ކޮމިޝަނަރ އޮފް ޕޮލިސްކަމަށް ޢަލީ ޝުޖާޢު

ކޮމިޝަނަރ އޮފް ޕޮލިސްކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މިއަދު އައްޔަން ކުރައްވައިފިއެވެ. އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކްތަކުގައި މިވަގުތު ތިއްބެވި އޮފިސަރުުންގެ ތެރެއިން ޕޮލިސް ކޮމިޝަނަރުކަމަށް ޝައުގުވެރިވާ ބޭފުޅުންނަށް ފުރުސަތު ހުޅުވައިލުމުން ކުރިމަތިލެއްވީ ޝުޖާޢުއާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. ޕޮލިސް ބޯޑުން ލަފާ އެރުވީ ކޮމިޝަނަރ އޮފް ޕޮލިސްކަމަށް ޝުޖާޢު އައްޔަން ކުރެއްވުމަށެވެ. އެގޮތުން ކޮމިޝަނަރ އޮފް ޕޮލިސްކަމަށް ޝުޖާޢު އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު […]

ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ”ބޮޑު ރަސްގެފާނުގެ ލަޤަބު“ ރައީސް މުޢިއްޒަށް

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީން ދޭ އެންމެ ފަޚުރުވެރި ލަޤަބު ”ބޮޑު ރަސްގެފާނު ލަޤަބު“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ.  މިއީ މި ލަޤަބު އެރުވި ފުރަތަމަ ފަހަރެވެ. މި ލަޤަބު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ ރޭ ހޮޓެލް ޖެންގައި ކުރިއަށްދިޔަ ”އެމް.އެން.އޭ.ސީ.އައި ބިލްޑަރ އެވޯޑްސް 2023“ ޙަފުލާގައެވެ.  މި ލަޤަބު ރައީސްއަށް އަރުވާފައި ވަނީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތައް އެ މަނިކުފާނު ގެނެސްދެއްވާފައިވާ ކުރިއެރުމާއި ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގުވަޒަންކޮށް އެކަން ފާހަގަ […]

އަރްބާޒާއި ޝޫރާ ކައިވެނި ކޮށްފި

ހިތްގައިމު ރަސްމިއްޔާތެއްގައި ބޮލީވުޑްގެ އެކްޓަރު އަދި ޕްރޮޑިއުސަރު އަރްބާޒް ޚާން 56އ އާއި ބޮލީވުޑްގެ ތަރިން މޭކަޕްކޮށްދޭ މަޝްހޫރު މޭކަޕް އާޓިސްޓް ޝޫރާ ޚާން 29އ ކައިވެނި ކޮށްފިއެވެ.  ރިޕޯޓްތައް ބުނާ ގޮތުން މި ދެ މީހުން ބައްދަލުވީ އަރްބާޒްގެ ކުރިއަށް އޮތް ފިލްމު ”ޕަޓްނާ ޝުކްލާ“ ގެ ސެޓުތަކުގައެވެ. އަރުބާޒާއި ޝޫރާ ކައިވެނި ކޮށްފައި ވަނީ އާދީއްތަ ދުވަހު ގާތް މީހުނާއެކު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މުމްބާއީގައި ހުންނަ އަރްބާޒްގެ ކޮއްކޮ އަރްޕިތާ ޚާންގެ ގޭގައެވެ.  […]

މެޑިޓެރޭނިއަން ކަނޑު ބަންދު ކޮށްލާފާނެ ކަމުގެ އިންޒާރު އީރާނުންދީފި

ރޮއިޓާރސް އިން ޚަބަރު ދީފައިވާގޮތުގައި އެމެރިކާގެ ބައިވެރިވުމާއެކު ގައްޒާގައި ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތަކާގުޅިގެން މެޑީޓެރޭނިއަން ކަނޑު ބަންދު ކޮށްލާން ޖެހިދާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. އީރާނުން ޙަމާސްއަށް ތާއީދު ކުރަމުން ދާއިރު ދުނިޔޭގެ ކަންކޮޅު ތަކުން ފާޑުކިޔަމުން ގެންދާއިރުވެސް އެމެރިކާއިން ގެންދަނީ އިސްރާއީލަށް ތާއިދާއި މަދަދުދީ ސީދާ އެހަނގުރާމާގައި ބައިވެރިއެއްގެ ގޮތުގައި ޙަރަކާތްތެރި ވަމުންނެވެ. އެމެރިކާއިން އެހެން ގައުމުތަކުގައި އެ ހަނގުރާމައިގެ ތެރެއަށް ނުވަންނުމަށް ބުނާއިރު އެމެރިކާއަކީ ހަނގުރާމައިގެ ސިދާ ބައިވެރިކެވެ. އެގޮތުން އެމެރިކާއިން ހުރިހާ އިންތަކެއްވަނީ ގިރާކޮށްފައިކަމަށް އީރާނުން ބުފިއެވެ.              “ ދާދިއަވަހަށް ޖިބްރޯލްޓަރ […]

ރެޑްސީ ތެރޭގައި ދަތުރުކުރާ ބޯޓުފަހަރުގެ ބޮކިތައް ނިއްވާލަން ޖެހިއްޖެ

ޔަމަނުގެ ހޫތީން ޙަމަލާތަކުގެ އަމާޒަކަށް ނުވެ ރެޑްސީގެ ތެރެއިން ދަތުރުކުރުމަށްޓަކައި ބޯޓުފަހަރުގެ ބޮކިތަކާއި ޓްރެކިންގ ސިގްނަލްތައް ނިއްވާލަން މަޖުބޫރު ކުރުވައިފިއެވެ. މިހިސާބުން އުފެދޭ ބޮޑު ސުވާލަކީ ޔަމަނުގެ ހޫތީންނަކީ ކިހާ ބާރުގަދަ ބައެއް ހެއްޔެވެ؟                                                 މީގެ ދިހަވަރަކަށް އަހަރުކުރިން ދުނިޔޭގެ މާބޮޑު ސަމާލުކަމެއް ލިބިފައިނުވާ ހޫތީންނަކީ މިއަދު ދުނިޔޭގެ އިގްތިސާދު […]

މާލެ ސަރަހައްދުން ފައިލޭރިއާގެ އިތުރު ކޭސްތަކެއް, ޕޮޒިޓިވްވި މީހުންގެ އަދަދު 32 އަށް

މާލެ ސަރަހައްދުން ފައިލޭރިއާގެ އިތުރު ކޭސްތަކެއް ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ. ރާއްޖެއިން 2016 ވަނަ އަހަރު ނައްތާލެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ފައިލޭރިއާގެ ކޭސްތަކެއް ކުޅުދުށްފުށި ސިޓީއިން ފެނުނީ މި މަހުގެ އެއްވަނަ ދުވަހާއި ދެވަނަ ދުވަހު އެ ރަށުގައި ކުރިއަށްގެންދިޔަ ބިދޭސީ މަސައްކަތެރިންގެ ސްކްރީނިންގ ކެމްޕޭނުގެ ތެރޭގައި ޓެސްޓުކުރުމުގެ ތެެރެއިންނެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުން ކުޅުދުށްފުށިން ޕޮޒިޓިވްވި ފަރާތްތައް ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ […]

ކޮވިޑުގެ އާ ވޭރިއަންޓެއް ފެތުރެމުންދާތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑުގެ އާ ވޭރިއަންޓެއް ފެތުރެމުންދާތީ ޗުއްޓީ ދުވަސްވަރު އިތުރަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން ބުނީ އަންނަ ހަފުތާއަކީ ސްކޫލުތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތަކަށް ޗުއްޓީ ފެށޭ ހަފުތާކަމަށްވެފައި ގިނަ އަދަދެއްގެ މީހުން ރާއްޖެއިން ބޭރަށްށާއި އަދި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރާނެ ދުވަސްތަކަކަށްވާނެތީއާއި މީގެ އިތުރުން ރާއްޖެއިން އުމްރާގެ އަޅުކަމަށް ދިޔަ ގިނަ އަދަދެއްގެ މީހުން އެނބުރި އަންނާނެ ދުވަސްތަކަކަށްވާތީ އެހެން އަހަރުތަކަކޭ އެއްފަދައިން އަރިދަފުސް […]

އިސްރާއީލުގެ ފަތުރުވެރީންނަށް ޗިލީއިން ކިޔަނީ ފިނި މަރުހަބާއެއް!

ޗިލީގެ ބޯޑަރު ބަލަހަށްޓާ ސިފައިންގެ މީހަކު އޭނާގެ ޕާސްޕޯޓުގައި ފުރަހައެއް ނުވަތަ ފިރިހެނާގެ ފިރިހެން ހަށީގެ ނަކަލެއް ކުރަހައި، ”ވީވާ ޕަލެސްޓީނިއާ“ މިފަދައިން ލިޔުނުކަމަށް އިސްރާއީލުގެ ފަތުރުވެރިޔަކު ބުނެފިއެވެ. އެގޮތުން، މި ބަސްތަކުގެ ލަފްޒީ މާނައަކީ ”ލޯންގް ލިވް ޕަލެސްޓައިން“ މިއެވެ. އުމުރުން 25 އަހަރުގެ ޓާލް ޔާކޫބީ އާއި ހަވާލާދީ ދަ އިންޑިޕެންޑެންޓުން ރިޕޯޓުކޯށްފައިވާ ގޮތުގައި އޭނާގެ ޕާސްޕޯޓުގައި ކުރަހައި ޑިފޭސްކޮށްފައިވަނީ އާޖެންޓީނާއިން ޗިލީއަށް އެތެރެވާން މަސައްކަތްކުރިއިރު ޗިލީގެ ބޯޑަރުންނެވެ.  ޓާލް ބުނެފައިވަނީ، އެންމެ ފުރަތމަ ވަގުތުންވެސް […]

އެމެރިކާއިން ހޫތީންނާއި ދެކޮޅަށް އެކުލަވާލި ”ޓާސްކްފޯސް“ ބޮޑުތަނުން ފޭލުވެއްޖެ

ޔަމަނުގެ ހޫތީންގެ ކިބައިން ރަތްކަނޑުގައި ދަތުރުކުރާ އިސްރާއީލުގެ މަސްލަހަތު އޮންނަ އުޅަނދުފަހަރު ހިމާޔަތްކުރުމަށްޓަކައި ”އޮޕަރޭޝަން ޕްރޮސްޕެރިޓީ ގާޑިއަން“ ގެ ނަމުގައި އެމެރިކާ އިސްވެ އޮވެ އުފެއްދި ބައިންލައަޤްވާމީ ޓާސްކްފޯސް ބޮޑުތަނުން ފޭލުވެއްޖެއެވެ.  އެގޮތުން، މި ޓާސްކްފޯހުގައި ބޮޑު ރޯލެއް ކުޅޭނެކަމަށް އެމެރިކާއިން އުންމީދުކުރި ގައުމުތަކެއް ކަމުގައިވާ، ފްރާންސާއި، އިޓަލީގެ އިތުރުން ސްޕެއިންވެސް މި އޮޕަރޭޝަނާއި ވަކިވުމާއެކު، ހޫތީ މުޖާހިދުންނާއި ދެކޮޅަށް އެކުލަވާލި މި ބައިނަލްއަޤްވާމީ އެއްބައިވުން ބަލިކަށިވެގެން ގޮސްފިއެވެ. މިއީ ބައިނަލްއަޤްވާމީ މަސްރަޙުގައި އެމެރިކާގެ ބާރުކެނޑެމުންދާކަމުގެ އަލާމާތެއްކަމަށް […]

ޣައްޒާގެ މެދުގައި ދިރިއުޅޭ ރައްޔިތުންވެސް ދެކުނުގެ ހިސާބުތަކަށް ދިޔުމަށް އިޒްރޭލުން އަންގައިފި

ޣައްޒާގެ މެދުގެ ސަރަހައްދުކަމުގައިވާ ސެންޓްރަލް ޣައްޒާގައި ދިރިއުޅޭ ރައްޔިތުންވެސް ޣައްޒާގެ ދެކުނުގެ ހިސާބުތަކަށް ބަދަލުވުމަށް އިސްރާއީލުގެ ނިރުބަވެރި ސިފައިން އަންގައިފިއެވެ.  މިއީ 2.3 މިލިއަން ރައްޔިތުންގެ އާބާދީއެއް އޮންނަ ޣައްޒާ ސްޓްރިޕްގެ ރައްޔިތުން ހިޞާރުކޮށް، އެމީހުން ދިރިއުޅުމަށް އޮންނަ ސަރަހައްދު އަތުލައި، އިޒްރޭލުން ބޮމުގެ ހަމަލާތައް އަމާޒުކުރާ ސަރަހއްދު ފުޅާކުރުމަށް އެގައުމުން އަންގާފައިވާ އެންމެ ފަހުގެ އެންގުމެވެ. މީގެކުރިން އިޒްރޭލުންވަނީ އުތުރު ޣައްޒާގައި ދިރިއުޅޭ ރައްޔިތުން ދެކުނުގެ ހިސާބުތަކަށް ދިޔުމަށް އަންގާފައެވެ. އެހެންމަވެސް، އެގޮތަށް އެންގުމަށްފަހުގައިވެސް އިޒްރޭލުންވަނީ […]