ނައިބު ރައީސް ޔުގަންޑާއަށް ފުރާ ވަޑައިގެންފި

ޔުގަންޑާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިރޭ ފުރާވަޑައިގެންފިއެވެ. ނައިބު ރައީސްގެ މި ދަތުރުފުޅުގައި ޔުގަންޑާގެ ކަމްޕާލާގައި ބާއްވާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައާއި ”ގްރޫޕް އޮފް 77 އެންޑް ޗައިނާ“ (ޖީ77) ގެ ދަށުން ބާއްވާ ތިންވަނަ ސައުތް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. ހަމަ އެހެންމެ މި ދެ ސަމިޓުގައި ވެސް ނައިބު ރައީސް ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައި ވެއެވެ. ޖުމްލަ 120 […]
އޭޑީކޭ ހޮސްޕިޓަލްސް ޕްރައިވެޓް ލިމިޓެޑަށް ތިންލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން ހެލްތު މިނިސްޓްރީގެ މައްޗަށް ހުކުމްކޮށްފި

އޭޑީކޭ ހޮސްޕިޓަލްސް ޕްރައިވެޓް ލިމިޓެޑަށް ތިންލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން މިނިސްޓްރީ އޮފް ހެލްތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ. ސިވިލް ކޯޓުން މިއަދު މި ހުކުމްކޮށްފައި ވަނީ ހެލްތު މިނިސްޓްރީގެ އެދުމުގެ މަތިން އޭޑީކޭ ހޮސްޕިޓަލުން ހޯދާފައިވާ ހިދުމަތްތަކަކަށް މިނިސްޓްރީން ދައްކަންޖެހޭ ފައިސާތަކެއް ދައްކާފައި ނުވާތީ އޭޑީކޭ ހޮސްޕިޓަލްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހެލްތު މިނިސްޓްރީއަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ސިވިލް ކޯޓަށް ދައުވާ ހުށަހަޅާފައިވާތީއެވެ. މި މައްސަލައިގައި ހެލްތު މިނިސްޓްރީން ބުނީ އޭޑީކޭއިން […]
މާމުއި ހަނދުވަރުގެ ރޭތައް ނިމުމަކަށް އައީ, ހުދުމުޚުތާރުކަން ހައްޔަރުކުރަން މިއޮތީ ޖެހިފަ: ފައްޔާޟް

މާމުއި ހަނދުވަރުގެ ރޭތައް ނިމުމަކަށް އައީ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ނުސީދާކޮށ ސަރުކާރަށް ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ. ފައްޔާޟް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވަނީ މާމުއި ހަނދުވަރުގެ ރޭތައް ނިމުމަކަށް މިއައީ ކަމަށާއި އަނިޔާވެރިކަމާއި އޮޅުވައިލުމާއި ޚުދުމުހުތާރުކަން ހައްޔަރުކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރަން މިހާރު މިއޮތީ ޖެހިފައި ކަމަށެވެ. “ﷲ ގެ އިރާދަފުޅާއެކު ކާމިޔާބު ލިބޭނެ.“ ފައްޔާޟް މިގޮތަށް ލިޔުއްވީ ސީދާ ކޮންކަމަކާ ގުޅިގެން ކަމެއް ނޭނގެއެވެ. ފައްޔާޟް މިހެން […]
އާސަންދަ ސްކީމްގެ ދަށުން ތައިލެންޑް އަދި ޔޫއޭއީއަށް ބަލި މީހުން ފޮނުވުމުގެ މަސައްކަތްތައް ފަށައިފި

އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާއަށް ތައިލެންޑް އަދި ޔޫއޭއީއަށް ބަލި މީހުން ފޮނުވަންކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފިއެވެ. އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް މިހާރު ފޮނުވަމުން ދަނީ ހަމައެކަނި އިންޑިއާ އަދި ސްރީލަންކާއަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ތައިލެންޑް އަދި ޔޫއޭއީއަށް ވެސް ސްކީމުގެ ދަށުން ބަލި މީހުން ފޮނުވަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އާސަންދައިން ނެރުނު ބަޔާނެއްގައި ބުނީ އެކަމާ ގުޅިގެން ކުރަންޖެހޭ […]
ރަޝިއާއިން އިރާނާއެކު ހަތިޔާރު ހޯދުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އިރާނުގައި އުފައްދާ ހަތިޔާރު ގަތުމަށްޓަކައި ރަޝިއާއިން އިރާނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ރަޝިއާގެ ދައުލަތުގެ ޚަބަރު ޗެނަލް ކަމުގައިވާ، އާރްއައިއޭ ނޮވޮސްޓީ އިން އެގައުމުގެ ދިފާޢީ ވުޒާރާއާއި ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަޝިއާގެ ދިފާޢީ ވުޒާރާއިން އިރާނުން ގިނަ އަދަދެއްގެ ހަތިޔާރު ގަތުމަށްޓަކައި އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން މީގެ މަސްތަކެއް ކުރިން ރަޝިއާގެ ދިފާޢީ ވަޒީރު ސަރްޣޭ ޝޮއިގޫއަށް އެގައުމުން ތައްޔާރުކުރާ ހަތިޔާރުތައް ދައްކާލައިދީފައި ވެއެވެ.
އެމެރިކާއިން މެދުއިރުމަތި އީރާނަށް ދޫކޮށްލަން ޖެހެނީތަ؟

މިގެނެސްދެނީ މިހާރަކަށްއައިސް ހުޅަނގުގެ ސިޔާސީ އިސް ބޭފުޅުންނާއި ހަނގުރާމައިގެ ތަޖްރިބާކާރުންގެ ވިސްނުންފުޅު ހުރިގޮތުގެ މައްޗަށް ބިނާކޮށް ދަ ޓެލެގްރާފުން ގެނެސްދީފައިވާ ރިޕޯރޓެކެވެ. މިއީ މިހާރުގެ ޙާލަތު އޮތްގޮތުން އެބޭފުޅުން މަންޒަރު ސިފަކުރައްވާގޮތެވެ. ޙަގީގަތް ކޮންމެ ވަގުތެއްގައިވެސް އެހެން ގޮތަކަށް ބަދަލު ވެދާނެއެވެ. އެހެނީ ދުވަހުން ދުވަހަށް މެދުއިރުމަތީގައި ފެށިގެން މިއުޅޭ ޒައަނިސްޓުންގެ ހަންފެތުރުމުގެ ބާބުގެ ސަބަބުން ސަރަޙައްދު ހޫނުވެ އަލިފާންނުގެ ހުޅުގަނޑު ފެންނަމުނ ދާތީއެވެ. މިހާރުގެ ޙާލަތަށް ބަލާއިރު އެބޭފުޅުން އެންމެ ބޮޑަށް ފާހަގަ ކުރައްވާފައިވަނީ ޔަމަނުގެ ހޫތީންގެ ކުރިމަތީގައި ދުނިޔޭގެ އެންމެ […]
ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލު ކުރެވިފައިވާ ގައުމެއް ކަމަށް ޑަބްލިޔުއެޗްއޯއިން ކަނޑައަޅައިފި

ރާއްޖޭގައި ހެޕަޓައިޓިސް ބީ ކޮންޓްރޯލު ކުރެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން މިއަދު ކަނޑައަޅާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ. އެޗްޕީއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ހެޕަޓައިޓިސް ބީ ކޮންޓްރޯލު ކުރެވިފައިވާ ކަމަށް ޑަބްލިޔުއެޗްއޯއިން ކަނޑައެޅީ އެތައް އަހަރެއް ވަންދެން މެދުނުކެނޑި ކުޑަކުދިންނަށް ހެޕަޓައިޓިސް ބީ ވެކްސިން ދިނުން އިތުރުވެފައިވާތީ ހެދި ސާވޭއަކާ ގުޅިގެން ކަމަށެވެ. އެޗްޕީއޭއިން ބުނީ ސްކޫލުތަކުގައި ކިޔަވާ 6 އަހަރާއި 7 […]
ފާހާނާ ތަށި ތެރެއަށް ކުއްޖާ ވިހެއުމަށްފަހު ކުއްޖާ މަރައިިިިލި މަންމަގެ މައްޗަށް 3 ދައުވާއެއް

