ޔޫކްރެއިނަށް ހަތިޔާރު ގަންނަން ލިބުނު ފައިސާކޮޅު ޖީބަށް ކަޅާކޮށްލައިފި
އެސޯޝިއޭޓެޑް ޕްރެސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހަތިޔާރު ހުސްވެގެން ސަލާންޖަހަނިކޮށްގެން ލިބުނު ފައިސާކޮޅުގެ ތެރެއިން 40 މިލިއަން ޑޮލަރ ހަތިޔާރު ގަނެދޭ އޭޖެންޓާއި ދިފާއީ ވުޒާރާގް އޮފިޝަލުން ގުޅިގެން ޖީބަށް ކަޅާކޮށްލައިފިއެވެ. ކަޅާކުރުމަކީ މަޖާޒީ ބަހެކެވެ. މާނައަކީ ބައްކުރުމެވެ. އެއީ އެއްލައްކަ މޯޓަރ ޝެލް ގަތުމަށް ހޯދި ފައިސާ ކޮޅެކެވެ. ޔޫކްރެއިންގެ ސެކިއުރިޓީ ސަރވިސް އެސް. ބީ. ޔޫ. އިން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލާގައި މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެތެރެއިން […]
ދުނިޔޭގެ އެންމެ ބާރުގަދަ ކޯޓުގެ ނިންމުމާމެދު ދުނިޔެއިން ދެކޭ ގޮތް
ފަލަސްތީނުގައި އިސްރާއީލުން ހިންގަމުން ގެންދާ ގަތުލު އާންމު ހުއްޓުވުމަށާއި އިސްރާއީލުގެ ހައްދުފަހަނަޅައި ގޮސްފައިވާ ހަމަލާތަކަކީ ގަތުލު އާންމެއްކަމަށް ކަނޑައަޅައިދެއްވުން އެދި ދުނިޔޭގެ އެންމެ ބާރުގަދަ އަދުލުގެ ކޯޓަށް ހުށަހެޅި މައްސަލާގައި މިދިޔަ ހުކުރު ދުވަހު ކޯޓުން ނެރުނު ވަގުތީ އަމުރާމެދު ދުނިޔެ ބައިބައިވެފައިވާ ގޮތާ ދޭތެރޭ ވިސްނައިލުން ރަނގަޅެވެ. އަދި އަމުދުން މިހާރު ދިވެހި ސަރުކާރުން ވެސް ދެކުނު އެފްރިކާއާއެކު އިސްރާއީލާ ދެކޮޅަށް ވަކާލާތުކުރުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވާއިރު އަޅުގަނޑުމެންނަށް މައުލޫމާތު ލިބިލިބި ހުރުމަކީ ބޭންތެރިކަމެކެވެ. ދުނިޔޭގެ […]
މުއްސަނދިކަމާއި މަތީ މަގާމުތައް ލިބުމުންވެސް ހިތްހަމަނުޖެހޭ އިންސާނާ
އިންސާނުންގެ ދަހިވެތިކަމާއި އަމިއްލައެދުން ނިމުމަކަށް އަންނާނީ ކިހާވަރެއް ލިބި ކޮންފަދަ މަގާމުތަކެއް ލިބުނީމާ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުދޭކަށް ހަމަ އެކަކަށްވެސް ނޭންގޭނެއެވެ. އެކަމަކު ލޯމަތީގައި ހާމަވަމުންދާ މަންޒަރުތަކުން ކޮންމެވެސް މިންވަރަކަށް އިބްރަތް ލިބިގަތުމަކީ ރަނގަޅުކަމެވެ. މައުލޫމާތަށް ޓަކައި މިގެނެސްދެނީ މުއްސަނދިކަމާއި މަތީ މަގާމުތައް ލިބުމުންވެސް ހިތްހަމަ ނުޖެހޭނެކަން ހާމަކޮށްދޭ މިހާރުގެ އެންމެ ތާޒާ އެއް ޚަބަރެކެވެ. […]
ޕީޖީއަށް ހަމަލާދިން ބަޔަކު ހޯދައި ތަހުގީގު އަވަސްކުރުމަށް ޕީޕީއެމް/ޕީއެންސީއިން ގޮވާލައިފި
ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމަށް ހަމަލާދިން ބަޔަކު ހޯދައި ތަހުގީގު އަވަސްކުރުމަށް ޕީޕީއެމް/ޕީއެންސީއިން ގޮވާލައިފިއެވެ. ސައިކަލެއްގައި ދިޔަ ދެ މީހަކު ޝަމީމަށް ހަމަލާދިނީ މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ. ޕީޕީއެމް/ޕީއެންސީއިން ނެރުނު ބަޔާނެއްގައި ބުނީ ޝަމީމަށް، މަގުމަތީން މިއަދު ދީފައިވާ ހަމަލާއާމެދު އެ ކޯލިޝަނުން ނުހަނު ކަންބޮޑުވާ ކަމަށާއި ދައުލަތުގެ ޒިންމާދާރު އިސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް ދިން މި ހަމަލާ އެ ކޯލިޝަނުން ކުށްވެރިކުރަނީ އެންމެ ހަރުކަށި އިބާރާތުން ކަމަށެވެ. “މި ޖަރީމާ ހިންގުމުގައި ބައިވެރިވި ފަރާތްތައް […]
ދިވެހި މަސްދޯންޏަކަށް އިންޑިއާ ސިފައިން އަރައިފި
ދިވެހި މަސްދޯންޏަކަށް އިންޑިއާ ސިފައިން އަރައިފިއެވެ. މިކަން ކުށްވެރިކޮށް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައި ވަނީ ބޮޑުކަންނެލި މަސްވެރީންގެ ޔޫނިއަނުންނެވެ. އެގޮތުން އެ ޔޫނިއަނުން ބުނީ އދ. މަހިބަދޫ އަސުރުމާ-3 ދޯންޏަށް އިންޑިއާ ސިފައިންގެ މަނަވަރެއް ކައިރިކޮށް އެ ދޯންނަށް ސިފައިންގެ ބަޔަކު އަރާފައިވާ ކަމަށެވެ. އެންއެންޑީއެފުންވެސް ދެންމެ ބުނީ ދިވެހި މަސްދޯންޏަކަށް ބޭރުގެ އަސްކަރިއްޔާ އަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން އަރާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ދިވެހި މަސްދޯންޏަކަށް ބޭރުގެ އަސްކަރިއްޔާގެ ބަޔަކު […]
ޝަމީމަށް ބަޔަކު ހަމަލާދީފި, އަތުގެ ކަށިގަނޑުގައި ވަނީ ރެނދުލައިފައި
ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމަށް ބަޔަކު ހަމަލާދީފިއެވެ. މިއަދުގެ ފަތިހުގެ ވަގުތެއްގައި ޝަމީމަށް ހަމަލާދިނީ ސައިކަލެއްގައި އައި ދެ މީހަކު ހަތިޔާރެއް ބޭނުންކޮށްގެންނެވެ. ފުލުހުން ބުނީ އެއީ ތޫނު ހަތިޔާރެއް ކަމަށް ނުބެލެވޭ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ޝަމީމަށް ހަމަލާދިނީ ދަނގަޑުބުރިއެއްފަދަ އެއްޗަކުންނެވެ. ހަމަލާ އަމާޒުވީ ވައަތަށެވެ. އެގޮތުން އެ އަތުގެ ކަށިގަނޑުގައި ވަނީ ރެނދުލައިފައެވެ. މި ހަމަލާއާ ގުޅިގެން ޝަމީމް ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ. “އެމަނިކުފާނުގެ ހާލު މިހާރު ރަނގަޅު.“ ޕީޖީ […]
ރައީސް އަޒުލު ކުރުމަށް ފަށާފައިވާ މަސައްކަތް އެއްވެސް ޝަރުތެއް ނެތި ހުއްޓައިލަން ޤާސިމް ގޮވާލައްވައިިފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަޒުލު ކުރުމަށް ފަށާފައިވާ މަސައްކަތް އެއްވެސް ޝަރުތެއް ނެތި ހުއްޓައިލުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިއަދު ގޮވާލައްވައިފިއެވެ. އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޤާސިމް ވިދާޅުވީ ރައްޔިތުންގެ ފުރިހަމަ ބޮޑު އަޣުލަބިއްޔަތުން ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސުލްޖުމުހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަގާމާ ހަވާލުވިތާ އަދި މިވީ އެންމެ ދެ މަސްދުވަސް ކަމަށެވެ. “އެމަނިކުފާނު ގާނޫނުއަސާސީ އާއި ގާނޫނާއި ޚިލާފު ނުވާހައި ހިނދަކު އަދި ރައީސުލްޖުމްހޫރިއްޔާ […]
ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އެއާ އެމްބިއުލޭންސްގެ ޚިދުމަތް ފަށަނީ
އަންނަ މާޗު މަހުން ފެށިގެން ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އެއާ އެމްބިއުލޭންސްގެ ޚިދުމަތް ފަށަން ނިންމައިފިއެވެ. ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ކޮލޮމްބޯއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ވަނީ ލަންކާގެ ޕޯޓްސް، ޝިޕިން އަދި އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕަލާ ދި ސިލްވާއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމަށްފަހު މިނިސްޓަރު އަމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެޑިކަލް އިވެކިއޭޝަން ފަދަ ކުއްލި ހާލަތްތަކުގައި އޮޕަރޭޓުކުރާ ފްލައިޓުތަކަށް ހުއްދަ ލިބޭނެ ގޮތަށް ފްރޭމްވޯކެއް […]
އިމާމުން ތަމްރީނު ކުރުމަށް ތައިލެންޑަށް ފޮނުވަނީ
އިމާމުން ތަމްރީނު ކުރުމަށް ތައިލެންޑަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޑރ. ޝަހީމް މިހެން ވިދާޅުވެފައި ވަނީ އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢު 2024 އިފްތިތާހު ކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލާމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ޝަހީމް ވިދާޅުވީ އިމާމުންނަކީ އިލްމީގޮތުން ފުންނާބުއުސް މައުލޫމާތު ހުރި، އިލްމުވެރިން މެދުވެރިކޮށް އުނގަންނައިދެވިފައިވާ ވަރުގަދަ ޝަހުޝިއްޔަތުތަކަކަށް ހަދަން ބޭނުންވާ ކަމަށެވެ. އެގޮތުން ތައިލެންޑަށް ފޮނުވައިގެން އިމާމުން ތަމްރީނު […]
ބޮލީވުޑްގެ ފިލްމުތަކުގައި މުސްލިމުން ދައްކުވައިދޭގޮތް ގޯހުން ގޯހަށް!
އިންޑިއާގެ ބޮލީވުޑް ފިލްމުތަކުގައި މުސްލިމުންނަކީ ވަފާތެރި ހެޔޮލަފާ ބައެއްގެ ގޮތުގައި ރަމްޒުކޮށްދީ މީގެކުރިން ދައްކުވައިދިން ނަމަވެސް، ހިންދޫ ގައުމީވަންތަކަމުގެ ފިކުރު އާލާވެ ފަތުރަން ފެށުމާއެކު ފިލްމުތަކުން ދައްކާ މުސްލިމް ކެރެކްޓަރތަކަކީ އޯގާތެރި ރަނގަޅު ބައެއް ނޫނެވެ. 1947 ވަނަ އަހަރު ޕާޓިޝަނަށްފަހު އުފެދިގެން އައި އިންޑީއާގައި މުސްލިމުން ފާހަގަވެފައިވަނީ ރަނގަޅު، ރަހުމަތްތެރި، އެހީތެރި ބައެއްގެ ގޮތުގައެވެ. މިނަޒަރިއްޔާތު ބޮލީވުޑްގެ ފިލްމުތަކުން ފެންނަމުންދިޔައިރު، 1970 އިގެ އަހަރުތަކުގައިވެސް ކަން އޮތީ މހަމަ މިގޮތަށެވެ. އެހެންނަމަވެސް އެތާ ވިއްސަކަށް އަހަރުދުވަހުގެ […]