މަޖިލިސް އިންތިޚާބު: ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

އަންނަ މާރިޗު 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް، ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ފުރުސަތު ހުޅުވާލައިފައިވަނީ މާދަމާގެ މެންދުރުފަހު 03:00 ގެ ނިޔަލަށް ކަމަށެވެ. ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އީސީގެ ވެބްސައިޓުގައި އާންމުކޮށް ފެންނަން ހުންނާނެއެވެ. އަދި (VR space IDNO Send to […]

ވާޓިކަލް ފާމިންގެ ޕައިލެޓް ޕްރޮޖެކްޓް އިފްތިތާހުކޮށްފި

ރާއްޖޭގައި ”ވާޓިކަލް ފާމިން“ ފުޅާ ދާއިރާއެއްގައި ކުރެވިދާނެތޯ ބެލުމަށްޓަކައި ޕައިލެޓް ޕްރޮޖެކްޓް އިފްތިތާހުކޮށްފިއެވެ. ހަނިމާދޫ އެގްރި ސެންޓަރުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ”ވާޓިކަލް ފާމިން ޕައިލެޓް ޕްރޮޖެކްޓް“ އިފްތިތާހުކޮށްދެއްވީ ދަނޑުވެރިކަމާ ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. އާއިޝަތު ރަމީލާއެވެ. މިއީ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމެނޭ ދަނޑުވެރިކަމާއި ގުޅޭ އެންމެ މުހިއްމު އެއް ވައުދެވެ. ⁠އަޖުމަ ބެލުމަށް ކުރިއަށްގެންދާ ޕައިލެޓް ޕްރޮޖެކްޓް ފެށުމަށް ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ރަމީލާ […]

އިސްރަށްވެހިންގެ ނާދީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހުޅުވައިދެއްވައިފި

އިސްރަށްވެހިންގެ ނާދީގެ ނަމުގައި މި ސަރުކާރުން ތަރައްޤީކުރި އިސްރަށްވެހިންގެ މަރުކަޒު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ހުޅުވައިދެއްވައިފިއެވެ. މިއީ ސަރުކާރުގެ ހަފްތާ14 ގެ ތެރޭގައި ހިމެނޭ އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާއީ މަރުކަޒުތަކެއް ބިނާ ކުރުމުގެ މަޝްރޫޢުގެ ތެރެން ބިނާކުރެވުނު ފުރަތަމަ މަރުކަޒެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޤައުމުގެ ކުރިމަގު ބައްޓަން ކުރުމުގައި ދިވެހިންގެ އަސާސްތަކުގެ މަތިން ހަނދާން ބަހައްޓަން ޖެހޭ ކަމަށާއި، އެގޮތުން އިސްލާމް ދީނާއި […]

ތުރުކީއަށް ބޮޑު ބިންހެލުމެއް އަތުވެދާނެ ކަމުގެ ބިރު އުފެދިފައި

ދެކުނު ތުރުކީއަށް މިދިޔަ އަހަރުގެ ތެރޭގައި ކުރިމަތިލާން ޖެހުނު ބޮޑު ބިންހެލުމަށްފަހު، މިއަހަރުވެސް އެފަދަ ކާރިސާއެއް ހިނގައިފާނެ ކަމުގެ ބިރު އުފެދިއްޖެއެވެ.  ތުރުކީގެ އިސްތާންބުލް އޮންނަނީ ނޯތް އެނެޓޯލިއާގެ ނުރައްކާތެރި ފޯލްޓްލައިން މަތީގައި ކަމަށްވުމުން، ފާއިތުވެދިޔަ 2000 އަހަރުގެ ތެރޭގައި ބާރުގަދަ 34 ބިންހެލުން އެތަނަށް އަރާފައިވެއެވެ.  އިސްތާންބުލްގެ ބިމަށް ކުދިކުދި ގުޑުންތައް ކޮންމެ އަހަރަކުވެސް އަރައެވެ. ނަމަވެސް، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ތުރުކީއަށް ދިމާވި ކާރިސާގައި ކުރިމަތިލި ހިތްދަތިކަމަށްފަހު ރައްޔިތުން ތިބީ އެފަދަ […]

ރަޝިޔާއިން ކެންސަރުގެ ވެކްސިނެއް އުފެއްދުމާ ގާތަށް

ރަޝިޔާގެ ސައިންސްވެރިން ކެންސަރަށް ވެކްސިނެއް އުފެއްދުމާ ގާތްވެފައިވާ ކަމަށް އެ ޤައުމުގެ ރައީސް ވްލަޑްމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ. ފިއުޗާ ޓެކްނޮލޮޖީ ފޯރަމްގައި ވާހަކަދައްކަވަމުން ޕޫޓިން ވިދާޅުވީ ކެންސަރަށް ވެކްސިންތަކާއި އާ އިމިއުނޯމޮޑިއުލޭޓަރީ ބޭސްތައް އުފެއްދުމާ ވަރަށް ގާތަށް އައިސްފައިވާ ކަމަށެވެ. އެގޮތުން މި ފަރުވާތަކަކީ ވަރަށް އަވަހަށް ބޭނުން ކުރެވޭނެ ފަރުވާތަކަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޕޫޓިން އިތުރަށް ވިދާޅުވެފައި ވެއެވެ. ރަޝިޔާގެ ސައިންސްވެރިން ކެންސަރަށް ވެކްސިނެއް އުފެއްދުމާ ގާތްވެފައިވާ ކަމަށް ރައީސް ޕޫޓިން […]

ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް ފަރުހާދުއާއި ނަވީންް އައްޔަން ކުރައްވައިފި

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ދެ ބޭފުޅަކު މިއަދު އައްޔަންކުރައްވައިފިއެވެ. އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ. މި ރަސްމިއްޔާތުގައި އެ ދެބޭފުޅުންނަށް މަގާމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެން ޓެކްނޮލޮޖީ ޢަލީ އިހުސާނެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ […]

އެމެރިކާގެ ކަނޑުގެ ސިފައިން މެދުއިރުމަތީގެ ހަނަފަސް ބިމުގައި ވަޅުލެވިގެންދާނީތަ؟

މިއީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ހާލަތު ވަރަށް ކައިރިން ބަލަމުންގެންދާ އަދި އެމެރިކާގެ މިލިޓްރީގެ ގާބިލުކަން ރަނގަޅަށް އެނގޭ އެމެރިކާގެ ސިޔާސީ އަދި މިލިޓްރީ ތަޖުރިބާކާރުންގެ ބަޔަކު ޓައިމް މެގަޒިންއަށް ހިއްސާކޮށްފައިވާ މިނިވަން ޚިޔާލުތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއްގެ އުސް އަލިތަކެކެވެ. ޓައިމްސް މެގަޒިންއާއެކު ޚިޔާލު ފާޅުކުރެއްވި އެމެރިކާގެ ސިޔާސީ އަދި މިލިޓްރީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި މެދުއިރުމަތީގައި އެމެރިކާ ކަނޑު ސިފައިން ހޫތީންނާ ދެކޮޅަށް ހިންގަމުންގެންދާ ހަރާކާތްތަކަކީ ވަރަށް ރޭވުންތެރިކަމާއެކު ހިންގޭ ހަރަކާތްތަކެކެވެ. އެކަމަކު […]

އިމްރާން ޚާން އެކަހެރިކޮށްފައި ޕާކިސްތާނުގައި ސަރުކާރެއް އެކުލަވައިލަނީ

2022 ވަނަ އަހަރު ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މަގާމު ގެއްލުވައިލަން އެންމެ ބާރުއަޅައި މަސައްކަތްކުރި ޕާކިސްތާން މުސްލިމް ލީގު- ނަވާޒް އާއި ޕާކިސްތާން ޕީޕަލްސް ޕާޓީ ގުޅިގެން ޕާކިސްތާނުގައި އަލަށް ސަރުކާރެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ. އެ ދެ ޕާޓީއަށް ޕާލަމެންޓުގައި ކާމިޔާބު ކުރެވުނު ގޮނޑީގެ ޖުމުލަ އަދަދުން ސަރުކާރެއް އެކުލަވާލަން ބޭނުންވާ އަދަދު ހަމަނުވާތީ މިހާރު މަސައްކަތް ކުރަމުންގެންދަނީ އިންތިޚާބުގައި ގޮނޑި ކާމިޔާބު ކުރެވުނު ކުދި ޕާޓީތަކުގެ ރުހުން ހޯދުމަށެވެ. ޕާކިސްތާނުގެ މުސްލިމް […]

ނޫރު މިސްކިތުގައި މިފަހަރު އިމާމުވެ ތަރާވީސްކުރާނީ އުމުރުން 11 އަހަރުގެ އިޒްކާން

މި ފެށޭ ރަމަޟާން މަހު މާލޭ ނޫރު މިސްކިތުގައި އިމާމުވެ ތަރާވީސްކުރުމުގެ ފުރުސަތު އުމުރުން 11 އަހަރުގެ ކުއްޖަކަށް ދީފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުމުރުން 11 އަހަރުގެ އިޒްކާން އަޖީބު ޙުސައިން ކީރިތި ޤުރުއާން ހިތުދަސްކޮށް އިމްތިހާނު ހަދައި ނިންމުމުން އޭނާއާއި އޭނާގެ މަންމައާއި ބައްޕައާއި ބައްދަލުކޮށްލުމަކީ އުފާވިކަމެއް ކަމަށެވެ. މި ބައްދަލުވުމުގައި އިޒްކާން އެދުނީ ރޯދަ މަހު އިމާމުވެ ތަރާވީސްކުރުމުގެ ފުރުސަތު ދެއްވުމަށެވެ. އެގޮތުން މިނިސްޓަރު […]

އެމްޕީއެލްގެ އޮޕަރޭޝަންސްތައް ހަރުދަނާކުރުމަށް 5 ފޯކްލިފްޓް އިތުރުކޮށްފި

މި އަހަރުގެ ރަމަޟާން މަހުގެ މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންސްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން އެ ކުންފުނީގެ އޮޕަރޭޝަންސްއަށް 5 ފޯކްލިފްޓް އިތުރުކޮށްފިއެވެ.  އެމްޕީއެލްއިން ބުނީ ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީވެސް މާލޭ ވިޔަފާރި ބަނދަރުން އެތެރެކުރާ މުދަލުގެ އަދަދު އިތުރުވާ ދުވަސްވަރެެއް ކަމަށާއިވަކިން ޚާއްސަކޮށް ޕެރިޝަބަލްސް (އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި) އެތެރެކުރާ އަދަދު ވަރަށް ބޮޑުތަނުން އިތުރުވާ ކަމަށެވެ. އެހެންކަމުން ކޮންމެ އަހަރަކު ވެސް އެ ކުންފުނިން ރަމަޟާން […]