މިދިޔަ މަހުގެ 3 ވަނަ ދުވަހުގެ ހެނދުނު 9:28 ހާއިރު އދ.ދިގުރަށުގެ ކުނި ގޮނޑުން މަރުވެފައި އޮތް ކުއްޖަކު ފެނިފައިވާ މައްސަލައިގައި ސްރީލަންކާ ރައްޔިތެއް ކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށް 3 ދައުވާއެއް ކުރަން އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ހާމަކުރި ގޮތުގައި އެއިން އެއް ދައުވާއަކީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ އުފުލީ ހިރަންޏާ ކުމުދުމާލި ޑި އަލްވިސް، ބަލިވެ އިންކަން ސިއްރުކޮށްގެން އުޅެ، […]
ގޭގައި ތިބެގެން މެމޯ ހެއްދޭނެ ގޮތް ހަދައި އިސް ރަށްވެހިންނަށް ޚާއްސަ ކްލިނިކެއް ހުޅުވައިފި

އައިޖީއެމްއެޗުގައި އިސް ރަށްވެހިންނަށް ޚާއްސަ ކްލިނިކެއް މިއަދު ހުޅުވައިފިއެވެ. އިސް ރަށްވެހިންނަށް ގޭގައި ތިބެގެން މެމޯ ހެއްދުމުގެ ޚިދުމަތް ތައާރަފުކޮށް މި ކްލިނިކް ހުޅުވައިދެއްވައި ހެލްތު މިނިސްޓަރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވީ މިއަދު ތައާރަފުކުރި ޚިދުމަތަކީ ޒަމާންތަކެއް ވަންދެން އިސް ރަށްވެހިން ކުރަމުން އައި އުންމީދުތަކެއް ހަގީގަތަކަށް ވެގެންދިއުން ކަމަށެވެ. މި ޚިދުމަތާއެކު އިސް ރަށްވެހިންނަށް ޚާއްސަ ސަމާލުކަމެއް ދީ އެ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް އިތުރު މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފުރަތަމަ […]
ޔަމަންގެ ހޫތީން އާއި ދެކޮޅަށް ހަނގުރާކުރަން ފަރަންސޭސިން އެއްބަހެއްނުވި

ޔަމަނުގެ ހޫތީން ރެޑް ސީގައި އިސްރާޢީލަށް ދަތުރުކުރާ ބޯޓުފަހަރަށާއި އަދިރެޑް ސީގެ ތެރޭގައިއޮތް އިނގިރޭސި ވިލާތުގެ ޑެސްޓްރޯޔަރ އެޗް. އެމް. އެސް. ޑައިމަންޑަށްވެސް ހަމަލާދިނުމުން އެމެރިކާއާއި އިނގިރޭސި ވިލާތުން ހޫތީންގެ އަމާޒުތަކަށް ދިންޙަމަލާތަކުގައި ބައިވެރިވުމަށް ފަރަންސޭސި ވިލާތުން ދެކޮޅު ހަދައިފިއެވެ. ހަމަ އެއާއެކު އިޓަލީ އާއި ސްޕޭނުންވެސް އެމެރިކާއާއި އިނގިރޭސި ވިލާތުގެ އިސްނެގުމާއެކު އުފައްދާފައިވާ ޕްރޮސްޕަރިޓީ އޮފް ގާރޑިއަން މިޝަންގައި ސިޔާސީ ގޮތުންނާއި މިލިޓްރީ ގޮތުންވިޔަސް ބައިވެރި ނުވާނެކަމާއި އަދި އެފަދަ ޙަމަލާއަކަށް ރުހުންވެސް ނުދޭނެކަން ވަނީ ހާމަކޮށްފައެވެ. 2011 ގައި ލީބިޔާގައި އަދި […]