒާރު ދީފިކަމަށް ދާދި ދެންމެއަކު އޭ ބީ […]
ޔާމީންގެ ޝަރީއަތަށް ސަރުކާރުގެ ނުފޫޒު އޮތްކަމަށް ބުނުމުން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕް ޕްރެޝަރަށް
ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ޝަރީއަތަށް ސަރުކާރުގެ ނުފޫޒު އޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވުމުން އެކަމާ ޕްރެޝަރު ބޮޑުވެ ޕީޕީއެމް/ޕީއެންސީ ލީޑާޝިޕުން ޑިފެންސަށް ކުޅެން ޖެހިއްޖެއެވެ. ެައައްޑޫގައި ރޭ ބޭއްވި ކެމްޕޭން ހަރަކާތެއްގައި އަސްލަމް ވަނީ ޔާމީންގެ ޝަރީއަތް ލަސްވަނީ ސަރުކާރުން އެ މައްސަލައިގެ ތެރެއަށް އަތްބާނާތީކަމަށް ތުހުމަތު ކުރައްވައިފައެވެ. އަދި ޝަރީއަތް ލަސްވާ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވުމަށް ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ. “ރައީސް ޔާމީންގެ ޝަރީއަތް [ހައިކޯޓުގައި […]
ބޯކޮށް ވާރޭވެހޭނެކަމަށް ލަފާާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ. މިއަދު 16:15 އިން ފެށިގެން މިރޭ 20:15 އަށް ރީނދޫ ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ފ.އަތޮޅަށެވެ. މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވަނީ އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. މި ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައިވާއިރު ތ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަނީ ހުދު ސަމާލު ނެރެފައެވެ. އެ ސަރަހައްދުތަކަށް މިއަދު 16:30 އިން ފެށިގެން މިރޭ 20:30 އަށެވެ. އެ […]
ޔާމީންގެ ޝަރީއަތް: ރައީސް ޑރ.މުޢިއްޒު ފަނޑިޔާރުގެ އާއިލާއަށް ސިޔާސީ ހަދިޔާ ދެއްވާކަމުގެ ތުހުމަތު
ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މިނިވަންކުރަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހުރަސްއަޅުއްވަމުން ގެންދަވާ ކަމަށާއި ރައީސް ޑރ.މުޢިއްޒު ވަކި ފަނޑިޔާރަކަށް ނުފޫޒު ފޯރުވަމުންދާަކަމަށް ޔާމީންގެ އިސް ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ތުހުމަތުކުރައްވައިފިއެވެ. ހައިކޯޓުގައި އޮތް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ޝަރީއަތް ލަސްވަނީ ސަރުކާރުން މައްސަލައިގެ ތެރެއަށް އަތްބާނާތީކަމަށް ތުހުމަތު ކުރައްވައި ޝަރީއަތް ލަސްވާ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވުމަށް ނިންމަވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ރޭ ވަނީ ވިދާޅުވެފައެވެ. […]
ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ މައްސަލަ ޖޭއެސްސީއަށް ހުށަހަޅަނީ
ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ޝަރީއަތް ލަސްވާ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވުމަށް އެ ކޮމިޝަނުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ނިންމަވައިފިއެވެ. އަސްލަމް މިކަން ހާމަކުރެއްވީ ރޭ އައްޑޫ ސިޓީގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ދެއްކެވި ވާހަކަފުޅުގައެވެ. އަސްލަމް ވިދާޅުވި ގޮތުގައި ހައިކޯޓުގައި އޮތް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ޝަރީއަތް ލަސްވަނީ ސަރުކާރުން މައްސަލައިގެ ތެރެއަށް އަތްބާނާތީއެވެ. އެގޮތުން މިއަދު އެ މައްސަލަ ޖޭއެސްސީއަށް ހުށަަހަޅުއްވާނެ ކަމަށް […]
ދިވެހި ރައްޔިތުން ހޭލުންތެރިވާން އެބަޖެހޭ
ދިވެހިރައްޔިތުން ހޭލުން ތެރިވެގެން މެނުވީ މިގައުމު އިސްލާޙެއް ނުވާނެއެވެ. ދިވެހި ރައްޔިތުންނަކީ ހެޔޮނުބައި ވަކިކުރަން އެނގޭ ބަޔަކަށް ނުވާނަމަ ގައުމުގެ ޙާލަތު ބަދަލެއް ނުވާނެއެވެ. އެކަން މިއަންނަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބު ނިމިގެންދާއިރު ހެޔޮވިސްނޭ ބަޔަކަށް ފެނިގެން ދާނެއެވެ. ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާފައިވާ ދާއިރާތަކުގެ ރައްޔިތުންނަށް އެބައެއްގެ ވަނަވަރު ވަރަށް ސާފުކޮށް އެނގިލައްވާނެއެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލިސްގައި ތިއްބެވި މެންބަރުންގެ އިޚުލާޞްތެރިކަމާއި ތެދުވެރިކަމާއި ޢިލްމުވެރިކަން ހުރި މިންވަރާއި އެބޭފުޅުން ގާނޫނުތައް ފަރުމާކުރަމުންދާގޮތާއި ވޯޓުދެއްވާ ގޮތް ބައްލަވަމުން […]
އިރާނުން ފަލަސްތީނަށް އެހީތެރިވުމަށް ވެސްޓް ބޭންކަން ހަތިޔާރު އެތެރެކޮށްދެނީ
އިންޓެލިޖެންސް އޮޕަރެޓިވްސް އާއި، އަސްކަރީ ތަމްރީނު ލިބިފައިވާ ސިފައިންނާއި، ކުށްވެރިންގެ ގޭންގުތަކުގެ އެހީއާއެކު މެދުއިރުމަތީގައި ސިއްރު ސްމަގްލިންގް ރޫޓެއް ގާއިމުކޮށް، އެ މަގު ބޭނުންކޮށްގެން ފަލަސްތީނަށް އެހީތެރިވުމަށްޓަކައި އިރާނުން ވެސްޓް ބޭންކަށް ހަތިޔާރު އެތެރެކޮށްދެމުން ދާކަމަށް އެމެރިކާއާއި، އިޒްރޭލާއި، އިރާނުން ހާމަކޮށްފިއެވެ. އިރާނުގެ ތިން އޮފިޝަލަކު ބުނެފައިވާ ގޮތުގައި، އިރާނުގެ ބޭނުމަކަށްވަނީ އިޒްރޭލާއި ދެކޮޅްށް ބޭނުންކުރުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ހަތިޔާރު ފޯރުކޮށްދީ، އެ ސަރަހައްދު ފުރާލުމެވެ. އިޒްރޭލުން ޣައްޒާގައި ހިންގާ ގަތުލުއާންމު ނިމުމަކަށް އައިސް އާންމު ދިރިއުޅުމަށް […]
އިންޑިއާ ސިފައިންގެ ދެވަނަ ބެޗު ފޮނުވާލައިފި
ރާއްޖެއާއި އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތަށް އިންޑިއާ ސިފައިންގެ ދެވަނަ ބެޗު އަނބުރާ އެ ގައުމަަށް ފޮނުވާލައިފިއެވެ. އައްޑޫ ސިޓީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ސިފައިން ބޭލުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. އެގޮތުން މި މަހުގެ ނުވަވަނަ ދުވަހު އިންޑިއާ ސިފައިންގެ ދެވަނަ ބެޗު ރާއްޖެއިން ފޮނުވާލައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުން އޮތީ ތިން މަރުހަލާއަށް ބަހައިލައިފައެވެ. […]
ދަ ޑިމޮކްރެޓްސް އަކީ މިހާރު އަސްލު އެމްޑީޕީ
ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވަނީ އަސްލު އެމްޑީޕީ އަކީ މިހާރު ދަ ޑިމޮކްރެޓްސް ކަމަށެވެ. ނަޝީދުގެ ނުރަސްމީ އެކައުންޓް ”މުޙައްމަދު ނަޝީދު އަންއޮފިޝަލް“ ޕޯސްޓުގައި ވިދާޅުވެފައިވަނީ ސަރުކާރަށް ފާރަވެރި ވެވޭނީ ކުރީގައި އެކަން ކުރި މީހުންނަށް ކަމަށާއި އެއީ ޑިމޮކްރެޓްސްގެ ބޭފުޅުންނަށް ކަމަށެވެ. ފަހަކަށް އައިސް މިހާރު އިދިކޮޅު އެމްޑީޕީގައި އެހިމެނޭ ގިނަ މަޖިލިސް މެމްބަރުން ކޮންޓްރެކްޓްތަކާއި ނަހަމަ ވިޔާފާރީގެބޭނުމުގައި ސަރުކާރަށް ފާރަވެރިވުން މުޅިން ދޫކޮށްލީ ކަމަށާއި ދެން ވެސް އެހޮވޭ އެމްޑީޕީގެ މަޖިލިސް މެމްބަރުން ގުޑާނީ ނަފާލިބޭނޭ ގޮތެއްގެ މަތީންކަމަށް ނަޝީދު ވިދާޅުވި އެވެ. ”އެމްޑީޕީގެ ތިލަފަތް އޮތީ ޑިމޮކްރެޓްސްގެ […]
ފ.އަތޮޅުގެ ބައެއް ރަށްތައް ވީރާނާ ވަނީ
ފ.އަތޮޅުގެ ބައެއް ތަކާ އެއްވެސް ސަރުކާކުންކާރަކުން އަޅާ ނުލުމުގެ ސަބަބުން އެ ރަށްތައް އެވަނީ ފަޅު ވެފައެވެ. އެ އަތޮޅުގެ ރަށްތަކުގައި އަމިއްލަ ގެދޮރު ހުރި ގިނަ ބަޔަކު މިހާރު ދިރިއުޅެމުންދަނީ މާލޭ ސަރަހައްދުގައެވެ. ބޭސްފަރުވާ ކުރުމުގެ ފުރުޞަތު އަތޮޅުގެ ރަށްތަކުގައި ނެތުމުގެ ސަބަބުން މާލޭގައި ދިރިއުޅެން މަޖުބޫރުވަނީއެވެ. ރަށެއްގައި ހެލްތުޕޯސްޓެއް ހުރުމަކުން ނުފުދެއެވެ. ސިއްހީ ނިޒާމަށް ބަލާއިރު ނަރުހެއް ޑޮކްޓަރެއް ނެތުމުން ބޮޑެތި ބަލިތަކަށް ފަރުވާ ނުލިބުމާ ގުޅިގެން އެ ފަރާތްތަށް މަޖުބޫރުވަނީ މާލޭ ސަރަޙައްދަށް […]