ދިއްދޫގެ އެއާޕޯޓް މަޝްރޫއު ހަގީގަތަކަށް ހަދައިދޭނަން: ރައީސް
ދިއްދޫގެ އެއާޕޯޓް މަޝްރޫއު ހަގީގަތަކަށް ހަދައިދޭނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ބޮޑުތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވީ އެއް ކަމަކީ ދިއްދޫގައި އެއާޕޯޓް ހެދުމުގެ ވައުދު ކަމަށާއި އެއާޕޯޓް މަޝްރޫއު ހަގީގަތަކަށް ހަދައިދޭނެ ކަމަށެވެ. “ދެން ހަމަ އެއާއެކީ ހަމަ ވައުދުވީ ރައްޔިތުން ބޭނުންވާ އަނެއް ކަންތައް. ވައިގެ ބަނދަރު, އެއާޕޯޓު. އެކަން އިރާދަކުރެއްވިއްޔާ ހަމަ ހަގީގަތަކަށް ހަދައިދޭނެ ކަމުގެ […]
ރޯދަޔަށް ހަނދު ބެލުން މާޗު 10 ވާ އާދިއްތަ ދުވަހުގައި
މާޗު 10 ވާ އާދިއްތަ ދުވަހުގައި މި އަހަރުގެ ރަމަޟާންމަހަށް ހަނދު ބެލުން އޮންނާނެކަަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ބުނެފިއެވެ. ޑީޖޭއޭއިން މިއަދު ބުނީ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅުމަތީގައި ކަމަށެވެ. އަދި އަތޮޅު ތެރޭގެ ރަށެއްގައިނަމަ […]
ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ދިއްދޫގައި ތަރައްޤީ ކޮށްދޭނަން: ރައީސް
ގިނަ ޚިދުމަތްތައް ލިބޭ ފެންވަރު ރަނގަޅު ހޮސްޕިޓަލް އިމާރާތެއް ހއ. ދިއްދޫގައި އަޅައި، ޞިއްޙީ ޚިދުމަތް ރަނގަޅުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ހެނދުނު ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ދިއްދޫގައި ތަރައްޤީ ކުރާ ހޮސްޕިޓަލް އިމާރަތް ވެގެންދާނީ ރައްޔިތުން އެދޭފަދަ އަދި މުޅި އަތޮޅަށްވެސް އޭގެ ފައިދާ ލިބިގެންދާނެ ތަނެއް ކަމުގައެވެ. ހަމަ އެހެންމެ މިހާރު އޮތް އެމްބިއުލަންސްގެ އިތުރުން އެމްބިއުލަންސެއް ހޯދައިދިނުމާއި […]
ކުރީގެ ރައީސް ޓްރަމްޕާއެކު ރިޔާސީ ބަހުސެއްގައި ރައީސް ބައިޑްން ފުނޑާލާނެއެވެ.
މީގެ ދެހަފްތާކުރިން ނޫސްވެރިންނަށް ރައީސް ޖޯ ބައިޑަން ދެއްވި ބަސްދީގަތުމެއްގައި މަނިކުފާނަށް ގައުމުތަކުގެ ވެރިންނާއި އިސްބޭފުޅުންގެ ނަންތައް ހަނދުމަފުޅު ނުހުންނަނީ ކީއްވެގެންތޯ ސުވާލު ދެންނެވުމުން ޖަވާބުގައި ވިދާޅުވިކަމަށްވަނީ އަހަރެންގެ ހަނދާނުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އަދި އެގޮތަށް ނަންތައްވެސް ހަނދާން ނެތިވަޑައިނުގަންނަވާކަމަށެވެ. ރައީސް ޖޯ ބައިޑްން އެހެން ވިދާޅުވި ނަމަވެސް ގައުމުތަކުގެ ވެރިންނާއި އިސްބޭފުޅުންގެ ނަންފުޅުތައް އެމަނިކުފާނަށް އޮޅިގެން ވިދާޅުވުން މިހާރު އޮތީ އަޑުއިވޭމީހުންވެސް ލަދުގަންނަ ހިސާބަށް ގޮސްފައެވެ. މި ސިލްސިލާގައި ރައީސް ބައިޑަން ކުރައްވާފައިހުރި […]
އިސްލާމީ އަހްލާޤީ މިންގަނޑަކީ ކޮބައިކަން ވަނީ އޮޅުވާލާފައި!
