ފ.އަތޮޅުގެ ބައެއް ރަށްތައް ވީރާނާ ވަނީ

Loading

Facebook
Twitter
WhatsApp

ފ.އަތޮޅުގެ ބައެއް ތަކާ އެއްވެސް ސަރުކާކުންކާރަކުން އަޅާ ނުލުމުގެ ސަބަބުން އެ ރަށްތައް އެވަނީ ފަޅު ވެފައެވެ. އެ އަތޮޅުގެ ރަށްތަކުގައި އަމިއްލަ ގެދޮރު ހުރި ގިނަ ބަޔަކު މިހާރު ދިރިއުޅެމުންދަނީ މާލޭ ސަރަހައްދުގައެވެ.

ބޭސްފަރުވާ ކުރުމުގެ ފުރުޞަތު އަތޮޅުގެ ރަށްތަކުގައި ނެތުމުގެ ސަބަބުން މާލޭގައި ދިރިއުޅެން މަޖުބޫރުވަނީއެވެ. ރަށެއްގައި ހެލްތުޕޯސްޓެއް ހުރުމަކުން ނުފުދެއެވެ. ސިއްހީ ނިޒާމަށް ބަލާއިރު ނަރުހެއް ޑޮކްޓަރެއް ނެތުމުން ބޮޑެތި ބަލިތަކަށް ފަރުވާ ނުލިބުމާ ގުޅިގެން އެ ފަރާތްތަށް މަޖުބޫރުވަނީ މާލޭ ސަރަޙައްދަށް ބަދަލުވުމަށެވެ.

ފ.އަތޮަޅުގައި ސްކޫލް ތައްވެސް ހުރެއެވެެ. އެހެނަސް ދުނިޔޭގެ ފެންވަރަށް ކިޔެވުމު ފުރުޞަތެއް ނެތެވެ. އެހެން ދިމާވަނީ އެކަށީގެންވާ މުދައްރިސުން ނެތުމުން ކަމަށްވެދާނެއެވެ.

މީގެއިތުރުން ރައްޔިތުމީހާ ބޭނުންވާ ލާރިއެއް ބޭންކް މެދުވެރިކޮށް ލިބޭގޮތެއް ނެތެވެ. މި ދެންނެވީ މަދު ރަށެއްގައި ނޫނީ އޭޓީއެމްގެ ޚިދުމަތް ނުލިބޭ ވާހަކައެވެ.

ބައެއް ރަށްރަށުގައި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާން މަޖުބޫރުވެފައި ތިބި ބަލިމީހުންނަށް ފަރުވާލިބޭނެ ތަނަކަށް ބަދަލުވާން މަޖުބޫރު ވާނެތާއެވެ. މިގޮތަށް މާލެ ސަރަހައްދަށް ބަދަލުވާ ބަލިމީހުންނާއެކު ޢާއިލާގައި ހިމެނޭ ގިނަބަޔަކު ވެސް ވަނީ ބަލިމީހުނާއެކު މާލެ ސަރަޙައްދަށް ބަދަލުވެފައެވެ. އެހެން ކަމުން މާލޭ ސަރަހައްދު ވަނީ ތޮއްޖެހިފައެވެ.

މިގޮތަށް މާލެއައިސް ވިހިބާވީސް އަހަރުވާއިރު ރަށުގައި އަޅާފައިވާ ގެވެސް ވަނީ ވީރާނާވެފައެވެ. އެހެންކަމުން ބޮޑުކުލި ދީގެން އެޕާޓްމަންޓް ތަކުގައި ދިރިއުޅެން ޖެހިފައިފައިވާ މީހުން ފުލެޓް ބޭނުންވާނެ ނޫންހެއްޔެވެ.

ރާއްޖެތެރެއިން މާލެސަރަޙައްދަށް މިދެންނެވި ޒަރޫރީ ބޭނުންތައް ޙާޞިލް ކުރުމަށް ބަދަލުވެފައިވާ ރައްޔިތުންގެ ޢަދަދު ދެލައްކާއާއި ގާތް ކުރާނެކަމަށް ބެލެވޭއިރު އެފަރާތްތަށްވެސް ފުލެޓް ޙައްގުވާނެއެވެ. މާލޭގައި ވަޒީފާ އަދާކޮށްގެން ލިބޭހައި ރުފިޔާކޮޅު ޚަރަދު ކުރަން ޖެހިފައިވަނީ މާލޭގެ ބިންވެރިންނަށެވެ. އެހެންކަމާއެކު ސަރުކާރުގެ ފުލެޓެއް ބޭރުގެ ބަޔަކަށް ކުއްޔަށް ދޭން ޖެހުމަކީ ރައްޔިތުންގެ ޙައްގަށް އުނިކަން އަންނާނެ ކަމެކެކެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ކުރާ އިޢުލާނުގެ ތެރެއިން މާލެއައިސް ތިބި ރާއްޖޭގެ އެކިރަށްރަށުގެ މީހުންގެ ޝަރުތައްވެސް ހަމަވެއެވެ.

Loading

One Response

  1. ލިޔުންތެރިޔާގެ ހިޔާލު ގޯހެއް ނޫން…. ލިޔުން ރަނގަޅު…އެކަމަކު އަދިވެސް ލިޔުން އިތުރަށް ދިގު ކޮށްލިނަމަ ބޮޑަށް ފުރިހަމަ ވީސް…

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް