މަގުމަތީގެ ޓްރެފިކް ބާރުބޮޑުވަނީ ކަމާބެހޭ ފަރާތްތަކަށް ބަލަންވާ ވަރަށް ނުބެލޭތީ
ހުޅުމާލޭގެ މަގުތައް ކަމާބެހޭ ފަރާތްތަކުން ބަލަހައްޓަންވާ ވަރަށް ނުބެލެހެއްޓުމުގެ ސަބަބުން ކުރިމަތިވާ ޓްރެފިކް މައްސަލަތައް އަނަނީ އިތުރުވަމުންނެވެ. މަގުމަތީގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިހުންނަ ވެހިކަލްތައް ޓޯކުކުރަން ފުލުހުން ވަނީ ފަށާފައެވެ. އަދި ހުޅުމާލެއާއި މާލޭގެ މުހިންމު ސަރަޙައްދުތަކުގައި ގަވާއިދާ ޚިލާފަށް ޕާކު ކުރޭތޯ ޚާއްޞަ ސަމާލުކަމެއް ދީގެން ބަލަހައްޓާނެ ކަމަށް ފުލުހުންވަނީ ބުނެފައެވެ. އެގޮތުން ގްރީންޒޯނާއި ޕަބްލިކް ޓްެރާންސްޕޯޓް ބޭނުންކުރާ މަގުތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކުރެވިފައިވާ ތަންތަނާއި ސްކޫލްތަކުގެ ކައިރި ސަރަޙައްދުތަކާއި ގަރާޖުތަކަށް ދަތިވާ ގޮތަށް […]
ކުރު ވާހަކަ: ސުއްޓާ ތައުމީނުކުރުން: (އިންޝުއަރކުރުން)
ވަރަށް ކުޅަދާނަ ވިޔަފާރިވެރިޔަކު އަގު ބޮޑު ސުއްޓާތަކެއް ގަތެވެ. އަދި އެ ސުއްޓާތައް ގެއްލިދާނެތީ ނޫނީ އެއަށް އެއްވެސް ގެއްލުމެއް ލިބިދާނެތީ އެ ސުއްޓާތައް ތައުމީނުކުރިއެވެ. ތައުމީނުކުރުމުގެ އެއްބަސްވުމުގައި ސުއްޓާތައް އަނދައި ގޮއްސި ނަމަ ވެސް އޭގެ ބަދަލު ދޭނޭ ކަމަށް ތައުމީނުކުރި ކުންފުނިން އެއްބަސްވެފައި އޮތެވެ. އެ އަގުބޮޑު ސުއްޓާތައް ލިބުނުތާ ދެތިން ދުވަހުގެ ތެރޭގައި ވިޔަފާރިވެރިޔާ ސުއްޓާތައް ބޮއި ހުސްކުރިއެވެ. ދެން ސުއްޓާތައް އަނދައި ހިނގައްޖޭ ބުނެ، ތައުމީނު ކުންފުނީގެ ފަރާތުން ސުއްޓާތަކުގެ ބަދަލު […]
ކީރިތި ގުރުއާނުގެ ކައުސަރް ސޫރަތުގެ އަޖައިބު ކުރުވަނިވި ބައެއް މުއުޖިޒާތްތައް
މި ބަރަކާތްތެރި ރަމަޟާން މަސް ފާއިތުވެގެންދާއިރު ސަންދާނުގެ ދީނީ ސަފްހާގެ ފަގީރުކަން ދެކިފާ ވަރަށް ދެރަވެއްޖައީމެވެ. ކޮންމެވެސް އިލްމުވެރިއެއްގެ ފަރާތްޕުޅުން އިބްރަތްތެރި ދަރުސެއް ލިބޭނެ ނަމަ ހަމަގައިމުވެސް ކިއުންތެރިންނަށް ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ދާނެއެވެ. އަޅުގަނޑަކީ ދީނީ މައުޟޫއަކަށް ލިއުމުގެ ޢިލްމާއި ހުނަރު ލިބިފައިވާ މީހަކީމެއް ނޫނެވެ. އެހެންނަމަވެސް ސަންދާނުގެ ގިނަވަމުންދާ ކިއުންތެރިންނަށްޓަކައި ދީނީ ދަރުސަކުން އެތިކޮޅެއްނަމަވެސް ދިވެހިބަހަށް ގެނެވޭތޯ މަސައްކަތް ކުރަންފަށައިގަތީއެވެ. […]
ޖަމުއިއްޔާއެއްގެ އެކައުންޓުން ވަގަށް ނެގި 5 ލައްކަ ރުފިޔާ 40 މީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވޭ: ފުލުހުން
މަކަރާއި ހީލަތުން ޖަމުޢިއްޔާއެއްގެ އެކައުންޓުން 5 ލައްކައަށްވުރެ ގިނަ ރުފިޔާ ނަގައި, އެ ފައިސާ 40 ފަރާތެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ފުލުހުންގެ ހެޑް އޮފް ފައިނޭންޝަލް ކްރައިމް ޔުނިޓްގެ އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު މިއަދު ވިދާޅުވެއްޖެއެވެ. ލޫތު މިހެން ވިދާޅުވީ ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ. އޭނާ ވިދާޅުވީ ޖަމުޢިއްޔާއެއްގެ އެކައުންޓުން 5 ލައްކައަށް ވުރެ ގިނަ ރުފިޔާ މަކަރާއި ހީލަތުން އަތުލާފައިވާ މައްސަލައިގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި […]
އީސީގެ އައު ވެބްސައިޓް އިފްތިތާހުކޮށްފި
ބަދަލުތަކަކާއެކު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އާ ވެބްސައިޓް އިފްތިތާހުކޮށްފިއެވެ. އީސީއިން ބުނީ އައު ވެބްސައިޓް ފަރުމާކޮށްފައި ވަނީ މަޢުލޫމާތުތައް ފަސޭހައިން ހޯދޭނެ ގޮތަށް ކަމަށެވެ. އެގޮތުން އީސީގެ އެންމެ ފަހުގެ މަސައްކަތްތަކާއި ޚަބަރާއި، މައުލޫމާތު މި ވެބްސައިޓުން ފެންނަން ހުންނާނެއެވެ. އަދި އައު ވެބްސައިޓު މެދުވެރިކޮށް އީސީއަށް ހިޔާލު ހުށަހެޅޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. އީސީގެ އައު ވެބްސައިޓުން 2008 ވަނަ އަހަރުގެ ފަހުން ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބަކާއި މަޖިލިސް އިންތިޚާބުތަކުގެ އިތުރުން […]
މަޖިލިސް އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ތިން ގައުމެއްގައި
ކުރިއަށް މި އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ތިން ގައުމެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ހަ ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން ކުރިން ނިންމި ނަމަވެސް ރީ ރަޖިސްޓަރ ވި މީހުންގެ އަދަދު މަދުވުމުން ވޯޓު ފޮށި ބަހައްޓާނީ ތިން ގައުމެއްގައެވެ. އެއީ އިންޑިއާގެ ޓްރިވެންޑްރަމާއި ލަންކާގެ ކޮލަމްބޯ އަދި މެލޭޝިޔާގެ ކުއަލަލަމްޕޫރެވެ. ރީ ރަޖިސްޓްރީވި މީހުންގެ އަދަދު މަދުވުމުން އިނގިރޭސިވިލާތާއި ޔޫއޭއީއާއި ތައިލެންޑްގައި ވޯޓު ފޮށި ނުބަހައްޓަން […]
ޣައްޒާއަށް ފޮނުވާ އިންސާނީ އެހީއަށް ހުރަސްއަޅާނަމަ އިޒްރޭލާއި ދެމެދު އޮންނަ އެއްގަމު ވިޔަފާރީގެ ބަނދަރު ބަންދުކުރާނެ ކަމަށް ޔޫއޭއީ އިން ބުނެފި
އެކި ގައުނުތަކުން ޣައްޒާއަށް ފޮނުވާ އިންސާނީ އެހީ ވެއްދުމަށް ހުރަސް އަޅާނަމަ އިޒްރޭލާއި އެކުގައި އޮންނަ އެއްގަމު ވިޔަފާރީގެ ބަނދަރު ބަންދުކުރާނެ ކަމަށްބުނެ އެކުވެރި އަރަބި އިމާރާތުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަަތަންޔާހޫއަށް އިންޒާރު ދީފިއެވެ. މި އެއްގަމު ވިޔަފާރި ބްރިޖަކީ އިޒްރޭލަށް ބޭނުންވާ ކާނާއާއި އެހެންވެސް ޒަރޫރީ ސާމާނު ޓެލްއަވީވަށް އެތެރެ ކުރުމަށް ބޭނުންކުރާ މުހިންމު ބްރިޖެކެވެ. އިޒްރޭލުގެ އައި 24 ނިއުސްއިން ގިނަ މަސްދަރުތަކަކާއި ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް […]
ބައިނަލްއަގުވާމީ ގޮތުން އިސްލާމޯފޯބިއާއާއި ހަނގުރާމަކުރާ ދުވަހަކީ މާޗް 15: ޔޫއެން
އިސްލާމޯފޯބިއާ ނުވަތަ މުސްލިމުންނަށް ބިރުވެތިވެ، ނަފްރަތުކުރުމުގެ ސަބަބުން ހަމަނުޖެހުން އުފެދި، ޒުވާބުކުރުމާއި، އަނިޔާވެރިކަމާއި، ބިރުވެރިކަމުގެ މާހައުލެއް، އޮންލައިންކޮށް އަދި އަސްލު ދުނިޔޭގައިވެސް އުފެއްދުމުގެ އަމަލުތަކަކީ މުސްލިމަކަށް ވީތީ ތަފާތުކުރުމުގެ ގޮތުން ފަތުރާ ސިޔާސީ، ދީނީ އަދި ފިކުރީ ހަނގުރާމައެއްގެ ހަތިޔާރެކެވެ. އިސްލާމޯފޯބިއާ ހަގީގަތުގައި މާނަކުރަނީ މުސްލިމެއްކަން އެނގޭ ހިސާބުން ފެށިގެން މީހަކާއި ދޭތެރޭގައި އަމަލުކުރާ އުސޫލު ބަަދަލުކޮށް، ނަސްލީ ތަފާތުކުރުން އުފައްދައި، މުސްލިމުންގެ ދީނާއި، ޘަގާފަތާއި އާދަކާދައަކީ ހުޅަނގުގެ ވަށްޓަފާޅިއަށް ހުރި ނުރައްކަލެއްކަމަށް ދެއްކުމެވެ. މާޗް 15 […]
ހައިޓީގައި ހުންނަ އެމްބަސީގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ޔޫއެސް މަރިނުންގެ ޓީމެއް ފޮނުވައިފި
މާރާމާރީތަކާއެކު ނާމާންކަން ފެތުރި، ހައިޓީގެ ޕޯރޓަ ޕްރިންސް ގައި ހުންނަ އެމއރިކާ އެމްބަސީގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށްޓަކައި އެމެރިކާގެ މެރިނުންގެ ޓީމެއް ފޮނުވާފައިވާކަން އެމެރިކާގެ ސަދަން ކޮމާންޑުން ހާމަކޮށްފިއެވެ. އެމެރިކާއިން ފޮނުވި މެރިނުންގެ ޓީމުގެ އިތުރުން، ޑިޕްލޮމެޓިކް ސެކިއުރިޓީގެ ޓެކްޓިކަލް މުވައްޒަފުންގެ ޓީމުތަކާއި، ސްޓޭޓް ޑިޕާޓްމަންޓްގެ މުވައްޒަފުންވެސް ހައިޓީއަށް ވަނީ ފޮނުވާފައެވެ. ހައިޓީގައި ހިނގާ ދާޚިލީ ހަމަނުޖެހުންތަކާއެކު ހައިޓީގެ އެކްޓިންގް ބޮޑުވަޒީރު އެރިއެލް ހެންރީ ވަނީ އޭނާ ހުރި މަގާމުން ހޯމަދުވަހު އިސްތިއުފާ ދޭނެކަން އިއުލާނުކޮށްފައެވެ. ސަރުކާރާއޮ ދެކޮޅު އެއްވުންތަކާއި، […]
އެމް.އެން.ޑީ.އެފް އެއަރ ކޯރ އިފުތިތާހުކޮށްދެއްވާ، ސިފައިންގެ ޚިދުމަތަށް ޔޫ.އޭ.ވީ ތަޢާރަފުކޮށްދެއްވައިފި
އެއްގަމާއި، ކަނޑާއި، ވައިގެމަގުންވެސް ޤައުމު ދިފާޢު ކުރުމުގެ ޒަމާނީ އަސްކަރީ ޤާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަ ކުރުމަށް، މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އެއަރ ކޯރ އިފުތިތާހުކޮށްދެއްވައި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ސިފައިންގެ ޚިދުމަތަށް ތަޢާރަފު ކޮށްދެއްވައިފިއެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި މުޅިން އަލަށް ވައިގެ ބާރެއް އުފައްދަވައި، އެ ބާރުގައި ޔޫ.އޭ.ވީ ބޭނުން ކުރަން ފެށުމަކީ، ދިވެހިރާއްޖޭގެ […]