ސައްހަ ނޫން ޑޮލަރުގެ 100، 50 އަދި 20 ގެ ނޫޓުތަކެއް ދައުރުވަނީ

ސައްހަނޫން ޔޫއެސް ޑޮލަރުގެ ނޫޓްތަކެއް ދައުރު ވަމުންދާތީ ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ. ފުލުުހުން ބުނީ މިހާރަކަށް އައިސް ސައްހަ ނޫން ޔޫއެސް ޑޮލަރުގެ 100، 50 އަދި 20 ގެ ނޫޓުތަކެއް ދައުރުވަމުންދާކަން ދިވެހި ފުލުހުންގެ ޚިދުމަތަށް ފާހަގަކުރެވިފައިވާތީ، އެކަމަށް އާންމު ރައްޔިތުން މިހާރަަށް ވުރެ ބޮޑަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން އެކިތަންތަނުން ވިޔަފާރީގެ މުއާމަލާތްތައް ކޮށްފައިވާ މައްސަލަތަކެއްވެސް ފުލުހުންނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ ކަމަށެވެ. އެގޮތުން ސައްހަނޫން ޑޮލަރު […]
މަސްތުވާތަކެތި ހުރި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފި

މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ޖަނަވަރީ 9 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ވޭޕް ކާޓްރިޖް އަދި ގިނަ […]
ރާއްޖެއާއި ޗައިނާއާ ދެމެދު 20 އެއްބަސްވުމެއްގައި ސޮއިކޮށްފި

އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މިއަދު 20 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސްގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ޗައިނާގެ ބެއިޖިންގގެ ގްރޭޓް ހޯލް އޮފް ޕީޕަލްގައެވެ. ދެގައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުންތަކަކީ: މި ދަތުރުފުޅުގައި ދެ ގައުމުގެ ސަރުކާރުގެ […]
މަޖިލިސް އިންތިޚާބު: ވޯޓުލެވޭ 284,327 މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް, ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ މާޗުމަހުގެ 17 ވަނަ ދުވަަހުގައި އިންތިޚާބު ބޭއްވުމަށެވެ. އެ ކޮމިޝަނުން މިރޭ ވަނީ ވޯޓާސް ލިސްޓްއެ ކޮމިޝަނުގެ ވެބްސައިޓާއި ދިވެހި ސަރުކާރުގެ ގެޒެޓުން ފެންނާނެހެން އާންމުކޮށްފައެވެ. މީގެއިތުރުން މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކާއި ސިޓީ ކައުންސިލްތަކުގެ އަވަށްތަކުގެ […]
ރަސްގެފާނު ޗާލްސް ތަޚުތުން ފައިބަން ގޮވާ އަޑު ގަދަވެއްޖެ

2024 ވަނައަހަރު ފެށުމާއެކު ރަސްގެފާނު ޗާލްސް ރަސްކަމުން ފައިބާ ވަޑައިގެން ޕްރިންސް ވިލިމް އަށް ރަސްކަން ހަވާލުކުރަން ގޮވުމުގެ އަޑު ގަދަވެ ލަދުވެތި ހާލަތަކާ ރިޔާސީ ގަނޑުވަރުން ކުރިމަތި ލައްވަން ޖެހިވަޑައިގެން ފިއެވެ. ނިއުސްވީކުގައި ބުނެފައިވާގޮތުން ޑެންމާރކުގެ ރަނިކަމަނާ ކުއީން މާރގްރެތޭ (ދެވަނަ) އެކޭ އެއްފަދައިން ރަސްގެފާނު ޗާލްސްވެސް ތަޚުތުން ފައިބާ ވަޑައިގެން ޕްރިންސް ވިލިއަމަށް ރަސްކަން ޙަވާލުކުރުގެ ވަގުތު އަތުވެއްޖެއެވެ. ނިއުސް ވީކުން ފާހަގަ ކޮށްފައިވާ ގޮތުގައި އާންމު ގޮތެއްގައި ޝާހީ ގަނޑުވަރަށް ތާޢީދުކުރަމުން ގެންދާ “ ދަ ގާރޑިއަން “ ފަދަ ބައެއް އައުޓްލެޓް […]
ވެސްޓް ބޭންކުގައި ހަމަލާތައް އިތުރުވާނެކަމަށް ސަލާމަތީ ބާރުތަކުން ނަތަންޔާހޫއަށް އިންޒާރުދިން