ދަތި ހާލަތެއް މެދުވެރިވާ ދަނޑިވަޅަކީ އިންސާނެއްގެ ގޮތާއި، ނަފްސުގެ ސާބިތުކަމާއި، ހެޔޮމަގުގައި ސާބިތުވެ ހުރެވޭ މިންވަރު އިމްތިހާނުކުރާ ދަނޑިވަޅެވެ. ގިނަފަހަރު، އަމިއްލަ މަސްލަހަތާއި މަންފާ ކުރިއަށް ނެރުމުގެ ސަބަބުން، އަމިއްލަ ނަފްސަށް ވެސް ހެވާއި ނުބަޔަކީ ކޮބައިކަން އޮޅުވައިލެވެނީއެވެ. އެކަނި އެކަކަށް އަސަރުކުރާ ކަންކަމުގައި އެފަދަ ކިބުރުވެރި ނިންމުމެއްގެ މާބޮޑު ނޭދެވޭ އަސަރެއް ނުފެނުނު ނަމަވެސް، ގިނަ ބައެއްގެ މަސްލަހަތު އޮންނަ ކަންކަމުގައި ކިބުރުވެރި ނިންމުންތައް ނިންމާނަމަ އެއީ އިސްލާމްދީން ނަހީކުރާ ކަމެކެވެ. މީގެ ސަބަބަކަށްވަނީ، ވަކިވަކި […]
އިންޑިއާގެ މުސްލިމުންނަށް މޯދީގެ ސަރުކާރުން ހަދާލަނީ ޔަހޫދީން ނަތަންޔާހޫ ފަލަސްތީނުގެ ރައްޔަތުންނަށް ހަދާލާގޮތެވެ.
މިސްކިތްތަކުގައި ހުޅުޖެހުމާއި މިސްކިތަކައް ވަދެ ޚަތިމުތަކަށް ގޮރުހެނޑުމާއި ބަންގިގޮވާ ގަޑީގައި ހިންދޫ އެކްސްޓްރީމިސްޓުން މިސްކިތްދޮށަށް އެއްވެ ރާމްރާމް ގޮވާ ތާޅަފިލިން އަޑުގަދަކޮށް ޖެއްސުންކުރުން މިއީ އިންޑިޔާގައި މިހާރު ޢާންމުވެފައިވާ ބަލާވެރި ކަމެކެވެ. މިކަން ހިންގަނީ ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ މެނިފެސްޓޯއިން ބާރުލިބިގެން ހިންދުތުވާ އެކްސްޓްރީމް ބައިގަނޑުންނެވެ. މިބައިގަނޑުގެ ވެރިޔަކީ މިހާރު ވެރިކަމުގައި ހުންނެވި ބޮޑުވަޒީރު މޯދީޖީ އެވެ. އެމީހުންގެ ރުޅިގަނޑު މުސްލިމުންނަށް ބޭލުމުގައި މިހާރު އެވަނީ ހަދައުން ނައްޓާފައެވެ. މަދުރަސާތަށް ބަންދުކުރުމާއި މަގުމަތީން އަންހެނުންގެ ބުރުގާ ދަމައިގެން އޮރިޔާކުރުމާއި ރާމް […]
އަޒުމަކީ ވީ ވައުދެއް ވިއްޔާ ފުއްދުން, އަޅުގަނޑު މަސައްކަތްކުރާ ގޮތަކީ ވެސް އެއީ: ރައީސް
އެމަނިކުފާނުގެ އަޒުމަކީ ވެވަޑައިގެންނެވި ވައުދެއް ވިއްޔާ ފުއްދެވުން ކަމަށާއި މަސައްކަތް ކުރައްވަމުން ގެންދަވަނީ ވެސް އެ ގޮތަށް ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހއ.އަތޮޅާއި ހދ.އަތޮޅާއި ށ.އަތޮޅާއި ނ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ހއ.ހޯރަފުށްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ މެރިޓައިމް ޚިދުމަތްތަކާ އިކޮނޮމިކް ސެކިއުރިޓީއަށް ފޯކަސްކޮށްގެން ރިއަލް އެސްޓޭޓާއި ޓޫރިޒަމް އަދި އެހެނިހެން […]
އެމްޑީޕީ ބަލިކޮށް މާޅޮހު ކައުންސިލް ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް، މާޔާ ކާމިޔާބުކޮށްފި
އއ. މާޅޮހު ކައުންސިލްގެ އަންހެން މެންބަރު ހޮވުމަށް ބޭއްވުނު ބައި އިލެކްޝަން ސަރުކާރު ކޯލިޝަންގެ މައި ޕާޓީ, ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ. މިއީ ލާމަރުކަޒީ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން މާޅޮހުން ޕީޕީއެމް-ޕީއެންސީން ކާމިޔާބު ކުރި ފުރަތަމަ އިންތިޚާބެވެ. މި އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓް އާމިނަތު މާޔާ، 20އ އަށް 266 ވޯޓް ލިބިފައިވެއެވެ. އެމްޑީޕީން ނިކުތް ކެނޑިޑޭޓަށް ލިބުނީ 165 ވޯޓެވެ. މި އިންތިހށާބުގައި ވޯޓް ލުމުގެ ހައްގު ލިބިިފައިވާ […]
އެމެރިކާގެ 30 މިލިއަން ޑޮލަރުގެ އަގުބޮޑު ކޮމްބެޓް ޑްރޯނެއް ހޫތީން ވައްޓާލައިފި
އެމެރިކާގެ އެމް ކިޔޫ-9 ރީޕަރ މަރުކާގެ 30 މިލިއަން އެމެރިކާ ޑޮލަރުގެ އަގުބޮޑު ހަނގުރާމަމަތީ ޑްރޯނެއް ހޫތީ މުޖާހިދުން އަނެއްކާވެސް ވައްޓާލައިފިއެވެ. މިއީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުން ހޫތީ މުޖާހިދުން ވައްޓާލައި ހަލާކުކޮށްލި މި މަރުކާގެ ދެވަނަ ޑްރޯނެވެ. އެމެރިކާގެ ދެ އޮފިޝަލަކު ވަނީ މިވާހަކަ ބިޒްނަސް އިންސައިޑަރާއެކު ހިއްސާ ކޮށްފައެވެ. ހޫތީ މުޖާހިދުން ބުނެފައިވަނީ އެ ޑްރޯން ހަލާކުކޮށްލައި ވާއްޓާލީ ސަރފޭސް ޓު އެއަރ މިސައިލަކުން ކަމަށެވެ. އެ ދެ ޑްރޯން ވައްޓާލައި ހަލާކުކޮށްލާ މަންޒަރު […]
ރައީސްގެ ތިންވަނަ ދަތުރުފުޅު މިއަދު ފަށްޓަވަނީ, މިފަހަރު އުތުރުގެ 4 އަތޮޅަކަށް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުތުރު ބައެއް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވާނެއެވެ. ރައީސް އޮފީހުން ބުނީ ހއ.އަތޮޅާއި ހދ.އަތޮޅާއި ށ.އަތޮޅާއި ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް މިއަދު ފުރާވަޑައިގަންނަވާނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސިޓީތަކާއި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ. އަދި ސިޓީތަކާއި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ތަރައްގީއަށް އެންމެ މުހިންމު މަޝްރޫއުތަކާއި ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. ކައުންސިލްތަކުން އެމަނިކުފާނާ ބައްދަލުކުރުމަށް މާލެއަށް […]