ފިރުޝާން އާއި ސައިފް ޑިމްކްރެޓްސްގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީ މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާންއާއި މާލެ ސިޓީ ކައުންސިލުގެ މެންބަރު މުޙައްމަދު ސައިފް ފާޠިޙް (އައިކޮ) ކާމިޔާބު ކުރައްވައިިފިއެވެ. ޑިމޮކްރެޓްސްއިން މިއަދު ޕްރައިމަރީ ބޭއްވީ ދެ ދާއިރާއެއްގައެވެ. މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ހުޅުމާލެ ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރުކުރެއްވީ ފިރުޝާނެވެ. އަދި ހެންވޭރު ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރުކުރެއްވީ ސައިފްއެވެ. ވަގުތީ ނަތީޖާ: […]

ޤަތުލުއާންމު ނިމުމަކަށް ގެންނަން އުޅޭކަމުގެ ވާހަކަތަކެއް ފެންމަތިވެއްޖެ

ފްރާންސްގެ ޕެރިސްގައި ބޭއްވި ބައްދަލުވުންތަކެއްގެ ނަތީޖާއެއްގެ ގޮތުން، އިޒްރޭލުން ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލުއާންމު ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް އައިސްފައިވާކަމުގެ ޚަބަރުތައް ފެތުރިއްޖެއެވެ.  އިޒްރޭލާއި ޙަމާސްއާއި ދެމެދު ކުރެވުނު މަޝްވަރާތަކުގައި މީޑިއޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ މިޞްރާއި ޤަތަރުންނެވެ.  މިގޮތުން، ހަނގުރާމަ ހުއްޓާލާފައިވާކަން ޤަތަރުން ހޮނިހިރުދުވަހު ހާމަކުރާނެކަމަށް އިޒްރޭލުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.  އޮފިޝަލުންނާއި ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްގައި ލިޔެފައިވާގޮތުގައި، އިޒްރޭލުގެ އަސްކަރީ މޮމެންޓަމް ހުއްޓާލެވޭހައި ޖާގަ ހޯދުމަށްޓަކައި އެމެރިކާއިންވެސް ސީޒްފަޔަރ އަކަށް ވަނީ […]

މޮސްއަދްއަށް ޖާސޫސްކޮށްދިން ހަތް މީހަކު ތުރުކީ ފުލުހުން ހައްޔަރުކޮށްފި

އިޒްރޭލުގެ މޮސްއަދް ޖަމާއަތަށް ޖާސޫސްކޮށްދިން 7 މީހަކު ތުރުކީގެ ނޭޝަނަލް އިންޓެލިޖެންސުން އަތުލައިގަނެފިއެވެ. ހުކުރު ދުވަހު އިޒްމީރާއި އިސްތާންބުލްއިން ހައްޔަރުކުރި ހަތް މީހުންގެ މައްޗަށް އުފުލާފައިވަނީ މުސްއަދަށް މައުލޫމާތު ވިއްކުމުގެ ދައުވާއެވެ.  މޮސްއަދް ޖާސޫސުންގެ މައުލޫމާތު ތުރުކީއާއި ހިއްސާކުރަނީ އިރާނުންނެވެ. އެގޮތުން، އިރާނުން މިހާރުވަނީ މޮސްއަދްގެ ސަލާމަތީ ވިއުގަ ފޫއަޅުވާލާފައެވެ.  މި އޮޕަރޭޝަންގެ ތެރޭގައި އޭޝިއާއާއި، އެފްރިކާ އަދި ޔޫރަޕުގެ 28 ގައުމަކުން މޮސްއަދްއާއި ގުޅުންހުރި ފަރާތްތަކާއި ޖާސޫސުންގެ މައުލޫމާތު ދެނެގަނެފައިވާއިރު، އިރާނުންވަނީ މޮސްއަދްގެ ގިނަ އަދަދެއްގެ […]

އިންތިޚާބު ބޯމަތިވެފައިވަނިކޮށް ޕާކިސްތާނުގެ ސަރުކާރުން ގައުމީ އެއަރލައިން ވިއްކާލަން ނިންމައިފި

އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ޕާކިސްތާނުގެ ސަރުކާރުން ގައުމީ އެއަރލައިން، ޕާކިސްތާން އިންޓަނޭޝަނަލް އެއަރލައިންސް (ޕީއައިއޭ) ވިއްކާލުމުގެ މަސައްކަތް ފަށައިފިއެވެ.  އެއަރލައިން ވިއްކާލުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމާއި ހަވާލުވެހުރި އޮފިޝަލުންނާއި ހަވާލާދީ ރޮއިޓާސްއިން ލިޔެފަިއވާ ގޮތުގައި، ސަރުކާރުން މިކަމުގެ ލިޔެކިޔުންތައް ތައްޔާރުކޮށްފައިވަނީ ދެން އަންނަ ސަރުކާރަކުންވެސް ކޮންމެހެން އެއެއްބަސްވުންތަކަށް އަމަލުކުރަން ޖެހޭނެ ގޮތަށެވެ.  ސަރުކާރު ބަދަލުވާން ގާތްވުމުން، ނުވަތަ އިންތިހާބުގެ ދުވަސްވަރުގައި ބޮޑެތި ބަދަލުތައް ގެނައުމަކީ އެއްވެސް ސަރުކާރަކުން ކޮށްއުޅޭ ކަމަކަށް ނުވިނަމަވެސް، އިޤްތިޞާދީ ބޮޑު ވެއްޓުމެއްގެ […]