އޮކްޓޫބަރު 7 ގެ ކުރިން ހަމާސް މުޖާހިދުންގެ އެއްވެސް އަސަރެއް ނެތް، އިސްރާއީލުގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް ވެސްޓު ބޭންކުގައި ހަނގުރާމައިގެ ހަމަލާ ބަދަލުކުރުންތައް އިތުރުވާނެކަމަށްބުނެ ސަލާމަތީ ބާރުތަކުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އިންޒާރު ދީފައިވާކަން ހާމަވެއްޖެއެވެ. މިގޮތުން، އިސްރާއީލުންވަނީ އިސްރާއީލުގެ ނިރުބަވެރި ސިފައިންނާއިއެކު، ޑީ9 ބުލްޑޯޒަރެއް ވެސްޓު ބޭންކުގެ ތުލްކަރްމް ކޭމްޕަށް ފޮނުވައި އެތަން ހިޞާރުކޮށްފައެވެ. އަދި ފަލަސްތީނުގެ މުޖާހިދުންވަނީ ތުލްކަރްމް ކޭމްޕަށް ވަންނަށް އައި ގިނަ އުޅަނދުތަކަކަށް ހަމަލާދީ ގޮއްވާލާފައެވެ. ވެސްޓު […]
އިސްރާއީލުން ހަނގުރާމަ ފުޅާކުރަން ބޭނުންވިޔަސް ކާމިޔާބު ނުކުރެވޭނެ – އެމެރިކާ

އިސްރާއީލާ ފަލަސްތީނުގެ ޙަމާސް އިން ހަނގުރާމަ ކުރަމުން ގެންދަނިކޮށް ފަލަސްތީނަށް މަދަދުދޭ ޔަމަނުގެ ހޫތީން ނާއި ލެބަނަންގެ ޙިޒްބު ﷲ އިންވެސް އިސްރާޢީލާ ދެކޮޅަށް ޙަމަލާތައް ދެމުން ގެންދިއުމާއި ގުޅިގެން ހަނގުރާމަ ފުޅާކުރަން އިސްރާއީލުން ބޭނުންވާކަމަށް ބުނެފިއެވެ. އެހެނަސް އިސްރާޢީލުގެ މަދަދުގާރު އެމެރިކާއިން ބުނަނީ އިސްރާއީލަށް އެ ހަނގުރާމަ ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި ހަނގުރާމަ ފުޅާ ނުކުރުމަށްއެމެރިކާއިން އިސްރާއީލަށް އިންޒާރު ދީފިކަމަށްވެސް ބުނެފިއެވެ. ވޯޝިންގޓަން ޕޯސްޓުން ބުނެފައިވަނީ އެފަދަ ހަނގުރާމައެއް ކާމިޔާބުކުރުމަށްޓަކައި އިސްރާއީލުން ކާމިޔާބުކުރުން އުދަނގޫ އެތައް ގޮންޖެހުންތަކަކާއިކުރިމަތިލާން ޖެހޭނެ ކަމަށް އެމެރިކާގެ އިންޒާރުގައި ބުނެފައިވެއެވެ. އަދި އެފަދަ ހަނގުރާމައެއް ކާމިޔާބުކުރަން ބޭނުންވާނެ ވަސީލަތްތަކާއި ގާބިލުކަންއިސްރާއީލުގައި ވަރަށް ކުޑަ ކަމުގައިވެސް ކަންތައް ރަނގަޅަށް އެނގޭ […]
ޤިޞާޞްގެ މައްސަލައިގައި ރައީސް މައުމޫނަށްއަރުވާ ހުޅުވާލެވިފާވާ ސިޓީއެއް

