ހައްގު ނޫން މުއްސަނދިކަން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި

ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާއާއި ހައްގު ނޫން މުއްސަނދިކަން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާބެހޭ ގޮތުންޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޒު ޙުސައިން ޝަމީމާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ސީޕީ ޝުޖާއު ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، އެތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށާއި ގޭންގުތަކުން ހިންގާ ކުށުގެ އަމަލުތަކާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް މީހުން ހިންގާ ކަންކަން ހުއްޓުވުމަށް ފުލުހުން ހިންގަން ރާވާފައިވާ ޕްރޮގްރާމްތަކާބެހޭ މައުލޫމާތު ޕީޖީއާ ހިއްސާ ކުރައްވައިފައެވެ. އެގޮތުން ޕީޖީ ވަނީ […]

ތަޖްރިބާކާރުންގެ ދިރާސާގެ އަލީގައި ދެން ދުނިޔޭގައި ވެރިކަން ކުރާނެ ސުޕަރޕަވަރ

ކިއުންތެރިންނަށް މިގެނެސްދެނީ ދުނިޔޭގައި ދެން ވެރިކަން ކުރާނެ ސުޕަރޕަވަރީ ކޮބައިތޯ ދެނެގަންނަންކުރި ދިރާސާތަކުގެ ބައެއް އުސް އަލިތަކެވެ.  އެފަދަ ދިރާސާތަކެއްގެ ތަފްސީލަށް ދިއުމަކީ އަޅުގަނޑުމެންގެ ހުދޫދުން ބޭރުވުން ކަމުގައިނޫނީ ނުވާނެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ގާބިލުކަން ތަންދޭ މިންވަރަކުން އަނެކުންނާ ހަމަޔަށް މަޢުލޫމާތު ގެނެސްނުދީ ދޫކޮށްލަން ޒަމީރު ތަނެއް ނުދެއެވެ. ދިވެހީންގެތެރޭގައި ތިއްބެވި އުމުރުން ފަންސާހަކަށް އަހަރުން ދޮށީ ގިނަ ބޭފުޅުންނަށް ދުނިޔޭގެ ކަންތަކާއިމެދު ވިސްނާ ފިކުރުކުރައްވަން ފުރުސަތު ލިބި ވަޑައިގެންނެވި އިރު މުޅިދުނިޔެ އޮތީ ދެ ގައުމެއްގެ ބާރުގެ ދަށުގައޭ ބުނެވިދާނެއެވެ.  އެއްފަރާތުގައި […]

ބްލިންކެން އަށް ތުރުކީއިން ކީ ފިނި މަރުހަބާއެއް

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން، ތުރުކީގެ ވެރިރަށް އަންކާރާއަށް ކުރަމުން ގެންދާ ދަތުރުގައި ތުރުކީއިން އޭނާއަށް ކިޔާފައިވަނީ ފިނި މަރުހަބާއެކެވެ.  ބްލިންކެން ތުރުކީއަށް ގޮސްފައިވަނީ، މެދުއިރުމަތީގެ ގިނަ ގައުމުތަކަކަށް ޒިޔާރަތްކުރުމަށްފަހު އިއްޔެރޭ ދަންވަރުގެ ވަގުތެއްގައެވެ. އެހެންނަމަވެސް، ތުރުކީ ސަރުކާރުގެ އިސްވެރީން އޭނާއަށް މަރުހަބާކިޔުމަށްޓަކައި ގޮސްފައިނުވާކަން ގިނަބަޔަކު ވަނީ ފާހަގަކޮށްފައެވެ. އޭނާއަށް މަރުހަބާ ކިޔާފައިވަނީ އަންކާރާގެ ޑެޕިއުޓީ ގަވަރްނަރު ނަމީކް ކަމާލް ނަޒްލީއެވެ.  ތުރުކީއަށް ދިޔުމުގެ ކުރިން ބްލިންކެންވަނީ ފަލަސްތީނުގެ ލީޑަރު، މަހްމޫދް އައްބާސްއާއި އާދީއްތަދުވަހު ބައްދަލުކޮށްފައެވެ. […]

ކުއްލިއަކަށް މަރުވުން އިތުރު ވަމުންދާ ސަބަބާދޭތެރޭ ސައެންސުގެ ދިރާސާ

ކޮންމެ އިންސާނަކުވެސް ފުރިހަމަ ސިއްހަތެއްގައި ގިނަ ދުވަހު ދިރިދުނިޔޭގައި ހުރުން ބޭނުންވާނެއެވެ. ދިރިހުރުމާއި މަރުވުން އެއީ ވަގުތު ކަނޑައެޅިފައިވާ ކަންތަކެވެ. އަދި އެ ވަގުތު ހަމަ ގައިމުވެސް ނޭގޭނެއެވެ.  އެހެންނަމަވެސް ބަލިވުމުން ބޭސްކުރަން އަންގަވާފައިވާ ފަދައިން ސަލާމަތް ސިއްހަތެއް ގައި ދިރި ހުރުމަށްޓަކައި ކުރަންވީ ކަންތައް ތަކަކާއި ނުކުރަންވީ ކަންތައްތަކެއް ހުރިކަން ގަބޫލުކޮށް އެ ސަބަބުތަކުގައިވެސް ހިފާއްޓަން ޖެހެއެވެ.            މައުލޫމާތު ފޯރުކޮށްދިނުމަކީ ލާޒިމް ކަމެއް ކަމުގައި އިލްމުވެރިން ވިދާޅުވަމުން ގެންދަވާތީ މިފަހަރު މިގެނެސްދެނީ ދާދިފަހުން ސައެންސް […]

ރައީސް މުޢިއްޒުގެ ކިބައިގައި އެއްވެސް އިޚުލާސްތެރިކަމެއް ހުރިނަމަ ރައީސް ޔާމީން ހައްގުގައި ކުޑަމިނުން ވަކާލާތު ކޮށްލައްވާނެ: ޒެއިން

ސަރުކާރާއި ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ކިބައިގައި އެއްވެސް އިޚުލާސްތެރިކަމެއް ހުރިނަމަ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ހައްގުގައި ކުޑަމިނުން ވަކާލާތު ކޮށްލައްވާނެ ކަމަށް ރައީސް ޔާމީންގެ ދަރިކަލުން ޒެއިން ވިދާޅުވެއްޖެއެވެ. ޒެއިން މިހެން ވިދާޅުވީ މީޑިއާތަކާ ވާހަކަދައްކަވަމުންނެވެ. ވ.އާރަށުގެ މައްސަލާގައި ރައީސް ޔާމީނަށް ދަށު ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފު މަރުހަލާގެ އަޑުއެހުންތައް ހައިކޯޓުން މިދިޔަ ނޮވެމްބަރުގައި ވަނީ ނިންމާލައިފައެވެ. މިއީ ހުކުމާ ހަމައަށް ގޮސްފައިވާ މައްސަލައެއް ކަމަށާއި ނަމަވެސް އޭގެފަހުން ޝަރީއަތުގެ މަޖިލިސް ނުބާއްވައި ގިނަ ދުވަސްވެފައިވާކަން […]

މެލޭޝިއާއިން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތް ފުޅާކުރަނީ، މަހުޖަނުންގެ މައްސަލަތައް ވެސް ތަހުގީގުކުރާނެ

މެލޭޝިއާއިން ކޮރަޕްޝަން ނައްތާލުމަށްޓަކައި ކުރާ މަސައްކަތުގެ ދަށުން، ސަރުކާރުގެ އިސްވެރީންނާއި ސިޔާސީ ލީޑަރުންގެ އިތުރުން، މަހުޖަނުންނާ ގުޅުންހުރި މައްސަލަތައް ވެސް ތަހުގީގުކުރަން ފަށައިފިއެވެ.  މިގޮތުން، މަޝްހޫރު ވިޔަފާރިވެރިޔާ މިރްޒާން މަހާތީރް އާ ގުޅުން ހުރި މައްސަލައެއް މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. މެލޭޝިއާގެ ކުރީގެ މާލީ ވަޒީރު، ޓުން ދައިމް ޒައިނުއްދީނުގެ އާއިލާގެ މިލްކުގައިވާ އިމާރާތެއްކަމަށްވާ ”އިލްހާމް ޓަވަރ“ މެލޭޝިއާގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) އިން ވަރަށްފަހުން އަތުލާފައިވާއިރު، ތަހުގީގީ ފުލުހުންގެ ނަޒަރު މިހާރު ހުއްޓިފައިވަނީ މެލޭޝިއާގެ […]

ކޮންފަރެންސް އޮފް ސްޕީކާސް އެންޑް ޕްރިސައިޑިންގ އޮފިސާސްގައި އަސްލަމް ބައިވެރިވެވަޑައިގެންފި

ޔޫގެންޑާގެ ވެރިރަށް ކަމްޕާލާގައި ކުރިއަށްދާ 27 ވަނަ ކޮންފަރެންސް އޮފް ސްޕީކާސް އެންޑް ޕްރިސައިޑިންގ އޮފިސާސް އޮފް ދަ ކޮމަންވެލްތުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ބައިވެރިވެވަޑައިގެންފިއެވެ. މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ 27 ވަނަ ކޮންފަރެންސްގައި ތިމާވެއްޓާއި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު މައުޟޫގައި އަސްލަމް ވަނީ އިންޓަރވެންޝަންއެއް ދެއްވައިއެވެ. އަަސްލަމް ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ މޫސުމަށާއި ކަނޑުގެ ދިޔަވަރަށް އަންނަ ބަދަލުތަކުން އެންމެ ބޮޑު […]

“ކެމްޕޭނުތެރޭ ހަރާން ހުކުމް, ކެމްޕޭނު ނިމުނީމާ ހަލާލް ހުކުމް؟“

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޝަރީއަތާ ގުޅިގެން މި ސަރުކާރުގެ އިސްވެރިން ކެމްޕޭންގެ ތެރޭގައި ދެއްކެވި ވާހަކަތަކާއި މިހާރު އަމަލުކުރައްވަމުން ގެންދަވާ ގޮތާމެދު ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ފާޑުވިދާޅުވެއްޖެއެވެ. ރޭގެ ވަގުތެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވައްޑެ ވިދާޅުވީ ކެމްޕޭން ތެރޭގައި ދެއްކެވީ ހަރާމް ހުކުމެއްގެ ވާހަކަ ކަމަށެވެ. ނަމަވެސް ކެމްޕޭން ނިމުމުން ހަލާލު ހުކުމަކަށްވީތޯ ވައްޑެ ސުވާލު އުފައްދަވާފައިވެއެވެ. “ކެމްޕޭނުތެރޭ ހަރާން ހުކުމް. ކެމްޕޭނު ނިމުނީމާ ހަލާލް […]

ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ދެނެގަތުމަށް މާދަމާ ހައިކޯޓަށް ދަނީ

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޝަރީއަތް ލަސްވާ ސަބަބު ދެނެގަތުމަށްޓަކައި މާދަމާ ހައިކޯޓަށް ދާން ނިންމާފައިވާ ކަމަށް ރައީސް ޔާމީން އަލަށް އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ކަންކަމުގައި އިސްކޮށް އުޅުއްވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލް މިއަދު ވިދާޅުވެއްޖެއެވެ. މަލީހު މިކަން ހާމަކުރެއްވީ “އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ. “ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ދެނެގަތުމަށްޓަކާ މާދަމާ 10 ޖަހާއިރު އަޅުގަނޑުމެން ހައިކޯޓަށް ދާނަން. Justice delayed is […]

މަޖިލިސް ގެ މެންބަރަކަށް ވުމަކީ ގިނައިން ފައިސާ ހޯދުމަށާ ބާރު ހޯދުމާ ބޮޑާކަންދެއްކުމާ މުޑުދާރު ސިޔާސީ ބޭނުމަށް ފުރުޞަތު ހޯދުން

ރަޢިއްޔަތުންގެ މަޖިލިސް ގެ މެންބަރަކަށް ވުމަކީ ގިނައިން ފައިސާ ހޯދުމަށާއި ބާރު ހޯދުމާއި ބޮޑާކަން ދެއްކުމާއި މުޑުދާރު ސިޔާސީ ބޭނުމަށް ފުރުޞަތު ހޯދުމަށް އޮތް ވަޞީލަތެއް ނޫންކަން ދަންނަން އެބަޖެހެއެވެ. ނަމަވެސް މިފަހަކަށްއައިސް މިކަން ހިނގަނީ މި ބުނެވުނު މަގްޞަދުތައް ޙާޞިލް ކުރުމަށްޓަކާއި ކަމުގައި ގިނަބަޔަކަށް ގަބޫލުކުރެވިފައި ވާކަން ފާހަގަކުރެވެއެވެ. އެގޮތަށް ގަބޫލުކުރެވޭ ސަބަބުތައްވެސް އެބަހުއްޓެވެ. މަޖިލީހަށް ކުރިމަތިލުމަށް އޮންނަ ދިވެހިބަހުން ލިޔަން ކިޔަށް އެނގުމުން ޝަރުޠު ހަމަވެއެވެ. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވާތީ އެމީހާ […]