މުލީއާގެ ތަރައްގީ ކުރަނީ ވިރާސީ ތަރިކައަށް އެއްވެސް ބަދަލެއް ނާންނާނެ ގޮތަށް: ވަޒީރު

Loading

Facebook
Twitter
WhatsApp

މުލީއާގެ މަރާމާތު ކުރަނީ މަރާމާތު ކުރަންޖެހޭ ބައެއްތަންތަން ހުރުމުން ކަމަށާއި، އެ މަސައްކަތް ކުރުމުގައި އެ ތާރީޚީ ބިނާގެ އަސްލު ގެއްލޭ ވަރުގެ އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ދިވެހިބަހާއި ތާރީޚާއި ސަގާފަތާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު ކަމަށްވާ މުލީއާގެ މަރާމާތު ކުރާ ވާހަކަ ސަރުކާރުން އިއުލާން ކުރުމުން ބައެއް މީހުން ވަނީ އެ އިމާރާތަށް ބޮޑެތި ބަދަލުތަކެއް ގެންނަން އުޅޭކަމަށް ބުނެ ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ވަޒީރު ވިދާޅުވީ މުލީއާގެ މަރާމާތު އެ ކުރަނީ އަސްލަށް އެއްވެސް ބަދަލެއް ނާންނާނެ ގޮތަށް ކަމަށެވެ. އަދި އެ ތަނަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“ އެ އިމާރާތަކީ ގިނަ ދުވަސް ތަކެއްވެފައި ހުރި ޒަމާންވީ އިމާރާތަކަށް ވުމުން ކޮންމެހެން ކުރަންޖެހޭ މަރާމާތު ތަކެއް ހުރީމަ އެ މަސައްކަތް މިހާރު އެ ކުރަނީ، އެ މަރާމާތުތައް ކުރަނީ އެތަނުގެ އަސްލު ސަލާމަތް ކުރުމަށް، އެހެންވީމާ އެއީ އެތަނަށް ދެވޭ ފަރުވާއެއް“ ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުން މުލީއާގެ މަރާމާތުކޮށް ނިމެންދެން ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާނީ އެމަނިކުފާނުގެ އަމިއްލަ ގެކޮޅުކަމަށްވާ މާފަންނު ދިމްޔާތުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް