މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ އުފައްދަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ”މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ“ މިއަދު އުފައްދަވައިފިއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ. ރައީސް އޮފީހުން ނެރުނު ބަޔާނުގައި ވިދާޅުވީ ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން […]
ފައިސަލް ޖޭޕީން ވަކިވެ ވަޑައިގެންފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެވަޑައިގެންފިއެވެ. ފައިސަލް ޖޭޕީން ވަކިވެވަޑައިގެންފައިވީ ނަމަވެސް އެ މަނިކުފާނު މިހާތަނަށް އިތުރު ޕާޓީއަކާ އަދި ގުޅިވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް މި މަހު 13 ގައި ބޭއްވި މާލޭ ސިޓި ކައުންސިލްގެ ބައި އިލެކްޝަންގައި ފައިސަލް ވަނީ އެމްޑީޕީގެ ކެނޑިޑޭޓުންނަށް ތާއީދުކޮށް ކެމްޕޭންގައި ބައިވެރިވެ ވަޑައިގެންފައެވެ. ފައިސަލް ވަނީ 2005 ވަނަ އަހަރު އެމްޑީޕީ އުފެއްދުމާ އެކު އެ ޕާޓީއަށް ސޮއި ކުރައްވާފައެވެ. އޭގެ ފަހުން، […]
ކުއްޖާ ނިޔާވުމުގެ ޒިންމާ ސަރުކާރުން ނަގަން އެމްޑީޕީން ގޮވާލައިފި

ހާލު ސީރިއަސްވެ ގއ. ވިލިނގިލިން މާލެ ގެނެސް ފަރުވާ ދެނިކޮށް މުހައްމަދު ޖާހު ހާލިދު 13އ ނިޔާވުމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީން ގޮވާލައިފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު މާލެ ގެނެސް ފަރުވާ ދެމުން އަންނަނިކޮށް ޖާހު ނިޔާވެފައި ވަނީ އާސަންދަ ހަމަޖެހުނު ނަމަވެސް މާލެ ގެނައުމަށް ފްލައިޓެއް ނުލިބި ގިނައިރުވުމުންނެވެ. އެހެން ކަމުން އެމްޑީޕިން މިކަމަށް އިޝާރާތްކޮށް ނިޔާވި ކުއްޖާގެ […]
އަންމަޓީގެ ޕާސްޕޯޓް ދޫކުރަން ނެރުނު އަމުރު ސްޕްރީމް ކޯޓުން ބާތިލުކޮށްފި

ޚިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އަންމަޓީ) ގެ ޕާސްޕޯޓް ދޫކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ސްޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފިއެވެ. 2014 ވަނަ އަހަރު އޭރުގެ ސަރުކާރުން ހުޅުމާލެއިން ދޫކުރި ބިމެއްގައި 3,000 ފުލެޓު އިމާރަތްކުރުމަށް 280 މީހުންގެ އަތުން ފައިސާ ނަގައި އެ ފައިސާއަށް ޚިޔާނަތްތެރިވިކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައި އަންމަޓީގެ މައްޗަށް ޚިޔާނާތުގެ 42 ދައުވާއެއް ވަނީ އުފުލައިފައެވެ. މައިބަދައިގެ […]
އެމެރިކާއިން ޔަމަނާއި ދެކޮޅަށް އިތުރު ޙަމަލާތަކެއްދީފި

ސީ. އެން. އެން. އިން ޚަބަރުދީފައިވާ ގޮތުގައި ހޫތީންނާ ދެކޮޅަށް ޓޮމާހައުކު މިސައިލު ބޭނުންކޮށްގެން ޔަމަނުގެ 14 ވަރަކަށް އަމާޒަށް އެމެރިކާއިން އިތުރު ޙަމަލާތަކެއް ދީފިކަމަށް އެމެރިކާގެ އޮފިޝަލުން ހާމަކޮށްފިއެވެ. އެއް އޮފިޝަލަކު ބުނެފައިވާ ގޮތުގައި ބައެއް ޙަމަލާ ދިނުމުގައި ބޭނުންކުރީ ޔޫ. އެސް. އެސް. ފްލޮރިޑާއެވެ. އަދި ބައެއް ޙަމަލާތައް ދިނީ ގައިޑެޑް މިސައިލް ސަބްމެރިން އަކުންނެވެ.ފަލަސްތީން އާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމަ ކޮންމެ ވަގުތެއްގައިވެސް އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަން މިވަނީ އާންމުވެފައެވެ. މިދަނޑިވަޅުގައި މިއީ އެމެރިކާ އާއި އިނގިރޭސި ވިލާތާއި އަދި މަދު ބައިވެރިން ތަކެއް ހިމެނޭ […]
ޔާމީން މިނިވަންކުރުން ލަސްކުރާކަމަށް ތުހުމަތު ކުރައްވައި ޖަމީލުގެ ވަރުގަދަ އިންޒާރުތަކެއް

ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމު މިނިވަންކުރުން ލަސްކުރާކަމަށް ތުހުމަތު ކުރައްވައި އެމަނިކުފާނުގެ އިސް ވަކީލު ޑރ.މުޙައްމަދު ޖަމީލު ސަރުކާރަށް ވަރުގަދަ އިންޒާރުތަކެއް ދެއްވައިފިއެވެ. ރައީސް ޔާމީން އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ޖަމީލު ވިދާޅުވީ ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވާފައިވަނީ ނުހައްގުން ކަމަށާއި އިސްތިއުނާފު ނިމި އެތައް މަހެއް ފާއިތުވެ މައްސަލަ ދިގުލައިގެން ދިއުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. ޖަމީލު ވިދާޅުވީ ރައީސް ޔާމީންގެ […]
ސައިކަލެއް ކޮންޓްރޯލުނުވެ ފާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލުނުވެ ގޮސް ފާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަަކަށް އަނިޔާވެއްޖެއެވެ. ރޭގެ ވަގުތެއްގައި މި އެކްސިޑެންޓް ހިނގީ ފުވައްމުލައް ސިޓީ ބޮޑުފަންނު މަގުގައެވެ. ފުލުހުން ބުނީ އެކްސިޑެންޓެއް ހިނގިކަމުގެ މައުލޫމާތު ރޭ 22:15 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލުނުވެ ގޮސް ފާރެއްގައި ޖެހިގެން ކަމަށް މިހާތަނަށް ބެލިބެލުމުން އެނގޭ ކަމަށާއި ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އޭނާ މިއަދު […]
ދިވެހިސަރުކާރުގެ ސިޔާސަތަށް ފާޑު ކިއުމުގެ ޙައްގު ރައްޔިތުންނަށް ލިބިދީފިތަ؟

ލިޔަންފެށުމުގެ ކުރިން ކިއުންތެރިންނަށް އަޅުގަނޑުގެ މައުޟޫއަކީ ދިވެހިރާއްޖޭގައި ބޭނުން ކުރެވެމުންދާ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިއުންކަން ޔަގީން ކޮށް އަރުވަން ބޭނުމެވެ. އެ ސިޔާސަތު އެކަށައަޅުއްވާ ބޭފުޅުންނާއި އެ ސިޔާސަތު ތަންފީޒުކުރައްވާ ބޭފުޅުންގެ ވާހަކަ ގެނެވިފައި އޮތަސް އެބޭފުޅުންނަށް މި ލިއުން އަމާޒުކުރުމުގެ ކުޑަވެސް ވިސްނުމެއް އަޅުގަނޑުގެ ކިބައިގާ ނެތެވެ. އޭރު ކަންތައް ހިނގަމުން ދިޔަ ގޮތާއި މިހާރުގެ ޙާލަތު އަޅާއި ކިއުމާއެކު ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުންވެސް މިކަންތަކާމެދު ފިކުރު ކުރައްވާނެ ކަމުގެ އުންމީދުގައެވެ. އަޅުގަނޑަކީ ވެރިންނަށް ލަފާއަރުވަން އެންމެ އެކަށީގެންވާ […]
އިސްރާއީލުން ނުރުހުނަސް މިފަހަރު ފަލަސްތީނުގެ ދައުލަތެއް އުފައްދާނަން: އެމެރިކާ

ވޮއިސް އޮފް އެމެރިކާގެ ޚަބަރުތަކުގައި ބުނެފައިވާ ގޮތުން ނަތަންޔާހޫ އެއްބަސްނުވެ ދެކޮޅުހަދަމުން ގެންދިޔަނަމަވެސް މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށްފަހު ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ މަގުޗާޓެއް އެކުލަވާލައި ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބިދިނުން ނޫންގޮތެއް އެމެރިކާއިން ގަބޫލު ނުކުރާނެ ކަމަށް ބުނެފިއެވެ. އެމެރިކާގެ މިނިންމުމަށް ރައްދު ދެއްވައި ނަތަންޔާހޫ ބައިތުލް މަގްދިސްގައި މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ފަލަސްތީނުގެ މިނިވަންދައުލަތެއް ހުވަފެނުގައިވެސް ނު އުފެއްދޭނެ ކަމަށެވެ. އަދި އެކަން އޮންނާނީ ފިސާރި ވަރުގަދައަށް […]
ދާދިއަވަހަށް ޔޫރަޕުގެ ތަޅުދަނޑިވެސް ރައީސް ޕޫޓިންއަށް ހަވާލު ކުރާނެ!

ހަނގުރާމައިގެ ހާލަތު ދިރާސާކުރަމުން ގެންދާ ތަޖްރިބާކާރުންގެ ފާޑުކިއުން ޔޫރަޕްގެ ލީޑަރުންނަށް އަމާޒުކުރަމުން ގެންދަން ފަށައިފިއެވެ. މިދިޔަ އަހަރު ޖެނުއަރީގައި މުޅި ޔޫރަޕް އޮތީ ރައީސް ޕޫޓިންގެ ދުވަސް ނިންމާލުމަށްޓަކައި އަޒުމް ކަނޑައަޅައި ގެންނެވެ. ޔޫރަޕްގެ ހަތިޔާރު ގުދަންތަކާއި ބޭންކް އެކައުންޓްތައް އޮތީ ޔޫކްރެއިނަށްޓަކައި ތަންމިނަށް ހުޅުވާލަދީފައެވެ. ރަޝިޔާއާއިދެކޮޅަށް ޔޫކްރެއިންގެ ކައުންޓަރ އޮފެންސިވް ކާމިޔާބު ކޮށްދިނުމަށެވެ. އޭގެ އެއް އަހަރުފަހުން މިހިނގާ ޖެނުއަރީ މަސްފެށުނުއިރު މުޅި މަންޒަރު މިއޮތީ ބަދަލު ވެފައެވެ. މިހާރު ފެންނަމުންދަނީ ހުޅަނގުގެ އަތްމަތި ހުސްވެ ކުރިން ތަންމިނަށް ހުޅުވާލާފައި ހުރި ހަތިޔާރު […]