ސަމާލު: ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވާނެ

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފިއެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުން މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.
ޔޫކްރެއިންގެ ޕާރލަމެންޓަކީ މޮޔައިންގެ ގަނޑުވަރަކަށް ވެއްޖެ – ވަކީލާ ލަރީސާ

ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާ ފެށުނު ދުވަސްވަރު އުފެދެމުންދިޔަ ގައުމީ ރޫޙް ހަނގުރާމާގައި ވާނުވާނޭގި ދުވަސްތައް ދިގުލައިގެން ދިއުމުން ޔޫކްރެއިންގެ ރައްޔިތުންގެ ކިބައިންވެސް ނެތިދާން ފަށައިފިއެވެ. ދެއަހަރު ދުވަސްވާންދެން އުފުލަންޖެހުނު ބުރައާއި ގެއްލުން ބޮޑުވެ އަދި ސިފައިންގެ ތެރެއިން ހުސްވެފައިވާ އިސް މަގާމުތައް ފުރާނެ މީހުން ހޯދޭނެ ގޮތެއްވެސް ނެތުމާއިއެކު ގައުމުގެ މުސްތަގްބަލާ ދޭތެރޭ ބަހުސްކުރުން ނޫން އެހެން ގޮތެއް މިހާރަކު ނެތެވެ. ރަޝިޔާއިން ޔޫކްރެއިންގެ ސަރަޙައްދު ތަކުގައި އެކުލަވާލައިފައިވާ ހަލައްކަ ސިފައިންގެ ބިޔަ ލަޝްކަރާ ކުރިމަތިލާނެ ސިފައިން ހޯދުމަށް މިހުސްވިމަހު ރައީސް […]
ބިލްގީސް ބާނޫ ރޭޕްކުރި 11 މީހުން މިނިވަންކުރި އަމުރު ބާތިލުކޮށްފި.

ޢުމުރުން 21 އަހަރުގެ އަދި ބަލިވެ އިނދެ ބަނޑަށް 5 މަހުގެ މުސްލިމް ބަލްގީސް ބާނޫ ރޭޕްކުރުމަށް ފަހު އޭނާގެ ޢާއިލާގެ ހުރިހާމީހުން މަރާލި މައްސަލާގައި އުމުރަށް ޖަލަށް ޙުކުމް ކޮށްފައިވާ 11 ކުށްވެރިން ދޫކޮށްލަން ގުޖުރާތު ސަރުކާރުން ކުރި އަމުރު އިންޑިއާގެ ސުޕްރީމް ކޯޓުން ބާތިލު ކޮށްފިއެވެ. ދެހަފްތާގެ ތެރޭގައި އެމީހުން އަނބުރާ ޖަލަށް ލުމަށްވެސް އެ ޙުކުމްގައި ކަނޑައަޅާފައި ވެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ބީ. ވީ. ނާގަރަތުނާ އިއްވި މި ޙުކުމް އިންޑިއަން ވެބްސައިޓް ފޯރ ޖުޑިޝަލް އެފެއާރޒް ގައި އެ ޙުކުމް ރިޕޯރޓް ކޮށްފައިވަނީ ގާނޫނުގެ ކުރިމަތީގައި އެއްވެސް މީހަކު ތަފާތު […]
ގާނޫނު ދަންނަ ކަމެއް ނޫން: އާބަންކޯގެ އެމްޑީއަކަށް ފަޒުލް އައްޔަންކުރީ މިނިސްޓަރު ފެންވަރުގައި

އާބަންކޯ ނުވަތަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު އައްޔަންކުރައްވާފައިވަނީ މިނިސްޓަރު ފެންވަރުގައިކަމަށް ރައީސް އޮފީހުގެ ވެބްސައިޓުން ދައްކައިފިއެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި ސިޔާސީ މަގާމުތަކުގެ ތެރޭގައި މިނިސްޓަރުންގެ ލެވެލްގެ ބޭފުޅުންގެ ލިސްޓުގައި އެޗްޑީސީގެ އެމްޑީގެ ގޮތުގައި ފަޒުލްގެ ނަން ވަނީ ހިމަނައިފައެވެ. މިއީ ކުންފުންޏެއްގެ ވެރިއަކު މިގޮތަށް މިނިސްޓަރު ލެވެލްގައި އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ. ކުންފުނިތަކުގެ ވެރިންނަކީ ރައީސް އައްޔަންކުރައްވާ […]
ޔޫރަޕަށް އިޤްތިޞާދީ ތޫފާނެއްގެ މަލަމަތި ފެނިއްޖެ

2017 ވަނަ އަހަރަށްފަހު އެންމެ ގިނަ އަދަދެއްގެ ކުންފުނި އުވާލެވުނީ 2023 ވަނަ އަހަރުގައި ކަމަށް ބޭންކް އޮފް ފްރާންސްއިން ޝާއިއުކުރި ރިޕޯޓެއްގައި ބުނެފިއެވެ. ބެންކް އޮފް ފްރާންސްގެ ވްބްސައިޓްގައި ޝާއިއުކުރި މި ރިޕޯޓުގައި ބުނެފައިވަނީ، 2023 ވަނަ އަހަރުގެ ތެރޭގައި ފްރާންސްގެ 55،435 ކުންފުނި އުވާލާފައިވާކަމަށާއި، މީގެ ތެރޭގައި ގިނައީ 250 އާއި ހަމައަށް މުވައްޒަފުން ގެންގުޅޭ ކުދި އަދި މެދު ފަންތީގެ ކުންފުނިތައްކަމަށެވެ. މިގޮތުން، އުވާލެވުނު މެދު އަދި ބޮޑު ފަންތީގެ ވިޔަފާރިތަކުގެ އަދަދު […]
ރަތް ކަނޑުގެ ހަމަނުޖެހުމާއެކު ޝިޕިންގް ކުންފުނިތަކުގެ ހިއްސާގެ އަގު މައްޗަށް!

ރަތް ކަނޑުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއެކު، ބޭނުންކުރުމަށް ލިބެން ހުންނަ ކޮންޓެއިނަރުގެ އަދަދު މަދުވުމުގެ ސަބަބުން ދުނިޔޭގެ ހިއްސާގެ ބާޒާރުގައި މުދާއުފުލާ ކުންފުނިތަކުގެ ހިއްސާގެ އަގާއި ފްރައިޓްގެ އަގުތަށް މައްޗަށް ޖެހިއްޖެއެވެ. އެގޮތުން، (މެއާސްކް-އޭ.ކޯ، މެއާސްކް-ބީ.ކޯ) ގެ ހިއްސާގެ އަގު 37 އިންސައްތަ މައްޗަށް ޖެހިފައިވެއެވެ. ޑިސެންބަރުމަހުގެ މެދުތެރޭގައި ހޫތީ މުޖާހިދުން ރަތްކަނޑުގައި ދޭންފެށި ހަމަލާތަކުގެ ފަހުން ޑެންމާކްގެ މެއާސްކް ކުންފުނީގެ އިތުރުން، އެހެން މުދާއުފުލާ ކުންފުނިތަކުން ރަތްކަނޑުން ސުއޭޒް ކެނެލް ހުރަސްކޮށް ދަތުރުކުރުން ހުއްޓާލާފައިވާއިރު، މިއީ އޭޝިއާއާއި […]
ޓައިވާނަށް ހަތިޔާރުދިނުމުން ޗައިނާއިން އެމެރިކާގެ މައްޗަށް ފިޔަވަޅު އަޅަނީ

ޓައިވާނަށް ހަތިޔާރު ފޯރުކޮށްދިން އެމެރިކާގެ 5 ކުންފުންޏަކާއި ދެކޮޅަށް ޗައިނާއިން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފިއެވެ. މިގޮތުން، ޗައިނާއިން ވަނީ އެމެރިކާގެ ޑިފެންސް ކުންފުނިތަކެއްގެ މުދާ ފްރީޒްކޮށް، ވިޔަފާރި މުއާމަލާތްތައް ނުކުރެވޭގޮތަށް މެދުކަނޑާލާފައެވެ. ޗައިނާއިން ބުނީ، ޓައިވާނަށް ހަތިޔާރު ފޯރުކޯށްދިނުން ހުއްޓާލުމަށް އެމެރިކާއަށް ގޮވާލާކަމަށާއި، ޣައިރުޤާނޫނީ ފިޔަވަޅުތަކާއެކު ޗައިނާއަށް ޓާގެޓުކުރުން ހުއްޓާލުމަށް ލަފާދޭކަމަށެވެ. އެހެންނޫންނަމަ، ޗައިނާއިން ”ވަރުގަދަ ރައްދެން ދޭނެޖެހިދާނެ“ ކަމަށް ބުނެ އެގައުމުން ވަނީ އެމެރިކާއަށް އިންޒާރުދީފައެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ 4 ވަނަ ދައުރަކަށް ޝެއިޚް ހަސީނާ އިންތިޚާބުވެވަޑައިގެންފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ހޮވުމަށް ނެގި ވޯޓު ކާމިޔާބުކުރައްވައި، އެގައުމުގެ މިހާރުގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ޖެހިޖެހިގެން ބޮޑުވަޒީރުކަމުގެ ހަތަރުވަނަ ދައުރަކަށް ހޮވިވަޑައިގެންފިއެވެ. ޝެއިޚް ހަސީނާ ތަމްސީލުކުރައްވާ އަވާމީ ލީގް އާއި އެކުވެރީން އިތުރު ފަސް އަހަރަށް ހޮވިފައިވަނީ 300 ޕާލިމެނޓަރީ ގޮނޑީގެ ތެރެއިން 223 ގޮނޑި ކާމިޔާބުކޮށްގެންނެވެ. ބަންގްލަދޭޝްގެ އިދިކޮޅު ސިޔާސީ މައި ޕާޓީ ކަމުގައިވާ ބަނގްލަދޭޝް ނެޝަނަލިސްޓް ޕާޓީއިން މި ވޯޓު ބޮއިކޮޓްކުރަމުން ދިޔުމާއެކު، ޝެއިޚް ހަސީނާގެ ޕާޓީއިން މަޖިލީހުގެ ބާކީހުރި ގޮނޑިތައްވެސް ކާމިޔާބުކުރާނެކަމަށް ލަފާކުރެވެއެވެ. […]
އިންޑިއާއިން ދިން ރައްދަކީ މާކުރިން ރާވައިގެން ދިން ތަދުބީރީ ހަމަލާއެއް!

ދިވެހި ސިޔާސީ ބައެއް ފަރާތްތަކުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ހަޖޫކިޔައި މީސްމީޑިއާގައި ވާހަކަ ދައްކާފައިވާކަމަށް ބުނެ އިންޑިއާގެ މީސްމީޑިއާ އެކައުންޓުތަކުން ދިވެހިރާއްޖެއަށް ދެމުންގެންދާ ވާޗުއަލް ހަމަލާތައް ގިނަ ބައެއްގެ ސަމާލުކަމަށްވާނީ އައިސްފައެވެ. އެހެންނަމަވެސް، އިންޑިއާގެ އެންޓި-މޯލްޑިވްސް ޕީއާރް ކެމްޕޭނު ކުރިއަށް ގެންގޮސްފައިވާގޮތުގެ ފުރިހަމަކަމުން، މިއީ މާކުރިން ރޭވިގެން ނުހަނު ވިސްނުންތެރިކަމާއެކު ކުރިއަށްގެންދެވޭ މަސައްކަތެއްކަން ގިނަ ދިވެހީންނަށް އަންދާޒާ ނުކުރެވިދާނެއެވެ. ހަގީގަތަކީ، މިއީ ދެގައުމުގެ ޑިޕްލޮމަސީއަށްވުރެ ބޮޑު މައްސަލައެއްކަމެވެ. މައްސަލަ ފެށޭ ހިސާބަކީ، ބޮޑުވަޒީރު މޯދީއާއި އިންޑިއާ […]
ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުުވެރިން އަންނަ ގައުމަށް ހަދައިދިނުމަށް އެދިވަޑައިގެންފި

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުުވެރިން އަންނަ ގައުމަށް ހަދައިދިނުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު އެދިވަޑައިގެންފިއެވެ. ރައީސް މިހެން ވިދާޅުވީ ޗައިނާގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި މިއަދު ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިން ކަން ފާހަގަކުރައްވައި ރައީސް އެދިވަޑައިގެންނެވީ އަނެއްކާވެސް ޗައިނާއިން އެކަން ދަމަހައްޓައިދިނުމަށެވެ. މީގެއިތުރުން ރައީސްގެ ވާހަކަފުޅުގައިވަނީ ޗައިނާގެ ރައީސް ޝީ […]