އެމްޑީޕީ ބަލިކޮށް މާޅޮހު ކައުންސިލް ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް، މާޔާ ކާމިޔާބުކޮށްފި

Loading

Facebook
Twitter
WhatsApp

އއ. މާޅޮހު ކައުންސިލްގެ އަންހެން މެންބަރު ހޮވުމަށް ބޭއްވުނު ބައި އިލެކްޝަން ސަރުކާރު ކޯލިޝަންގެ މައި ޕާޓީ, ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.

މިއީ ލާމަރުކަޒީ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން މާޅޮހުން ޕީޕީއެމް-ޕީއެންސީން ކާމިޔާބު ކުރި ފުރަތަމަ އިންތިޚާބެވެ.

މި އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓް އާމިނަތު މާޔާ، 20އ އަށް 266 ވޯޓް ލިބިފައިވެއެވެ. އެމްޑީޕީން ނިކުތް ކެނޑިޑޭޓަށް ލިބުނީ 165 ވޯޓެވެ.

މި އިންތިހށާބުގައި ވޯޓް ލުމުގެ ހައްގު ލިބިިފައިވާ މީހުންގެ ތެރެއިން 79.9 އިންސައްތަ މީހުން ވޯޓް ލާފައިވެއެވެ. އެއީ 213 ފިރިހެނުންނާއި 233 އަންހެނުން ހިމެނޭހެން ޖުމްލަ 446 މީހުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް