ރައީސް މުޢިއްޒުގެ ކިބައިގައި އެއްވެސް އިޚުލާސްތެރިކަމެއް ހުރިނަމަ ރައީސް ޔާމީން ހައްގުގައި ކުޑަމިނުން ވަކާލާތު ކޮށްލައްވާނެ: ޒެއިން

Loading

Facebook
Twitter
WhatsApp

ސަރުކާރާއި ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ކިބައިގައި އެއްވެސް އިޚުލާސްތެރިކަމެއް ހުރިނަމަ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ހައްގުގައި ކުޑަމިނުން ވަކާލާތު ކޮށްލައްވާނެ ކަމަށް ރައީސް ޔާމީންގެ ދަރިކަލުން ޒެއިން ވިދާޅުވެއްޖެއެވެ.

ޒެއިން މިހެން ވިދާޅުވީ މީޑިއާތަކާ ވާހަކަދައްކަވަމުންނެވެ. ވ.އާރަށުގެ މައްސަލާގައި ރައީސް ޔާމީނަށް ދަށު ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފު މަރުހަލާގެ އަޑުއެހުންތައް ހައިކޯޓުން މިދިޔަ ނޮވެމްބަރުގައި ވަނީ ނިންމާލައިފައެވެ.

މިއީ ހުކުމާ ހަމައަށް ގޮސްފައިވާ މައްސަލައެއް ކަމަށާއި ނަމަވެސް އޭގެފަހުން ޝަރީއަތުގެ މަޖިލިސް ނުބާއްވައި ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވަމުން ޒެއިން ވިދާޅުވީ އެންމެ ކުޑަމިނުން އެ ކަންކަމަށް ވަކާލާތުކޮށްލެއްވޭނެ ބޭފުޅަކު ވެސް ސަރުކާރުގެ މަތީފަޑީގައި ނެތް ކަމަށެވެ.

ސަރުކާރުގެ އިސް ބޭފުޅުންނާއި ރައީސް މުޢިއްޒުގެ އިޚުލާސްތެރިކަމެއް ނުވަތަ އިހުސާންތެރިކަމެއް ރައީސް ޔާމީނާ ދޭތެރޭ އޮތްނަމަ އެކަމަށް ވަކާލާތު ކުރެއްވޭނެ ކަމަށް ވެސް ޒެއިން ވިދާޅުވިއެވެ.

ޒެއިން ވިދާޅުވި ގޮތުން އާރާއި ބާރު ލިބިވަޑައިގަތުމާ ހަމައަށް އެ ބޭފުޅުން ވަކާލާތު ކުރެއްވީ ރައީސް ޔާމީން މިނިވަން ކުރުމަށެވެ.

ސަރުކާރުން ބުނެފައިވަނީި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މިހާރު ހުއްޓިފައިވާ އަދި ކަމަށާއި ރައީސް ޔާމީންގެ މައްސަލައިގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމަށެވެ

ރައީސް ޔާމީންގެ ދަރިކަލުންގެ ފޮޓޯ: ރާއްޖެ އެމްވީ.

Loading

4 Responses

  1. ޕައްޕަަދެކެވާ ލޯބިން ތިގޮތަށް ބުނެވޭނެކަމަށް ބެލެވެއެވެ. ހިތްބުރައެއް ނެތެވެ. އަޅުގަނޑަކީ ޕޕމ ޕނސ ގެ ކޯލިޝަން ސަޕޯޓަރެކެވެ. ވީމާ އަދިވެސް ހެޔޮލަފާގޮތަކަށް ގުޅިން ކަންކަން ދިއުމަކީ އަޅުގަނޑުގެ އެދުމެވެ. ނުބައިކޮށް ރޭވުންތައް ރާވާ ލަންޑުދިނުމުގެ ވިސްނުން އެއްވެސް ފަރާތަކުން ނުވިސްނެވުން އެދެމެވެ. އޭރުން ދިވެހިންގެރާއްޖެ ދިވެހީންނަށް ލިބޭނީ!

  2. ގ…..ފޭކުވާހަކަ ނުދައްކާ..ބާޒު އަތުވެދާނެތީ..ނިދި ނައީ…ޢުމަރު ނަސީރަށް ތިޔަ ޓިކެޓް ދިންނަމަ ޔާމީނު ހުންނާނީ މިނިވަން ކޮށް…..އަދިވެސް ތިޔަ ޕާޓީ އޭނާއާ ޙަވާލު ކުރޭ..ތެދުވެރި ކަމާއެކު މަސައްކަތް ކުރާނެ..މިހެން މިބުނީ ޔާމީނު އަށް އަދިވެސް ހިނގައި ނުގަނެވޭނެތީ. މިއީ ޙަގީގަތަކީ.

  3. ރައީސް ޑރ.މުޙައްމަދު މުޢިއްޒު އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ ޝަރީޢަތަށް (ކޯޓަށް) އަތް ނުބާނުއްވާނެ ކަމަށް.
    ޝަރުޢީ މަރުޙަލާ ނިމުމުން ތިޔަކަން ކުރައްވާނެކަން ހަމަޔަޤީން. ކެތްތެރިވެލައްވާ!

  4. ޖަލުގައި އެތައް ދިވެހިންނެއް ހުކުމް ތަންފީޒުކުރަމުންދާއިރު އެމީސްތަކުންގެ މައްޗަށް އެއްވެސް ރަހުމެއް ނެތި އެމީހުންގެ ވާހަކަތަކަށް މީޑިއާވެސް ހަނުހުރެފާ ކޮންމެވެސް ގޮތަކުން ޚާއްސަ ބޭފުޅަކަށް އިންސާފު ނުލިބިގެން ދުވުމަކީ އިންސާފު ހޯދަން މަސައްކަތް ކުރުން ކަމުގައި ގަބޫލުނުކުރެވެއެވެ. ކޮންމެ ކަމެއްގައި ހަކުރު ދެންޏާ ބޮޑުބޭބެ އަށް ވެއްޖެނަމަ ޝަރުއީ އިދާރާތަކުގެ ބޭނުމެއްނެތެވެ. ގައުމުގެ ވެރިޔާ ގާނޫނުގެ އިމުން ބޭރުވެގެންހުރެ ކަންތައް ކުރާނަމަ ގާނޫނު އަސާސީ އަކާއި މަޖިލިހުގެ ބޭނުމެއްވެސް ނެތެވެ. ޝަރުއީ ހުކުމް ތަންފީޒުކުރެވެން ޖެހޭނެއެވެ. އެ ހުކުމް ބަދަލު ކުރުމަކީ ހަމައެކަނި ޝަރުއީ ނިޒާމުގެ ތެރެއިން ކުރެވެން ޖެހޭނެ ކަމެކެވެ. ދުއްރައަކީ ފަނޑިޔާރުގެއަށް ނިސްބަތްކުރެވޭ އެއްޗެކެވެ. ވެރިމީހާއަތުގައި އޮންނާނީ ގާނޫނު އަސާސީއެވެ. މަޖިލީހުން ކަށަވަރުކުރަންޖެހޭނީ އެ ބާރުގަދަ ދެ ހަތިޔާރު ނާޖާއިޒު ގޮތެއްގައި ބޭނުންކުރުން ހުއްޓުވުމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް