އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ކަމަށް ޑރ.ޢަލީ ޒާހިރު އައްޔަން ކުރައްވައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމަށް މ.ހިތިމާގެ ޑރ.ޢަލީ ޒާހިރު އައްޔަން ކުރައްވައިފިއެވެ. ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ޢަލީ ޒާހިރު މި މަގާމަށް އައްޔަންކުރެއްވީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ޑޮކްޓަރު ޢަލީ ޒާހިރަށް މަގާމުގެ ފަތްކޮޅު އަރުވައިފައެވެ. ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސް އާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ޑީންގެ މަގާމު ފުރުއްވާފައިވާާ ޑރ.ޢަލީ ޒާހިރަކީ ރާއްޖޭގައި […]

ފަލަސްޠީނަށްޓަކައި ރާއްޖެއިން ޔޫއެންގެ ގަތުލުއާންމު ހުއްޓުވާ, މުއާހަދާއިން ލިބިދޭ ބާރުގެ ބޭނުންކުރާނެތަ؟

ގަތުލުއާންމާއި ދެކޮޅަށް އެކުލަވާލާފައިވާ މުއާހަދާގައި 149 ގައުމަކުން ބައިވެރިވާއިރު، ދިވެހިރާއްޖެއިން މި މުއާހަދާގައި ބައިވެރިވެ ސޮއިކޮށްފައިވަނީ 1984 ވަނަ އަހަރުގައެވެ. މި މުއާހަދާގެ ކޮންމެ ބައިވެރިއަކަށްމެ ޣައްޒާގައި މިއަދު ކުރިއަށް އެ ގެންދާ ގަތުލުއާންމު ހުއްޓާލުމަށް ގޮވާލައި، އެކުވެރި ދައުލަތަށް ރިޕޯޓު ކުރެވޭނެއެވެ. އަދި މުއާހަދާގެ އެއްވެސް ބައިވެރިޔަކު އެ ދައުވާއަށް ދެކޮޅު ހަދައިފިނަމަ، ބައިނަލްއަގުވާމީ ކޯޓުގައި އެ މައްސަލަ ބަލަންޖެހެއެވެ. އިޒްރޭލާއި، އެމެރިކާއާއި، އިނގިރޭސި ވިލާތަކީ ވެސް މި މުއާހަދާގައި ބައިވެރިވާ ގައުމުތަކަށްވީއިރު، އެމެރިކާއާއި އިނގިރޭސިވިލާތުގެ ސަރުކާރުތަކަކީ […]

ވިޒިޓާ އިކޮނޮމީ ކައުންސިލްގެ ނަމުގައި އާ ކައުންސިލެއް އުފައްދައިފި

ފަތުރުވެރިކަން ކުރިއެރުވުމަށް ”ވިޒިޓަރ އިކޮނޮމީ ކައުންސިލު“ގެ ނަމުގައި ސަރުކާރުން އައު ކައުންސިލެއް އުފައްދަވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ޕަބްލިކް ޕޮލިސީ، މުޙައްމަދު ފިރުޒުލް ވިދާޅުވީ ފަތުރުވެރިކަން ފުޅާކޮށް ކުރިއެރުވުމަށް ޚާއްސަ ފޯކަސްއެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން ވިޒިޓަރ އިކޮނޮމީ ކައުންސިލަކީ އެ މަސައްކަތުގެ ތެރެއިން، އެކަމަށް ޚާއްޞަ ފޯކަސްއެއް ދެއްވުމުގެ ގޮތުން އެކުލަވާލައްވާފައިވާ ކައުންސިލެއް ކަމަށް ފިރުޒުލް ވިދާޅުވިއެވެ. ފިރުޒުލް ވިދާޅުވީ […]

އިސްރާއީލުގައި ހުންނަ ދެކުނު އެފްރިކާގެ އެމްބަސީ ބަންދުކުރަނީ

ސެމާފޯރ އަށް ފެނިފައިވާ ލިއެކިއުންތަކަކުން ހާމަވެފައިވާ ގޮތުގައި އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންގެންދާ އަނިޔާވެރި ގަތުލު އާންމަށް ދެކޮޅު ހެދުމުގެ ގޮތުން އިސްރާއީލުގައި ހުންނަ ދެކުނު އެފްރިކާ އެމްބަސީ ބަންދުކުރަން ނިންމާފިއެވެ. އެގޮތުން އެންމެހާ ސިޔާސީ ގުޅުންތައް ކަނޑާލުމަށް ވެރިކަންކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސް އިން ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަމުން އެބަ ގެންދެއެވެ. އަދި އެ އަނިޔަވެރި ހަނގުރާމަ ހުއްޓާލަން އިސްރާއީލުން އިންކާރުކުރަމުން ގެންދާތީ ދެކުނު އެފްރިކާގައި ހުންނަ އިސްރާއީލުގެ އެމްބަސީ ބަންދު ކުރަން އެންގުން ނޫން އެހެން ގޮތެއް މިހާރު ދެކުނު އެފްރިކާގެ ސަރުކާރަކަށްވެސް ނެތްކަމަސް ބުނެފިއެވެ.   […]