ޢިއްޒްތެރި ކުރީގެރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމަށް، ވެދުން ސަލާމަށްފަހު ދަންނަވަމެވެ. މަނިކުފާނުގެ ދިގު ތިރީސް އަހަރު ދިވެހި ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކަށް ދިވެއްސެއްގެ ޙައިސިއްޔަތުން ޝުކުރު ދަންނަވަމެވެ. މެލޭޝިއާ ސިންގައްޕޫރު ފަދަ މިސަރަޙައްދުގެ އެހެން ޤައުމުތަކުގެ ވެރިން ތިރީސް އަހަރު ވެރިކަން ކުރައްވައި، އެޤައުމުތައްވަނީ ތަރައްޤީ ކުރައްވާފައެވެ. އަދިއެ ޤައުމުތަކުގެ ރައްޔިތުންނަކީ މުއްސަނދި ފުދުންތެރި ބައެއްގެ ގޮތުގައި ހައްދަވައި ދެއްވާފައެވެ. ޢާއިލާގެ ބޭފުޅުންކޮޅަކާއި، ގާތް ރަޙްމަތްތެރިން ކޮޅެއް މުއްސަނދި ކުރެއްވުން ފިޔަވައި އެހެން ކަމެއް މަނިކުފާނަކަށް ނުކުރެވުނެވެ. އެވާހަކަ އިތުރަށް ދައްކާކަށް ނެތީމެވެ. ރައީސް ނަޝީދުގެ ވެރިކަމަށްފަހު، މަނިކުފާނުގެ ތިރީސްއަހަރާއި، އޭގެފަހުން ރާއްޖޭގައި އުފެދުނު […]
މަޖިލިސް އިންތިޚާބު ރޯދަމަހުގައި, ތާރީޚަކީ މާރިޗު 17

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބު އަންނަ މާރިޗު މަހުގެ 17 ވަނަ ދުވަހުގައި ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އީސީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ މި ގޮތަށް ނިންމިކަން ހާމަކޮށްފައެވެ. އީސީގެ ބަޔާނުގައިވާ ގޮތުން މާޗު 17 ވަނަ ދުވަހު އިންތިޚާބު ބާއްވަން ނިންމި ސަބަބުތަކުގެ ތެރޭގައި ރަމަޟާން މަހުގެ ފަހުގެ ތާރީޚެއްގައި އިންތިޚާބު ބާއްވަން އިދާރީ ބޮޑެތި ހުރަސްތަކެއް ހުރުން ހިމެނެއެވެ. އެގޮތުން ތައުލީމާބެހޭ ވުޒާރާއިން އިސްލާހުކޮށް […]
ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށް ދިވެހި ދައުލަތަށް އިންޑިއާއިން އިންޒާރުދީފި

ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށް ދިވެހި ދައުލަތަށް އިންޒާރުދީފިއެވެ. ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކުރުމަށްފަހު ހެކްކުރި ގުރޫޕުން ބުނީ އެ މީހުންނަކީ “ބާރަތިޔާ ހެކަރސް“ ކަމަށާއި ވެބްސައިޓް ހެކްކުރީ ސަރުކާރުގެ އިސް އޮފިޝަލުންތަކެއް އިންޑިއާއަށް ބަދުބަސް ބުނެ ފަތުރާފައިވާ ވާހަކަތަކާ ގުޅިގެން ކަމަށެވެ. އެގޮތުން ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާއާއި ޙަސަން ޒިހާންގެ ނަން ފާހަގަކޮށް އެ ބޭފުޅުންގެ ވާހަކަތަކަކީ ހަމައެކަނި ލަދުވެތި ވާހަކަތަކެއް ނޫން ކަމަށާއި އެއީ […]