މެއި 10 ގެ ކުރިން އިންޑިއާ ސިފައިން ބާލަން އެ ޤައުމުން އެއްބަސްވެއްޖެ

ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ހުރިހާ އިންޑިއާ ސިފައިން މޭ 10 ވަނަ ދުވަހުގެ ކުރިން ބާލަން އެ ޤައުމުން ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.  މިއަދު އިންޑިއާގައި ބޭއްވި ދެ ޤައުމުގެ އިސްވެރިންގެ ބައްދަލުވުމަށްފަހު ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާ ސަރުކާރުން އެއްބަސްވީ، އަންނަ މަހުގެ 10ވަނަ ދުވަހުގެ ކުރިން އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ތިން ވައިގެ އުޅަނދެއްގެ އޮޕަރޭޝަނަށް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން، ރާއްޖެއިން ބޭލުމަށް ކަމަށެވެ.  ހަމަ އެހެންމެ […]

މެއި 10 ގެ ކުރިން ހުރިހާ ސިފައިން އަނބުރާ ގެންދިއުމަށް އިންޑިއާއިން އެއްބަސްވެއްޖެ

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން އަންނަ މެއިމަހުގެ 10 ވަނަ ދުވަހުގެ ކުރިން އަނބުރާ ގެންދިއުމަށް އިންޑިއާއިން އެއްބަސްވެއްޖެއެވެ. މި ގޮތަށް އެއްބަސްވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އެކުލަވާލައިފައިވާ ހައިލެވެލް ކޯރ ގްރޫޕްގެ ދެވަނަ ބައްދަލުވުމުގައެވެ. މި ބައްދަލުވުން އޮތީ މިއަދު ނިއުދިއްލީގައެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދިފާއީ އަދި ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި އިގުތިސާދީ އަދި […]

މަސްވެރިންނަށް ނުދެވި އަދިވެސް 190 މިލިއަން, ސަވަރިން ގެރެންޓީދީގެން ފެސިލިޓީއެއް ހޯދަނީ

މަސްވެރިންނަށް ނުދެވި މި ވަގުތަށް 190 މިލިއަނެއްހާ ރުފިޔާ ހުރިކަން ހިސާބުތަކުން ދައްކާ ކަމަށާއި ސަރުކާރު އަދި މިފްކޯއިން ދަނީ ސަވަރިން ގެރެންޓީދީގެން ވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ބާރަށް ކުރަމުން ކަމަށް ފިޝަރީޒް މިނިސްޓަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ‏މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވާތީ އެ އާއިލާތަކުގެ ޒަރޫރީ ބޭނުންތައް ނުފުއްދި، ކުލި ނުދެއްކި، ޔުޓިލިޓީ ބިލްތަކަށް ފައިސާ ނުދެއްކި، ދަރިންގެ ޓިއުޝަން ފީ ނުދެއްކި، ލޯނުތައް އަދާނުކުރެވި ދުވަސްތައް […]

ރާއްޖޭގައި ތިިބި އިންޑިއާ ސިފައިން ބޭލުމުގެ ދެވަނަ މަޝްވަރާ ބައްދަލުވުުން މިއަދު ނިއުދިއްލީގައި

ރާއްޖޭގައި ތިިބި އިންޑިއާ ސިފައިން ބޭލުމުގެ މަޝްވަރާކުރުމަށް ދެ ގައުމުން އެކުލަވައިލައިފައިވާ ހައި ލެވެލް ކޯ ގްރޫޕުގެ ދެވަނަ  ބައްދަލުވުުން މިއަދު ނިއުދިއްލީގައި ކުރިއަށް ދާނެއެވެ. ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއާއި އިންޑިއާއިން މަޝްވަރާކުރަން ޖެހޭ ކަންކަމާ ގުޅިގެން ދެ ގައުމުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ ހައި ލެވެލް ކޯ ގްރޫޕުގެ ދެވަނަ ބައްދަލުވުުން މިއަދު ނިއުދިއްލީގައި ކުރިއަށްދާނެ ކަމަށެވެ. މިއީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރާއެކު މިދިޔަ އަހަރު ޑިސެމްބަރު މަހު […]

ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ މަސްވެރިންނާ ހަވާލުކޮށްދޭނަން: ރައީސް މުޢިއްޒު

މިފްކޯއަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ މަސްވެރިންނާ ހަވާލުކޮށް، އެކަން ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސް އޮފީހުން މިއަދު ފެށްޓެވި ސިލްސިލާ ”ރައީސްގެ ޖަވާބު“ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.  މި ސިލްސިލާގެ ދަށުން ރައީސް މިއަދު ޖަވާބުދެއްވީ، މަސްވެރިއެއް ކަމުގައިވާ ހދ. ނޮޅިވަރަންފަރު، ހިޖުރަ، ޢަބްދުލްޣަނީގެ ސުވާލަކަށެވެ. އެގޮތުން ޢަބްދުލްޣަނީ ސުވާލުކުރައްވާފައި ވަނީ […]

ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިކަން ހާމަކުރައްވާފައި ވަނީ މިކަމާއި ގުޅޭ މަޢުލޫމާތު ދެއްވުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ. ޝުޖާއު ވިދާޅުވީ ޝަމީމަށް ހަމަލާދިނީ މޫނު ފޮރުވައިގެން ތިބި ބަޔަކު އެކަން ކުރުމަށް ދުރާލައި ވަރަށް ބޮޑަށް ރާވައިގެން ކަމަށެވެ. ނަމަވެސް މިހާރު އެއީ ކޮންބައެއްކަން ދެނެގަނެވިފައިވާ ކަމަށް […]