ލިއެކިއުންނެތި އިންޑިއާގެގިނަ ރައްޔިތުން ތަކެއް ފައިމަގުގައި އެމެރިކާއަށް

ޔޫ. އެސް. ބޯރޑަރ އެންޑް ކަސްޓަމްސްއާ ޙަވާލާދީ ބައިނަލް އަގްވާމީ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި ލިއެކިއުންތައް ނެތި ފައިމަގުގައި އިންޑިއާގެ ގިނަ ރައްޔިތުންތަކެއް އެމެރިކާގެ ބޯޑަރ ހުރަސްކުރަމުން ގެންދިއުމަކީ ކީއްވެގެން އުފެދިގެންއުޅޭ މައްސަލައެއްތޯ ސުވާލު އުފެދިއްޖެއެވެ. މީގެ ކުރިން ކޮންމެވެސް ވަރަކަށް ހިފޭއްޓިފާ އޮތް މިކަންތައް މިހާރު ބޮއްސުންލައިގެން ހިނގައްޖެ ކަމަށް އެ ޚަބަރުތައް ބުނެއެވެ. 2022 ވަނައަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން މިއަހަރު ސެޕްޓެމްބަރ މަހާއި ހަމަޔަށް ގާތްގަނޑަކަށް އެއްލައްކަ އިންޑިއާ މީހުން އެއްވެސް ލިއެކިއުމެއްނެތި ބޯޑަރ ހުރަސްކޮށް އެމެރިކާއަށް އެތެރެވާން މަސައްކަތް ކޮށްފައިވެއެވެ. […]

މުލީއާގެ ތަރައްގީ ކުރަނީ ވިރާސީ ތަރިކައަށް އެއްވެސް ބަދަލެއް ނާންނާނެ ގޮތަށް: ވަޒީރު

މުލީއާގެ މަރާމާތު ކުރަނީ މަރާމާތު ކުރަންޖެހޭ ބައެއްތަންތަން ހުރުމުން ކަމަށާއި، އެ މަސައްކަތް ކުރުމުގައި އެ ތާރީޚީ ބިނާގެ އަސްލު ގެއްލޭ ވަރުގެ އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ދިވެހިބަހާއި ތާރީޚާއި ސަގާފަތާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު ކަމަށްވާ މުލީއާގެ މަރާމާތު ކުރާ ވާހަކަ ސަރުކާރުން އިއުލާން ކުރުމުން ބައެއް މީހުން ވަނީ އެ އިމާރާތަށް ބޮޑެތި ބަދަލުތަކެއް ގެންނަން އުޅޭކަމަށް ބުނެ ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކަންބޮޑުވުންތަކާއި […]

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި އައްޑޫއިން ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި އައްޑޫ ސިޓީއިން ބަޔަކު ހައްޔަރުކޮށްފިއެވެ. މިކަން ހާމަކޮށް ފުލުހުން މިއަދު ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގެ ތެރެއިން ހިންގި ދެ އޮޕަރޭޝަނެއްގައި ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި  އޮޕަރޭޝަންތަކުގެ ތެރެއިން ފޭދޫގައި ހިންގި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ […]

ރާާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ސަރުކާރުން ހާމަކޮށްފި

ރާާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ސަރުކާރުން މިއަދު ހާމަކޮށްފިއެވެ. ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕަބްލިކް އަންޑާ ސެކްރެޓަރީ މުޙައްމަދު ފިރުޒުލް ވިދާޅުވީ ސަރުކާރަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި ގާއިމުވެ ތިބީ އިންޑިއާގެ 77 ސިފައިންނެވެ އޭގެތެރެއިން 24 ސިފައިން ތިބީ އިންޑިއާއިން ހަދިޔާކުރި އެއް ހެލިކޮޕްޓަރު ދުއްވަން ކަމަށާއި އަނެއް ހެލިކޮޕްޓަރު ދުއްވަން 26 ސިފައިން އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ. ދެން […]

ސަރުކާރުގެ ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ނަން ހަމަޖައްސަވައިފި

ރިޔާސީ އައު ދައުރު ފެށުމާ ގުޅިގެން ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނެވި ބަދަލުތަކާއެކު ސަރުކާރުގެ ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ނަން ހަމަޖައްސަވައިފިއެވެ. އަލަށް އުފެއްދަވާފައިވާ ވުޒާރާތަކުގެތެރޭގައި ހިމެނެނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ, މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ, މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް އިންފޮމޭޝަން އެންޑް އާޓްސް, މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އަދި އޮފީސް ފޮރ ސިވިލް ރައިޓްސްއެވެ. ވުޒާރާތަކަށް ދިވެހިބަހުންކިޔުމަށް ހަމަޖެހިފައިވާ ގޮތް: މިނިސްޓްރީ އޮފް […]

ރާއްޖޭގެ މަސްލަހަތު އިސްކޮށްގެން ކުރިއަށްދާން ވާހަކަ ނުދައްކާނެ އެއްވެސް ފަރާތެއް ނޯންނާނެ: ރައީސް

ރާއްޖެއަށްޓަކައި ރާއްޖޭގެ މަސްލަހަތު އިސްކޮށްގެން ކުރިއަށްދާން ވާހަކަ ނުދައްކާނެ އެއްވެސް ފަރާތެއް ނޯންނާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އާ ގަޑިބުރު އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ސަރުކާރުގެ މަސައްކަތް ހަގީގަތުގައި އިއްޔެ ފެށިއްޖެ ކަމަށެވެ. ހެނދުނު ހެނދުނާ އަޅުގަނޑުމެން, ހޮނިހިރު ދުވަހެއްވިޔަސް އަޅުގަނޑު އޮފީހަށްދިޔަގޮތަށް ގެޔަށް އާދެވުނުއިރުގައި ހަގަޑިބައި ވެއްޖެ. ބޭރުގެ ވަރަށްގިނަ ވަޒީރުންނާއި، އެކިއެކި އެމްބެސެޑަރުންނާއި، ސްޕެޝަލް އެންވޯއިންނާ، މިފަދަ ބޭފުޅުންނާ ބައްދަލުކުރެވުނު.“ އެ ހުރިހާ ބޭފުޅުންވެސް […]