މަގުމަތީގެ ޓްރެފިކް ބާރުބޮޑުވަނީ ކަމާބެހޭ ފަރާތްތަކަށް ބަލަންވާ ވަރަށް ނުބެލޭތީ

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގެ މަގުތައް ކަމާބެހޭ ފަރާތްތަކުން ބަލަހައްޓަންވާ ވަރަށް ނުބެލެހެއްޓުމުގެ ސަބަބުން ކުރިމަތިވާ ޓްރެފިކް މައްސަލަތައް އަނަނީ އިތުރުވަމުންނެވެ.

މަގުމަތީގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިހުންނަ ވެހިކަލްތައް ޓޯކުކުރަން ފުލުހުން ވަނީ ފަށާފައެވެ. އަދި ހުޅުމާލެއާއި މާލޭގެ މުހިންމު ސަރަޙައްދުތަކުގައި ގަވާއިދާ ޚިލާފަށް ޕާކު ކުރޭތޯ ޚާއްޞަ ސަމާލުކަމެއް ދީގެން ބަލަހައްޓާނެ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

އެގޮތުން ގްރީންޒޯނާއި ޕަބްލިކް ޓްެރާންސްޕޯޓް ބޭނުންކުރާ މަގުތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކުރެވިފައިވާ ތަންތަނާއި ސްކޫލްތަކުގެ ކައިރި ސަރަޙައްދުތަކާއި ގަރާޖުތަކަށް ދަތިވާ ގޮތަށް ޕާކުކުރާ ވެހިކަލްތަކާއި ގޭބިސީތަކަށް ދަތިވާ ގޮތަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އަޅުގަނޑު އިއްޔެ ހަވީރު ހުޅުމާލޭގެ މަގުތަކުގެ ތެރެއިން ޚާއްސަ ސަމާލު ކަމެއް ދީގެން ބަލަހައްޓާނެކަމަށް ފުލުހުން ބުނެފައިވާ ތަންތަން ބަލަން ބުރެއްޖަހާލީމެވެ. ޓްރެފިކް ފުލުންގެ 2 ބޭކަލަކުވެސް ފެނުނެވެ. އެދެބޭކަލުން އެ ވިދާޅުވާ ތަންތަނާ މެދު މާ ބޮޑު ސަމާލުކަމެއް ދޭ ތަނެއް ނުފެނުނެވެ. އެހެނަސް ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ ގިނަ ވެހިކަލްތައް ހުޅުމާލޭގެ މަގުތަކުގައި ހުއްޓެވެ.

ޚާއްސަކޮށް ގޭބިސީތަކަށް ދަތިވާނެހެން ޕާކުކޮށްފައި ހުރި ގިނަ ވެހިކަލްތައް ފެނުނެވެ.

މާލެއާއި ހުޅުމާލޭގައި ވެހިކަލްތަށް ޕާކުކުރާނެ ތަންތަން ގާއިމް ކުރެވެންދެން މިއަހަރުގެ ޖެނުއަރީ އިން ފެށިގެން ސްޓިކާ ނުޖަހަން ސަރުކާރުން ނިންމުމާއި ގުޅިގެން ގަވާއިދާ ޚިލާފަށް ޕާކުކުރާ ވެހިކަލްތައް ވަނީ އިންތިހާއަށް ގިނަވެފައެވެ. އަދި އޭގެ ސަބަބުން ހިނގާދިޔަ އެކްސިޑެންޓްތައް ވެސް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

މި ކަންކަމާ ގުޅިގެން ގަވާއިދާ ޚިލާފަށް ޕާކުކުރާ ވެހިކަލްތައް ޓޯކުރަން ސަރުކާރުން ނިންމި ނިންމުމާމެދު ޝުކުރުވެރިކަމާއެކު އިހުތިރާމް ކުރަމެވެ. އެހެނަސް ކަމެއް ކުރަންވާނީ އިންސާނުންގެ ފުރާނައާއި އަދި އިންސާނުންނަށް ކުރިމަތިވާ ދަތި އުނދަގޫތައް ހައްލުވާނެ ގޮތުގެ މަތީންނެވެ.

Loading

2 Responses

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް