ކޮންމެދުވަހަކު ޔޫކްރެއިންގެ ސަތޭކަ ސިޓީއަށް ހަމަލާދެމުން ގެންދޭ – ޒެލެންސްކީ

ރައީސް ޒެލެންސްކީ ކޮންމެ ދުވަހަކު ހަވީރު ގައުމާ މުޚާތަބު ކުރައްވައިދެއްވަމުންގެންދާ ޚިތާބުގައި މިމަހު 21 ވަނަ ދުވަހު ރަޝިޔާއިން ކޮންމެ ދުވަހަކު ޔޫކްރެއިންގެ ސަތޭކައަށްވުރެން ގިނަ ސަރަހައްދު ތަކަށް ޙަމަލާ ދެމުން ގެންދާ ކަމަށް ބުނެފިއެވެ. ރަޝިޔާގެ އަނިޔާވެރި ލަޝްކަރުން ކޮންމެ ދުވަހަކު އަހަރެމެންގެ އެކިއެކި ސަރަހައްދުން ސަތޭކައަށްވުރެން ގިނަ ޝަހަރުތަކާއި އަވަށްތަކާއި އަދި ވިލެޖްތަކަށް ޙަމަލާދެމުން އެބަ ގެންދެއެވެ. ޑޮނެސްކް އޮބްލާސްޓުގެ ހަމަލާތައް ވަކިން އަނިޔާވެރިވެފައި ބައެއްމީހުން މަރުވެ ބައެއްމީހުން ދަނީ ޒަޚަމް ވަމުންނެވެ. މި ޙަމަލާތަކާއެކު ބައެއް ކުދިކުދި އަވަށްތައް ރަޝިޔާގެ ބާރުގެ ދަށަށް ދިޔަސް އަހަރެމެންގެ ސިފައިންގެ ހިތްވަރު އެލިގެނެއް ނުދެއެވެ. މިއަދުވެސް މިހާތަނަށް […]
މެދު ހެންވޭރު ދާއިރާގެ އިންތިޚާބީ ކައުންސިލަރު އެމްޑީޕީ ދޫކޮށް ސަރުކާރާ ގުޅިއްޖެ

އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކޮށް މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު ކަމަށް އިންތިހާބުވި އަހްމަދު ރިޝްވާން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާ މިއަދު ގުޅިއްޖެ އެވެ. މިކަން ހާމަކޮށް ޕީއެންސީން ބުނީ ރިޝްވާން މިއަދު އެ ޕާޓިއާ ގުޅިފައިވާ ކަމަށެވެ. ރިޝްވާން ވަނީ ޕީއެންސީއާ ގުޅުނު ފޯމު ކޮންގްރެސް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާ ހަވާލު ކުރައްވާފައެވެ. މި މަހުގެ 13 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި […]
ޔޫރަޕިއަން ޔޫނިއަންގެ އެތެރޭ ކޯޅުން ރަތްރޮނގު ހުރަސްކުރަނީ

ދަ ޓެލެގްރާފުން ހާމަކޮށްފައިވާ ގޮތުގައި ޖަރުމަނުން އަމިއްލައަކަށް ޔޫކްރެއިނަށް 6 ބިލިއަން އިނގިރޭސި ޕައުންޑުގެ އެހީ ފޯރުކޮށްދިނުމުން ޔޫރަޕިއަން ޔޫނިއަނުން ނުރުހުން ފާޅުކޮށްފިއެވެ. އަދި މއީ ޔޫކްރެއިނަށް އެހީ ފޯރުކޮށްދިނުމާ ބެހޭގޮތުން ބަރލިންއާއި ޕެރިސްއާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ރެނދު އިތުރަށް ފުޅާވެގެން ދިއުމުގެ ސަބަބަކަށްވެސް ވެއްޖެއެވެ. ޔޫރަޕިއަން ޔޫނިއަންގެ އިންޓާރނަލް މާރކެޓް ކޮމިޝަނަރ ތިއެރީ ބްރެޓަން ގެ ވާހަކައިގާ ބުނެފައިވަނީ ޖަރުމަނުން ޔޫރަޕިއަން ޕީސް ފެސިލިޓީގެ ވެޕަންސް ފަންޑަށް އެ ފައިސާ ދިނުމުގެ ބަދަލުގައި ސީދާ ޒެލެންސްކީގެ ސިފައިންނަށްދިނުމުން ބްރަސެލްސް އިން ވަނީ ވަރަށް ބޮޑަށް ނުރުހިފައެވެ. […]
ބައެއް މީހުންގެ ކެންޑިޑެންސީ ބަލައިނުގަތުމަށް ނިންމި މައްސަލަ ހޫނުވެ ޕީޕީއެމް/ޕީއެންސީގެ ނިންމުން ބަދަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ހުށަހެޅި ބައެއް މީހުންގެ ކެންޑިޑެންސީ ބަލައިނުގަތުމަށް ނިންމި ނިންމުމާ ގުޅިގެން މަސްލަހަތު ގޯސްވުމާއެކު ފޯމު ހުށަހެޅި އެންމެންނަށް ޕްރައިމަރީގައި ވާދަކުރެވޭ ގޮތް ހަދައިފިއެވެ. އަންނަ މާޗުމަހުގެ 17 ގައި ބާއްވާ މަޖިލިސް އިންތިޚާބު ބާއްވަން މީގެ ކުރިން ދެފަހަރެއްގެ މަތިން ދުވަސް ކަނޑައެޅުމަށްފަހު މިހާރު ނިންމާފައިވަނީ މި މަހުގެ 27 ގައި ޕްރައިމަރީ ބޭއްވުމަށެވެ. ޕްރައިމަރީގައި ވާދަކުރަން ހުށަހެޅި ބައެއް ފަރާތްތަކުގެ ކެންޑިޑެންސީ ބަލައިނުގަނެވޭނެކަން އިއްޔެ ވަނީ އެ […]
ރަށްވެހިކަން ހޯދުން ފަސޭހަކޮށް ޖަރުމަނުގެ ރަށްވެހިކަމާބެހޭ ގާނޫނު އިސްލާހުކުރަނީ

ޑުއަލް ސިޓިޒަންޝިޕް ހޯދުމަށް އޮންނަ ހުރަސްތައް އުވާލައި، ރަށްވެހިކަން ހޯދުން ފަސޭހަކުރުމަށްޓަކައި ޖަރުމަނުގެ ވިލާތުގެ ގާނޫނު ހަދާ މަޖިލީހުން ޖަރުމަނުގެ ރަށްވެހިކަމާއި ބެހޭގާނޫނަށް ބަދަލުގެނެސް އިސްލާހުތައް ފާސްކޮށްފިއެވެ. ޗާންސެލަރ އޯލާފް ސްކޮލްޒްގެ ސޯޝަލް ލިބަރަލް ކޯލިޝަނުން ހުށައެޅި މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ 382 ވޯޓާއެކު ހުކުރު ދުވަހުގައެވެ. އަދި ގާނޫނަށް ގެނައި އިސްލާހުތައް ފާސްކުރުމާއި ދެކޮޅަށް 234 ވޯޓު ދީފައިވާއިރު، 23 ފަރާތަކުން ވަކިގޮތަކަށް ވޯޓުދީފައި ނުވެއެވެ. މިގޮތުން ގެނައި އިސްލާހުތަކާއި އެކު، ޖަރުމަނު ވިލާތުގައި […]
އިރާޤުގައި ތިބި އެމެރިކާ ސިފައިން އިރާޤުން ބޭލުމަށް އަންގައިފި

އައިން އަލްއަސަދް ބޭސްއަށް އިއްޔެ ދިން ބޮޑު މިސައިލް ހަމަލާއާއެކު، އިރާޤުގައި ތިބި އެމެރިކާގެ ހުރިހާ ސިފައިން ލަސްނުކޮށް އިރާޤުން ބޭލުމަށް އިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝީޢާ އަލްސޫދާނީ އަންގަވައިފިއެވެ. އަދި އެމެރިކާ ސިފައިން އެގައުމަށް އެތެރެވުންވެސް އިރާޤު ސަރުކާރުން މިހާރު އަންނަނީ މަނާކުރަމުންނެވެ. ”ސިފައިން ހުސްކުރެވޭނެ މުއްދަތެއް ދޭން އެބަޖެހޭ. މާދިގު މުއްދަތެއް ނޫން. ވީހާވެސް އަވަހަކަށް ހުސްކުރަންވީ. ސިފައިން ހުސްވުމުން ނޫނީ އިރާޤަށް އަމާޒުކުރާ ހަމަލާތައް ނުހުއްޓޭނެ.“ އަލް ސޫދާނީ ވިދާޅުވިއެވެ. އެމެރިކާއިން ގަވާއިދާ […]
ޤަތުލުއާންމަށް ގޮވުމަކީ ދާޚިލީ ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމެއް: ނަސީރުއްދީން ޝާހް

އިންޑިއާގައި މުސްލިމުންނާއި ދެމެދު ކަންތައް ވަމުން އަންނަ ގޮތާއި މެދު ފިކުރުކޮށްލުމުން ހަނދާނަށް އަންނަނީ އިންޑިއާގެ އޮންލައިން މަޖައްލާ، ”ދަ ވަޔަރ“ އަށް އިންޑިއާގެ މަޝްހޫރު މުސްލިމް ފިލްމީތަރިއެއް ކަމަށްވާ ނަސީރުއްދީން ޝާހް ދިން އިންޓަވިއުއެއްގައި އޭނާ ދެއްކި ވާހަކައެކެވެ. މުސްލިމުން ނައްތާލުމަށްޓަކައި، ގަތުލުއާންމަށް ގޮވާލިޔަސް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ވަރިހަމަކަމަށާއި، އެގައުމުގެ ބަޔަކު އެގައުމުގެ އެހެން ބަޔަކު ފާޅުގައި ޤަތުލުކުރުމަށް ގޮވާލުމަކީ ސީދާ ދާޚިލީ ހަނގުރާމައަކަށް ގޮވާލުން ކަމަށް ނަސީރުއްދީން ޝާހް 2021 ވަނަ […]
މަކަރާއި ހީލަތުގެ މައްސަލައެއްގައި 3 މީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގައި 3 މީހަކު ހޯދަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ ހުޅުމާޅެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މީހަކު ހޯދަމުންދާ ކަމަށެވެ. ހޯދަމުންދަނީ ހއ. ދިއްދޫ / ޕެލަސް، އިބްރާހިމް ޝަފީޤު (40އ) އެވެ. ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ އޭނާ ބަންދުގައި ބަހައްޓައިގެން ޖަނަވަރީ 31 ވަނަ […]
3 މިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ގޭސް ކުންފުނީ ކުރީގެ އެމްޑީގެ މައްޗަށް 7 ދައުވާއެއް

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދު މައުމޫނުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ބުނީ މި މައްސަލާގައި މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގައި މައުމޫން ހުރި ދުވަސްވަރު އެކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި މައުމޫނު ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން ޖުމްލަ 3,106,189.38 ނަގާފައިވާކަން ތަހުގީގަށް ހޯދާފައިވާ ކަމަވެ. […]
އިރާގުގައި ހުންނަ އެމެރިކާގެ އެއަރބޭސްއަށް ރޮކެޓާއި މިސައިލުން ޙަމަލާދީފި

އީރާނުން މަދަދު ލިބޭ މުޖާހިދުން އިރާގުގައި ހުންނަ އަލް އަސަދު އެއަރބޭސްއަށް ހޮނިހިރު ދުވަހުގެރޭ ދިން ޙަމަލާގައި ގިނައަދަދެއްގެ އެމެރިކާ ސިފައިން ޒަޚަމް ވެއްޖެކަމަށް ޕެންޓަގަނުން ހާމަކޮށްފިއެވެ. އިރު އޮއްސި 6.30 ހާއިރު ދިން ބެލަސްޓިކް މިސައިލާއި ރޮކެޓްގެ އެތައް ޙަމަލާހުޅަނގު އިރާގުން ފޮނުވާފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ސޯޝަލް މީޑިއާގައި ހާމަކޮށްފައި ވެއެވެ. އަލް އަސަދު އެއަރބޭސްގެ އެއަރ ޑިފެންސުގެ ނިޒާމުން އޭގެތެރެއިން ގިނަ ޙަމަލާތަކެއް ހުއްޓުވި ކަމަށާއި އެކަމަކުވެސް ބައެއް ޙަމަލާތައް ނުހުއްޓުވިފާ ނުވާކަމަށެވެ. އެ ޙަމަލާއާއި ގުޅިގެން ގިނަ […]